Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުވައްޒަފުންގެ އިތުރުގަޑި

"ރަމަޟާން މަހު ފަހު 10 އެއްގައި އިތުރުގަޑީގެ ފައިސާ ލިބޭ އުސޫލަށް ބަދަލު ގެންނަކަން އަންގަނީ އަނގަބަހުން، މެމޯ އެއް ނުދޭ"

ސަރުކާރުގެ ބައެއް ކުންފުނިތަކުން މުސާރަ އާއި އިނާޔަތްތައް ދިނުމުގައި އިހުމާލުވަމުންދާތީ މުވައްޒަފުންގެ ކަންބޮޑުވުން ވަނީ އިތުރުވެފަ. ޚާއްސަކޮށް ރޯދަ އިނާޔަތާއި މުސާރަ ދިނުން ލަސްވުމުގެ މައްސަލަތައް ފެންމަތިވަމުންދާއިރު، ބަޖެޓު ކަނޑައެޅިފައިވާ މިފަދަ ފައިސާ ދިނުމުގައި ލަސްވާ ސަބަބާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުން.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2026 | ހޮނިހިރު 16:24
ސްޓެލްކޯ

ސްޓެލްކޯ | ސްޓެލްކޯ

ސަރުކާރުގެ ބައެއް ކުންފުނިތަކުގައި ރަމަޟާން މަހު ފަހު 10އެއްގައި އިތުރު ވަގުތުގެ ފައިސާ ދޭ އުސޫލަށް ބަދަލު ގެނައި ނަމަވެސް އާއްމު އުސޫލާއި އެއްގޮތަށް އެކަން މެމޯ އިން ނާންގާ ކަމަށް ބުނެ ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިގޮތަށް އަމަލުކުރަމުންދާ ތަންތަނުގެ ތެރޭގައި ސްޓެލްކޯ އާއި ސަރުކާރުގެ އެހެން ބައެއް ކުންފުނިތައް ހިމެނެ އެވެ. އެ ކުންފުނިތަކުން ދަނީ ބައެއް ސެކްޝަންތަކުގެ މުވައްޒަފުންނާއި ވަކި ވަކިން ބައްދަލުކޮށް އޯޓީ ލިބޭނީ އާއްމު އުސޫލުން ރޯދަ މަހު ވަޒީފާ އަދާކުރާ ވަގުތުގެ އިތުރުން  ވަޒީފާ އަދާ ކުރާ ނަމަ އެކަނި ކަމަށް އަންގަމުންނެވެ. ނަމަވެސް އެކަމާއި ގުޅުން ހުރި ރަސްމީ ލިޔެކިޔުން ނުވަތަ މެމޯ ނުނެރޭތީ އެކަން ރަސްމީ ސިފަ އެއްގައި ކަމާއި ގުޅުން ހުރި ފަރާތްތަކުން ސަމާލުކަމަށް ވެސް ނުގެނެވޭ ކަމަށް އެ މުވައްޒަފުން ދަނީ ބުނަމުންނެވެ.

"ސަރުކާރު ބަންދު ނަމަ ސަރުކާރު ބަންދު ދުވަހު ލިބޭ ފައިސާ ލިބެން ވާނެ. އެ ދުވަސް އޮންނަންވާނީ ފުލް ޑޭ އޯޓީ ގޮތުގައި. ނުވަތަ އެއް ބަޔަކަށް ޗުއްޓީ ލިބިފައި އަނެއް ބަޔަކަށް ނުލިބި ފައިސާގެ އިނާޔަތް ވެސް ނެތުން އެއީ ބަލައިގަނެވޭ ކަމެއް ނޫން." މި ނޫހާއި ވާހަކަދެއްކި މުވައްޒަފަކު ކިޔާދިނެވެ.

ފަހަކަށް އައިސް ސަރުކާރު ބައެއް ކުންފުނިތަކުން ފައިސާގެ މުއާމަލާތުތައް ކުރުމުގައި ފަރުވާ ކުޑަ ވުމާއި ފައިސާ ދިނުން ލަސްވުމުގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން  ރަމަޟާން މަސް ފެށިގެން ދިޔައިރު ވެސް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ބައެއް މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދީ އޮތުމަށްފަހު، އެ މައްސަލަ މީޑިއާތަކުގެ ސަމާލުކަމަށް އައުމުން އެ ފައިސާ ވަނީ ދީފަ އެވެ. އޭގެ ކުރިން ވެސް ވެމްކޯ އިން ބައެއް މުވައްޒަފުންނަށް މި ފެބްރުއަރީ މަހު މުސާރަ ދިނުން ވެސް ލަސްވިކަން ފާހަގަކުރެވިފައިވެ އެވެ.

މީގެ އިތުރުން ސިވިލް ސާވިސް އާއި ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޕެންޝަން ފައިސާ ގަވައިދުން ޖަމާ ނުވާ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ.

މިފަދަ ކަންކަމަކީ ސަރުކާރުގެ މުވައްޒަފުންނާއި ކުރިން ކުރިމަތިލާން ޖެހޭ ކަންތައްތަކެއް ނޫންކަން ފާހަގަކޮށް މުވައްޒަފުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްސަކޮށް މުސާރަ އާއި އިނާޔަތުގެ ފައިސާ އަކީ ބަޖެޓް ކަނޑައެޅިފައިވާ ކަންކަމަށް ވާއިރު އެ ފައިސާ ލަސްވާ ސަބަބާއި މެދު މުވައްޒަފުން ސުވާލު އުފައްދަ އެވެ.

ސްޓެލްކޯވެމްކޯރަމަޟާން ޢިނާޔަތްރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުރަމަޟާން 1447

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މި ވެރިކަން އައި 15 ދުވަހުގެ ކާބޯތަކެތި ގަންނާނެ ފަދަ އެއް ނެތް ނަމަ ތިޔަ ކުރެއްވިހާ ޚަރަދުތައް ކުރެވޭނެތޯ؟

މި ވެރިކަން އައި 15 ދުވަހުގެ ކާބޯތަކެތި ގަންނާނެ ފަދަ އެއް ނެތް ނަމަ ތިޔަ ކުރެއްވިހާ ޚަރަދުތައް ކުރެވޭނެތޯ؟

21 ފެބުރުއަރީ 2026
ޚަބަރުތަކުގައި ޖެހުމުން އެންމެ ފަހުން ވެމްކޯ މުވައްޒަފުންނަށް ރޯދަ އިނާތް ދީފި

ޚަބަރުތަކުގައި ޖެހުމުން އެންމެ ފަހުން ވެމްކޯ މުވައްޒަފުންނަށް ރޯދަ އިނާތް ދީފި

20 ފެބުރުއަރީ 2026
ރަމަޟާން މަހު ފަހު 10 އެއްގައި މަސައްކަތް ކުރާ ސްޓެލްކޯގެ މުވައްޒަފުންނަށް ދޭ އޯޓީ މަދުވުމުން މުވައްޒަފުންގެ ކަންބޮޑުވުން

ރަމަޟާން މަހު ފަހު 10 އެއްގައި މަސައްކަތް ކުރާ ސްޓެލްކޯގެ މުވައްޒަފުންނަށް ދޭ އޯޓީ މަދުވުމުން މުވައްޒަފުންގެ ކަންބޮޑުވުން

20 ފެބުރުއަރީ 2026
ކެނދިކުޅުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޮޑު ޕްރޮޖެކްޓުގައި އިނީ ގުދަނަކާއި ފާހާނާއެއް

ކެނދިކުޅުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޮޑު ޕްރޮޖެކްޓުގައި އިނީ ގުދަނަކާއި ފާހާނާއެއް

19 ފެބުރުއަރީ 2026
ވެމްކޯގެ މުވައްޒަފުންނަށް އަދިވެސް ރޯދަ އިނާއަތް ނުދޭ، ގިނަ މުވައްޒަފުން ދަނީ ކަންބޮޑުވުންފާޅު ކުރަމުން

ވެމްކޯގެ މުވައްޒަފުންނަށް އަދިވެސް ރޯދަ އިނާއަތް ނުދޭ، ގިނަ މުވައްޒަފުން ދަނީ ކަންބޮޑުވުންފާޅު ކުރަމުން

18 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު