Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާންގެ ރައްޔިތުން މުޒާހަރާ ކުރަން ބިރު ގަންނަނީ، ގޭންގު ހަދައިގެން އުޅޭ ނުލަފާ ބަޔަކު ވެރި ކަމުގައި ތިބީމަ: ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ، މުޒާހަރާ ކޮށްފި ނަމަ ބަޑި ޖަހައި މަރާލާާނެ ކަމުގެ އިންޒާރު އީރާންގެ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ކަަމަށް. އެހެންކަމުން، ފުރާނައިގެ ބިރަށްޓަކައި އީރާންގެ ރައްޔިތުން މަގު ތަކަށް ނިކުމެ މުޒާހަރާ ނުކުރާ ސަބަބު ވަރަށް ބޮޑަށް ބަަލައި ގަންނަ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 މާރިޗު 2026 | ހޯމަ 08:03
އެއާ ފޯސް ވަންގައި ހުންނަވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

އެއާ ފޯސް ވަންގައި ހުންނަވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ | ގެޓީ އިމޭޖަސް

އީރާންގެ ރައްޔިތުން އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް މަގު ތަކަށް ނިކުމެ މުޒާހަރާ ނުކުރާ ސަބަބު ވަރަށް ބޮޑަށް ސާފުވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، އެއާ ފޯސް ވަންގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. އީރާންގެ ރައްޔިތުން އެ ޤައުމުގެ މަގު ތަކަށް ނިކުމެ، ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމަށް ޓްރަމްޕް އަބަދު ވެސް ބާރު އަޅުއްވަ އެވެ. ނަމަވެސް، އީރާން އިން އެފަދަ މަންޒަރެއް ފެނިފައި ނުވެ އެވެ.

އީރާންގެ ސަރުކާރާއި، އެ ޤައުމުގެ އިސްވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޓްރަމްޕް ވިދާޅުވީ، އެ ޤައުމުގެ ރައްޔިތުން މުއާމަލާތް ކުރަން ޖެހިފައި ވަނީ "ގޭންގު ހަދައިގެން އުޅޭ ނުލަފާ ބަޔަކާ" ކަމަށެވެ. އެހެންވެ އެ ޤައުމުގެ ރައްޔިތުން މުޒާހަރާ ކުރަން ބިރު ގަންނަނީ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި އީރާންގެ ސަރުކާރުން އެ ޤައުމުގެ ރައްޔިތުންނަށް އިންޒާރުދީ، ބިރު ދައްކަމުންދާ ކަމަށް ވެސް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވައިފަ އެވެ. 

މި މޭރުމުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މުޒާހަރާ ކޮށްފި ނަމަ ބަޑި ޖަހައި މަރާލާާނެ ކަމުގެ އިންޒާރު އީރާންގެ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ކަަމަށެވެ. އެހެންކަމުން، ފުރާނައިގެ ބިރަށްޓަކައި އީރާންގެ ރައްޔިތުން މަގު ތަކަށް ނިކުމެ މުޒާހަރާ ނުކުރާ ސަބަބު ވަރަށް ބޮޑަށް ބަަލައި ގަންނަ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. މީގެ ކުރިން ވެސް ޓްރަމްޕް ވަނީ، އީރާންގެ ރައްޔިތުން މެގު ތަކަށް ނިކުމެ ސަރުކާރު ވައްޓާލުމަށް ގޮވާލައްވައިފަ އެވެ. 

އެންމެ ފަހުން އީރާާންގައި ކުރި މުޒާހަރާ ތަކަކީ ވެސް އެމެރިކާ އާއި އިޒްރޭލް އަޑީގައި އޮވެ ކުރިއަށް ގެންދިޔަ މުޒާހަރާ ތަކެއް ކަމަށް ސިފަ ކޮށްފައިވެ އެވެ. އިޤްތިޞާދީ ދަތި ކަމުގެ ސަބަބުން ފެށުނު މުޒާހަރާތައް، ފަހުން ހަމަ ނުޖެހުމަށް ބަދަލު ވެގެން ދިޔައީ އެމެރިކާ އާއި އިޒްރޭލް އިން އެކަމުގެ ތެރެއަށް ވަނުމުން ކަމަށް ފާހަގަ ކޮށްފައިވެ އެވެ. ނަމަވެސް، އީރާންގެ ސަރުކާރުން މުޒާހަރާތައް މައިތިރި ކުރިއިރު، އެފަހަރު ވެސް އެތައް ހާސް ބަޔަކު ވަނީ އީރާންގެ ސަރުކާރަށް އޮތް ތާއީދު ދައްކާލުމަށް މަގު ތަކަށް އެއްވެފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

މިތިބީ އަމިއްލަ ފައި މައްޗަށް ތެދުވެ، އެމެރިކާާއާ މަޝްވަރާ ކުރާކަށް ބޭނުމެއް ނޫން: އީރާންގެ ފޮރިން މިނިސްޓަރު

މިތިބީ އަމިއްލަ ފައި މައްޗަށް ތެދުވެ، އެމެރިކާާއާ މަޝްވަރާ ކުރާކަށް ބޭނުމެއް ނޫން: އީރާންގެ ފޮރިން މިނިސްޓަރު

16 މާރިޗު 2026
ޖީސީސީގެ ޤައުމުތަކާ ދެކޮޅަށް އީރާން އިން ދޭ ހަމަލާތަކާ ގުޅިގެން، ސައުދީގެ ވަލީ އަހުދާއި ޔޫއޭއީގެ ރައީސް އިންޒާރެއް ދެއްވައިފި

ޖީސީސީގެ ޤައުމުތަކާ ދެކޮޅަށް އީރާން އިން ދޭ ހަމަލާތަކާ ގުޅިގެން، ސައުދީގެ ވަލީ އަހުދާއި ޔޫއޭއީގެ ރައީސް އިންޒާރެއް ދެއްވައިފި

16 މާރިޗު 2026
އީރާން ހަނގުރާމައިގެ ސަބަބުން، ޗައިނާގެ ރައީސް އާއެކު ބާއްވާ ސަމިޓު ފަސް ކުރަން ޖެހިދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާން ހަނގުރާމައިގެ ސަބަބުން، ޗައިނާގެ ރައީސް އާއެކު ބާއްވާ ސަމިޓު ފަސް ކުރަން ޖެހިދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

16 މާރިޗު 2026
މަރުވެފައިވާ ކަމަށް ބުނާ ވާހަކަ ދޮގު ކުރުމަށް، ނަތަންޔާހޫ ވީޑިއޯއެއް އާންމު ކޮށްފި

މަރުވެފައިވާ ކަމަށް ބުނާ ވާހަކަ ދޮގު ކުރުމަށް، ނަތަންޔާހޫ ވީޑިއޯއެއް އާންމު ކޮށްފި

16 މާރިޗު 2026
އީރާން އަށް ޝާހިދު ޑްރޯން ފޯރުކޮށްދެނީ ރަޝިޔާ އިން ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

އީރާން އަށް ޝާހިދު ޑްރޯން ފޯރުކޮށްދެނީ ރަޝިޔާ އިން ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

15 މާރިޗު 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު