Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާގެ ބޭސް ތަކަށް އީރާން އިން ހަމަލާ ދިނުމުން ހައިރާންވި، ލިބުނީ ޝޮކެއް: ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ އީރާން އިން ސައުދީ އަރަބިއްޔާ އާއި، ޤަތަރާއި، ޔޫއޭއީ، ބަހްރެއިން އަދި ކުވެއިތު ފަަދަ ޤައުމު ތަކަށް ހަމަލާ ދިންއިރު، އެއީ އެއްވެސް މީހަކު އަންދާޒާ ކޮށްގެން ހުރި ކަމެއް ނޫން ކަމަށް. އެކަމުގެ ސަބަބުން "އަހަރަމެން ތިބީ ޝޮކެއްގައި. ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މާރިޗު 2026 | އަންގާރަ 07:06
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ރައްދުގައި، މެދު އިރުމަތީގައި ހުރި އެމެރިކާގެ ބޭސް ތަަކަށް އީރާން އިން ހަމަލާ ދިނުމަކީ ލިބުނު ހައިރާން ކަމެއް ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެކުވެރި ޤައުމު ތަކުގައި ހުރި އެމެރިކާގެ ބޭސް ތަކަށް އަމާޒުކޮށް އީރާން އިން ހަމަލާ ދިނުމަކީ ހައިރާންވީ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޮޑު ޝޮކެއް ވެސް ލިބުނު ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެއާ އެކު ޓްރަމްޕް ވިދާޅުވީ، މެދު އިރުމަތީގައި ހުރި ޤައުމު ތަކަށް ހަމަލާ ދިނުމަކީ އީރާން އިން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، މެދު އިރުމަތީގެ ޤައުމު ތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސް ތަކުގެ އިތުރުން، އެމްބަސީ ތަކަށް ވެސް އީރާން އިން ވަނީ ވަރުގަދަ ހަމަލާ ތަކެއް ދީފަ އެވެ. އެގޮތުން އެ ސަރަހައްދުގެ 12 ޤައުމެއްގައި ހުރި އެމެރިކާގެ އަމާޒު ތަކަށް އީރާން އިން ހަމަލާ ދީފައިވާ ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. 

ޓްރަމްޕް ވިދާޅުވީ އީރާން އިން ސައުދީ އަރަބިއްޔާ އާއި، ޤަތަރާއި، ޔޫއޭއީ، ބަހްރެއިން އަދި ކުވެއިތު ފަަދަ ޤައުމު ތަކަށް ހަމަލާ ދިންއިރު، އެއީ އެއްވެސް މީހަކު އަންދާޒާ ކޮށްގެން ހުރި ކަމެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން "އަހަރަމެން ތިބީ ޝޮކެއްގައި ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

Your browser does not support the video tag.
ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި އޮތް އިވެންޓުގައި ބައިވެރިވެ ވަޑައިގެން ޓްރަމްޕް ވާހަކަ ދައްކަވަނީ

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ހަމަލާ ދޭން ފަށާފައި ވަނީ މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އެ ހަމަލާ ތަކުގައި އީރާންގެ އެންމެ މަތީ ވެރިޔާ، އަދި ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ވަނީ އަވަހާރަ ކޮށްލައިފަ އެވެ. އޭގެ އިތުރުން އީރާންގެ އަސްކަރީ އިސް ކޮމާންޑަރުންނާއި، އޮފިސަރުން ވެސް ވަނީ އަވަހާރަވެފަ އެވެ. 

އެ ހަމަލާ ތަކުގެ ރައްދުގައި އީރާން އިން ހަމަލާ ދޭން ފަށާފައިވާއިރު، މިހާތަނަށް އީރާން އިން ގެންދަނީ ދޫ ދިނުމެއް ނެތި، ވަރުގަދަ ހަމަލާ ތަކެއް ދެމުންނެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްމެދު އިރުމަތި

އިތުރަށް ކިޔާލަން

17 މާރިޗު 2026

ލަރިޖާނީގެ ވަރުގަދަ ސުވާލެއް އިސްލާމީ އުންމަތަށް: "ކަލޭމެން ތިޔަ ތިބީ ކޮން ފަޅިއެއްގައި؟"

17 މާރިޗު 2026
ލަރިޖާނީގެ ވަރުގަދަ ސުވާލެއް އިސްލާމީ އުންމަތަށް: "ކަލޭމެން ތިޔަ ތިބީ ކޮން ފަޅިއެއްގައި؟"
17 މާރިޗު 2026

އީރާން އިން ސައުދީ އަށް އަމާޒުކޮށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް މިޞްރުގެ ރައީސް ވިދާޅުވެއްޖެ

17 މާރިޗު 2026
އީރާން އިން ސައުދީ އަށް އަމާޒުކޮށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް މިޞްރުގެ ރައީސް ވިދާޅުވެއްޖެ
17 މާރިޗު 2026

މެދު އިރުމަތީގެ ހަމަނުޖެހުމާާ ގުޅިގެން، ސްޕެއިން އާއި އާޖެންޓިނާގެ ފައިނަލިސިމާ މެޗު ކެންސަލް ކޮށްފި

17 މާރިޗު 2026
މެދު އިރުމަތީގެ ހަމަނުޖެހުމާާ ގުޅިގެން، ސްޕެއިން އާއި އާޖެންޓިނާގެ ފައިނަލިސިމާ މެޗު ކެންސަލް ކޮށްފި
17 މާރިޗު 2026

އީރާން ފުނޑާލެވިއްޖެ ނަމަ އިޒްރޭލުގެ މެނޫ ގައި ދެން އޮތީ ތުރުކީވިލާތްބާ؟

17 މާރިޗު 2026
އީރާން ފުނޑާލެވިއްޖެ ނަމަ އިޒްރޭލުގެ މެނޫ ގައި ދެން އޮތީ ތުރުކީވިލާތްބާ؟
17 މާރިޗު 2026

އީރާނުން އިސްލާމީ ގައުމުތަކަށް: މަދު ފަހަރަކު ނޫނީ، އިސްލާމީ އެއްވެސް ސަރުކާރަކުން އީރާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަނޭތޯ؟

17 މާރިޗު 2026
އީރާނުން އިސްލާމީ ގައުމުތަކަށް: މަދު ފަހަރަކު ނޫނީ، އިސްލާމީ އެއްވެސް ސަރުކާރަކުން އީރާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަނޭތޯ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު