Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާން އަށް ހަމަލާ ދިނީ އަމިއްލަ އެދުމެއް އޮވެގެނެއް ނޫން، މުޅި ދުނިޔޭގެ ޙައްގުގައި: ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ނައްތައި ނުލައިފި ނަމަ، އީރާން އިން އެއް މަސް ދުވަހުގެ ތެރޭގައި ނިއުކްލިއާ ހަތިޔާރު އުފައްދާނެ ކަމަށް. އަދި އެ ހަތިޔާރު އެންމެ ފުރަތަމަ ބޭނުން ކުރާނީ އިޒްރޭލްއާ ދެކޮޅަށް ކަމަށާއި، އެއަށް ފަހު މެދު އިރުމަތީގެ ސަރަހައްދުގައި ވެސް ބޭނުން ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 07:26
ވައިޓް ހައުސްގައި އޮތް ރަސްމިއްޔާތެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ވައިޓް ހައުސްގައި އޮތް ރަސްމިއްޔާތެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާ އިން އިޒްރޭލްއާ އެކުވެގެން އީރާން އަށް ހަމަލާ ދިނީ އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށާއި، އެއީ މުޅި ދުނިޔޭގެ ހައްގުގައި ދިން ހަމަލާއެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ނައްތާލައި، ތިން ވަނަ ބޮޑު ހަނގުރާާމަ އަކުން ދުނިޔެ ސަލާމަތް ކޮށްދީފައިވާ ކަމަށެވެ. 

އެގޮތުން ޓްރަމްޕް ވިދާޅުވީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ނައްތައި ނުލައިފި ނަމަ، އީރާން އިން އެއް މަސް ދުވަހުގެ ތެރޭގައި ނިއުކްލިއާ ހަތިޔާރު އުފައްދާނެ ކަމަށެވެ. އަދި އެ ހަތިޔާރު އެންމެ ފުރަތަމަ ބޭނުން ކުރާނީ އިޒްރޭލްއާ ދެކޮޅަށް ކަމަށާއި، އެއަށް ފަހު މެދު އިރުމަތީގެ ސަރަހައްދުގައި ވެސް ބޭނުން ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

އެކަމަށް އިޝާރާތް ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އެއީ ދުނިޔެ ތިން ވަނަ ބޮޑު ހަނގުރާމަ އަށް ވެއްޓޭނެ ނިއުކްލިއާ ހަނގުރާމައެއް ކަމަށެވެ. އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެއްވެސް އެއްޗެއް ނުހުންނަ މިންވަރަށް އެ ހަނގުރާމައިގެ ސަބަބުން ދުނިޔެ ހަލާކު ވެދާނެ ކަމަށެވެ. އެހެންކަމުން އީރާން އަށް ހަަމަލާ ދިނުމަކީ ވަރަށް ރަނގަޅަށް ކުރެވުނު ކަމެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

އީރާާން އަށް އެއްވެސް ނިއުކްލިއާ ހަތިޔާރެއް ލިބިގެން ނުވާނެ ކަަމަށާއި، އެ ޤައުމަށް އެފަދަ ހަތިޔާރެއް ލިބިގެން ވެސް ނުވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައިވެ އެވެ. އީރާންގައި ނޭވީ ނެތް ކަމަށާއި، އެއާ ފޯސް ނެތް ކަމަށާއި، އެންޓި އެއާކްރާފްޓް ހަތިޔާރު ނެތް ކަމަށާއި، އަދި ލީޑާޝިޕެއް ވެސް ނެތް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 

އެއާ އެކު ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާން އަށް ހަމަލާ ދިނުމަކީ އަމިއްލަ އެދުމުގައި، ނުވަތަ އެމެރިކާގެ ބޭނުމުގައި ކުރި ކަމެއް ނޫން ކަަމަށެވެ. އެއީ މުޅި ދުނިޔެ އަށްޓަކައި، ދުނިޔޭގެ ހައްގުގައި ކުރެއްވި ކަމެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. ހަމަ އެއާ އެކު ޓްރަމްޕް ވިދާޅުވީ، އީރާން އިން ވާހަކަ ދައްކަން ޖެހޭނީ ކާކާ ކަމެއް ނޭނގޭ ކަމަށާއި، އީރާންގެ އިސްވެރިންނަކީ ކޮބައި ކަމެއް ވެސް ނޭނގޭ ކަމަށެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ހަމަލާ ދީފައި ވަނީ، އީރާން އިން އެމެރިކާ އާއެކު ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ގެންދަނިކޮންނެވެ. އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުގެ ރައްދުގައި، އީރާން ވެސް ގެންދަނީ ވަރުގަދަ ހަމަލާ ތަކެއް ދެމުންނެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ ބޭސް ތަކަށް އީރާން އިން ހަމަލާ ދިނުމުން ހައިރާންވި، ލިބުނީ ޝޮކެއް: ޓްރަމްޕް

އެމެރިކާގެ ބޭސް ތަކަށް އީރާން އިން ހަމަލާ ދިނުމުން ހައިރާންވި، ލިބުނީ ޝޮކެއް: ޓްރަމްޕް

17 މާރިޗު 2026
ލަރިޖާނީގެ ވަރުގަދަ ސުވާލެއް އިސްލާމީ އުންމަތަށް: "ކަލޭމެން ތިޔަ ތިބީ ކޮން ފަޅިއެއްގައި؟"

ލަރިޖާނީގެ ވަރުގަދަ ސުވާލެއް އިސްލާމީ އުންމަތަށް: "ކަލޭމެން ތިޔަ ތިބީ ކޮން ފަޅިއެއްގައި؟"

17 މާރިޗު 2026
އީރާން އިން ސައުދީ އަށް އަމާޒުކޮށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް މިޞްރުގެ ރައީސް ވިދާޅުވެއްޖެ

އީރާން އިން ސައުދީ އަށް އަމާޒުކޮށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް މިޞްރުގެ ރައީސް ވިދާޅުވެއްޖެ

17 މާރިޗު 2026
އީރާނުން އިސްލާމީ ގައުމުތަކަށް: މަދު ފަހަރަކު ނޫނީ، އިސްލާމީ އެއްވެސް ސަރުކާރަކުން އީރާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަނޭތޯ؟

އީރާނުން އިސްލާމީ ގައުމުތަކަށް: މަދު ފަހަރަކު ނޫނީ، އިސްލާމީ އެއްވެސް ސަރުކާރަކުން އީރާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަނޭތޯ؟

17 މާރިޗު 2026
އީރާނުން އިޒްރޭލުގެ އިތުރުން ގަތަރުގައި ހުންނަ އެމެރިކާގެ މައި މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް ދީފި

އީރާނުން އިޒްރޭލުގެ އިތުރުން ގަތަރުގައި ހުންނަ އެމެރިކާގެ މައި މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް ދީފި

17 މާރިޗު 2026

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު