Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެމްކޯ

ވެމްކޯގެ އިހުމާލުތައް ތަހުގީގު ކުރުމަށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާ ގުޅޭގޮތުން ހުށަހެޅުނު ޝަކުވާތަކަކާ ގުޅިގެން، އެޗްއާރްސީއެމްއިން ކުރިއަށްގެންދާ ތަހުގީގަށް މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލައިފި. މި ތަހުގީގުގައި މުވައްޒަފުންނަށް ބޭނުންވާ ސަލާމަތީ އާލާތްތަކާއި ތަމްރީނު ފޯރުކޮށްދޭ މިންވަރު ބެލުމުގެ އިތުރުން، މަސައްކަތުގެ މާހައުލުގެ ގާނޫނީ ހިމާޔަތް ކަށަވަރުކޮށްދީފައިވޭތޯ އެ ކޮމިޝަނުން ބަލާނެ. އެހެންކަމުން، މައުލޫމާތު ދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަމާއެކު، މި މައްސަލައާ ގުޅޭ މައުލޫމާތު އީމެއިލް ނުވަތަ ފޯނު މެދުވެރިކޮށް ހުށަހެޅުމަށް އެޗްއާރްސީއެމްއިން ވަނީ އިލްތިމާސްކޮށްފައި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2026 | ހުކުރު 11:21
ވެމްކޯގެ މުވައްޒަފުންނަށް އިހުމާލުވެ މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަމެއް ނެތް މައްސަލަ ތަހުގީގުކުރަންވަނީ ފަށާފައި.

ވެމްކޯގެ މުވައްޒަފުންނަށް އިހުމާލުވެ މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަމެއް ނެތް މައްސަލަ ތަހުގީގުކުރަންވަނީ ފަށާފައި. | ވެމްކޯ

ވެމްކޯގެ މުވައްޒަފަކު މަރުވުމާއި އެހެން މުވައްޒަފަކަށް ސީރިއަސް އަނިޔާތަނެއް ލިބި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާތީ، އެތަނުގެ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން އެޗްއާރުސީއެމްއިން ކުރިއަށްގެންދާ ތަހުގީގަށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 

އެ ކޮމިޝަނުން މި މައްސަލަ ބަލަން ފަށާފައިވަނީ ވެމްކޯގެ މަސައްކަތު މާހައުލުގައި ހުރި ނުރައްކާތަކާ ގުޅޭގޮތުން ހުށަހެޅުނު ޝަކުވާތަކަކާ ގުޅިގެންނެވެ. 

އެޗްއާރްސީއެމް އިން ބުރާސްފަތި ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ވެމްކޯގައި ކުނި އުކާލުމާއި މެނޭޖުކުރުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންގެ ސަލާމަތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި މިފަދަ ހާދިސާތައް ހިނގަމުންދާތީ، އެ ކުންފުނީގައި މަސައްކަތްތެރިންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކުގެ އެކަށީގެންވާ ކަމާމެދު އާންމުންގެ މެދުގައި ސުވާލު އުފެދިފައިވާ ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ.

މި ތަހުގީގުގެ ތެރެއިން، "މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު" ގެ ދަށުން މުވައްޒަފުންނަށް ލިބިދޭންޖެހޭ ހިމާޔަތް ކަށަވަރު ކޮށްދީފައިވޭތޯ އެޗްއާރްސީއެމް އިން ބަލާނެ އެވެ. މީގެ އިތުރުން، މަސައްކަތްތެރިންނަށް ބޭނުންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ފޯރުކޮށްދިނުމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަމަލީގޮތުން ތަންފީޒުކުރާ މިންވަރުގެ އިތުރުން، ނުރައްކާތަކުން ސަލާމަތްވުމަށް ބޭނުންވާ ތަމްރީނުތައް މުވައްޒަފުންނަށް ދީފައިވޭތޯވެސް އެ ކޮމިޝަނުން ތަހުގީގު ކުރާނެ އެވެ.

މި ތަހުގީގަށް މައުލޫމާތު ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެޗްއާރުސީއެމް އިން ބުނެ އެވެ. އެގޮތުން ފުރުސަތު ހުޅުވާލާފައިވަނީ؛

  • ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ މިހާރުގެ އަދި ކުރީގެ މުވައްޒަފުން
  • ޔޫނިއަންތައް ނުވަތަ މަސައްކަތްތެރިން ތަމްސީލުކުރާ ފަރާތްތައް
  • ގުޅުންހުރި ސްޓޭކް ހޯލްޑަރުން
  • މި ތަހުގީގާ ގުޅުންހުރި މައުލޫމާތު ލިބިފައިވާ އާންމު ފަރުދުން

އެޗްއާރުސީއެމްއިން ބުނީ ތަހުގީގާއި ގުޅޭ މައުލޫމާތު އީމެއިލް inquiry@hrcm.org.mv ނުވަތަ 3003121 ފޯނަށް ގުޅައިގެން ހުށަހެޅޭނެ އެވެ. މީގެ އިތުރުން ކޮމިޝަނަށް ހާޒިރުވެގެން ވެސް މައުލޫމާތު ދެވޭނެ އެވެ. 

އެޗްއާރްސީއެމް އިން އިތުރަށް ބުނި ގޮތުގައި، މުވައްޒަފުންނަށް އެއްވެސް ބިރުވެރިކަމެއް ނުވަތަ ބަދަލުހިފުމުގެ އަމަލެއް ކުރިމަތިވެދާނެ ކަމުގެ ބިރެއް ނެތި، މަސައްކަތުގެ މާހައުލުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު އޮތްތޯ ވެސް މި ތަހުގީގުގެ ތެރެއިން ބަލާނެ އެވެ. އެހެންކަމުން، މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ވެމްކޯގެ މުވައްޒަފުންނަށް އެއްބާރުލުން ދިނުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މައުލޫމާތު ދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަން ވެސް އެޗްއާރްސީއެމް އިން ވަނީ ދީފަ އެވެ. 

މި ހަފްތާގެ އާދީއްތަ ދުވަހުގެ ރޭ އެތަނުގެ ދިވެހި މުވައްޒަފަކު ރޭމްޕްމަތިން ވެއްޓި އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ. މީގެ އިތުރުން މިދިޔަ މަހު ތިލަފުށީ ސައިޓުގައި ބަންގްލަދޭޝްގެ މުވައްޒަފެއް ވަނީ އިހުމާލުގެ ސަބަބުން މަރުވެފަ އެވެ. 

މިކަމާ ގުޅިގެން ފުލުހުން ބުނީ ފެބްރުއަރީ 22 ވަނަ ދުވަހު މާލޭގައި ހުންނަ ވެމްކޯގެ ސައިޓް ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ މައްސަލަ ފެބްރުއަރީ 23 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް ތަހުގީގު ކުރަނީ ސިދާ ކޮން ކަމެއް ކަން ފުލުހުން ހާމަ ނުކުރެ އެވެ.

ވެމްކޯގެ މުވައްޒަފުންނަށް ފުރާނަ އަށް ނުރައްކާވާފަދަ ޖިސްމާނީ އަނިޔާ ލިބެމުންދާއިރު، މުވައްޒަފުންނަށް ކުންފުނިން ލިބެންވާ ޕެންޝަން ފަދަ އިނާޔާތްތައް ހަމައަށް ނުލިބުމުގެ ޝަކުވާތައް ވެސް ރައީސް މުއިއްޒުގެ ވެރިކަމުގައި ވަނީ ފެންމަތިވެފަ އެވެ.

ވެމްކޯއެޗްއާރްސީއެމްމަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު

ކޮމެންޓް

އިތުރަށް ކިޔާލަން

ވެމްކޯގެ މުވައްޒަފަކު މަރުވެ އެހެން މުވައްޒަފަކު މަރާ ހަނގުރާމަ ކުރަން ފެށުމުން އެޗްއާރުސީއެމުން އެތަނުގެ ރައްކާތެރިކަމާ ގުޅޭ ތަހުގީގެއް ހިންގަން ނިންމައިފި

ވެމްކޯގެ މުވައްޒަފަކު މަރުވެ އެހެން މުވައްޒަފަކު މަރާ ހަނގުރާމަ ކުރަން ފެށުމުން އެޗްއާރުސީއެމުން އެތަނުގެ ރައްކާތެރިކަމާ ގުޅޭ ތަހުގީގެއް ހިންގަން ނިންމައިފި

25 ފެބުރުއަރީ 2026
ވެމްކޯގެ ކުނި ހުސްކުރާ ރޭމްޕް މަތިން ވެއްޓި ޑްރައިވަރަކަށް ސީރިއަސް އަނިޔާވި މައްސަލަ ވެމްކޯއިން ސިއްރު ކުރަނީ

ވެމްކޯގެ ކުނި ހުސްކުރާ ރޭމްޕް މަތިން ވެއްޓި ޑްރައިވަރަކަށް ސީރިއަސް އަނިޔާވި މައްސަލަ ވެމްކޯއިން ސިއްރު ކުރަނީ

24 ފެބުރުއަރީ 2026
މެމްބަރުންނާއި ކުންފުނިތަކުގެ ވެރިންނަށް މުއިއްޒު އަށް ކަޓު ނުދީ ވިޔަފާރި އެއް ވެސް ނުހިންގޭ: މައުރޫފް

މެމްބަރުންނާއި ކުންފުނިތަކުގެ ވެރިންނަށް މުއިއްޒު އަށް ކަޓު ނުދީ ވިޔަފާރި އެއް ވެސް ނުހިންގޭ: މައުރޫފް

24 ފެބުރުއަރީ 2026
ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ

ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ

23 ފެބުރުއަރީ 2026
"ރަމަޟާން މަހު ފަހު 10 އެއްގައި އިތުރުގަޑީގެ ފައިސާ ލިބޭ އުސޫލަށް ބަދަލު ގެންނަކަން އަންގަނީ އަނގަބަހުން، މެމޯ އެއް ނުދޭ"

"ރަމަޟާން މަހު ފަހު 10 އެއްގައި އިތުރުގަޑީގެ ފައިސާ ލިބޭ އުސޫލަށް ބަދަލު ގެންނަކަން އަންގަނީ އަނގަބަހުން، މެމޯ އެއް ނުދޭ"

21 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު