Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ލަރިޖާނީގެ ވަރުގަދަ ސުވާލެއް އިސްލާމީ އުންމަތަށް: "ކަލޭމެން ތިޔަ ތިބީ ކޮން ފަޅިއެއްގައި؟"

ލަރިޖާނީ ވިދާޅުވީ، އަވަށްޓެރި ޤައުމު ތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރިއިރު، އީރާާން އިން އަތް އައްސައިގެން، ހިމޭނުން އޮންނާނެ ކަމަށް އުންމީދު ކޮށްގެން ނުވާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 06:49
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރިޖާނީ

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރިޖާނީ | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި އީރާން އިން ސާބިތުކަމާ އެކު ދެމި އޮންނާނެ ކަމަށް ވިދާޅުވެ، އީރާންގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ އަލީ ލަރިޖާނީ، އިސްލާމީ އުންމަތަށް ވަރުގަދަ މެސެޖެއް ފޮނުއްވައިފި އެވެ. 

އެގޮތުން ލަރިޖާނީ ވަނީ، އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ހަމަލާ ތަކެއް އަމާޒުވީ ވަގުތު، އިސްލާމީ ޤައުމު ތަކުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ލިބިފައި ނުވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. 

އިސްލާމީ ޤައުމު ތަަކަށް ފާޑު ވިދާޅުވަމުން ލަރިޖާނީ ވިދާޅުވީ، ބައެއް ޤައުމު ތަކުން އީރާން އަކީ އެ ޤައުމު ތަކުގެ ދުޝްމަނުންގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެ ޤައުމު ތަކުން އެގޮތަށް އަމަލު ކޮށްފައި ވަނީ، އެ ޤައުމު ތަކުގެ ސަރަހައްދުގައި ޤާއިމު ކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒު ތަކަށާއި، އެމެރިކާ އާއި އިޒްރޭލްގެ މަސްލަހަތު އޮތް ތަންތަނަށް އީރާން އިން ހަމަލާ ދިނުމާާ ގުޅިގެން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

މެދު އިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސް ތަކުގެ އިތުރުން، އެމްބަސީ ތަަކަށް ވެސް އީރާން އިން ވަނީ ހަމަލާ ދީފަ އެވެ. އެކަމަށް އިޝާރާާތް ކުރައްވައި ލަރިޖާނީ ވިދާޅުވީ، އަވަށްޓެރި ޤައުމު ތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރިއިރު، އީރާާން އިން އަތް އައްސައިގެން، ހިމޭޏުން އޮންނާނެ ކަމަށް އުންމީދު ކޮށްގެން ނުވާނެ ކަމަށެވެ. 

މީގެ އިތުރުން ލަރިޖާނީ ވިދާޅުވީ މިއަދު ކުރިމަތިވެފައިވާ ކުރިމަތިލުމަކީ އެއްކޮޅުން އެމެރިކާ އާއި އިޒްރޭލް އަދި އަނެއް ކޮޅުން މުސްލިމް އީރާން އާއި ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ބާރުތަކާ ދެމެދު ހިނގާ ހަނގުރާމައެއް ކަމަށެވެ. އެ މޭރުމުން ވާހަކަ ދައްކަވަމުން ލަރިޖާނީ ވަނީ އިސްލާމީ އުންމަތުގެ ޤައުމު ތަކަށް ވަރުގަދަ ސުވާލެއް އަމާޒު ކުރައްވައިފަ އެވެ. އެގޮތުން، އިސްލާމީ ޤައުމުތައް އޮތީ ކޮން ފަޅިއެއްގައިތޯ ސުވާލު އުފައްދަވައި، ލަރިޖާނީ ވަނީ އިސްލާމީ ޤައުމު ތަކުގެ އެއްބައިވަންތަ ކަަމަށް ގޮވާލައްވައިފަ އެވެ. 

ލަރިޖާނީ ވިދާޅުވީ އީރާާން އިން ސަރަހައްދީ ޤައުމު ތަކުގެ މައްޗަށް ބާރު ފޯރުވަން، ނުވަތަ ބާރުވެރި ކަމެއް ޤާއިމު ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި އެމެރިކާ އަކީ އެއްވެސް އިތުބާރެއް އޮތްް ބައެއް ނޫން ކަމަށާއި، އިޒްރޭލް އަކީ ހަގީގަތުގައި ވެސް މުސްލިމް ޤައުމު ތަކުގެ ދުޝްމަނެއްކަން އެ ޤައުމު ތަަކަށް ވަރަށް ރަނގަޅަށް އިނގޭނެ ކަމަށް ވެސް ލަރިޖާނީ ވިދާޅުވި އެވެ.

އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުގެ ރައްދުގައި އީރާން އިން އެމެރިކާގެ އަސްކަރީ ތަން ތަނަށް ހަމަލާ ދީފައިވާއިރު، މެދު އިރުމަތީގެ ޤައުމު ތަކުން ވަނީ އީރާން ކުށްވެރި ކޮށްފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާންޢަލީ ލަރިޖާނީމުސްލިމް ޤައުމުތައް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އިން ސައުދީ އަށް އަމާޒުކޮށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް މިޞްރުގެ ރައީސް ވިދާޅުވެއްޖެ

އީރާން އިން ސައުދީ އަށް އަމާޒުކޮށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް މިޞްރުގެ ރައީސް ވިދާޅުވެއްޖެ

17 މާރިޗު 2026
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދިގު ދެންމުމަށް ސައުދީން ހިތްވަރުދޭ ކަމަށް ބުނި ރިޕޯޓް ދޮގުކޮށްފި

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދިގު ދެންމުމަށް ސައުދީން ހިތްވަރުދޭ ކަމަށް ބުނި ރިޕޯޓް ދޮގުކޮށްފި

17 މާރިޗު 2026
އީރާނުން އިސްލާމީ ގައުމުތަކަށް: މަދު ފަހަރަކު ނޫނީ، އިސްލާމީ އެއްވެސް ސަރުކާރަކުން އީރާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަނޭތޯ؟

އީރާނުން އިސްލާމީ ގައުމުތަކަށް: މަދު ފަހަރަކު ނޫނީ، އިސްލާމީ އެއްވެސް ސަރުކާރަކުން އީރާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަނޭތޯ؟

17 މާރިޗު 2026
އީރާނުން އިޒްރޭލުގެ އިތުރުން ގަތަރުގައި ހުންނަ އެމެރިކާގެ މައި މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް ދީފި

އީރާނުން އިޒްރޭލުގެ އިތުރުން ގަތަރުގައި ހުންނަ އެމެރިކާގެ މައި މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް ދީފި

17 މާރިޗު 2026
ފާއިތުވި ދުވަސްތަކުގައި އީރާނުން އެމެރިކާއާ މުއާމަލާތްކުރަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ރިޕޯޓްތަކަކީ ކަނޑައެޅިގެން ދޮގެއް: އީރާން

ފާއިތުވި ދުވަސްތަކުގައި އީރާނުން އެމެރިކާއާ މުއާމަލާތްކުރަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ރިޕޯޓްތަކަކީ ކަނޑައެޅިގެން ދޮގެއް: އީރާން

17 މާރިޗު 2026

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު