Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެމްކޯ

ވެމްކޯގެ ކުނި ހުސްކުރާ ރޭމްޕް މަތިން ވެއްޓި ޑްރައިވަރަކަށް ސީރިއަސް އަނިޔާވި މައްސަލަ ވެމްކޯއިން ސިއްރު ކުރަނީ

24 ފެބުރުއަރީ 2026 | އަންގާރަ 18:26

ވެމްކޯގެ ރޭމްޕް މަތިން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ޑްރައިވަރަކަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުން. މި ހާދިސާއާ ގުޅިގެން ކުންފުނީގެ އިހުމާލު އޮތްކަމަށް އާއިލާއިން ތުހުމަތުކުރާއިރު، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެމްކޯއިން އެކަށީގެންވާ ފިޔަވަޅު ނާޅާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފަ. މީގެ އިތުރުން މުވައްޒަފުންގެ އިންޝުއަރެންސާއި އިނާޔަތްތައް ކަނޑާލާފައިވާ މައްސަލައިގައި ވެސް ކުންފުންޏަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ.

މަޚްތޫމް
މަޚްތޫމް | 24 ފެބުރުއަރީ 2026 | އަންގާރަ 18:26
ހަސަން ނަޒީރު ރޭމްޕްމަތިން ވެއްޓިފައި

ހަސަން ނަޒީރު ރޭމްޕްމަތިން ވެއްޓިފައި | ސޯޝަލް މީޑިއާ

ވެމްކޯގެ ކުނި ހުސްކުރާ ރޭމްޕް މަތިން ވެއްޓި ޑްރައިވަރަކަށް ސީރިއަސް އަނިޔާވި މައްސަލަ ވެމްކޯއިން ސިއްރު ކުރަމުންދާކަން ހާމަވެއްޖެ އެވެ. 

މި ހާދިސާ ހިނގީ މިދިޔަ އާދީއްތަ ދުވަހު އެވެ. މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު 3:00 ހާއިރު، ވެމްކޯގެ ވެހިކަލްތައް ކުނި ހުސްކުރާ ރޭމްޕް މަތިން ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި ހަސަން ނަޒީރަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް އޭނާގެ އާއިލާއިން މައުލޫމާތުދެ އެވެ. 

އަނިޔާވި ނަޒީރަށް މިހާރު އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ އިރު، އޭނާގެ މޭކަށިގަނޑުގެ ތިން ތަނަކުން ބިންދައިގެން ގޮސް، އަމިއްލައަށް ނޭވާލުމަށް ނުކެޅިދިފައިވެ އެވެ. ވެމްކޯއިން މި މައްސަލައިގައި އަޅާނުލާ އޮތުމުން އެންމެ ފަހުން އާއިލާއިން ވަނީ މި މައްސަލަ ފުލުހަށް ހުށަހަޅާފަ އެވެ. 

މިކަމާއި ގުޅިގެން ފުލުހުން ބުނީ ފެބްރުއަރީ 22 ވަނަ ދުވަހު މާލޭގައި ހުންނަ ވެމްކޯގެ ސައިޓް ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ މައްސަލަ ފެބްރުއަރީ 23 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާވި މީހާ އަށް އައިޖީއެމްއެޗް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ. 

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް ތަހުގީގު ކުރަނީ ސިދާ ކޮން ކަމެއް ކަން ފުލުހުން ހާމަ ނުކުރެ އެވެ. 

ވެމްކޯގެ މުވައްޒަފުންނަށް ކުންފުނިން އިހުމާލުވަމުން އަންނަ ކަމުގެ އެތައް އަޑުތަކެއް ފެތުރިފައިވާ އިރު، ދާދިފަހުން މުސާރަ ދިނުން ލަސްކުރުމާއި، ރޯދަ އެލަވަންސް ވެސް ނުދީ ހިފެހެއްޓި އެވެ. މީގެ އިތުރުން ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދީ ހިފަހައްޓާފައިވާ މައްސަލަ ވެސް ފެންމަތިވި އެވެ. 

ވެމްކޯގެ މުވައްޒަފުން ބުނީ އެކުންފުނީގެ ހެލްތް އިޝިއުރަންސް 2022 ވަނަ އަހަރު ކަނޑާލާފައިވާ ކަމަށާއި، އަދިވެސް އެއްވެސް މުވައްޒަފަކަށް މިހާތަނަށް ރިސްކު އެލަވަންސް ވެސް ދީފައި ނުވާ ކަމަށެވެ. އަދި ނަޒީރު ވެއްޓުނު ހާދިސާއާ ގުޅިގެން އެހެން ޑްރައިވަރުން ކަންބޮޑުވުން ފާޅުކޮށް، ރިސްކު އެލަވަންސް ހޯދުމަށް މަސައްކަތް ކުރުމުން، ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރުދީ އެ ފަރާތްތަކަށް ބިރު ދައްކަމުންދާ ކަމަށެވެ. 

ވެމްކޯއައިޖީއެމްއެޗްމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2026

މެމްބަރުންނާއި ކުންފުނިތަކުގެ ވެރިންނަށް މުއިއްޒު އަށް ކަޓު ނުދީ ވިޔަފާރި އެއް ވެސް ނުހިންގޭ: މައުރޫފް

24 ފެބުރުއަރީ 2026
މެމްބަރުންނާއި ކުންފުނިތަކުގެ ވެރިންނަށް މުއިއްޒު އަށް ކަޓު ނުދީ ވިޔަފާރި އެއް ވެސް ނުހިންގޭ: މައުރޫފް
23 ފެބުރުއަރީ 2026

ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ

23 ފެބުރުއަރީ 2026
ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ
21 ފެބުރުއަރީ 2026

އިބްރާހީމް އިމްތިޔާޒް ހޯދަން އިއުލާނު ކުރުމުން ފުލުހަށް ހާޒިރުވެއްޖެ، އޭނާގެ ހާލު ރަނގަޅު

21 ފެބުރުއަރީ 2026
އިބްރާހީމް އިމްތިޔާޒް ހޯދަން އިއުލާނު ކުރުމުން ފުލުހަށް ހާޒިރުވެއްޖެ، އޭނާގެ ހާލު ރަނގަޅު
21 ފެބުރުއަރީ 2026

"ރަމަޟާން މަހު ފަހު 10 އެއްގައި އިތުރުގަޑީގެ ފައިސާ ލިބޭ އުސޫލަށް ބަދަލު ގެންނަކަން އަންގަނީ އަނގަބަހުން، މެމޯ އެއް ނުދޭ"

21 ފެބުރުއަރީ 2026
"ރަމަޟާން މަހު ފަހު 10 އެއްގައި އިތުރުގަޑީގެ ފައިސާ ލިބޭ އުސޫލަށް ބަދަލު ގެންނަކަން އަންގަނީ އަނގަބަހުން، މެމޯ އެއް ނުދޭ"
20 ފެބުރުއަރީ 2026

ތޫނު ހަތިޔާރަކުން ފުލުހަަކަށް ހަމަލާދިން މީހަކު ޝަރީއަތް ނިމެންދެން ބަންދު

20 ފެބުރުއަރީ 2026
ތޫނު ހަތިޔާރަކުން ފުލުހަަކަށް ހަމަލާދިން މީހަކު ޝަރީއަތް ނިމެންދެން ބަންދު
20 ފެބުރުއަރީ 2026

ޚަބަރުތަކުގައި ޖެހުމުން އެންމެ ފަހުން ވެމްކޯ މުވައްޒަފުންނަށް ރޯދަ އިނާތް ދީފި

20 ފެބުރުއަރީ 2026
ޚަބަރުތަކުގައި ޖެހުމުން އެންމެ ފަހުން ވެމްކޯ މުވައްޒަފުންނަށް ރޯދަ އިނާތް ދީފި
19 ފެބުރުއަރީ 2026

ރޯދަ މަހު ދުވާލު ކެއުން: މަގު މަތީގައި ޗުވިންގަމް އެއް ކޭ މީހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި

19 ފެބުރުއަރީ 2026
ރޯދަ މަހު ދުވާލު ކެއުން: މަގު މަތީގައި ޗުވިންގަމް އެއް ކޭ މީހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި
19 ފެބުރުއަރީ 2026

ކެނދިކުޅުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޮޑު ޕްރޮޖެކްޓުގައި އިނީ ގުދަނަކާއި ފާހާނާއެއް

19 ފެބުރުއަރީ 2026
ކެނދިކުޅުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޮޑު ޕްރޮޖެކްޓުގައި އިނީ ގުދަނަކާއި ފާހާނާއެއް
19 ފެބުރުއަރީ 2026

އަމިއްލަ ދަރިފުޅަށް ތުހުމަތުކުރެވޭ ރޭޕް މައްސަލައިގެ ހެކި ނައްތާލިކަމުގެ ތުހުމަތު ކުރެވިފައިވާ ފަރުހާދާއި ފުލުހުންގެ މުވައްސަސާގެ ހިންގުން ހަވާލުކޮށްފި

19 ފެބުރުއަރީ 2026
އަމިއްލަ ދަރިފުޅަށް ތުހުމަތުކުރެވޭ ރޭޕް މައްސަލައިގެ ހެކި ނައްތާލިކަމުގެ ތުހުމަތު ކުރެވިފައިވާ ފަރުހާދާއި ފުލުހުންގެ މުވައްސަސާގެ ހިންގުން ހަވާލުކޮށްފި
18 ފެބުރުއަރީ 2026

ނަވީން, ފުލުހުންގެ މުއައްސަސާއިން ރިޓަޔަރ ކުރައްވައިފި

18 ފެބުރުއަރީ 2026
ނަވީން, ފުލުހުންގެ މުއައްސަސާއިން ރިޓަޔަރ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް