Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސަށް ކަޓު ދިނުން

މެމްބަރުންނާއި ކުންފުނިތަކުގެ ވެރިންނަށް މުއިއްޒު އަށް ކަޓު ނުދީ ވިޔަފާރި އެއް ވެސް ނުހިންގޭ: މައުރޫފް

ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނުގެ އަމަލުތައް ބަލާނެ ފަރާތެއް ނެތުމުގެ ކަންބޮޑުވުން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ފާޅުކުރައްވައިފި. ސަރުކާރު ހިންގާ ޕާޓީގެ ޖަގަހަތައް ހެދުމަށް ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2026 | އަންގާރަ 11:24
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ.

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ. | ރާއްޖެ އެމްވީ

މެމްބަރުންނާއި ކުންފުނިތަކުގެ ވެރިންނަށް ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ކަޓު ނުދީ ވިޔަފާރި އެއް ވެސް ނުހިންގޭ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ކޮރަޕްޝަނާއި ޚިޔާނާތުގެ ކަންކަން ގައުމުގައި ގިނަ ވަނީ އެކަންކަން ބަލާނެ ނަޒާހަތްތެރި މުއައްސަސާ އެއް ނެތުމުން ކަމަށެވެ. އެފަދަ ކަންކަން ނުބެލުމުން ކޮރަޕްޝަނަކީ ވަރިހަމަ އެއްޗަކަށް ހަދަމުންދާ ކަަމަށް މައުރޫފް ވިދާޅުވި އެވެ. މި ސަރުކާރުގެ އިސްމަޤާމުތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޝަކުވާ އަކީ އެ ބޭފުޅުން ވެސް ވިޔަފާރި އެއް ކުރާ ނަމަ ރައީސް މުއިއްޒު އަށް ކަޓު ދޭން ޖެހުން ކަމަށް މައުރޫފް ވިދާޅުވި އެވެ. 

މައުރޫފް ވިދާޅުވީ ބޮޑެތި މީހުން ކޮރަޕްޓް ވުމުން އޭގެ ދަށަށް ތިބި މީހުންގެ އަމަލުތައް ވެސް ހިނގާނީ އެ މޭރުމުން ކަމަށެވެ. މާލޭގައި ވެސް އަދި ރަށްރަށުގައި ވެސް ޕީއެންސީގެ ޖަގަހަ ހެދުމަށް ސަރުކާރުގެ މުވައްޒަފުން ލައްވާ މަސައްކަތް ކުރުވާ ކަމަށާއި އެކަންކަމަކީ ބަލައިގަންވޭނެ ކަންކަން ނޫން ކަމަށް މައުރޫފް ވިދާޅުވި އެވެ.

" އެ މަސައްކަތުގައި އުޅުނު މީހުން އެބަ ބުނޭ ތިމަންނަ މެން ކައިރީ އެބަ ބުނެ އޭ ކުލަ ހެދުމުގައި ދާށޭ އެތަނަށް. ކުންފުނިތަކުގެ މީހުން ލައްވާ މި މަސައްކަތް ކުރުވަނީ." އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ހާލަތު ގޯހުން ގޯހަށް ގޮސް ސަރުކާރު ކުންފުނިތަކާއި މިނިވަން މުއައްސަސާތައް ޕީއެންސީގެ ގޮފިތަކަށް ބަދަލުވެފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ. ޑިމޮކްރެސީގެ ކުރިން ރާއްޖެ އޮތް ހާލަތަށް މިހާރު ރާއްޖެ ވެއްޓިފައި ވާ ކަމަށާއި ރައްޔިތުންގެ ބާރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުރޫފް މިހެން ވިދާޅުވެފައިވާ އިރު ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ވެމްކޯއިން ގެނެސްފައިވާ ތަކެތި ބޭނުންކޮށްގެން އިސްދޫ އަމިއްލަ މީހެއްގެ ގޯތީގަ ސަރުކާރުގެ ކުންފުނި ތަކުގެ މުވައްޒަފުން ނެރެގެން ރެޔާ ދުވާލު ބޮޑު ހޯލެއް ރާނާ ހިޔާ ކުރަމުންދާ ކަން ދާދިފަހުން ވަނީ ހާމަވެފަ އެވެ. މީގެ އިތުރުން މާލޭގެ ޕީއެންސީ ޖަގަހަ އިމާރާތްކުރުމުގައި ވެސް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ވަނީ ދައުރުވެފަ އެވެ.

ޑރ. މުހައްމަދު މުއިއްޒުމައުރޫފް ޒާކިރުޕީއެންސީވެމްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރު ނާޒިމުގެ ނުފޫޒުން ވަޒީފާ އެހެން ރަށަކަށް ބަދަލު ކުރުމަށްފަހު ދާނެ އިންތިޒާމު ހަމަނުޖައްސާ ވަޒީފާއިން ކަނޑާލައިފި

މެންބަރު ނާޒިމުގެ ނުފޫޒުން ވަޒީފާ އެހެން ރަށަކަށް ބަދަލު ކުރުމަށްފަހު ދާނެ އިންތިޒާމު ހަމަނުޖައްސާ ވަޒީފާއިން ކަނޑާލައިފި

23 ފެބުރުއަރީ 2026
ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ

ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ

23 ފެބުރުއަރީ 2026
މި ވަގުތު އިންތިޚާބުތައް އެއްކޮށްލުމަށް އާ އެކޭ ބުނެފި ނަމަ ޑިމޮކްރެސީ އެއްކޮށް ފުނޑުފުނޑު ވެގެން ދާނެ، އެކަމަށް ނޫނެކޭ ބުނަން ޖެހޭ: ފައްޔާޒް

މި ވަގުތު އިންތިޚާބުތައް އެއްކޮށްލުމަށް އާ އެކޭ ބުނެފި ނަމަ ޑިމޮކްރެސީ އެއްކޮށް ފުނޑުފުނޑު ވެގެން ދާނެ، އެކަމަށް ނޫނެކޭ ބުނަން ޖެހޭ: ފައްޔާޒް

23 ފެބުރުއަރީ 2026
ޕީއެންސީ އިން އިހަވަންދޫ ރައްޔިތުންނަށް ދިނީ އަނިޔާ: އަދުނާން އަބްދުﷲ (ކުރީގެ ބޮޑު ކަތީބު)

ޕީއެންސީ އިން އިހަވަންދޫ ރައްޔިތުންނަށް ދިނީ އަނިޔާ: އަދުނާން އަބްދުﷲ (ކުރީގެ ބޮޑު ކަތީބު)

22 ފެބުރުއަރީ 2026
ސަރުކާރުން 10 ރިސޯޓު ހަދާ ދިވެހިންނަށް އާމްދަނީ ދޭނެކަމަށް ބުނީ ހެޑްލައިން ހަދަން, ނިންމާފައި ހުރި ފްލެޓަކަށް މީހުން ނުވެއްދުނު ބަޔަކަށް އެކަމެއް ނުވާނެ: އަމްރު

ސަރުކާރުން 10 ރިސޯޓު ހަދާ ދިވެހިންނަށް އާމްދަނީ ދޭނެކަމަށް ބުނީ ހެޑްލައިން ހަދަން, ނިންމާފައި ހުރި ފްލެޓަކަށް މީހުން ނުވެއްދުނު ބަޔަކަށް އެކަމެއް ނުވާނެ: އަމްރު

22 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު