Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޓްރަމްޕް އީރާނާ ދެކޮޅަށް ކުރައްވާ ހަނގުރާމައިގެ ބާރުތައް ހަނިކުރުމަށް ރިޕަބްލިކަން ކޮންޓްރޯލު އޮންނަ ސެނެޓުން ކުރި މަސައްކަތް ފެއިލްވުމުން ހައިރާންވާކަށް ނުޖެހޭ

5 މާރިޗު 2026 | ބުރާސްފަތި 01:57

އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ރައީސް ޓްރަމްޕަށް ލިބިވަޑައިގެންފައިވާ ބާރުތައް ހަނިކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވީ ސެނެޓުގެ އަޣުލަބިއްޔަތު އޮތް ރިޕަބްލިކަން މެންބަރުން އެކަމަށް ތާއީދު ނުކުރުމުން. މީގެ އިތުރުން، މިފަދަ ގާނޫނެއް ފާސްވި ނަމަވެސް ރައީސް އެކަން ވީޓޯ ކުރައްވާނެކަން ޔަގީންވުމާއި، ވީޓޯ ބާޠިލުކުރަން ބޭނުންވާ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ނެތުމަކީވެސް މި ބިލު ކުރިއަށް ނުދިޔަ ސަބަބެއް.

ރާއްޖެ އެމްވީ | 5 މާރިޗު 2026 | ބުރާސްފަތި 01:57
އިރާންގެ ތެހެރާންގައި ބާރުގަދަ ގޮވުންތަކެއް ގޮވާ، 2026 މާރިޗު 02 ވަނަ ދުވަހު އެ ސިޓީގެ ސަރަހައްދުތަކުން ބޯ ދުން އަރަމުންދާ މަންޒަރު ފެންނަ ފޮޓޯއެއް.

އިރާންގެ ތެހެރާންގައި ބާރުގަދަ ގޮވުންތަކެއް ގޮވާ، 2026 މާރިޗު 02 ވަނަ ދުވަހު އެ ސިޓީގެ ސަރަހައްދުތަކުން ބޯ ދުން އަރަމުންދާ މަންޒަރު ފެންނަ ފޮޓޯއެއް. | ގެޓީ އިމޭޖަސް

އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގެންފައިވާ ބާރުތައް ހަނިކުރުމަށް އެމެރިކާގެ ސެނެޓުން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެއެވެ. ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ސެނެޓުން މިގޮތަށް ނިންމުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މި ނަތީޖާ މިގޮތަށް ނުކުތުމުގެ ފަހަތުގައި މައިގަނޑު ދެ ސަބަބެއްވާ ކަމަށް ތަޖުރިބާކާރުން ފާހަގަ ކުރެއެވެ.

ފުރަތަމަ ސަބަބަކީ، ސެނެޓުގެ އަޣުލަބިއްޔަތު އޮތީ ރިޕަބްލިކަން ޕާޓީގެ އަތުގައި ކަމަށްވެފައި، އެ ޕާޓީގެ ގިނަ މެންބަރުންނަކީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ތާއީދުކުރާ ފަރާތްތަކަށް ވުމެވެ. އެހެންކަމުން، ރައީސްގެ ބާރުތައް ހަނިކުރުމަށް ހުށަހެޅި މި ފިޔަވަޅު ކުރިއަށް ނުދާނެކަން އޮތީ ކުރިންވެސް ބެލެވިފައެވެ.

ކެޕިޓަލް ހިލްގައި ކުރިއަށްދިޔަ މި ވޯޓާ މެދު ރައީސް ޓްރަމްޕް ކަންބޮޑުވެވަޑައިނުގަންނަވާ ދެވަނަ ސަބަބެއްވެސް އެބައޮތެވެ. އެއީ ސެނެޓާއި، ރިޕަބްލިކަން ޕާޓީގެ ކޮންޓްރޯލް އޮންނަ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ފާސްކުރާ ކޮންމެ ގާނޫނެއްވެސް، ގާނޫނަކަށް ވެގެންދާނީ ރައީސް އޭގައި ސޮއިކުރެއްވުމުން ކަމަށްވާތީއެވެ.

މިއީ ސީދާ ރައީސް ޓްރަމްޕް ބޭނުންފުޅުވެގެން ކުރިއަށްގެންދަވާ ހަނގުރާމައަކަށް ވެފައި، އެމަނިކުފާނު މިކަމަށް ތާއީދުކުރައްވާތީ، މި ގާނޫނު ވީޓޯ ކުރައްވާނެކަން އޮތީ ވަރަށް ބޮޑަށް ޔަގީންވެފައެވެ. ރައީސްގެ ވީޓޯ ބާޠިލުކޮށް، އެމަނިކުފާނުގެ ބާރުތައް ހަނިކުރެވޭނީ ސެނެޓުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ތާއީދު ލިބިގެންނެވެ.

އެހެންކަމުން، ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި ސެނެޓުގައި ތިއްބަވާ ރިޕަބްލިކަން ލީޑަރުންގެ ފަރާތުން، މި އިސްލާހު ސެނެޓުން ފާސްވުމުގެ ފުރުސަތު ކުޑަކަން އެމެރިކާގެ ރައީސަށް އޮތީ ކުރިންވެސް އެނގިވަޑައިގެންފައެވެ. ރައީސްގެ ބާރުތައް ހަނިކުރުމަށް ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އަށްވެސް ގާނޫނެއް ހުށަހެޅިފައިވީ ނަމަވެސް، އެ ގާނޫނުވެސް ފާސްވާނެ ކަމަކަށް ނުބެލެވެއެވެ. ސެނެޓުން ނުކުތް ނަތީޖާއަށް ބަލާއިރު، އެ ގާނޫނަށް ވޯޓަށް އަހާނެކަން ނުވަތަ ނޫންކަންވެސް އަދި އޮތީ ސާފުނުވެއެވެ.

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްހައުސް އޮފް ރެޕްރެޒެންޓެޓިވްސްއީރާން-ޔޫއެސްއޭ-އިޒްރޭލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

05 މާރިޗު 2026

އިކުއެޑޯ ގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަނެއް ފަށައިފި

05 މާރިޗު 2026
އިކުއެޑޯ ގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަނެއް ފަށައިފި
05 މާރިޗު 2026

އިރާގުގެ ސުލައިމާނިއްޔާގައި ބާރުގަދަ ގޮވުންތަކެއް ގޮވައިފި

05 މާރިޗު 2026
އިރާގުގެ ސުލައިމާނިއްޔާގައި ބާރުގަދަ ގޮވުންތަކެއް ގޮވައިފި
05 މާރިޗު 2026

އެމެރިކާގެ އަސްކަރިއްޔާއާ އެކު މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށް ބުނެ ވައިޓް ހައުސްއިން ދެއްކި ވާހަކަތައް ސްޕެއިންއިން ދޮގުކޮށްފި

05 މާރިޗު 2026
އެމެރިކާގެ އަސްކަރިއްޔާއާ އެކު މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށް ބުނެ ވައިޓް ހައުސްއިން ދެއްކި ވާހަކަތައް ސްޕެއިންއިން ދޮގުކޮށްފި
05 މާރިޗު 2026

އީރާނުން އެމެރިކާއަށް އެއްވެސް މެސެޖެއް ފޮނުވާފައި ނުވާނެ: އޮފިޝަލް

05 މާރިޗު 2026
އީރާނުން އެމެރިކާއަށް އެއްވެސް މެސެޖެއް ފޮނުވާފައި ނުވާނެ: އޮފިޝަލް
05 މާރިޗު 2026

އިޒްރޭލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 500 އެއްހާ ސިފައިން މަރުވެއްޖެ

05 މާރިޗު 2026
އިޒްރޭލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 500 އެއްހާ ސިފައިން މަރުވެއްޖެ
05 މާރިޗު 2026

ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އެންމެ ބޮޑު ޑޭޓާ ސެންޓަރަށް އީރާނުން ހަމަލާދީފި

05 މާރިޗު 2026
ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އެންމެ ބޮޑު ޑޭޓާ ސެންޓަރަށް އީރާނުން ހަމަލާދީފި
05 މާރިޗު 2026

އީރާނާ ދެކޮޅަށް ދޭ ހަމަލާތަކުގައި އިންޑިއާގެ ބަނދަރުތައް އެމެރިކާއަށް ދޫކޮށްފައިވާ ކަމަށް ބުނި ވާހަކަތައް ދޮގުކޮށްފި

05 މާރިޗު 2026
އީރާނާ ދެކޮޅަށް ދޭ ހަމަލާތަކުގައި އިންޑިއާގެ ބަނދަރުތައް އެމެރިކާއަށް ދޫކޮށްފައިވާ ކަމަށް ބުނި ވާހަކަތައް ދޮގުކޮށްފި
04 މާރިޗު 2026

މާސްކް އިން ގަލްފު ގައުމުތަކަށް މުދާ އުފުލުން ވަގުތީ ގޮތުން ހުއްޓާލައިފި

04 މާރިޗު 2026
މާސްކް އިން ގަލްފު ގައުމުތަކަށް މުދާ އުފުލުން ވަގުތީ ގޮތުން ހުއްޓާލައިފި
04 މާރިޗު 2026

އީރާނުގެ ލީޑަރު އަވަހާރަ ކޮށްލި ހާދިސާ އާ ގުޅިގެން މުއިއްޒުގެ ސަރުކާރުން އަމަލުކުރީ ކަމާ ބެހޭ ގޮތުން ހެދިފައިވާ ގަވައިދާ ވެސް ޚިލާފަށް!

04 މާރިޗު 2026
އީރާނުގެ ލީޑަރު އަވަހާރަ ކޮށްލި ހާދިސާ އާ ގުޅިގެން މުއިއްޒުގެ ސަރުކާރުން އަމަލުކުރީ ކަމާ ބެހޭ ގޮތުން ހެދިފައިވާ ގަވައިދާ ވެސް ޚިލާފަށް!
04 މާރިޗު 2026

އީރާނުން އެމެރިކާގެ ސީ.އައި.އޭ އާ ވާހަކަދައްކަން ތައްޔާރަށް އޮތް ކަމަށް ބުނެ ފެތުރީ ދޮގު ޚަބަރެއް

04 މާރިޗު 2026
އީރާނުން އެމެރިކާގެ ސީ.އައި.އޭ އާ ވާހަކަދައްކަން ތައްޔާރަށް އޮތް ކަމަށް ބުނެ ފެތުރީ ދޮގު ޚަބަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް