Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލ.އިސްދޫ

ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ

ލ. އިސްދޫގައި ޕީއެންސީގެ ސިޔާސީ ޖަގަހައެއް އެޅުމަށް ދައުލަތުގެ ކުންފުނިތަކުގެ ވަސީލަތްތަކާއި މުވައްޒަފުން ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ. މިގޮތުން ފެނަކައިގެ އުސޫލުތަކާ ހިލާފަށް އެ ތަނަށް ކަރަންޓު ގުޅައިދީފައިވާ ކަމަށާއި، މަޖިލިސް މެންބަރު އިސްމާއިލް ޝަފީއު އިސްވެ ހުންނަވައިގެން ސަރުކާރުގެ އިމާރާތްތައް ސިޔާސީ ބޭނުންތަކަށް ބޭނުންކުރާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2026 | ހޯމަ 08:36
ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީ ޖަގަހަ އެއް އަޅަނީ

ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީ ޖަގަހަ އެއް އަޅަނީ | ޕީއެންސީ

ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ވެމްކޯއިން ގެނެސްފައިވާ ތަކެތި ބޭނުންކޮށްގެން އިސްދޫ އަމިއްލަ މީހެއްގެ ގޯތީގަ ސަރުކާރުގެ ކުންފުނި ތަކުގެ މުވައްޒަފުން ނެރެގެން ރެޔާ ދުވާލު ބޮޑު ހޯލެއް ރާނާ ހިޔާ ކުރަމުންދާ ކަން ހާމަވެއްޖެ އެވެ.

އ ދާއިރާގެ މަޖިލިސް މެމްބަރު ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވާގޮތުން މިއީ 2026 ކައުންސިލް އިންތިހާބަށް ޕީ އެންސީ އިން އަޅާ ޖަގަހައެކެވެ. 

2018 އިން ފެށިގެން އެ ރަށުގައި ކައުންސިލުން ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ހިންގަ އެވެ. އެ ތަން އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް އެ ރަށަށް އެޅި ގާ ގެންގޮސްފައި ވެ އެވެ. އަދި އެ ކަމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ވެސް އެ ރަށަށް ގެންގޮސްފައި ވެ އެވެ. މި މަސައްކަތުގެ އަމަލީ މަސައްކަތް ނުކޮށް އެ ތަކެތި ހުރީ ބަހައްޓާފައެވެ.

އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ގޮތުގައި މި ތަކެތި ހުރި ސައިޓުން އަމިއްލަ މީހެއްގެ ގޯއްޗާއި ހިސާބަށް ގެންދިޔައީ އާރްޑީސީގެ ވެހިކަލް އެއްގަ އެވެ. އަދި އެކަން ކޮށްފައި ވަނީ މީގެ ދެ ތިން ދުވަސް ކުރިން ދަންވަރުގެ ވަގުތެއްގައި ކަމަށް ވެސް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ. 

ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީ ޖަގަހަ އެއް އަޅަނީ
ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީ ޖަގަހަ އެއް އަޅަނީ

އެ ރަށުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން އާއްމުން ބުނި ގޮތުގައި މި ޖަގަހައިގެ މަސައްކަތް ކުރަމުން ދަނީ ސަރުކާރު މުވައްޒަފުން މެދުވެރިކޮށެވެ. ވެމްކޯ މުވައްޒަފުންނާއި އާރްޑީސީ މުވައްޒަފުން މިތަން ރޭނުމުގައި ވެސް ހަރަކާތެރިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ފެނަކަ އޮފީސް ރޭނުމަށް ގެނެސްފައިވާ ގާތައް ވެސް މި މަސައްކަތަށް ބޭނުން ކުރަމުންދާ ކަން މި ނޫހަށް ވަނީ އެނގިފަ އެވެ. މި ތަކެތި ގެންގޮސްފައި ވަނީ ކައުންސިލް އާއި ވެމްކޯ އަށް ވެސް އެނގުމަކާއި ނުލާ މެމްބަރުގެ އިރުޝާދުގެ މަތިން ކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ފާހަގަކުރެ އެވެ.

"މި މަސައްކަތް ކުރަމުން ދަނީ ބަނަފްސާ ކިޔާ ގެ އެއްގައި މިކަން މި ކުރަނީ. ދައުލަތުގެ މުދަލާއި ވަސީލަތް ބޭނުންކޮށްގެން މިކަން މި ކުރަނީ." އޭނާ ވަނީ ބުނެފަ އެވެ.

ރާއްޖެ އެމްވީ އަށް އެ ރަށު މީހަކު ބުނީ އެ ތަނަށް ކަރަންޓު ވެސް ލާފައި ވަނީ ފެނަކައިގެ އުސޫލާއި ޚިލާފަށް ކަމަށެވެ. އެގޮތުން ސީދާ މެއިން ބޮކްސް އިން މީޓަރަކާއި ނުލާ ކަރަންޓު ލާފައިވާ ކަމަށް ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން މީހާ ވަނީ ބުނެފަ އެވެ. 

"މެއިން ބޮކްސް އިން ނަގާފައި، އެތަނަށް ކަރަންޓު ލާފައި ހުރީ. ޑީބޯޑުން ކަރަންޓު ނަގާފައި ލާފައި ހުރީ." ރާއްޖެ ޓީވީ އަށް މައުލޫމާތު ދިން މީހާ ވަނީ ބުނެފަ އެވެ.

މިކަމާއި މެދު ހިތްހަމަ ނުޖެހިގެން އާއްމުން ދަނީ މީސްމީޑިއާގައި ކަންބޮޑުވުން ހިއްސާކުރަމުންނެވެ. އެ ރަށުން ވާހަކަ ދެއްކި އިތުރު މީހަކު ބުނެފައި ވަނީ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އިސްމާއިލް ޝަފީއު އިސްވެ ހުންނަވައިގެން ސިޔާސީ މަސައްކަތަށް ލ.މާބައިދޫ ޔޫތް ސެންޓަރ ވެސް ބޭނުން ކުރަމުންދާތީ އެކަމާއި މެދު ވެސް އާއްމުންގެ ކަންބޮޑުވުންތަކެއް އެބަ ހުރިކަމަށެވެ. 

ލ.އިސްދޫވެމްކޯއާރްޑީސީފެނަކައިސްމާއީލް ޝަފީއުލ. މާމެންދޫ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ރަމަޟާން މަހު ފަހު 10 އެއްގައި އިތުރުގަޑީގެ ފައިސާ ލިބޭ އުސޫލަށް ބަދަލު ގެންނަކަން އަންގަނީ އަނގަބަހުން، މެމޯ އެއް ނުދޭ"

"ރަމަޟާން މަހު ފަހު 10 އެއްގައި އިތުރުގަޑީގެ ފައިސާ ލިބޭ އުސޫލަށް ބަދަލު ގެންނަކަން އަންގަނީ އަނގަބަހުން، މެމޯ އެއް ނުދޭ"

21 ފެބުރުއަރީ 2026
ޚަބަރުތަކުގައި ޖެހުމުން އެންމެ ފަހުން ވެމްކޯ މުވައްޒަފުންނަށް ރޯދަ އިނާތް ދީފި

ޚަބަރުތަކުގައި ޖެހުމުން އެންމެ ފަހުން ވެމްކޯ މުވައްޒަފުންނަށް ރޯދަ އިނާތް ދީފި

20 ފެބުރުއަރީ 2026
ކެނދިކުޅުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޮޑު ޕްރޮޖެކްޓުގައި އިނީ ގުދަނަކާއި ފާހާނާއެއް

ކެނދިކުޅުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޮޑު ޕްރޮޖެކްޓުގައި އިނީ ގުދަނަކާއި ފާހާނާއެއް

19 ފެބުރުއަރީ 2026
އިންތިޚާބު ބޯމަތިވުމުން ބ. ކުޑަރިކިލުގައި ކުރީ ސަރުކާރުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދޭ، ނަމަވެސް ދޮންފަނު އަދި ކިހާދޫގައި މިމަޝްރޫއު ކުރިއަށް ގެންދާނެ ދުވަހެއް ނޭނގޭ

އިންތިޚާބު ބޯމަތިވުމުން ބ. ކުޑަރިކިލުގައި ކުރީ ސަރުކާރުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދޭ، ނަމަވެސް ދޮންފަނު އަދި ކިހާދޫގައި މިމަޝްރޫއު ކުރިއަށް ގެންދާނެ ދުވަހެއް ނޭނގޭ

18 ފެބުރުއަރީ 2026
ވެމްކޯގެ މުވައްޒަފުންނަށް އަދިވެސް ރޯދަ އިނާއަތް ނުދޭ، ގިނަ މުވައްޒަފުން ދަނީ ކަންބޮޑުވުންފާޅު ކުރަމުން

ވެމްކޯގެ މުވައްޒަފުންނަށް އަދިވެސް ރޯދަ އިނާއަތް ނުދޭ، ގިނަ މުވައްޒަފުން ދަނީ ކަންބޮޑުވުންފާޅު ކުރަމުން

18 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު