Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ހޮރުމޯޒް ކަނޑުއޮޅިން ދަތުރު ކުރާ އުޅަނދު ތަކަށް އަސްކަރީ މަނަވަރު ތަކުގެ ހިމާޔަތް ދިން ނަމަވެސް، 100 އިންސައްތަ ރައްކާތެރިކަން ނެތް ކަމަށް ބުނެފި

ފައިނޭންޝަލް ޓައިމްސް ނޫހަށް ދެއްވި އިންޓަވިޔުއެއްގައި ޑޮމިންގޭޒް ވިދާޅުވީ، ކަނޑު އޮޅި ހުޅުވާލުމަށްޓަކައި އަސްކަރީ އެހީތެރިކަން ހޯދުމަކީ ދާއިމީ، ނުވަތަ ދެމެހެއްޓެނިވި ޙައްލެއް ނޫން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 07:54
އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ ސެކްރެޓަރީ ޖެނަރަލް އާސެނިއޯ ޑޮމިންގޭޒް

އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ ސެކްރެޓަރީ ޖެނަރަލް އާސެނިއޯ ޑޮމިންގޭޒް | ގެޓީ އިމޭޖަސް

ހޮރުމޯޒް ކަނޑު އޮޅިން ދަތުރު ކުރާ އުޅަނދު ފަހަރަށް އަސްކަރީ މަނަވަރު ތަކުގެ ހިމާޔަތް ދިން ނަމަވެސް، އެ އުޅަނދު ތަކުގެ ސަލާމަތާއި ރައްކާތެރިކަން 100 އިންސައްތަ އަށް ކަށަވަރުކޮށް ނުދެވޭނެ ކަމަށް، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ ސެކްރެޓަރީ ޖެނަރަލް އާސެނިއޯ ޑޮމިންގޭޒް ވިދާޅުވެއްޖެ އެވެ. 

ފައިނޭންޝަލް ޓައިމްސް ނޫހަށް ދެއްވި އިންޓަވިޔުއެއްގައި ޑޮމިންގޭޒް ވިދާޅުވީ، ކަނޑު އޮޅި ހުޅުވާލުމަށްޓަކައި އަސްކަރީ އެހީތެރިކަން ހޯދުމަކީ ދާއިމީ، ނުވަތަ ދެމެހެއްޓެނިވި ޙައްލެއް ނޫން ކަމަށެވެ. 

ދުނިޔޭގައި ބޭނުން ކުރާ ތެލާއި، ސާފު ކުރި ގޭހުގެ 20 އިންސައްތަ އުފުލާ މުހިންމު މަގަކަށް ހޮރުމޯޒް ކަނޑު އޮޅި ވެފައިވާއިރު، މި ސަރަހައްދުގެ މަސްލަހަތު ގޯސްވެ، ދަތުރު ފަތުރުތައް ހުއްޓުމަކަށް އައުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު ވަނީ އުފުލިފަ އެވެ. މީގެ އިތުރުން މުދާ އުފުލާ ކުންފުނި ތަކުން މިހާރު ދަނީ މުދާ ސަޕްލައި ކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ. އޭގެ ތެރޭގައި އުޅަނދު ފަހަރުގެ މިސްރާބު ބަދަލު ކުރުމާއި، އެއްގަމު މަގުން މުދާ އުފުލަން ކުރަން ޖެހޭ ޚަރަދު ބޮޑުވުމުގެ އިތުރުން، އަވަހަށް ހަލާކުވާ ޒާތުގެ މުދާ ރައްކާތެރިކަމާ އެކު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް ހިމެނެ އެވެ.

މެދު އިރުމަތީގައި ހިނގަމުންދާ ހަމަ ނުޖެހުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑޮމިންގޭޒް ވިދާޅުވީ، ކަނޑު ދަތުރު ފަތުރާ އެއްވެސް ގުޅުމެއް ނެތް މައްސަލަ ތަކެއްގެ ސަބަބުން، އެ ދާއިރާ އަށް ބޮޑެތި ގެއްލުން ތަކެއް ލިބެމުން އަންނަ ކަމަށެވެ. އަދި ގަލްފު ސަރަހައްދުގައި ތާށިވެފައިވާ އުޅަނދު ފަހަރުގައި ތިބި ފަޅުވެރިންގެ ކާބޯ ތަކެއްޗާއި އެހެނިހެން ސާމާނު ހުސްވަމުން ދާތީ، އެކަމުގެ ކަންބޮޑުވުން އައިއެމްއޯގައި އެބައޮތް ކަމަށް ވެސް ޑޮމިންގޭޒް ވިދާޅުވި އެވެ. 

މި މައްސަލަ ތަކަށް މަޝްވަރާ ކުރުމަށްޓަކައި އައިއެމްއޯ ކައުންސިލްގެ ޚާއްސަ ބައްދަލުވުމެއްގެ މި ހަފުތާގެ ބުދަ، އަދި ބުރާސްފަތި ދުވަހު ލަންޑަންގައި ހުންނަ އެ އިދާރާގެ މައި މަރުކަޒުގައި ބޭއްވުމަށް ވަނީ ތާވަލު ކޮށްފަ އެވެ. މި ބައްދަލުވުމުގައި މެދު އިރުމަތީގެ ހަމަ ނުޖެހުން ތަކުގެ ސަބަބުން، ކަނޑު ދަތުރު ފަތުރަށާއި، ފަޅުވެރިންނަށް ކުރިމަތި ވަމުންދާ ނޭދެވޭ އަސަރުތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ އެވެ. 

އައިއެމްއޯގެ އިސްވެރިޔާ ވަނީ އުޅަނދު ފަހަރު ބަލަހައްޓާ ފަރަތް ތަކުން، ފަޅުވެރިންނާއި، އުޅަނދު ފަހަރު ނުރައްކަލުގެ ތެރެއަށް ހުށަނޭޅުމަށް އިލްތިމާސް ކުރައްވައިފަ އެވެ. މި ދަނޑި ވަޅުގައި ހޮރުމޯޒް ކަނޑު އޮޅިން ދަތުރު ކުރާ ތެޔޮ ޓޭންކަރު ތަަކަށް ހިމާޔަތް ދިނުމަށް އަސްކަރީ މަނަވަރުތައް ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިފައިވާ އެދުމަށް ހުޅަނގުގެ ޤައުމު ތަކުން ދެކޮޅު ހެދުމުން، އެ ޤައުމު ތަކަށްވެސް ޑޮމިންގޭޒް ވަނީ ފާޑު ވިދާޅުވެފަ އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހޯރްމޫޒް ކަނޑުއޮޅިއިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންއާސެނިއޯ ޑޮމިންގޭޒް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ އެކުވެރި ޤައުމު ތަކުން، އައިއާރުޖީސީ އާއި ހިޒްބުﷲ އަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅަން ރޫބިއޯ ގޮވާލައްވައިިފި

އެމެރިކާގެ އެކުވެރި ޤައުމު ތަކުން، އައިއާރުޖީސީ އާއި ހިޒްބުﷲ އަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅަން ރޫބިއޯ ގޮވާލައްވައިިފި

17 މާރިޗު 2026
އީރާން އަށް ހަމަލާ ދިނީ އަމިއްލަ އެދުމެއް އޮވެގެނެއް ނޫން، މުޅި ދުނިޔޭގެ ޙައްގުގައި: ޓްރަމްޕް

އީރާން އަށް ހަމަލާ ދިނީ އަމިއްލަ އެދުމެއް އޮވެގެނެއް ނޫން، މުޅި ދުނިޔޭގެ ޙައްގުގައި: ޓްރަމްޕް

17 މާރިޗު 2026
އެމެރިކާގެ ބޭސް ތަކަށް އީރާން އިން ހަމަލާ ދިނުމުން ހައިރާންވި، ލިބުނީ ޝޮކެއް: ޓްރަމްޕް

އެމެރިކާގެ ބޭސް ތަކަށް އީރާން އިން ހަމަލާ ދިނުމުން ހައިރާންވި، ލިބުނީ ޝޮކެއް: ޓްރަމްޕް

17 މާރިޗު 2026
ލަރިޖާނީގެ ވަރުގަދަ ސުވާލެއް އިސްލާމީ އުންމަތަށް: "ކަލޭމެން ތިޔަ ތިބީ ކޮން ފަޅިއެއްގައި؟"

ލަރިޖާނީގެ ވަރުގަދަ ސުވާލެއް އިސްލާމީ އުންމަތަށް: "ކަލޭމެން ތިޔަ ތިބީ ކޮން ފަޅިއެއްގައި؟"

17 މާރިޗު 2026
އީރާން އިން ސައުދީ އަށް އަމާޒުކޮށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް މިޞްރުގެ ރައީސް ވިދާޅުވެއްޖެ

އީރާން އިން ސައުދީ އަށް އަމާޒުކޮށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް މިޞްރުގެ ރައީސް ވިދާޅުވެއްޖެ

17 މާރިޗު 2026

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު