Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން

މިދިޔަ މަހުގެ މުސާރަ އަދިވެސް ވެމްކޯ މުވައްޒަފުންނަށް ނުދޭ، ދޭނެ ދުވަހެއް ވެސް ނޭނގެ!

ވެމްކޯގެ މުވައްޒަފުންނަށް މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ތަކުރާރުވަމުންދާއިރު، ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށް އިސްކަންދީ އާންމު މުވައްޒަފުންނަށް ބިރުދައްކާ ކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފަ. ކުންފުނީގެ ހިންގުން ބުރަހެލިވެ މާލީ ހާލަތު ގޯސްވަމުންދާ ކަމުގެ ކަންބޮޑުވުން އޮތްއިރު، މުވައްޒަފުންގެ މުސާރައިން އުނިކުރާ ޕެންޝަން ފައިސާ ޖަމާނުކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވޭ. މިކަންކަމާ ގުޅިގެން ވެމްކޯގެ މެނޭޖްމަންޓުން ރަސްމީ ބަހެއް ބުނެފައެއް ނުވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 7 މާރިޗު 2026 | ހޮނިހިރު 13:21
ވެމްކޯ ގެ މެނޭޖިންގ ޑިރެކްޓަރު މުޖްތަބާ ޖަލީލް، މުވައްޒަފުންނަށް މުސާރަ ލަހުން ދޭ އިރު މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ނުރައްކާތެރި ހާދިސާ ދިމާވެ އެ ވާހަކަތައް ކުންފުނިން ފޮރުވާފައިވޭ

ވެމްކޯ ގެ މެނޭޖިންގ ޑިރެކްޓަރު މުޖްތަބާ ޖަލީލް، މުވައްޒަފުންނަށް މުސާރަ ލަހުން ދޭ އިރު މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ނުރައްކާތެރި ހާދިސާ ދިމާވެ އެ ވާހަކަތައް ކުންފުނިން ފޮރުވާފައިވޭ | ވެމްކޯ

ފެބްރުއަރީ މަސް ނިމުނު އިރު ވެސް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބޭ ކަމަށް އެ ކުންފުނީގެ ބައެއް މުވައްޒަފުން ބުނެފި އެވެ.

ރާއްޖެޓީވީ އާ ވާހަކަދެއްކި ބައެއް މުވައްޒަފުން ބުނީ މިދިޔަ ފެބްރުއަރީ މަހުގެ މުސާރަ އަދިވެސް ނުލިބޭ ކަމަށެވެ. އަދި މުސާރަ ލިބޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށެވެ. ނަމަވެސް މި މަހުގެ 10 ވަނަ ދުވަހު މުސާރަ ލިބޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނާ ކަމަށާއި، ނަމަވެސް އެކަމުގެ ހަގީގަތެއް ވެސް ނޭނގޭ ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

Advertisement - newsAdvertisement

މިކަމާއި ގުޅޭ ގޮތުން ވެމްކޯގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. މިކަމާއި ގުޅިގެން ވެމްކޯ ގެ ކަމާއި ގުޅުން ހުރި ފަރާތަކުން ކޮމެންޓް ކޮށްފައި ނުވާތީ މުސާރަ ލަސްވި ސަބަބާއި، މުސާރަ ނުލިބެނީ ކިހާ އަދަދެއްގެ ބަޔަކަށް ކަން ސާފެއް ނުވެ އެވެ.

ވެމްކޯގެ މުވައްޒަފުންނަށް މަސް ނިމޭއިރު ވެސް މުސާރަ ނުދޭ މައްސަލަ ޑިސެމްބަރުން ފެށިގެން ފެންމަތިވަމުންދާއިރު މިކަމާ ގުޅިގެން މިހާތަނަށް ވެސް އެ ކުންފުނިން އެއްޗެށް ބުނެފައެއް ނުވެ އެވެ. ޑިސެމްބަރު މަހުގެ މުސާރަ ދީފައިވަނީ ޖެނުއަރީ މަސް ފެށުނު ފަހުންނެވެ. 

ޖެނުއަރީ މަހުގެ މުސާރަ ދީފައިވަނީ ފެބްރުއަރީ މަސް ފެށުނު ފަހުންނެވެ. ފެބްރުއަރީ 5 ވަނަ ދުވަހުގެ ނިޔަލަށް ވެސް ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވެފައި ނުވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

މުސާރައިގެ އިތުރުން ރަމަޟާން މަހުގެ އިނާޔަތް ވެސް ވެމްކޯ މުވައްޒަފުންނަށް ދީފައިވަނީ ވެސް ޚަބަރުތަކުގައި ޖަހައި، އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވުމުންނެވެ. 

އެގޮތުން ރޯދަ މަސް ފެށުނުއިރު ވެސް އިނާޔަތް ލިބޭނެ ސީދާ ތާރީޚެއް އެ ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން އަންގާފައި ނުވާތީ، މުވައްޒަފުން ދިޔައީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. މި މައްސަލަ ޚަބަރުތަކަށް އަރައި، ސޯޝަލް މީޑިއާ ގައި އާންމުންގެ ފާޑުކިޔުންތައް ކުންފުންޏަށް އަމާޒުވާން ފެށުމާއެކު، އެ ކުންފުނީގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ޖަމާކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގަ އެވެ. 

ވެމްކޯގެ އިދާރީ ހިންގުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުންދާއިރު، ނަން ނުޖެހުމަށް ޝަރުތުކޮށް ވެމްކޯގައި މަސައްކަތް ކުރާ ސީނިއަރ ބޭފުޅަކު ވިދާޅުވީ، ބިދޭސީ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ ކަމަށާއި، މިދިޔަ މަހު ވެސް އެމުވައްޒަފުންނަށް މުސާރަ ދީފައިވަނީ 20 ގެ ފަހުން ކަމަށެވެ. އަދި އެވާހަކަ ނުދެއްކުމަށް އަންގައި ބައެއް ބިދޭސީ މުވައްޒަފުންނަށް ބިރު ދައްކާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ކުންފުނިތަކުން ވެމްކޯއަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ކަމަށް މެނޭޖްމަންޓުން ކުރާ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ނަގުދު ފައިސާ ވަރަށް ގިނައިން ވަންނަ ކަމަށާއި، ކުންފުނިތަކުން ވެސް ބިލްތަކަށް ފައިސާ ދައްކާ ކަަމަށެވެ. އަދި ބައެއް ކުންފުނިތަކުން ފައިސާ ދެއްކުމަށް ބައެއް ފަހަރު ލަސްތަކެއް ކުރިމަތިވި ނަމަވެސް ބިލަށް ފައިސާ ދޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެބޭފުޅާ ވިދާޅުވީ މިއީ ދައްކާ އުޒުރެއް ކަމަށާއި، އެއީ އަސްލު މައްސަލަ ނޫން ކަމަށެވެ. މިހާރު ވެސް ކުންފުންޏަށް ގެއްލުންވާ ގޮތަށް ސިޔާސީ ގޮތުން އެތައް ބަޔަކަށް ވަޒީފާ ދީފައިވާ ކަމަށާއި، އެމީހުންނަކީ ފިންގަރ ޖެހުމަށްފަހު ގެއަށް ދާމީހުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބައެއް މީހުން އޮފީސްތެރޭގައި ތާސް ކުޅުމާއި،  އެކި ކަހަލަ ކުޅިވަރު ކުޅުމުގައި ވަގުތު ހޭދަ ކޮށްލާ ކަަމަށެވެ. 

ނަމަވެސް  އެމީހުންގެ މުސާރަ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވުރެ އެތައް ގުނައެއް ބޮޑު ކަމަށާއި، މުސަރާގެ މައްސަލައެއް ސިޔާސީ މުވައްޒަފުންނަށް ކުރިމަތިނުވާ ކަމަށެވެ. މަސް ފެށުމުގެ ކުރިން އެމީހުންނަށް މުސާރަ ވެސް ލިބޭ ކަމަށާއި، ރޯދަ އިނާއަތް ވެސް އަވަހަށް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. 

ވެމްކޯގެ ހާލަތު ވަރަށް ގޯސްކަން ފާހަގަކުރައްވައި އެބޭފުޅާ ވިދާޅުވީ މިގޮތަށް މިކަން ހިނގާނަމަ މާގިނަ ދުވަހެއް ނުވެ، ޚިދުމަތްތަކަށް ބުރޫއަރައި، ކުންފުނި އެއްކޮށް ބަގުރޫޓުވާނެ ކަމަށެވެ. އަދިި މިހާރު ވެސް ހިންގަމުންދަނީ ގެއްލުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

ވެމްކޯގެ ގިނަ މައްސަލަތައް ފެންމަތިވަމުންދާއިރު، މުވައްޒަފުންގެ މުސާރައިން ޕެންޝަން ފަންޑަށް ފައިސާ ކެނޑުމަށްފަހު އެފައިސާ ޖަމާނުކުރާތާ އަހަރަކަށް ވުރެ ވަނީ ގިނަ ދުވަސްވެފަ އެވެ. 

ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަންވެމްކޯޕެންޝަން ފަންޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ވެންޓިލޭޓަރުގައި ފަރުވާ ދިން ވެމްކޯގެ މުވައްޒަފު ވޯޑަށް ބަދަލު ކޮށްފި

ވެންޓިލޭޓަރުގައި ފަރުވާ ދިން ވެމްކޯގެ މުވައްޒަފު ވޯޑަށް ބަދަލު ކޮށްފި

04 މާރިޗު 2026
ވެމްކޯގެ އިހުމާލުތައް ތަހުގީގު ކުރުމަށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ވެމްކޯގެ އިހުމާލުތައް ތަހުގީގު ކުރުމަށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

27 ފެބުރުއަރީ 2026
ވެމްކޯގެ މުވައްޒަފުންގެ ސަލާމަތާ ގުޅޭ މައްސަލައެއް އެޗްއާރްސީއެމް އިން ތަހުގީގު ކުރަނީ

ވެމްކޯގެ މުވައްޒަފުންގެ ސަލާމަތާ ގުޅޭ މައްސަލައެއް އެޗްއާރްސީއެމް އިން ތަހުގީގު ކުރަނީ

26 ފެބުރުއަރީ 2026
ވެމްކޯގެ މުވައްޒަފަކު މަރުވެ އެހެން މުވައްޒަފަކު މަރާ ހަނގުރާމަ ކުރަން ފެށުމުން އެޗްއާރުސީއެމުން އެތަނުގެ ރައްކާތެރިކަމާ ގުޅޭ ތަހުގީގެއް ހިންގަން ނިންމައިފި

ވެމްކޯގެ މުވައްޒަފަކު މަރުވެ އެހެން މުވައްޒަފަކު މަރާ ހަނގުރާމަ ކުރަން ފެށުމުން އެޗްއާރުސީއެމުން އެތަނުގެ ރައްކާތެރިކަމާ ގުޅޭ ތަހުގީގެއް ހިންގަން ނިންމައިފި

25 ފެބުރުއަރީ 2026
ވެމްކޯގެ ކުނި ހުސްކުރާ ރޭމްޕް މަތިން ވެއްޓި ޑްރައިވަރަކަށް ސީރިއަސް އަނިޔާވި މައްސަލަ ވެމްކޯއިން ސިއްރު ކުރަނީ

ވެމްކޯގެ ކުނި ހުސްކުރާ ރޭމްޕް މަތިން ވެއްޓި ޑްރައިވަރަކަށް ސީރިއަސް އަނިޔާވި މައްސަލަ ވެމްކޯއިން ސިއްރު ކުރަނީ

24 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު