Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކިއުބާ-އެމެރިކާ

ކިއުބާ ހިފުމުގެ "ޝަރަފު" ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކިއުބާއަށް ހަކަތައިގެ ބޮޑު ކާރިސާއަކާ ކުރިމަތިވެ، މުޅި ގައުމުން ކަރަންޓު ކެނޑިފައިވާ ދަނޑިވަޅެއްގައި، އެ ގައުމުގެ ވެރިކަން ބަދަލުކުރުމުގެ އިޝާރާތެއް ރައީސް ޓްރަމްޕް ވަނީ ދެއްވާފައި. ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާއިރު، ކިއުބާގެ މިނިވަންކަމަށް އުނިކަން އަންނަ ފަދަ ފިޔަވަޅުތަކާ ދެކޮޅަށް ރަޝިޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކިއުބާގެ ރައީސް ވިދާޅުވާ ގޮތުގައި އެމެރިކާގެ މި އަމަލުތަކަކީ އިންސާނީ ބޮޑު ކާރިސާއަކަށް މަގުފަހިވާ، ބައިނަލްއަގުވާމީ މިންގަނޑުތަކާ ޚިލާފު ކަންތައްތަކެއް.

ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 17:01
މާރިޗު މަހުގެ 7 ވަނަ ދުވަހު މިއާމީއަށް ކުރެއްވި ދަތުރުފުޅުގައި، ރިޔާސީ މަތިންދާބޯޓު "އެއަރ ފޯސް ވަން" ގައި މީޑިއާގެ މަންދޫބުންނާ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަދައްކަވަނީ.

މާރިޗު މަހުގެ 7 ވަނަ ދުވަހު މިއާމީއަށް ކުރެއްވި ދަތުރުފުޅުގައި، ރިޔާސީ މަތިންދާބޯޓު "އެއަރ ފޯސް ވަން" ގައި މީޑިއާގެ މަންދޫބުންނާ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަދައްކަވަނީ. | ގެޓީ އިމޭޖަސް

ކިއުބާއާ ބޭނުން ކޮންމެ ކަމެއް ކުރެވިދާނެ ކަމަށާއި، އެ ގައުމުގެ މައްޗަށް "ކޮންމެވެސް ސިފައެއްގައި" ވެރިވެގަތުމުގެ "ޝަރަފު" ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ތެލުގެ ބްލޮކޭޑް ނުވަތަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކިއުބާއަށް ހަކަތައިގެ ބޮޑު ކާރިސާއަކާ ކުރިމަތިވެ، މުޅި ގައުމުން ކަރަންޓު ކެނޑެމުންދާ ދަނޑިވަޅެއްގައި، ވޮޝިންޓަނާއި ހަވާނާއާ ދެމެދު މަޝްވަރާތައް ކުރިއަށްދަނިކޮށް ޓްރަމްޕް މިމޭރުމުން ވާހަކަދެއްކެވީ ހޯމަ ދުވަހު ވައިޓް ހައުސްގެ އޯވަލް އޮފީހުގައެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ކިއުބާ ހިފުމުގެ ޝަރަފު އަޅުގަނޑަށް ލިބޭނެ ކަމަށް. އެއީ ވަރަށް ބޮޑު ޝަރަފެއް،" ޓްރަމްޕް ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވީ "ކޮންމެވެސް ސިފައެއްގައި ކިއުބާގެ މައްޗަށް ވެރިވެގަންނާނެ،" ކަމަށެވެ.

ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، ކިއުބާއާ މެދު އެމެރިކާއަށް ތަފާތު ފިޔަވަޅުތައް އެޅިދާނެ ކަމަށެވެ. "އެ ގައުމު މިނިވަން ކުރިޔަސް ނުވަތަ ހިފިޔަސް، ތެދަށް ބުނާނަމަ އެ ގައުމާ މެދު އަޅުގަނޑު ބޭނުން ކޮންމެ ކަމެއް ކުރެވިދާނެ ކަމަށް އަޅުގަނޑު ދެކެން،" އިތުރު ތަފްސީލެއް ނުދެއްވައި ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް މިހެން ވިދާޅުވިއިރު، ތެލުގެ ދަތިކަމުގެ ސަބަބުން ކިއުބާގެ ދުވަސްވީ އިންޖީނުގެތަކަށް ބާރުބޮޑުވެ، ހޯމަ ދުވަހު މުޅި ގައުމުން ވަނީ ކަރަންޓު ކެނޑިފައެވެ. މީގެ ސަބަބުން ގާތްގަނޑަކަށް 11 މިލިއަން މީހުން ތިބީ ކަރަންޓާ ނުލައެވެ.

އެމެރިކާގެ ރައީސްގެ މި ވާހަކަތަކާ ގުޅިގެން ނިއުޔޯކް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުގައި ކިއުބާގެ ރައީސް މިގޭލް ޑިއާޒް-ކާނެލް މަގާމުން ދުރުކުރުމަކީ އެމެރިކާގެ މައިގަނޑު އެއް އަމާޒު ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ އިޝާރާތް ކުރައްވާފައެވެ. ނަމަވެސް ވޮޝިންޓަނުން ރަސްމީކޮށް މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މިއީ ފާއިތުވި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި، ވޮޝިންޓަނާއެކު ރަސްމީ މަޝްވަރާތަކެއް ކުރިއަށްދާކަން ހަވާނާއިން އާންމުކޮށް އެއްބަސްވި ފުރަތަމަ ފަހަރެވެ. މި މަޝްވަރާތައް ފެށިފައި މިވަނީ، އެމެރިކާއިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމާ ގުޅިގެން ވެނެޒުއޭލާއިން ކިއުބާއަށް ފޮނުވާ ތެޔޮ ހުއްޓި، އަދި އެހެން ގައުމުތަކުން ތެޔޮ ހޯދުމަށް އެމެރިކާއިން ހުރަސްއެޅުމުގެ ސަބަބުން ކިއުބާގައި ކަރަންޓު ކެނޑުމާއި ތެލުގެ ދަތިކަން ކުރިމަތިވެ، ރައްޔިތުންގެ ނުރުހުން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ޓްރަމްޕް ވަނީ ކިއުބާއަށް ތެޔޮ އެތެރެކުރުން މުޅިން ހުއްޓުވާލާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވައި، އެ ގައުމަށް ސާފުނުކުރާ ތެޔޮ ވިއްކާ ގައުމުތަކަށް ޓެރިފް ނުވަތަ ޑިއުޓީގެ ފިޔަވަޅުތައް ކުރިމަތިވާނެ ކަމަށް ވިދާޅުވެފައެވެ.

ކިއުބާގެ ރައީސް ޑިއާޒް-ކާނެލް މިދިޔަ ހަފުތާގައި ވިދާޅުވީ، ވޮޝިންޓަނާއެކު ކުރެވޭ ކޮންމެ މަޝްވަރާއެއް ބިނާވާންވާނީ ދެ ގައުމުގެ ސިޔާސީ ނިޒާމަށް އިހުތިރާމްކުރުމާއި ހަމަހަމަކަމުގެ މައްޗަށް ކަމަށެވެ. އަދި ގައުމުގެ މިނިވަންކަމާއި އަމިއްލަ އިޚުތިޔާރު ދެމެހެއްޓުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެމެރިކާގެ "ނުބައި" ބްލޮކޭޑްގެ ސަބަބުން ފާއިތުވި ތިން މަސް ދުވަހު ކިއުބާއަށް އެއްވެސް ތެލެއް ލިބިފައިނުވާ ކަމަށާއި، މީގެ ސަބަބުން ބޭސްފަރުވާ ބޭނުންވާ ކުޑަކުދިން ހިމެނޭހެން ގިނަ ބަޔަކަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާއިން ކިއުބާއާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ކުށްވެރިކޮށް، ރަޝިޔާއިން ވަނީ އެއީ ޣައިރު ގާނޫނީ އަދި ސަރަހައްދީ ހަމަޖެހުން ގެއްލުވާލާ ފިޔަވަޅުތަކެއް ކަމަށް ބުނެފައެވެ. ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯވް ވިދާޅުވީ، ކިއުބާގެ މިނިވަންކަން ދިފާއުކުރުމުގައި "އުޚުއްވަތްތެރި ކިއުބާގެ ރައްޔިތުންނަށް" މޮސްކޯއިން ތާއީދުކުރާ ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕްކިއުބާއެމެރިކާ-ކިއުބާމިގުއެލް ޑިއަޒް ކާނެލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލަރިޖާނީ އަށް އަމާޒުކޮށް ހަމަލާދީ އަވަހާރަ ކޮށްލާފައިވާ ކަމަށް، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެ

ލަރިޖާނީ އަށް އަމާޒުކޮށް ހަމަލާދީ އަވަހާރަ ކޮށްލާފައިވާ ކަމަށް، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެ

17 މާރިޗު 2026
އެމެރިކާ ރައްޔިތުން އީރާނާއެކު ހަނގުރާމައަކަށް ބޭނުން ނުވާކަމަށް ސެނެޓުގެ މައިނޯރިޓީ ލީޑަރު ވިދާޅުވެއްޖެ

އެމެރިކާ ރައްޔިތުން އީރާނާއެކު ހަނގުރާމައަކަށް ބޭނުން ނުވާކަމަށް ސެނެޓުގެ މައިނޯރިޓީ ލީޑަރު ވިދާޅުވެއްޖެ

12 މާރިޗު 2026
އިރާނުގެ އިންޒާރު: ސަރަހައްދުން "ތެޔޮ ލީޓަރެއް" ވެސް ބޭރު ވިޔަ ނުދީ ހިފަހައްޓަފާނަން

އިރާނުގެ އިންޒާރު: ސަރަހައްދުން "ތެޔޮ ލީޓަރެއް" ވެސް ބޭރު ވިޔަ ނުދީ ހިފަހައްޓަފާނަން

11 މާރިޗު 2026
ޓްރަމްޕް ނައްތާލަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި

ޓްރަމްޕް ނައްތާލަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި

11 މާރިޗު 2026
ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވެ، ދުނިޔޭގެ އިގްތިސާދަށް ނުރައްކާ!

ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވެ، ދުނިޔޭގެ އިގްތިސާދަށް ނުރައްކާ!

08 މާރިޗު 2026

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު