Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ކުރީގެ ރޫހީ ލީޑަރު ޚާމަނާއީ ބޭނުން ކުރެއްވި ވައިގެ އުޅަނދެއް އިޒްރޭލް އިން ހަލާކު ކޮށްލައިފި

އިޒްރޭލްގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި މި ވައިގެ އުޅަނދަކީ އީރާންގެ އިސް ވެރިންނާއި، ސިފައިންގެ އިސް ބޭފުޅުން ޤާއުމީ ފަންތީގަ އާއި ބައިނަލްއަޤުވާމީ ފަންތީގައި ދަތުރު ކުރުމަށް ބޭނުން ކުރި އުޅަނދެއް. އަދި އީރާންއާ ގުޅުންހުރި ޤައުމުތަކާ ގުޅުން ބަދަހި ކުރުމަށް ވެސް މި އުޅަނދު ބޭނުން ކުރި ކަމަށް އިޒްރޭލް އިން ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 މާރިޗު 2026 | ހޯމަ 12:14
އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީގެ ފޮޓޯއެއް އަންހެނަކު ހިފަހައްޓައިގެން.

އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީގެ ފޮޓޯއެއް އަންހެނަކު ހިފަހައްޓައިގެން. | ރޮއިޓާސް

އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ބޭނުން ކުރެއްވި ވައިގެ އުޅަނދެއް ހަލާކު ކޮށްލާފައިވާ ކަމަށް، އިޒްރޭލްގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

އިޒްރޭލްގެ އަސްކަރިއްޔާ އިން ހޯމަ ދުވަހު ބުނީ، އީރާންގެ ވެރި ރަށް ތެހެރާންގައި ހުންނަ މެހްރާބާދު ވައިގެ ބަނދަރުގައި އޮތް ޚާމަނާއީ ބޭނުން ކުރެއްވި ވައިގެ އުޅަނދެއް ހަލާކު ކޮށްލާފައިވާ ކަމަށެވެ. 

އިޒްރޭލްގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި މި ވައިގެ އުޅަނދަކީ އީރާންގެ އިސް ވެރިންނާއި، ސިފައިންގެ އިސް ބޭފުޅުން ޤާއުމީ ފަންތީގަ އާއި ބައިނަލްއަޤުވާމީ ފަންތީގައި ދަތުރު ކުރުމަށް ބޭނުން ކުރި އުޅަނދެކެވެ. އަދި އީރާންއާ ގުޅުންހުރި ޤައުމުތަކާ ގުޅުން ބަދަހި ކުރުމަށް ވެސް މި އުޅަނދު ބޭނުން ކުރި ކަމަށް އިޒްރޭލް އިން ބުނެފައިވެ އެވެ. 

މެހްރާބާދަކީ އީރާންގައި ހުންނަ އެންމެ ކުރީގެ ވައިގެ ބަނދަރު ތަކުގެ ތެރެއިން ބަނދަރެކެވެ. މިހާރު މި ބަނދަރުން ހިންގަނީ ޤައުމީ ފަންތީގެ ފްލައިޓު ތަކާއި، ސަރަހައްދީ ފްލައިޓު ތަކެވެ. މި ބަނދަރަކީ އީރާންގައި އެންމެ ގިނައިން ދަތުރުވެރިން ބޭނުން ކުރާ ޤައުމީ ފަންތީގެ ވައިގެ ބަނދަރު ކަމަށްވާއިރު، އެއާ އެކު އެއީ އެއާ ފޯސްގެ ވަސީލަތްތައް ބަހައްޓާފައި ހުންނަ، ދެ ބޭނުމަކަށް ބޭނުން ކުރެވޭ ތަނެކެވެ. 

މި ހަމަލާއާ ގުޅިގެން އީރާން އިން އަދި ރަސްމީ ބަޔާނެއް ނެރެފައި ނުވެ އެވެ. އިޒްރޭލް އާއި އީރާންއާ ދެމެދު އޮންނަ ނުތަނަވަސްކަން މިހާރު ވަނީ އިތުރަށް ބޮޑުވެފަ އެވެ. 

އިޒްރޭލް އިން މި ހަމަލާ ދީފައިވާ ކަމަށް ބުނާއިރު، މިއީ އީރާންގެ އިސްވެރިންނަށް ވަރަށް މުހިންމު ވަސީލަތެއް ހަލާކު ކުރުން ކަމަށް ސިފައިންގެ ފަރާތުން ބުނެފައިވެ އެވެ. މި ވައިގެ އުޅަނދު ހަލާކު ކުރުމުން އީރާންގެ އިސްވެރިންގެ ދަތުރު ތަކަށް ބޮޑެތި ހުރަސްތައް ކުރިމަތި ވާނެ ކަމަށް ބެލެވެ އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީއީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާން އާއި އޮސްޓްރޭލިއާ އިން، ޓްރަމްޕްގެ ގޮވާލުމާ ދެކޮޅު ހަދައިފި

އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާން އާއި އޮސްޓްރޭލިއާ އިން، ޓްރަމްޕްގެ ގޮވާލުމާ ދެކޮޅު ހަދައިފި

16 މާރިޗު 2026
އެމެރިކާ އަށް ހަނގުރާމަ ކާމިޔާބު ކުރެވިފައިވާ ކަމަށް ވިދާޅުވާން ޓްރަމްޕް ފަސްޖެހިއްޖެ

އެމެރިކާ އަށް ހަނގުރާމަ ކާމިޔާބު ކުރެވިފައިވާ ކަމަށް ވިދާޅުވާން ޓްރަމްޕް ފަސްޖެހިއްޖެ

16 މާރިޗު 2026
އީރާންގެ ރައްޔިތުން މުޒާހަރާ ކުރަން ބިރު ގަންނަނީ، ގޭންގު ހަދައިގެން އުޅޭ ނުލަފާ ބަޔަކު ވެރި ކަމުގައި ތިބީމަ: ޓްރަމްޕް

އީރާންގެ ރައްޔިތުން މުޒާހަރާ ކުރަން ބިރު ގަންނަނީ، ގޭންގު ހަދައިގެން އުޅޭ ނުލަފާ ބަޔަކު ވެރި ކަމުގައި ތިބީމަ: ޓްރަމްޕް

16 މާރިޗު 2026
މިތިބީ އަމިއްލަ ފައި މައްޗަށް ތެދުވެ، އެމެރިކާާއާ މަޝްވަރާ ކުރާކަށް ބޭނުމެއް ނޫން: އީރާންގެ ފޮރިން މިނިސްޓަރު

މިތިބީ އަމިއްލަ ފައި މައްޗަށް ތެދުވެ، އެމެރިކާާއާ މަޝްވަރާ ކުރާކަށް ބޭނުމެއް ނޫން: އީރާންގެ ފޮރިން މިނިސްޓަރު

16 މާރިޗު 2026
ޖީސީސީގެ ޤައުމުތަކާ ދެކޮޅަށް އީރާން އިން ދޭ ހަމަލާތަކާ ގުޅިގެން، ސައުދީގެ ވަލީ އަހުދާއި ޔޫއޭއީގެ ރައީސް އިންޒާރެއް ދެއްވައިފި

ޖީސީސީގެ ޤައުމުތަކާ ދެކޮޅަށް އީރާން އިން ދޭ ހަމަލާތަކާ ގުޅިގެން، ސައުދީގެ ވަލީ އަހުދާއި ޔޫއޭއީގެ ރައީސް އިންޒާރެއް ދެއްވައިފި

16 މާރިޗު 2026

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު