Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޚަރްޖް އައިލެންޑަށް ހަމަލާ ދީފި ނަމަ، ރައްދުގައި ވަރުގަދަ ހަމަލާ ތަކެއްދީ އެ ޤައުމެއްގެ ތެލުގެ ވަސީލަތްތައް ހަލާކު ކޮށްލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

ހޯމަ ދުވަހު ޝެކާރްޗީ ވިދާޅުވީ، އެމެރިކާ އިން ޚަރްޖް ޖަޒީރަ އަށާއި، އެ ތަނުގެ ތެލުގެ ވަސީލަތް ތަކަށް ހަމަލާ ދީފި ނަމަ، އީރާން އިން އޭގެ ރައްދުގައި ވަރުގަދަ އަދި ހަރުދަނާ ހަމަލާ ތަކެއް ދޭނެ ކަމަށް. އެފަދަ ޙާލަތަކެއްގައި ޚަރްޖް އައިލެންޑަށް ހަމަލާ ދިން ޤައުމުގެއްގައި ހުރި ތެޔޮ އަދި ގޭހުގެ ވަސީލަތް ތަކަށް އީރާންގެ ސިފައިންގެ ހުރިހާ ބާރު ތަކުން ހަމަލާ ދޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މާރިޗު 2026 | އަންގާރަ 09:34
އީރާންގެ ސިފައިންގެ ބާރު ތަކުގެ އިސް ތަރުޖަމާނު ބްރިގޭޑިއާ ޖެނަރަލް އަބޫލްފަޒްލް ޝެކާރްޗީ

އީރާންގެ ސިފައިންގެ ބާރު ތަކުގެ އިސް ތަރުޖަމާނު ބްރިގޭޑިއާ ޖެނަރަލް އަބޫލްފަޒްލް ޝެކާރްޗީ | ރޮއިޓާސް

އީރާންގެ ތެޔޮ އެކްސްޕޯޓު ކުރާ މައިގަނޑު މަރުކަޒު ހުންނަ ޚަރްޖް އައިލެންޑަށް ހަމަލާއެއް ދީފި ނަމަ، އެ ހަމަލާއެއް ދިން ޤައުމެއްގެ ތެލުގެ ވަސީލަތްތައް ހަލާކު ކޮށްލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި އެވެ. 

އީރާންގެ ސިފައިންގެ ބާރު ތަކުގެ އިސް ތަރުޖަމާނު ބްރިގޭޑިއާ ޖެނަރަލް އަބޫލްފަޒްލް ޝެކާރްޗީ މިފަދަ އިންޒާރެއް ދެއްވާފައިވާއިރު، މިދިޔަ ދުވަސް ތަކުގައި އެމެރިކާ އިން ވަނީ ޚަރްޖް އައިލެންޑަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ. 

ހޯމަ ދުވަހު ޝެކާރްޗީ ވިދާޅުވީ، އެމެރިކާ އިން ޚަރްޖް ޖަޒީރަ އަށާއި، އެ ތަނުގެ ތެލުގެ ވަސީލަތް ތަކަށް ހަމަލާ ދިނުމުން، އީރާން އިން އޭގެ ރައްދުގައި ވަރުގަދަ އަދި ހަރުދަނާ ހަމަލާ ތަކެއް ދޭނެ ކަމަށެވެ. އެފަދަ ޙާލައެއްގައި ޚަރްޖް އައިލެންޑަށް ހަމަލާ ދިން ޤައުމުގެއްގައި ހުރި ތެޔޮ އަދި ގޭހުގެ ވަސީލަތް ތަކަށް އީރާންގެ ސިފައިންގެ ހުރިހާ ބާރު ތަކުން ހަމަލާ ދޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

އީރާންގެ ސިފައިންގެ ބާރުތަކުން އަންގާ ހުރިހާ އެންގުން ތަކެއް ތަންފީޒު ކުރާ ކަމަށާއި، އިންޒާރު ދިން ތަން ތަނުގައި އަމަލީ ގޮތުން ފިޔަވަޅު އަޅާފައިވާ ކަމަށް ތަރުޖަމާނު ފާހަގަ ކުރެއްވި އެވެ. އީރާނުގެ ރައްޔިތުންގެ މަސްލަހަތު ރައްކާތެރި ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

އެމެރިކާގެ ހަމަލާ ތަކުގެ މެދުވެރި އަކަށް، ނުވަތަ މަސްދަރަކަށް ވާން ބޭނުންވާ ޤައުމު ތަކުން ދަންނަން ޖެހޭނީ އެފަދަ ހަމަލާއެއް ދިނުމުން، އީރާން އިން ރައްދުގައި އެ ޤައުމެއްގެ ތެޔޮ އަދި ގޭހުގެ ވަސީލަތް ތަކަށް، އަލިފާން ކުރިމަތި ކުރާނެ ކަމަށް ޝެކާރްޗީ ވިދާޅުވި އެވެ. 

ޚަރްޖް އައިލެންޑަކީ އީރާންގެ ކަނޑުގެ ސަރަހައްދުން ގާތް ގަނޑަކަށް 19 މޭލު ބޭރުގައި އޮންނަ ކުޑަ ރަށަކަށް ވާއިރު، އީރާންގެ މައިގަނޑު ތެޔޮ އެކްސްޕޯޓު ކުރާ ޓާމިނަލްތައް ހަދާފައި ހުރީ އެތަނުގަ އެވެ. އީރާން އިން އެކްސްޕޯޓު ކުރާ ތެލުގެ 90 އިންސައްތަ ދައުރު ކުރަނީ އެ ރަށުންނެވެ. ފާއިތުވި އަހަރުގެ ތެރޭގައި އެ ތަނުން ވަނީ ގާތް ގަނޑަކަށް 1.7 މިލިއަން ބެރަލުގެ ތެޔޮ އެކްސްޕޯޓު ކޮށްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން ބުނީ ޚަރްޖް ރަށުގައި ހުރި އީރާންގެ ސިފައިންގެ ތަން ތަނަށް ކާމިޔާބު ހަމަލާ ތަކެއް ދީފައިވާ ކަމަށެވެ. އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އެ ރަށުގައި ހުރި ސިފައިންގެ ތަންތަން ހަލާކު ކޮށްފައިވީ ނަމަވެސް، އިންސާނިއްޔަތުގެ ސަބަބުން ތެލުގެ ވަސީލަތް ތަަކަށްހަމަލާ ނުދީ ދޫކޮށްލި ކަމަށެވެ. ނަމަވެސް، ހޮރުމޯޒް ކަނޑު އޮޅީގެ ތެރެއިން ދަތުރު ކުރާ ބޯޓު ތަކަށް އީރާން އިން، ނުވަތަ އެހެން ފަރާތަކުން ވެސް ހުރަސްއަޅައިފި ނަމަ، ވަގުތުން އެ ނިންމުން ބަދަލު ކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

އީރާންގެ އޮފިޝަލުން ބުނެފައި ވަނީ ޚަރްޖް އައިލެންޑުގައި ހުރި ސިފައިންގެ ތަންތަނާއި، އެއާޕޯޓަށް ގެއްލުން ތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށެވެ. އަދި ތެޔޮ އެކްސްޕޯޓު ކުރުން ހިމެނޭ ގޮތުން ވިޔަފާރީގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ބުނެފައިވެ އެވެ. 

މަސްދަރު: ޕްރެސް ޓީވީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޚާރްގް އައިލެންޑްއީރާން

އިތުރަށް ކިޔާލަން

17 މާރިޗު 2026

ހަނގުރާމައާ ގުޅިގެން އެއްވެސް ހާސް ކަމެއް ނެތް، ތެލުގެ ދަތި ކަމެއް ވެސް ނެތް! އެކަމަކު ތެލުގެ އަގު އެންމެ ބޮޑު ކުރި ޤައުމު ތަކުގެ ހަތް ވަަނައިގައި ރާއްޖެ!

17 މާރިޗު 2026
ހަނގުރާމައާ ގުޅިގެން އެއްވެސް ހާސް ކަމެއް ނެތް، ތެލުގެ ދަތި ކަމެއް ވެސް ނެތް! އެކަމަކު ތެލުގެ އަގު އެންމެ ބޮޑު ކުރި ޤައުމު ތަކުގެ ހަތް ވަަނައިގައި ރާއްޖެ!
17 މާރިޗު 2026

ހޮރުމޯޒް ކަނޑުއޮޅިން ދަތުރު ކުރާ އުޅަނދު ތަކަށް އަސްކަރީ މަނަވަރު ތަކުގެ ހިމާޔަތް ދިން ނަމަވެސް، 100 އިންސައްތަ ރައްކާތެރިކަން ނެތް ކަމަށް ބުނެފި

17 މާރިޗު 2026
ހޮރުމޯޒް ކަނޑުއޮޅިން ދަތުރު ކުރާ އުޅަނދު ތަކަށް އަސްކަރީ މަނަވަރު ތަކުގެ ހިމާޔަތް ދިން ނަމަވެސް، 100 އިންސައްތަ ރައްކާތެރިކަން ނެތް ކަމަށް ބުނެފި
17 މާރިޗު 2026

އެމެރިކާގެ އެކުވެރި ޤައުމު ތަކުން، އައިއާރުޖީސީ އާއި ހިޒްބުﷲ އަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅަން ރޫބިއޯ ގޮވާލައްވައިިފި

17 މާރިޗު 2026
އެމެރިކާގެ އެކުވެރި ޤައުމު ތަކުން، އައިއާރުޖީސީ އާއި ހިޒްބުﷲ އަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅަން ރޫބިއޯ ގޮވާލައްވައިިފި
17 މާރިޗު 2026

އީރާން އަށް ހަމަލާ ދިނީ އަމިއްލަ އެދުމެއް އޮވެގެނެއް ނޫން، މުޅި ދުނިޔޭގެ ޙައްގުގައި: ޓްރަމްޕް

17 މާރިޗު 2026
އީރާން އަށް ހަމަލާ ދިނީ އަމިއްލަ އެދުމެއް އޮވެގެނެއް ނޫން، މުޅި ދުނިޔޭގެ ޙައްގުގައި: ޓްރަމްޕް
17 މާރިޗު 2026

އެމެރިކާގެ ބޭސް ތަކަށް އީރާން އިން ހަމަލާ ދިނުމުން ހައިރާންވި، ލިބުނީ ޝޮކެއް: ޓްރަމްޕް

17 މާރިޗު 2026
އެމެރިކާގެ ބޭސް ތަކަށް އީރާން އިން ހަމަލާ ދިނުމުން ހައިރާންވި، ލިބުނީ ޝޮކެއް: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު