Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެމްކޯ

ޚަބަރުތަކުގައި ޖެހުމުން އެންމެ ފަހުން ވެމްކޯ މުވައްޒަފުންނަށް ރޯދަ އިނާތް ދީފި

ވެމްކޯގެ އިދާރީ ހިންގުމުގެ މައްސަލަތައް ބޮޑުވެ، މުވައްޒަފުންގެ މުސާރަ ދިނުމުގައި ލަސްތަކެއް ކުރިމަތިވަމުންދާއިރު، ޕެންޝަން ފައިސާ ޖަމާނުކުރާ މައްސަލަ ވެސް ވަނީ ފެންމަތިވެފަ. ކުންފުނީގެ މާލީ ހާލަތު ގޯސްވެފައިވަނީ ސިޔާސީ މަގުސަދުގައި ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ ދިނުމުގެ ސަބަބުން ކަމަށް ބައެއް މުވައްޒަފުން ތުހުމަތު ކުރޭ. މިފަދަ މައްސަލަތަކުގެ ސަބަބުން ކުންފުނި ބަގުރޫޓުވެ، ދެމުންދާ ޚިދުމަތްތަކަށް ބުރޫއަރާފާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 19:12
ވެމްކޯ ގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް

ވެމްކޯ ގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް | ރާއްޖެ އެމްވީ

ރަމަޟާން މަސް ފެށިގެން ދިޔައިރު ވެސް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ބައެއް މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދީ އޮތުމަށްފަހު، އެ މައްސަލަ މީޑިއާތަކުގެ ސަމާލުކަމަށް އައުމުން އިނާޔަތް ދީފި އެވެ.

ރޯދަ މަސް ފެށުނުއިރު ވެސް އިނާޔަތް ލިބޭނެ ސީދާ ތާރީޚެއް އެ ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން އަންގާފައި ނުވާތީ، މުވައްޒަފުން ދިޔައީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ.

މި މައްސަލަ ޚަބަރުތަކަށް އަރައި، ސޯޝަލް މީޑިއާ ގައި އާންމުންގެ ފާޑުކިޔުންތައް ކުންފުންޏަށް އަމާޒުވާން ފެށުމާއެކު، އެ ކުންފުނީގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ޖަމާކޮށްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުގަ އެވެ. 

ބައެއް މުވައްޒަފުންނަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ އިނާޔަތް ވަނީ ޖަމާކޮށްދީފަ އެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ކޮންމެ މުސްލިމް މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭންޖެހެ އެވެ.

ވެމްކޯގެ އިދާރީ ހިންގުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުންދާއިރު، މުސާރަ ލަހުން ދޭ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. ޖެނުއަރީ މަހުގެ މުސާރަ މުވައްޒަފުންނަށް ދީފައިވަނީ ފެބްރުއަރީ މަހުގެ 5 ގެ ފަހުންނެވެ. 

ނަން ނުޖެހުމަށް ޝަރުތުކޮށް ވެމްކޯގައި މަސައްކަތް ކުރާ ސީނިއަރ ބޭފުޅެއް ވިދާޅުވީ، ބިދޭސީ ބައެއް މުވައްޒަފުން އަދިވެސް މުސާރަ ނުދޭ ކަމަށާއި، މިދިޔަ މަހު ވެސް އެމުވައްޒަފުންނަށް މުސާރަ ދީފައިވަނީ 20 ގެ ފަހުން ކަމަށެވެ. އަދި އެވާހަކަ ނުދެއްކުމަށް އަންގައި ބައެއް ބިދޭސީ މުވައްޒަފުންނަށް ބިރު ދައްކާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ކުންފުނިތަކުން ވެމްކޯއަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ކަމަށް މެނޭޖްމަންޓުން ކުރާ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ނަގުދު ފައިސާ ވަރަށް ގިނައިން ވަންނަ ކަމަށާއި، ކުންފުނިތަކުން ވެސް ބިލްތަކަށް ފައިސާ ދައްކާ ކަަމަށެވެ. އަދި ބައެއް ކުންފުނިތަކުން ފައިސާ ދެއްކުމަށް ބައެއް ފަހަރު ލަސްތަކެއް ކުރިމަތި ނަމަވެސް ބިލަށް ފައިސާ ދޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެބޭފުޅާ ވިދާޅުވީ މިއީ ދައްކާ އުޒުރެއް ކަމަށާއި، އެއީ އަސްލު މައްސަލަ ނޫން ކަމަށެވެ. މިހާރު ވެސް ކުންފުންޏަށް ގެއްލުންވާ ގޮތަށް ސިޔާސީ ގޮތުން އެތައް ބަޔަކަށް ވަޒީފާ ދީފައިވާ ކަމަށާއި، އެމީހުންނަކީ ފިންގަރ ޖެހުމަށްފަހު ގެއަށް ދާމީހުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބައެއް މީހުން އޮފީސްތެރޭގައި ތާސް ކުޅުމާއި،  އެކި ކަހަލަ ކުޅިވަރު ކުޅުމުގައި ވަގުތު ހޭދަ ކޮށްލާ ކަަމަށެވެ. 

ނަމަވެސް  އެމީހުންގެ މުސާރަ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވުރެ އެތައް ގުނައެއް ބޮޑު ކަމަށާއި، މުސަރާގެ މައްސަލައެއް ސިޔާސީ މުވައްޒަފުންނަށް ކުރިމަތިނުވާ ކަމަށެވެ. މަސް ފެށުމުގެ ކުރިން އެމީހުންނަށް މުސާރަ ވެސް ލިބޭ ކަމަށާއި، ރޯދަ އިނާއަތް ވެސް އަވަހަށް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. 

ވެމްކޯގެ ހާލަތު ވަރަށް ގޯސްކަން ފާހަގަކުރައްވައި އެބޭފުޅާ ވިދާޅުވީ މިގޮތަށް މިކަން ހިނގާނަމަ މާގިނަ ދުވަހެއް ނުވެ، ޚިދުމަތްތަކަށް ބުރޫއަރައި، ކުންފުނި އެއްކޮށް ބަގުރޫޓުވާނެ ކަމަށެވެ. އަދިި މިހާރު ވެސް ހިންގަމުންދަނީ ގެއްލުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

ވެމްކޯގެ ގިނަ މައްސަލަތައް ފެންމަތިވަމުންދާއިރު، މުވައްޒަފުންގެ މުސާރައިން ޕެންޝަން ފަންޑަށް ފައިސާ ކެނޑުމަށްފަހު އެފައިސާ ޖަމާނުކުރާތާ އަހަރަކަށް ވުރެ ވަނީ ގިނަ ދުވަސްވެފަ އެވެ. 

ވެމްކޯރަމަޟާން ޢިނާޔަތް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކެނދިކުޅުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޮޑު ޕްރޮޖެކްޓުގައި އިނީ ގުދަނަކާއި ފާހާނާއެއް

ކެނދިކުޅުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޮޑު ޕްރޮޖެކްޓުގައި އިނީ ގުދަނަކާއި ފާހާނާއެއް

19 ފެބުރުއަރީ 2026
ވެމްކޯގެ މުވައްޒަފުންނަށް އަދިވެސް ރޯދަ އިނާއަތް ނުދޭ، ގިނަ މުވައްޒަފުން ދަނީ ކަންބޮޑުވުންފާޅު ކުރަމުން

ވެމްކޯގެ މުވައްޒަފުންނަށް އަދިވެސް ރޯދަ އިނާއަތް ނުދޭ، ގިނަ މުވައްޒަފުން ދަނީ ކަންބޮޑުވުންފާޅު ކުރަމުން

18 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބުގައި ތިނަދޫގެ މޭޔަރ ސައުދު އަށް ތާއީދު ކުރާތީ ވަޒީފާ އަދާ ކުރާތަން ބަދަލު ކުރި ނާބިތު ކުޅުދުއްފުށްޓަށް ފޮނުވާލީ 6 މަސް ދުވަހަށް

ކައުންސިލް އިންތިޚާބުގައި ތިނަދޫގެ މޭޔަރ ސައުދު އަށް ތާއީދު ކުރާތީ ވަޒީފާ އަދާ ކުރާތަން ބަދަލު ކުރި ނާބިތު ކުޅުދުއްފުށްޓަށް ފޮނުވާލީ 6 މަސް ދުވަހަށް

17 ފެބުރުއަރީ 2026
ތިނަދޫ ގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރި ވެމްކޯގެ 3 މުވައްޒަފެއްގެ ވަޒީފާ އެހެން ރަށްރަށަށް ބަދަލުކޮށްފި

ތިނަދޫ ގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރި ވެމްކޯގެ 3 މުވައްޒަފެއްގެ ވަޒީފާ އެހެން ރަށްރަށަށް ބަދަލުކޮށްފި

12 ފެބުރުއަރީ 2026
ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުލިބޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުލިބޭ

05 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު