Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާން އިން ސައުދީ އަށް އަމާޒުކޮށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް މިޞްރުގެ ރައީސް ވިދާޅުވެއްޖެ

މީގެ އިތުރުންެ ފޯނު ކޯލުގައި އައް ސީސީ ވަނީ އަރަބި ހުރިހާ ޤައުމު ތަކެއްގެ ސިޔާދަތަށް އިޙުތިރާމް ކުރުމާއި، އެ ޤައުމު ތަކުގެ ރައްޔިތުންގެ ވަސީލަތް ތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން ވެސް ފާހަގަ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 06:30
ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، 2024 ވަނަ އަހަރު މިސްރުގެ ގާހި ރާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވަނީ.

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، 2024 ވަނަ އަހަރު މިސްރުގެ ގާހި ރާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވަނީ. | ރޮއިޓާސް

ސައުދީ އަރަބިއްޔާ އަށް އަމާޒުކޮށް އީރާން އިން ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް، މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙު އައްސީސީ ވިދާޅުވެއްޖެ އެވެ. 

އައް ސީސީ މިހެން ވިދާޅުވެފައި ވަނީ، ހޯމަ ދުވަހު ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކައިގަ އެވެ. 

އެ ފޯނު ކޯލާ ގުޅޭ ގޮތުން މިޞްރުގެ ރިޔާސީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މެދު އިރުމަތީގައި ހިނގަމުންދާ ޙާލަތާ ގުޅިގެން ސައުދީ އަރަބިއްޔާ އާއެކު މިސްރުން ފުރިހަމަ އަށް އެއްބާރުލުން ދެމުންދާ ކަމަށް، އައް ސީސީ ވިދާޅުވެފައިވާ ކަމަށެވެ. އަދި އީރާން އިން ސައުދީގެ ސުލްޠާން އަށް ދިން ހަމަލާތައް މިޞްރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި، އެއީ ބަަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އައް ސީސީ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުންެ ފޯނު ކޯލުގައި އައް ސީސީ ވަނީ އަރަބި ހުރިހާ ޤައުމުތަކެއްގެ ސިޔާދަތަށް އިޙުތިރާމް ކުރުމާއި، އެ ޤައުމު ތަކުގެ ރައްޔިތުންގެ ވަސީލަތްތަކަށް ހުރުމަތްތެރި ކޮށް ހިތުމުގެ މުހިންމުކަން ވެސް ފާހަގަ ކުރައްވައިފަ އެވެ. 

ރިޔާސީ އޮފީހުގެ ތަރުޖަމާނު މުޙައްމަދު އައް ޝަނާވީ ވިދާޅުވި ގޮތުގައި، ސަރަހައްދީ ހަމަ ނުޖެހުން ކުޑަ ކުރުމަށް، ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ފަރާތްތަކާ އެކު މިޞްރުން ކުރަމުން އަންނަ މަސައްކަތް ތަކުގެ ތަފްސީލީ މަައުލޫމާތު ވެސް އައް ސީސީ ވަނީ، ސައުދީގެ ވަލީ އަހުދަށް ދެއްވައިފަ އެވެ. މިޞްރާއި ގަލްފުގެ ޤައުމު ތަކާ ދެމެދު އޮންނަ ބައިވެރިވުން އަދި ގުޅުން ފާހަގަ ކުރައްވައި، އެ ޤައުމު ތަކުގެ ސަލާމަތަކީ ވަކި ނުކުރެވޭނެ ކަމެއް ކަަމަށް ވެސް އައް ސީސީ ވިދާޅުވެފައިވެ އެވެ. 

ހަމަ އެހެންމެ ސަރަހައްދީ ސުލްޙަ ރައްކާތެރި ކުރުމަށާއި، މިހާރު ހިނގަމުން ދާ ހަމަ ނުޖެހުންތައް ކުޑަ ކުރުމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް އާއި، ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ސައުދީ އިން ކުރަމުން އަންނަ މަސައްކަތްތަަކަށް އައް ސީސީ ވަނީ ތައުރީފު ކުރައްވައިފަ އެވެ. 

މީގެ އިތުރުން އެ ފޯނު ކޯލުގައި ވަނީ ދެ  ޤައުމުގެ ދެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި، ސަރަހައްދީ ޤައުމު ތަކާ ގުޅިގެން މަސައްކަތް ކުރާނެ ގޮތް ތަަކަށް ވެސް މަޝްވަރާ ކުރައްވައިފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އަބްދުލް ފަތާހު އަލް-ސީސީސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާނުން އިސްލާމީ ގައުމުތަކަށް: މަދު ފަހަރަކު ނޫނީ، އިސްލާމީ އެއްވެސް ސަރުކާރަކުން އީރާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަނޭތޯ؟

އީރާނުން އިސްލާމީ ގައުމުތަކަށް: މަދު ފަހަރަކު ނޫނީ، އިސްލާމީ އެއްވެސް ސަރުކާރަކުން އީރާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަނޭތޯ؟

17 މާރިޗު 2026
އީރާނުން އިޒްރޭލުގެ އިތުރުން ގަތަރުގައި ހުންނަ އެމެރިކާގެ މައި މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް ދީފި

އީރާނުން އިޒްރޭލުގެ އިތުރުން ގަތަރުގައި ހުންނަ އެމެރިކާގެ މައި މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް ދީފި

17 މާރިޗު 2026
ފާއިތުވި ދުވަސްތަކުގައި އީރާނުން އެމެރިކާއާ މުއާމަލާތްކުރަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ރިޕޯޓްތަކަކީ ކަނޑައެޅިގެން ދޮގެއް: އީރާން

ފާއިތުވި ދުވަސްތަކުގައި އީރާނުން އެމެރިކާއާ މުއާމަލާތްކުރަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ރިޕޯޓްތަކަކީ ކަނޑައެޅިގެން ދޮގެއް: އީރާން

17 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލްއާ ގުޅުން އޮންނަ މީހުންނަށް އެއްވެސް ދޫ ދިނުމެއް ނޯންނާނެ: އީރާންގެ އުއްތަމަ ފަނޑިޔާރު

އެމެރިކާ އާއި އިޒްރޭލްއާ ގުޅުން އޮންނަ މީހުންނަށް އެއްވެސް ދޫ ދިނުމެއް ނޯންނާނެ: އީރާންގެ އުއްތަމަ ފަނޑިޔާރު

16 މާރިޗު 2026
ކުރީގެ ރޫހީ ލީޑަރު ޚާމަނާއީ ބޭނުން ކުރެއްވި ވައިގެ އުޅަނދެއް އިޒްރޭލް އިން ހަލާކު ކޮށްލައިފި

ކުރީގެ ރޫހީ ލީޑަރު ޚާމަނާއީ ބޭނުން ކުރެއްވި ވައިގެ އުޅަނދެއް އިޒްރޭލް އިން ހަލާކު ކޮށްލައިފި

16 މާރިޗު 2026

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު