Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއދ. ދިގުރަށް

ދިގު ރަށުގައި ހިނގި އަލިފާނުގެ ހާދިސާ: އެޗްއާރްސީއެމް އިން މައްސަލަ ބަލަނީ

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ގޭސް ލީކުވެގެން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބަންގްލަދޭޝްގެ ފަސް މީހަކު ނިޔާވެ، އިތުރު ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާއިރު މި ހާދިސާގައި އެއްވެސް އިންސާނީ ހައްގަކަށް އުނިކަން އައިސްފައިވޭތޯ އެޗްއާރްސީއެމް އިން ދަނީ ބަލަމުން. މިއީ ގޭސް ސިލިންޑަރެއް ގޮވައިގެން ހިނގި ހާދިސާއެއް ކަމަށް ބެލެވޭ ކަމަށް ރަށު ކައުންސިލުން ވަނީ ބުނެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 13 މާރިޗު 2026 | ހުކުރު 12:05
އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ

އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ | ސޯޝަލް މީޑިއާ

އދ. ދިގުރަށުގައި ބުރާސްފަތި ދުވަހުގެ ދަންވަރު ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އާ ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ. 

މި ހާދިސާގައި ބަންގްލަދޭޝްގެ ފަސް މީހަކު ވަނީ ނިޔާވެފަ އެވެ.

މިކަމާ ގުޅިގެން އެޗްއާރްސީއެމް އިން ބުނީ އެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް އެ ކޮމިޝަނުން ތައުޒިޔާ ކިޔާ ކަމަށެވެ. އަދި ހާދިސާގައި އަނިޔާވި މީހުންގެ ހާލަތާއި އެ ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް މީހުންގެ އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ އެ ކޮމިޝަނުން ގާތުން ބަލަމުންދާ ކަމަށެވެ. 

އެ ހާދިސާއާ ގުޅިގެން އެ ރަށު ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކިއުޓިވް އަހުމަދު ފާއިޒް ރަޝީދު ވިދާޅުވީ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންނަކީ، އަލިފާން ރޯވުމުން ބޭރަށް ނުކުމެފައި އަލުން އެތެރެއަށް ވަތް މީހުން ކަމަށާއި، މި ހާދިސާ ހިނގަން މެދުވެރިވީ ގޭސް ލީކުވެގެން ކަމަށް ބެލެވޭ ކަމަށެވެ. 

ފާއިޒް ވިދާޅުވީ، އަލިފާން ރޯވީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރު ކަމަށާއި، ބޮޑަށް ބެލެވެނީ ކެއްކުމަށް ބޭނުންކުރާ ގޭސް ސިލިންޑަރަކުން ގޭސް ލީކުވެގެން ހިނގި ހާދިސާއެއް ކަމަށެވެ. ބައެއް ފަރާތްތަކުން ނަގާފައިވާ ވީޑިއޯ ފުޓޭޖްތަކުން ވަރަށް ބާރުގަދަ ގޮވުމެއް ގޮވާފައިވާކަން ފާހަގަކުރެވޭ ކަމަށާއި، ބެލެވޭ ގޮތުގައި ގޭސް ލީކުވެފައި ހުއްޓާ އުދުން ރޯކުރަން އުޅުމުގެ ތެރޭގައި އަލިފާން ހިފައި، ގޭސް ސިލިންޑަރު ގޮވީ ކަމަށް އޭނާ ވިދާޅުވި އެވެ.

ހާދިސާ ހިނގި ސަރަހައްދަށް ރަށުގެ ގިނަ ބަޔަކު އެއްވެ ކުރި މަސައްކަތުން ބައިގަޑިއިރެއްހާއިރު ތެރޭގައި އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފަ އެވެ. 

ރާއްޖެއެމްވީ އަށް އައިޖީއެމްއެޗް ގެ މީޑީއާ އޮފިޝަލް ވިދާޅުވީ، ދިގުރަށުގައި ހުކުރުވިލޭރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންނަށް ފަރުވާ ދިނުމަށް ހުކުރު ދުވަހު ގެނެސްފައިވާ ކަމަށާއި، ދެމީހުންނަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި އެ ދެމީހުން ފިހިފައިވަނީ ކިހައި ވަރަކަށްތޯ އާއި އިތުރު ތަފްސީލް އޮފިޝަލް ދެއްވާފައިނުވެ އެވެ. 

އދ. ދިގުރަށްއެޗްއާރްސީއެމްއަލިފާނުގެ ހާދިސާ

އިތުރަށް ކިޔާލަން

13 މާރިޗު 2026

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވީ ބޭރަށް ނުކުމެފައި، އަމިއްލަ ތަކެތި ބަލައި އެތެރެއަށް ވަތް މީހުން، ރޯވީ ގޭސް ލީކުވެގެން

13 މާރިޗު 2026
ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވީ ބޭރަށް ނުކުމެފައި، އަމިއްލަ ތަކެތި ބަލައި އެތެރެއަށް ވަތް މީހުން، ރޯވީ ގޭސް ލީކުވެގެން
13 މާރިޗު 2026

ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ: އައިޖީއެމްއެޗަށް ގެނައި ދެމީހުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި

13 މާރިޗު 2026
ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ: އައިޖީއެމްއެޗަށް ގެނައި ދެމީހުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި
13 މާރިޗު 2026

އދ. ދިގުރަށުގައި ހުކުރުވިލޭރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ގައި ފަސްމީހަކު މަރުވެއްޖެ

13 މާރިޗު 2026
އދ. ދިގުރަށުގައި ހުކުރުވިލޭރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ގައި ފަސްމީހަކު މަރުވެއްޖެ
27 ފެބުރުއަރީ 2026

ވެމްކޯގެ އިހުމާލުތައް ތަހުގީގު ކުރުމަށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

27 ފެބުރުއަރީ 2026
ވެމްކޯގެ އިހުމާލުތައް ތަހުގީގު ކުރުމަށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
25 ފެބުރުއަރީ 2026

ވެމްކޯގެ މުވައްޒަފަކު މަރުވެ އެހެން މުވައްޒަފަކު މަރާ ހަނގުރާމަ ކުރަން ފެށުމުން އެޗްއާރުސީއެމުން އެތަނުގެ ރައްކާތެރިކަމާ ގުޅޭ ތަހުގީގެއް ހިންގަން ނިންމައިފި

25 ފެބުރުއަރީ 2026
ވެމްކޯގެ މުވައްޒަފަކު މަރުވެ އެހެން މުވައްޒަފަކު މަރާ ހަނގުރާމަ ކުރަން ފެށުމުން އެޗްއާރުސީއެމުން އެތަނުގެ ރައްކާތެރިކަމާ ގުޅޭ ތަހުގީގެއް ހިންގަން ނިންމައިފި
30 ޖެނުއަރީ 2026

އދ. ދިގުރަށުގައި ފަތުރުވެރިންނަށް ޚާއްސަ ގޮނޑުދޮށަށް ނަޖިސް ބޭރުވާ މަންޒަރު ފެންނަ ވީޑިއޯ އަކަށް މިލިއަނުން ވިއުސް، އިދާރާތައް ހަނު!

30 ޖެނުއަރީ 2026
އދ. ދިގުރަށުގައި ފަތުރުވެރިންނަށް ޚާއްސަ ގޮނޑުދޮށަށް ނަޖިސް ބޭރުވާ މަންޒަރު ފެންނަ ވީޑިއޯ އަކަށް މިލިއަނުން ވިއުސް، އިދާރާތައް ހަނު!
30 ޖެނުއަރީ 2026

ހިޔާ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

30 ޖެނުއަރީ 2026
ހިޔާ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ޖެނުއަރީ 2026

ދިގުރަށު ގޮނޑުދޮށުން ނަޖިސް ބޭރުވީ ނަރުދަމާ ހޮޅިއެއް ފަޅައިގެން ދިއުމުން، އެކަން އެދުވަހު ހައްލު ކުރި: ކައުންސިލް

30 ޖެނުއަރީ 2026
ދިގުރަށު ގޮނޑުދޮށުން ނަޖިސް ބޭރުވީ ނަރުދަމާ ހޮޅިއެއް ފަޅައިގެން ދިއުމުން، އެކަން އެދުވަހު ހައްލު ކުރި: ކައުންސިލް
28 ޖެނުއަރީ 2026

ރާއްޖޭ ގައި ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރުން މުއިއްޒު ސަރުކާރުން ހުށަހެޅުމުން އދ ގައި ހޫނު ބަހުސެއް ހިނގައިފި

28 ޖެނުއަރީ 2026
ރާއްޖޭ ގައި ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރުން މުއިއްޒު ސަރުކާރުން ހުށަހެޅުމުން އދ ގައި ހޫނު ބަހުސެއް ހިނގައިފި
24 ޖެނުއަރީ 2026

ރާއްޖޭގައި ހޭދަކުރި އުފާވެރި ޗުއްޓީ އެއް، ފަޅު ތެރެއިން އައި މަސްތަކެއްގެ އާދަޔާޚިލާފު "ހަމަލާ އަކާ" ގުޅިގެން ބިރުވެރި ތަޖުރިބާއަކަށް ބަދަލުވެއްޖެ

24 ޖެނުއަރީ 2026
ރާއްޖޭގައި ހޭދަކުރި އުފާވެރި ޗުއްޓީ އެއް، ފަޅު ތެރެއިން އައި މަސްތަކެއްގެ އާދަޔާޚިލާފު "ހަމަލާ އަކާ" ގުޅިގެން ބިރުވެރި ތަޖުރިބާއަކަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު