Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާން ހަނގުރާމަ

އީރާނުގެ އައު ލީޑަރު މުޖުތަބާ ޚާމަނާއީއަށް އަނިޔާވެފައިވާ ކަމަށް އެމެރިކާ އިން ބުނެފައި ވަނިކޮށް އެމަނިކުފާނުގެ ހާލުކޮޅާ މެދު "އެއްވެސް މައްސަލައެއް ނެތް" ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

އީރާނުގެ އައު ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީއަށް ހަމަލާއެއްގައި އަނިޔާވެފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނި ނަމަވެސް، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް އީރާނުގެ ސަރުކާރުން ހާމަކޮށްފި. އެމަނިކުފާނުގެ ފައިންޕުޅަށް އަނިޔާވެފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނާއިރު، އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ލީޑަރު ހުންނެވީ ސަލާމަތުން ކަމަށާއި މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވާ ކަމަށް. މުޖުތަބާ ޚާމަނާއީ މަގާމާ ހަވާލުވެވަޑައިގަތީ އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާއެއްގައި ބައްޕާފުޅު އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން.

ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 02:32
އާޔަތުﷲ އަލީ ޚާމަނާއީގެ ދެވަނަ ފިރިހެން ދަރިކަލުން، މުޖުތަބާ ޚާމަނާއީ (މ).

އާޔަތުﷲ އަލީ ޚާމަނާއީގެ ދެވަނަ ފިރިހެން ދަރިކަލުން، މުޖުތަބާ ޚާމަނާއީ (މ). | ރޮއިޓާސް

އެމެރިކާގެ އޮފިޝަލުންތަކެއް، އީރާނުގެ އައު ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީއަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނިކޮށް، އެމަނިކުފާނުގެ ހާލުކޮޅާ މެދު "އެއްވެސް މައްސަލައެއް ނެތް" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ކުރީކޮޅު ދިން ހަމަލާއެއްގައި ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި މުޖުތަބާ ޚާމަނާއީއަށް "އަނިޔާވެ، ސިފަ ބަދަލުވެފައިވާ ކަމަށް ގަބޫލުކުރެވޭ" ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ހުކުރު ދުވަހު ވަނީ ވިދާޅުވެފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ، އެމް.އެސް ނައު (MS NOW) އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އައު ރޫހާނީ ލީޑަރުގެ ހާލުކޮޅާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނު އިއްޔެ މެސެޖެއް ފޮނުއްވާފައިވާ ކަމަށާއި، އެމަނިކުފާނުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވާނެ ކަމަށްވެސް އަރާގްޗީ ވިދާޅުވިއެވެ.

އިޒްރޭލާއި އެމެރިކާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި އީރާނުގެ އައު ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީއަށް އަނިޔާވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން، އެމަނިކުފާނު ހުންނެވީ "ސަލާމަތުން އަދި ގަދަވެ ހެޔޮހާލުގައި" ކަމަށް އީރާނުގެ ރައީސްގެ ދަރިކަލުން ބުދަ ދުވަހު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ އެޑްވައިޒަރެއްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޔޫސުފް ޕެޒެޝްކިއަން އޭނާގެ ޓެލެގްރާމް ޗެނަލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުޖުތަބާ ޚާމަނާއީއަށް އަނިޔާވެފައިވާ ކަމުގެ ޚަބަރު ލިބުމާ ގުޅިގެން، ގުޅުން އޮންނަ ބައެއް ރަހުމަތްތެރިންގެ ގާތުން އެކަން އޮޅުންފިލުއްވާފައިވާ ކަމަށެވެ. އަދި މާތްﷲގެ އިރާދަފުޅާއެކު އެމަނިކުފާނު ހުންނެވީ ސަލާމަތުން ކަމަށް އެ ފަރާތްތަކުން މައުލޫމާތު ދީފައިވާ ކަމަށް ޔޫސުފް ވިދާޅުވިއެވެ.

އީރާނުގެ ދައުލަތުގެ ޓީވީން މުޖުތަބާ ޚާމަނާއީއަކީ "ރަމަޟާންމަހުގެ ހަނގުރާމައިގައި ޒަޚަމްވެފައިވާ ބަތަލެއް"ގެ ގޮތުގައި ސިފަކޮށްފައިވީ ނަމަވެސް، އެމަނިކުފާނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އައު ރޫހާނީ ލީޑަރަކީ، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި އަވަހާރަވި، އީރާނުގައި ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރެއްވި އަލީ ޚާމަނާއީގެ ދަރިކަލުންނެވެ. މި ހަމަލާތަކާ ގުޅިގެން މުޅި މެދުއިރުމަތީގައި ވަނީ ހަނގުރާމައެއް ފެށިފައެވެ.

އުމުރުފުޅުން 56 އަހަރުގެ މުޖުތަބާ ޚާމަނާއީއަކީ އާންމުންގެ ތެރެއަށް މާގިނައިން ނުކުމެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. މިދިޔަ އާދީއްތަ ދުވަހު އީރާނުގެ ރޫހާނީ ލީޑަރުގެ މަގާމަށް އައްޔަންކުރެވުނު ފަހުން، އާންމުކޮށް ފެނިފައެއް ނުވެއެވެ.

ނިއުޔޯކް ޓައިމްސްއިން ބުދަ ދުވަހު ޝާއިއުކުރި ރިޕޯޓެއްގައި، އީރާނުގެ ނަން ހާމަނުކުރާ ތިން އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ، މުޖުތަބާ ޚާމަނާއީގެ ފައިންޕުޅަށް އަނިޔާވެފައިވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ހުންނެވީ ސަލާމަތުން ކަމަށާއި، މުވާސަލާތީ ވަސީލަތްތައް މަދު، ސަލާމަތީ ގޮތުން ވަރުގަދަ ތަނެއްގައި ރައްކާތެރިކަމާއެކު ހުންނެވި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އީރާންގެ ރޫހާނީ ލީޑަރު މުޖްތަބާ ޚާމަނާއީއީރާންއެމެރިކާ-އިޒްރޭލް-އިރާން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ބާރާއި ނުފޫޒު ގެ ހަގީގީ ސައިޒް ސާބިތުކަމާ އެކު އީރާނުން ދުނިޔެއަށް އެ ދަނީ ދައްކަމުން!

އެމެރިކާގެ ބާރާއި ނުފޫޒު ގެ ހަގީގީ ސައިޒް ސާބިތުކަމާ އެކު އީރާނުން ދުނިޔެއަށް އެ ދަނީ ދައްކަމުން!

15 މާރިޗު 2026
އިރާނުން ތުހުމަތު ކުރަނީ އެ ގައުމަށް ހަމަލާ ދިނުމަށް ޔޫއޭއީގެ ބިން ބޭނުން ކުރާ ކަމަށް، އެތަނުގައި ހުރި އެމެރިކާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ބުނެ އިންޒާރު ދީފި

އިރާނުން ތުހުމަތު ކުރަނީ އެ ގައުމަށް ހަމަލާ ދިނުމަށް ޔޫއޭއީގެ ބިން ބޭނުން ކުރާ ކަމަށް، އެތަނުގައި ހުރި އެމެރިކާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ބުނެ އިންޒާރު ދީފި

14 މާރިޗު 2026
އީރާނުން ސިއްރު މައުލޫމާތު ދުޝްމަނުންނަށް ފޯރުކޮށްދިން ތުހުމަތުގައި 81 މީހަކު ހައްޔަރުކޮށްފި

އީރާނުން ސިއްރު މައުލޫމާތު ދުޝްމަނުންނަށް ފޯރުކޮށްދިން ތުހުމަތުގައި 81 މީހަކު ހައްޔަރުކޮށްފި

14 މާރިޗު 2026
ވޯލްޑް ކަޕް އިން އީރާން ބޭރު ކުރުމުގެ ބާރު ޓްރަމްޕް އަށް ނެތް ކަމަށް ބުނެފި

ވޯލްޑް ކަޕް އިން އީރާން ބޭރު ކުރުމުގެ ބާރު ޓްރަމްޕް އަށް ނެތް ކަމަށް ބުނެފި

14 މާރިޗު 2026
އެމެރިކާާގެ ތެޔޮ އިންފްރާސްޓްރަކްޗާތައް ހަލާކު ކޮށްލައި، އަޅި އަށް ހަދާލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

އެމެރިކާާގެ ތެޔޮ އިންފްރާސްޓްރަކްޗާތައް ހަލާކު ކޮށްލައި، އަޅި އަށް ހަދާލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

14 މާރިޗު 2026

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު