Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ލަރިޖާނީގެ އެކައުންޓުން ލިޔުމެއް ޕޯސްޓު ކޮށްފި، އީރާންގެ ރަސްމީ ބަހެއް ނެތް

ލަރިޖާނީގެ އެކްސް އެކައުންޓުގައި މި ލިޔުން ޕޯސްޓު ކުރައްވާފައިވާއިރު، އީރާންގެ ސަރުކާރާ ގުޅުން ހުރި މީޑިއާ ތަކުން ވެސް ވަނީ މި ނޯޓު ހިއްސާ ކޮށްފައި. އަތުން ލިޔުއްވާފައިވާ އެ ނޯޓުގައި ވިދާޅުވެފައި ވަނީ، އެމެރިކާގެ ހަމަލާ ތަކުގައި އީރާންގެ ކަނޑުގެ ސިފައިން ތަކެއް އަވަހާރަވެފައިވާ ކަަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މާރިޗު 2026 | އަންގާރަ 10:40
އީރާންގެ ސެކިއުރިޓީ ޗީފް އަލީ ލަރިޖާނީ

އީރާންގެ ސެކިއުރިޓީ ޗީފް އަލީ ލަރިޖާނީ | ރޮއިޓާސް

އީރާންގެ ސެކިއުރިޓީ ޗީފް އަލީ ލަރިޖާނީ އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލުން ބުނެފައި ވަނިކޮށް، ލަރިޖާނީގެ ސޯޝަލް މީޑިއާ އެކައުންޓުން ލިޔުމެއް ޕޯސްޓު ކުރައްވައިފި އެވެ. 

ލަރިޖާނީގެ އެކްސް އެކައުންޓުގައި މި ލިޔުން ޕޯސްޓު ކުރައްވާފައިވާއިރު، އީރާންގެ ސަރުކާރާ ގުޅުން ހުރި މީޑިއާ ތަކުން ވެސް ވަނީ މި ނޯޓު ހިއްސާ ކޮށްފަ އެވެ. އަތުން ލިޔުއްވާފައިވާ އެ ނޯޓުގައި ވިދާޅުވެފައި ވަނީ، އެމެރިކާގެ ހަމަލާ ތަކުގައި އީރާންގެ ކަނޑުގެ ސިފައިން ތަކެއް އަވަހާރަވެފައިވާ ކަަމަށެވެ.  އަދި އެ މީހުންގެ ހަނދާން އަބަދު ވެސް ކުރާނެ ކަމަށާއި، އެ މީހުންގެ ހިތްވަރުގެ ސަބަބުން އީރާންގެ އަސްކަރިއްޔާ އަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށް ވެސް ލިޔުއްވާފައިވެ އެވެ. 

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެމެރިކާގެ ހަމަލާ ތަކުގައި އަވަހާރަވީ މީހުންގެ ޖަނާޒާ އަންގާރަ ދުވަހު އީރާންގައި ކުރިއަށް ގެންދިޔުމަށް ވަނީ ނިންމައިފަ އެވެ.  

އިޒްރޭލްގެ ޑިފެންސް މިނިސްޓަރުގެ އިތުރުން، އަސްކަރިއްޔާ އިން ވެސް ވަނީ ލަރިޖާނީ އަވަހާރަ ވެފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް، މިހާތަނަށް އީރާންގެ އެއްވެސް ރަސްމީ އިދާރާ އަކުން އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނެފައި ނުވެ އެވެ. އެހެންވެ، ލަރިޖާނީ ދުނިޔޭގައި ހުންނެވި ކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް މީޑިއާ ތަކުގައި ބުނެފައިވެ އެވެ. 

ލަރިޖާނީ އަކީ އީރާންގެ ސަލާމަތީ ދާއިރާގައި އިސް ދައުރެއް އަދާ ކުރައްވާ އަދި ވަރަށް ނުފޫޒު ގަދަ ބޭފުޅެކެވެ. ބައެއް މީޑިއާ ތަކުގައި ބުނެފައި ވަނީ، ލަރިޖާނީގެ ސޯޝަލް މީޑިއާ އެކައުންޓުން މި ލިޔުން ހިއްސާ ކޮށްފައިވާއިރު، އޭނާ ދުނިޔޭގައި ހުންނެވުމުގެ ފުރުސަތު ވެސް އޮތް ކަަމަށެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޢަލީ ލަރިޖާނީ

އިތުރަށް ކިޔާލަން

17 މާރިޗު 2026

ލަރިޖާނީ އަށް އަމާޒުކޮށް ހަމަލާދީ އަވަހާރަ ކޮށްލާފައިވާ ކަމަށް، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެ

17 މާރިޗު 2026
ލަރިޖާނީ އަށް އަމާޒުކޮށް ހަމަލާދީ އަވަހާރަ ކޮށްލާފައިވާ ކަމަށް، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެ
17 މާރިޗު 2026

އީރާންގެ ބަސީޖް ފޯސްގެ ކޮމާންޑަރު ސުލައިމާނީ އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

17 މާރިޗު 2026
އީރާންގެ ބަސީޖް ފޯސްގެ ކޮމާންޑަރު ސުލައިމާނީ އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި
17 މާރިޗު 2026

މެދު އިރުމަތިން އެމެރިކާގެ ސިފައިން ބޭރުވާން ޖެހޭ، ސަލާމަތާއި ރައްކާތެރިކަން ހޯދާނީ ސަރަހައްދުގެ ޤައުމު ތަކުން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

17 މާރިޗު 2026
މެދު އިރުމަތިން އެމެރިކާގެ ސިފައިން ބޭރުވާން ޖެހޭ، ސަލާމަތާއި ރައްކާތެރިކަން ހޯދާނީ ސަރަހައްދުގެ ޤައުމު ތަކުން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
17 މާރިޗު 2026

ޚަރްޖް އައިލެންޑަށް ހަމަލާ ދީފި ނަމަ، ރައްދުގައި ވަރުގަދަ ހަމަލާ ތަކެއްދީ އެ ޤައުމެއްގެ ތެލުގެ ވަސީލަތްތައް ހަލާކު ކޮށްލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

17 މާރިޗު 2026
ޚަރްޖް އައިލެންޑަށް ހަމަލާ ދީފި ނަމަ، ރައްދުގައި ވަރުގަދަ ހަމަލާ ތަކެއްދީ އެ ޤައުމެއްގެ ތެލުގެ ވަސީލަތްތައް ހަލާކު ކޮށްލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި
17 މާރިޗު 2026

ހަނގުރާމައާ ގުޅިގެން އެއްވެސް ހާސް ކަމެއް ނެތް، ތެލުގެ ދަތި ކަމެއް ވެސް ނެތް! އެކަމަކު ތެލުގެ އަގު އެންމެ ބޮޑު ކުރި ޤައުމު ތަކުގެ ހަތް ވަަނައިގައި ރާއްޖެ!

17 މާރިޗު 2026
ހަނގުރާމައާ ގުޅިގެން އެއްވެސް ހާސް ކަމެއް ނެތް، ތެލުގެ ދަތި ކަމެއް ވެސް ނެތް! އެކަމަކު ތެލުގެ އަގު އެންމެ ބޮޑު ކުރި ޤައުމު ތަކުގެ ހަތް ވަަނައިގައި ރާއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު