Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ޓްރަމްޕް ނައްތާލަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި

ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފި ނަމަ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ބުނެ ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރުތަކަށް، އީރާނުގެ އިސް އޮފިޝަލް އަލީ ލަރިޖާނީ ވަނީ ރައްދު ދެއްވައިފަ. ލަރިޖާނީ ވިދާޅުވީ އީރާނުގެ ރައްޔިތުންނަކީ ބިރުދެއްކުންތަކަށް ފަސްޖެހޭނެ ބައެއް ނޫން ކަމަށާއި، އަމިއްލަ ސަލާމަތަށް ޓްރަމްޕް ސަމާލުވުމަށް ގޮވާލައްވާ ކަމަށް. އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، އީރާނުގެ އަސްކަރިއްޔާއިން ވެސް ދަނީ ބަދަލުހިފުމުގެ ގޮތުން ހަމަލާތައް ދެމުން.

ރާއްޖެ އެމްވީ | 11 މާރިޗު 2026 | ބުދަ 01:56
އީރާނުގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެ ގައުމުގެ ނިއުކްލިއާ މައްސަލަތަކުގައި އިސްކޮށް މަޝްވަރާ ކުރެއްވި އަލީ ލާރިޖާނީ.

އީރާނުގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެ ގައުމުގެ ނިއުކްލިއާ މައްސަލަތަކުގައި އިސްކޮށް މަޝްވަރާ ކުރެއްވި އަލީ ލާރިޖާނީ. | ގެޓީ އިމޭޖަސް

އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރިޖާނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިންޒާރު ދެއްވައި، އީރާނަކީ ބިރުދެއްކުންތަކަށް ޖެހިލުންވާނެ ގައުމެއް ނޫން ކަމަށާއި، އަމިއްލަފުޅަށް ސަލާމަތްވެވަޑައިގަތުމަށް މަސައްކަތްޕުޅު ކުރެއްވުމަށް ގޮވާލައްވައިފިއެވެ.

އަންގާރަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލަރިޖާނީ ވަނީ، އީރާނަށް ބިރުދައްކަވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ.

އޭނާ ވިދާޅުވީ، އާޝޫރާގެ ފިލާވަޅުތަކުން ހިތްވަރު ލިބިގަނެގެން ތިބި އީރާނުގެ ކެރޭ ރައްޔިތުންނަކީ، އެމެރިކާގެ ރައީސް ދައްކަވާ އެއްވެސް އަސާސެއް ނެތް ބިރުދެއްކުންތަކަށް ބިރުގަންނާނެ ބައެއް ނޫން ކަމަށެވެ.

ލަރިޖާނީ ޓްރަމްޕަށް މުޚާތަބު ކުރައްވައި ވިދާޅުވީ، ޓްރަމްޕަށް ވުރެ މާ ވަރުގަދަ ފަރާތްތަކުން ވެސް އީރާނު ނައްތާލުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ.

އީރާނުގެ ސަލާމަތީ އިސް އޮފިޝަލް އެމެރިކާގެ ރައީސަށް އިންޒާރު ދެއްވަމުން ވިދާޅުވީ، ޓްރަމްޕް ނައްތާލެވިދާނެ ކަމަށާއި، އެކަމަށްޓަކައި ސަމާލުވެވަޑައިގަތުމަށެވެ.

ލަރިޖާނީ މިފަދައިން ވިދާޅުވީ، ހޯރްމޫޒް ކަނޑުއޮޅިން ތެޔޮ އުފުލުން އީރާނުން ހުއްޓުވައިފި ނަމަ، އެ ގައުމަށް މިހާތަނަށް ދީފައިވާ ހަމަލާތަކަށް ވުރެ "20 ގުނަ ވަރުގަދަ" ހަމަލާއެއް ދޭނެ ކަމަށް ޓްރޫތު ސޯޝަލްގައި ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.

ޓްރަމްޕްގެ ޕޯސްޓުގައި ބުނެފައިވަނީ، އެ ކަނޑުއޮޅިން ތެޔޮ ބޭރުކުރުން ހުއްޓުވުމަށް އީރާނުން އެއްވެސް ކަމެއް ކޮށްފި ނަމަ، އެމެރިކާއިން އެ ގައުމަށް މިހާތަނަށް ދީފައިވާ ހަމަލާތަކަށް ވުރެ 20 ގުނަ ވަރުގަދަ ހަމަލާއެއް ދޭނެ ކަމަށެވެ. މީގެ އިތުރުން، އީރާނަކީ އަލުން އާރާާސްތު ނުކުރެވޭނެ ފަދަ ގައުމަކަށް ހެދުމަށްޓަކައި، ފަސޭހައިން ހަލާކުކޮށްލެވޭނެ އަމާޒުތަކަށް ހަމަލާދީ، މަރާއި އަލިފާނާއި ނުރައްކާތެރިކަން އެ ގައުމަށް ކުރިމަތިކުރުވާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެފަދަ ކަމެއް ނުވުމަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި، ސިފައިންގެ އިސް ކޮމާންޑަރުންތަކެއް އަދި އާންމުންގެ ބަޔަކު އަވަހާރަކޮށްލުމާ ގުޅިގެން، އެމެރިކާ އާއި ޒަޔަނިސްޓް އިޒްރޭލުން ވަނީ އީރާނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި އަސްކަރީ ކެމްޕޭނެއް ފަށާފައެވެ.

މި ހަމަލާތަކުގައި އީރާނުގެ އެކި ސަރަހައްދުތަކުގެ އަސްކަރީ އަދި އާންމުން ދިރިއުޅޭ ތަންތަނަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މީގެ ސަބަބުން ގިނަ ބަޔަކު މަރުވެ، ގައުމުގެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މިކަމުގެ ރައްދުގައި އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުން ވަނީ، އިޒްރޭލުން ހިފާފައިވާ ބިންތަކަށާއި ސަރަހައްދީ ބޭސްތަކުގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް، ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ބަދަލުހިފުމުގެ އޮޕަރޭޝަންތަކެއް ހިންގާފައެވެ.

ޢަލީ ލަރިޖާނީޑޮނަލްޑް ޓްރަމްޕްއީރާންހޯރްމޫޒް ކަނޑުއޮޅިއީރާން-އިޒްރޭލްއީރާން-އެމެރިކާއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުން ހުއްޓުމެއް ނެތި 3 ގަޑިއިރު ވަންދެން މިސައިލް ހަމަލާތައް އިޒްރޭލާއި އެމެރިކާގެ އަމާޒުތަކަށް ދީފި

އީރާނުން ހުއްޓުމެއް ނެތި 3 ގަޑިއިރު ވަންދެން މިސައިލް ހަމަލާތައް އިޒްރޭލާއި އެމެރިކާގެ އަމާޒުތަކަށް ދީފި

11 މާރިޗު 2026
ޕްރޮފައިލް: އާޔަތުﷲ މުޖުތަބާ ޚާމަނާއީ - އީރާނުގެ އިސްލާމީ އިންގިލާބުގެ ތިންވަނަ ލީޑަރު

ޕްރޮފައިލް: އާޔަތުﷲ މުޖުތަބާ ޚާމަނާއީ - އީރާނުގެ އިސްލާމީ އިންގިލާބުގެ ތިންވަނަ ލީޑަރު

11 މާރިޗު 2026
ރާއްޖެއަށް ދަތުރު ނުކުރުމަށް އިނގިރޭސިވިލާތުގެ ރައްޔިތުންނަށް އެ ގައުމުގެ ސަރުކާރުން އަންގައިފި

ރާއްޖެއަށް ދަތުރު ނުކުރުމަށް އިނގިރޭސިވިލާތުގެ ރައްޔިތުންނަށް އެ ގައުމުގެ ސަރުކާރުން އަންގައިފި

11 މާރިޗު 2026
ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާގެ ދިފާއުގައި އީރާނުން ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކޮށްފި

ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާގެ ދިފާއުގައި އީރާނުން ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކޮށްފި

10 މާރިޗު 2026
އީރާން ހަނގުރާމަ އިން އެންމެ ބޮޑު ފައިދާއެއް ލިބެނީ ހަމައެކަނި ރަޝިޔާ އަށް: ޔޫރަޕިއަން ކައުންސިލްގެ ރައީސް

އީރާން ހަނގުރާމަ އިން އެންމެ ބޮޑު ފައިދާއެއް ލިބެނީ ހަމައެކަނި ރަޝިޔާ އަށް: ޔޫރަޕިއަން ކައުންސިލްގެ ރައީސް

10 މާރިޗު 2026

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު