Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

މެދު އިރުމަތިން އެމެރިކާގެ ސިފައިން ބޭރުވާން ޖެހޭ، ސަލާމަތާއި ރައްކާތެރިކަން ހޯދާނީ ސަރަހައްދުގެ ޤައުމު ތަކުން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

ޣަލިބާފް ވިދާޅުވީ އެ ސަރަހައްދުގެ އިސްލާމީ ޤައުމު ތަކުން، އެ ސަރަހައްދުގެ ނިޒާމު އަދި ރައްކާތެރިކަން ޤާއިމު ކުރާނެ ކަމަށް. އިޤްތިޞާދީ ގޮތުން އަދި ސަލާމަތާ ގުޅޭ ގޮތުން އެ ސަރަހައްދުގެ ނިޒާމު ޤާއިމު ކުރުމުގައި، ސަރަހައްދުގެ ޤައުމު ތަކުން ބައިވެރި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 09:43
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް | ރޮއިޓާސް

މެދު އިރުމަތީގެ ސަރަހައްދުގައި އެމެރިކާާގެ ސިފައިން ތިބެގެން ސަލާާމަތެއް ނޯންނާނެ ކަމަށާއި، އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމު ކުރަން ޖެހޭނީ ސަރަހައްދުގެ ޤައުމު ތަކުން ކަމަށް، އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް ވިދާޅުވެއްޖެ އެވެ. 

ޤައުމީ ޓީވީ އަށް ދެއްވި ބަސްދީ ގަތުމެއްގައި ޣަލިބާފް ވިދާޅުވީ، މެދު އިރުމަތީގެ ނިޒާމު އަދި މޫނު މަތި ބަދަލުވާނެ ކަމަށެވެ. އެހެން ނަމަވެސް، އެއީ އެމެރިކާގެ ޕްލޭންތަކާ އެއްގޮތަށް ނޫން ކަމަށް ވެސް ޣަލިބާފް ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން ޣަލިބާފް ވިދާޅުވީ އެ ސަރަހައްދުގެ އިސްލާމީ ޤައުމުތަކުން، އެ ސަރަހައްދުގެ ނިޒާމު އަދި ރައްކާތެރިކަން ޤާއިމު ކުރާނެ ކަމަށެވެ. އިޤްތިޞާދީ ގޮތުން އަދި ސަލާމަތާ ގުޅޭ ގޮތުން އެ ސަރަހައްދުގެ ނިޒާމު ޤާއިމު ކުރުމުގައި، ސަރަހައްދުގެ ޤައުމު ތަކުން ބައިވެރި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އެެއާ އެކު ޣަލިބާފް ވަނީ، މެދު އިރުމަތީގެ ސަރަހައްދުން އެމެރިކާގެ ސިފައިން ބޭރުވާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެމެރިކާގެ ސިފައިން އެ ސަރަހައްދުގައި ޙަރަކާތްތެރި ވެގެން، އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރި ކަމަށް އެއްވެސް ފައިދާއެއް ނުވާނެ ކަމަށް ވެސް ޣަލިބާފް ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

މެދު އިރުމަތީގައި އެމެރިކާގެ ސިފައިންގެ ޙަރަކާތްތެރިކަމާ ގުޅިގެން، އެ ސަރަހައްދުގައި ދިގު މުއްދަތަކަށް ވަނީ ދަތިތަކާ ގޮން ޖެހުންތައް ކުރިމަތިވެފަ އެވެ. ޚާއްސަކޮށް އެ ސަރަހައްދުގެ ގިނަ ޤައުމު ތަަކަކުން، ސަރަހައްދުގައި އެމެރިކާގެ ސިފައިން ޙަރަކާތްތެރިވުމާ ދެކޮޅުކަން ފާހަގަ ކުރެވެ އެވެ. 

މީގެ ކުރިން ވެސް އީރާންގެ ވެރިން ވަނީ، އެ ސަރަހައްދުގައި އެމެރިކާގެ ސިފައިން ތިބުމަކީ އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރި ކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ފާހަގަ ކޮށްފަ އެވެ. މެދު އިރުމަތީގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމު ކުރުމުގައި، އެ ސަރަހައްދުގެ ޤައުމު ތަކުން ބައިވެރިވާން ޖެހޭ ކަމަށް އީރާން އިން އަބަދު ވެސް ބުނަމުން ގެންދެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ މެދު އިރުމަތިމުހައްމަދު ބާގިރު ގަލިބާފް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޚަރްޖް އައިލެންޑަށް ހަމަލާ ދީފި ނަމަ، ރައްދުގައި ވަރުގަދަ ހަމަލާ ތަކެއްދީ އެ ޤައުމެއްގެ ތެލުގެ ވަސީލަތްތައް ހަލާކު ކޮށްލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

ޚަރްޖް އައިލެންޑަށް ހަމަލާ ދީފި ނަމަ، ރައްދުގައި ވަރުގަދަ ހަމަލާ ތަކެއްދީ އެ ޤައުމެއްގެ ތެލުގެ ވަސީލަތްތައް ހަލާކު ކޮށްލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

17 މާރިޗު 2026
ހަނގުރާމައާ ގުޅިގެން އެއްވެސް ހާސް ކަމެއް ނެތް، ތެލުގެ ދަތި ކަމެއް ވެސް ނެތް! އެކަމަކު ތެލުގެ އަގު އެންމެ ބޮޑު ކުރި ޤައުމު ތަކުގެ ހަތް ވަަނައިގައި ރާއްޖެ!

ހަނގުރާމައާ ގުޅިގެން އެއްވެސް ހާސް ކަމެއް ނެތް، ތެލުގެ ދަތި ކަމެއް ވެސް ނެތް! އެކަމަކު ތެލުގެ އަގު އެންމެ ބޮޑު ކުރި ޤައުމު ތަކުގެ ހަތް ވަަނައިގައި ރާއްޖެ!

17 މާރިޗު 2026
ހޮރުމޯޒް ކަނޑުއޮޅިން ދަތުރު ކުރާ އުޅަނދު ތަކަށް އަސްކަރީ މަނަވަރު ތަކުގެ ހިމާޔަތް ދިން ނަމަވެސް، 100 އިންސައްތަ ރައްކާތެރިކަން ނެތް ކަމަށް ބުނެފި

ހޮރުމޯޒް ކަނޑުއޮޅިން ދަތުރު ކުރާ އުޅަނދު ތަކަށް އަސްކަރީ މަނަވަރު ތަކުގެ ހިމާޔަތް ދިން ނަމަވެސް، 100 އިންސައްތަ ރައްކާތެރިކަން ނެތް ކަމަށް ބުނެފި

17 މާރިޗު 2026
އެމެރިކާގެ އެކުވެރި ޤައުމު ތަކުން، އައިއާރުޖީސީ އާއި ހިޒްބުﷲ އަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅަން ރޫބިއޯ ގޮވާލައްވައިިފި

އެމެރިކާގެ އެކުވެރި ޤައުމު ތަކުން، އައިއާރުޖީސީ އާއި ހިޒްބުﷲ އަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅަން ރޫބިއޯ ގޮވާލައްވައިިފި

17 މާރިޗު 2026
އީރާން އަށް ހަމަލާ ދިނީ އަމިއްލަ އެދުމެއް އޮވެގެނެއް ނޫން، މުޅި ދުނިޔޭގެ ޙައްގުގައި: ޓްރަމްޕް

އީރާން އަށް ހަމަލާ ދިނީ އަމިއްލަ އެދުމެއް އޮވެގެނެއް ނޫން، މުޅި ދުނިޔޭގެ ޙައްގުގައި: ޓްރަމްޕް

17 މާރިޗު 2026

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު