Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެމްކޯ

ވެންޓިލޭޓަރުގައި ފަރުވާ ދިން ވެމްކޯގެ މުވައްޒަފު ވޯޑަށް ބަދަލު ކޮށްފި

ވެމްކޯގެ ރޭމްޕުން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު މުވައްޒަފު، ހަސަން ނަޒީރުގެ ހާލަތު ރަނގަޅުވަމުން އަންނާތީ ވެންޓިލޭޓަރުން ނަގައި މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފައި. މި ހާދިސާއާ ގުޅިގެން ވެމްކޯގެ އިހުމާލު އޮތް ކަމަށް އާއިލާއިން ތުހުމަތުކުރާއިރު، އެ ކުންފުނީގެ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ގުޅޭ މައްސަލައެއް އެޗްއާރްސީއެމްއިން ދަނީ ތަހުގީގު ކުރަމުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 މާރިޗު 2026 | ބުދަ 10:48
ވެމްކޯގެ ކުނި ހުސްކުރާ ރޭމްޕް މަތިން ވެއްޓި އަނިޔާ ލިބުނު ހަސަން ނަޒީރު.

ވެމްކޯގެ ކުނި ހުސްކުރާ ރޭމްޕް މަތިން ވެއްޓި އަނިޔާ ލިބުނު ހަސަން ނަޒީރު. | ރާއްޖެއެމްވީ

ވެމްކޯގެ ކުނި ހުސްކުރާ ރޭމްޕް މަތިން ވެއްޓި ލިބުނު އަނިޔާތަކާ ގުޅިގެން ވެންޓިލޭޓަރުގައި ފަރުވާ ދިން ވެމްކޯގެ މުވައްޒަފު ވޯޑަށް ބަދަލު ކޮށްފި އެވެ.

22 ފެބްރުއަރީ 2026 ވަނަ ދުވަހުގެ ރޭ ދަންވަރު 3:00 ހާއިރު، ވެމްކޯގެ ކުނި ހުސްކުރާ ރޭމްޕް މަތިން ވެއްޓުނީ ހަސަން ނަޒީރު ނަމަކަށް ކިޔާ ދިވެއްސެކެވެ. އޭނާ ބޮޑެތި އަނިޔާތަކެއް ލިބި ފުރަތަމަ ފަރުވާ ދީފައިވަނީ ވެންޓިލޭޓަރުގަ އެވެ. އާއިލާއިން މައުލޫމާތު ދިން ގޮތުގައި،  އޭނާ ގެ މޭކަށިގަނޑުގެ ތިން ތަނަކުން ބިންދައިގެން ގޮސް، އަމިއްލައަށް ނޭވާލުމަށް ނުކެޅިދިފައިވެ އެވެ.

Advertisement - newsAdvertisement

މިހާދިސާ ހިނގުމުން ވެމްކޯއިން މިމައްސަލަ ފުރަތަމަ ސިއްރު ކުރި އެވެ. މީޑީއާތަކަށް މިމައްސަލަ ހާމަވެގެން ދިޔައީ، ވެެމްކޯގެ ބޮޑެތި އިހުމާލުތަކެއް ހުރި ކަމަށާއި، ނަޒީރަށް އެއްވެސް ގޮތަކަށް އަޅާނުލާ ކަަމަށް ބުނެ، އާއިލާއިން މި މައްސަލަ ހާމަ ކުރުމާ ގުޅިގެންނެވެ.

އޭނާ ގެ އެންމެފަހުގެ ހާލަތާ ގުޅޭގޮތުން ރާއްޖެއެމްވީން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލްއާ ސުވާލު ކުރުމުން ވިދާޅުވީ، ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، މިހާރު ވޯޑަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ނަޒީރުގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. 

ވެމްކޯގެ މުވައްޒަފުންނަށް ކުންފުނިން އިހުމާލުވަމުން އަންނަ ކަމުގެ އެތައް އަޑުތަކެއް ފެތުރިފައިވާ އިރު، އެކުންފުނީގެ ހެލްތު އިޝިއުރަންސް 2022 ވަނަ އަހަރު ކަނޑާލާފައިވާ ކަމަށް ވެމްކޯގައި މަސައްކަތް ކުރާ މުވައްޒަފުން ބުނެ އެވެ.

މީގެ އިތުރުން ވެމްކޯގެ މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ތަކުރާރުކޮށް އަނިޔާލިބި، ފުރާނައަށް ގެއްލުންވާ ފަދަ ނުރައްކާތެރި ހާދިސާތަކެއް ހިނގަމުންދާތީ، އެ ކުންފުނީގެ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފައިވެ އެވެ. 

ވެމްކޯހަސަން ނަޒީރުއައިޖީއެމްއެޗް

ކޮމެންޓް

އިތުރަށް ކިޔާލަން

ސައީދު އަށް ނާއިންސާފް ހަރާމް ހުކުމް އިއްވިތާ 5 މަސް: އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަށީގެންވާ ބޭސްފަރުވާ ނުލިބި ލަސްވާތީ

ސައީދު އަށް ނާއިންސާފް ހަރާމް ހުކުމް އިއްވިތާ 5 މަސް: އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަށީގެންވާ ބޭސްފަރުވާ ނުލިބި ލަސްވާތީ

28 ފެބުރުއަރީ 2026
ވެމްކޯގެ އިހުމާލުތައް ތަހުގީގު ކުރުމަށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ވެމްކޯގެ އިހުމާލުތައް ތަހުގީގު ކުރުމަށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

27 ފެބުރުއަރީ 2026
ވެމްކޯގެ މުވައްޒަފަކު މަރުވެ އެހެން މުވައްޒަފަކު މަރާ ހަނގުރާމަ ކުރަން ފެށުމުން އެޗްއާރުސީއެމުން އެތަނުގެ ރައްކާތެރިކަމާ ގުޅޭ ތަހުގީގެއް ހިންގަން ނިންމައިފި

ވެމްކޯގެ މުވައްޒަފަކު މަރުވެ އެހެން މުވައްޒަފަކު މަރާ ހަނގުރާމަ ކުރަން ފެށުމުން އެޗްއާރުސީއެމުން އެތަނުގެ ރައްކާތެރިކަމާ ގުޅޭ ތަހުގީގެއް ހިންގަން ނިންމައިފި

25 ފެބުރުއަރީ 2026
ވެމްކޯގެ ކުނި ހުސްކުރާ ރޭމްޕް މަތިން ވެއްޓި ޑްރައިވަރަކަށް ސީރިއަސް އަނިޔާވި މައްސަލަ ވެމްކޯއިން ސިއްރު ކުރަނީ

ވެމްކޯގެ ކުނި ހުސްކުރާ ރޭމްޕް މަތިން ވެއްޓި ޑްރައިވަރަކަށް ސީރިއަސް އަނިޔާވި މައްސަލަ ވެމްކޯއިން ސިއްރު ކުރަނީ

24 ފެބުރުއަރީ 2026
މެމްބަރުންނާއި ކުންފުނިތަކުގެ ވެރިންނަށް މުއިއްޒު އަށް ކަޓު ނުދީ ވިޔަފާރި އެއް ވެސް ނުހިންގޭ: މައުރޫފް

މެމްބަރުންނާއި ކުންފުނިތަކުގެ ވެރިންނަށް މުއިއްޒު އަށް ކަޓު ނުދީ ވިޔަފާރި އެއް ވެސް ނުހިންގޭ: މައުރޫފް

24 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު