Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދިގު ދެންމުމަށް ސައުދީން ހިތްވަރުދޭ ކަމަށް ބުނި ރިޕޯޓް ދޮގުކޮށްފި

އީރާނަށް ހަމަލާދިނުމަށް ސައުދީ އަރަބިއްޔާއިން އެމެރިކާއަށް ބާރުއަޅަމުންދާ ކަމަށް ނިއުޔޯކް ޓައިމްސް އާއި ވޮޝިންގޓަން ޕޯސްޓުން ވަނީ ރިޕޯޓު ކޮށްފައި.

ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 01:54
އީރާނުގެ ތެހެރާންގެ ހުޅަނގު އުތުރުގައި ހުންނަ ޝަހްރާން ތެޔޮ ސާފުކުރާ ކާރުޚާނާއަށް 2026 މާރިޗު 8 ވީ އާދީއްތަ ދުވަހުގެ ރޭ ދިން ވައިގެ ހަމަލާތަކާ ގުޅިގެން އުފެދުނު ބޮޑު އަލިފާންގަނޑުން އަރަމުންދިޔަ ދުންގަނޑުތަކުގެ ތެރޭގައި، އީރާނުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ އަންހެން މެންބަރުންތަކެއް ހަރަކާތްތެރިވަނީ.

އީރާނުގެ ތެހެރާންގެ ހުޅަނގު އުތުރުގައި ހުންނަ ޝަހްރާން ތެޔޮ ސާފުކުރާ ކާރުޚާނާއަށް 2026 މާރިޗު 8 ވީ އާދީއްތަ ދުވަހުގެ ރޭ ދިން ވައިގެ ހަމަލާތަކާ ގުޅިގެން އުފެދުނު ބޮޑު އަލިފާންގަނޑުން އަރަމުންދިޔަ ދުންގަނޑުތަކުގެ ތެރޭގައި، އީރާނުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ އަންހެން މެންބަރުންތަކެއް ހަރަކާތްތެރިވަނީ. | ގެޓީ އިމޭޖަސް

އީރާނާއެކު ދިގުދެމިގެންދާ ހަނގުރާމައަކަށް ސައުދީ އަރަބިއްޔާގެ ލީޑަޝިޕުން ހިތްވަރުދޭ ކަމަށް ބުނެ "ދަ ނިއުޔޯކް ޓައިމްސް" އިން ޝާއިއުކުރި ރިޕޯޓަކީ ދޮގު ރިޕޯޓެއް ކަމަށް ސައުދީގެ މަސްދަރަކުން ހޯމަ ދުވަހު އަލް އަރަބިއްޔާ ނޫހަށް މައުލޫމާތު ދީފި އެވެ.

މި މަސްދަރުން މިހެން ބުނެފައި މިވަނީ، ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް "އީރާނަށް ވަރުގަދަ ހަމަލާތަކެއް ދިނުމުގައި ދެމިއޮތުމަށް" ލަފާދެއްވަމުން ގެންދަވާ ކަމަށް ބުނެ އާދީއްތަ ދުވަހު ނިއުޔޯކް ޓައިމްސްއިން ރިޕޯޓެއް ޝާއިއުކޮށްފައި ވަނިކޮށެވެ.

މީގެ އިތުރުން، އީރާނަށް ހަމަލާދިނުމަށް ސައުދީ އަރަބިއްޔާއިން ސިއްރިއްޔާތުގައި ޓްރަމްޕަށް ބާރުއަޅަމުންދާ ކަމަށް ބުނެ "ދަ ވޮޝިންގޓަން ޕޯސްޓް" އިން ނެރުނު ރިޕޯޓެއް ވެސް، ވޮޝިންގޓަންގައި ހުންނަ ސައުދީ އެމްބަސީން މި މަހުގެ ކުރީކޮޅު ވަނީ ދޮގުކޮށްފައެވެ.

ސަރަހައްދުގެ އެއްވެސް ހަނގުރާމައެއްގައި އެ ގައުމުން ބައިވެރިނުވާނެ ކަމަށް ސައުދީން މީގެ ކުރިން ބުނެފައިވެ އެވެ.

މަސްދަރު: އަލްއަރަބިއްޔާ

އީރާންމުޙައްމަދު ބިން ސަލްމާންއެމެރިކާ-ސައުދީ އަރަބިއްޔާއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފާއިތުވި ދުވަސްތަކުގައި އީރާނުން އެމެރިކާއާ މުއާމަލާތްކުރަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ރިޕޯޓްތަކަކީ ކަނޑައެޅިގެން ދޮގެއް: އީރާން

ފާއިތުވި ދުވަސްތަކުގައި އީރާނުން އެމެރިކާއާ މުއާމަލާތްކުރަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ރިޕޯޓްތަކަކީ ކަނޑައެޅިގެން ދޮގެއް: އީރާން

17 މާރިޗު 2026
ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ވަރުގަދަ ޑްރޯން ހަމަލާ އެއް ދީފި

ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ވަރުގަދަ ޑްރޯން ހަމަލާ އެއް ދީފި

17 މާރިޗު 2026
ކުރީގެ ރޫހީ ލީޑަރު ޚާމަނާއީ ބޭނުން ކުރެއްވި ވައިގެ އުޅަނދެއް އިޒްރޭލް އިން ހަލާކު ކޮށްލައިފި

ކުރީގެ ރޫހީ ލީޑަރު ޚާމަނާއީ ބޭނުން ކުރެއްވި ވައިގެ އުޅަނދެއް އިޒްރޭލް އިން ހަލާކު ކޮށްލައިފި

16 މާރިޗު 2026
އީރާންގެ ރައްޔިތުން މުޒާހަރާ ކުރަން ބިރު ގަންނަނީ، ގޭންގު ހަދައިގެން އުޅޭ ނުލަފާ ބަޔަކު ވެރި ކަމުގައި ތިބީމަ: ޓްރަމްޕް

އީރާންގެ ރައްޔިތުން މުޒާހަރާ ކުރަން ބިރު ގަންނަނީ، ގޭންގު ހަދައިގެން އުޅޭ ނުލަފާ ބަޔަކު ވެރި ކަމުގައި ތިބީމަ: ޓްރަމްޕް

16 މާރިޗު 2026
އިސްފަހާންގެ ފެކްޓްރީއަކަށް ހަމަލާދީ 15 މީހުން މަރުވެއްޖެ

އިސްފަހާންގެ ފެކްޓްރީއަކަށް ހަމަލާދީ 15 މީހުން މަރުވެއްޖެ

15 މާރިޗު 2026

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު