Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ފަތުރުވެރިކަން

ފަތުރުވެރިކަން ބޮޑު ތަނުން ދަށަށް ހިނގައްޖެ

މި އަހަރުގެ މާރޗް މަހުގެ ފުރަތަމަ ދެ ހަފުތާގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 21.1 އިންސައްތަ ވަނީ ދަށްވެފައި. ފަތުރުވެރިކަމަށް މި އައި ކުއްލި މަޑުޖެހުމަކީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ މަސްރަހަށް އައި ބަދަލުތަކާއި ވައިގެ ދަތުރުފަތުރަށް ކުރިމަތިވި ގޮންޖެހުންތަކުގެ ނަތީޖާއެއް ކަމަށް ބެލެވޭ. މި ބަދަލާއެކު، ރާއްޖޭގެ މާކެޓުގެ އެންމެ ކުރީގައި މިހާރު އޮތީ 15.8 އިންސައްތަ ހިއްސާކުރާ ޗައިނާ މާކެޓް.

ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 03:29
އަރިއަތޮޅު ދެކުނުބުރީގައި އޮންނަ، އައުޓްރިގަރ މޯލްޑިވްސް މާފުށިވަރު ލަގްޒަރީ ރިސޯޓު މަތިން ފެންނަ މަންޒަރެއް.

އަރިއަތޮޅު ދެކުނުބުރީގައި އޮންނަ، އައުޓްރިގަރ މޯލްޑިވްސް މާފުށިވަރު ލަގްޒަރީ ރިސޯޓު މަތިން ފެންނަ މަންޒަރެއް. | ގެޓީ އިމޭޖަސް

މާރޗް މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މާރިޗު މަހުގެ 1 އިން 14 އަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 69,648 ފަތުރުވެރިންނެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 88,274 ފަތުރުވެރިންނާ އަޅާބަލާއިރު 21.1 އިންސައްތައިގެ ދަށްވުމެކެވެ.

Advertisement - businessAdvertisement

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ދެ މަހުވެސް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، ހަމައެކަނި ފެބުރުއަރީ މަހުވެސް 254,000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މާރޗް މަހުގެ މެދަކާ ހަމައަށް މިއަހަރު ޖުމްލަ 542,158 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 5.8 އިންސައްތައިގެ އިތުރުވުމެކެވެ. 

ދުވާލަކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު އަހަރުގެ ކުރީކޮޅު ފަތުރުވެރިން އައި އަދަދުތައް މަތީގައި ހުރި ނަމަވެސް، މާރޗް މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ބައެއް ދުވަސްދުވަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 5,000 އަށްވުރެ ދަށަށް ގޮސްފައެވެ. މިހާރު ދުވާލަކު އެވްރެޖްކޮށް 7,427 ފަތުރުވެރިން ޒިޔާރަތްކުރި ނަމަވެސް، ދުވަހުން ދުވަހަށް އަންނަ ބަދަލުތަކަށް ބަލާއިރު މި މުއްދަތުގައި ފަތުރުވެރިކަމުގެ ޑިމާންޑް ދަށްވަމުންދާކަން ފާހަގަކުރެވެއެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެއީ 85,679 ފަތުރުވެރިން ނުވަތަ ޖުމްލަ ފަތުރުވެރިންގެ 15.8 އިންސައްތައެވެ. ޗައިނާގެ އިތުރުން ރަޝިޔާ، އިޓަލީ، އިނގިރޭސިވިލާތް އަދި ޖަރުމަނަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކެވެ. 

މާރިޗު މަހުގެ މެދަކާ ހަމައަށް ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކާއި ސަފާރީ އުޅަނދުތައް ހިމެނޭހެން 1,297 ފަތުރުވެރި ފެސިލިޓީއެއް ދަނީ ހިންގަމުންނެވެ. މިއާއެކު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 68,000 އަށްވުރެ ގިނަ އެނދު ވަނީ ރަޖިސްޓްރީކޮށްފައެވެ. މި ސިނާއަތުގައި އަދިވެސް އެންމެ ބޮޑު ހިއްސާއެއް އޮތީ ރިސޯޓުތަކުގައެވެ. އެއީ ގާތްގަނޑަކަށް 68 އިންސައްތައެވެ. އަދި ގެސްޓްހައުސްތަކުގެ ހިއްސާއަކީ 26 އިންސައްތައެވެ.

ފަތުރުވެރިކަންޗައިނާ-ރާއްޖެ

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ކަނޑުއަޑީގެ ޖިއޯފިޒިކަލް ދިރާސާތައް ކުރުމުގެ ގާބިލުކަން ލިބިފައިވާ ޗައިނާގެ ރިސާޗް އުޅަނދު އަންނަ މަހު މާލެއަށް

ކަނޑުއަޑީގެ ޖިއޯފިޒިކަލް ދިރާސާތައް ކުރުމުގެ ގާބިލުކަން ލިބިފައިވާ ޗައިނާގެ ރިސާޗް އުޅަނދު އަންނަ މަހު މާލެއަށް

14 މާރިޗު 2026
ދުވާލަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އެވްރެޖް އަދަދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ

ދުވާލަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އެވްރެޖް އަދަދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ

08 މާރިޗު 2026
އީރާން ހަނގުރާމަ އާ ގުޅިގެން ރާއްޖެ އަށް ދަތުރުކުރާ ފަތުރުވެރިންނަށް އިނގިރޭސިވިލާތުން އިންޒާރު ނެރެފި

އީރާން ހަނގުރާމަ އާ ގުޅިގެން ރާއްޖެ އަށް ދަތުރުކުރާ ފަތުރުވެރިންނަށް އިނގިރޭސިވިލާތުން އިންޒާރު ނެރެފި

06 މާރިޗު 2026
ރާއްޖޭގައި ތާށިވި ފަތުރުވެރިންނަށް ރަޖާ ދީފައި "މިއީ ކަލޭމެންނަށް ކޮށްދެވޭނެ ވަރޭ" ބުނުމަކީ ރާއްޖޭގެ މޫނުމަތީގައި ޖެހޭ ލައްގަނޑެއް: ފަލާހު

ރާއްޖޭގައި ތާށިވި ފަތުރުވެރިންނަށް ރަޖާ ދީފައި "މިއީ ކަލޭމެންނަށް ކޮށްދެވޭނެ ވަރޭ" ބުނުމަކީ ރާއްޖޭގެ މޫނުމަތީގައި ޖެހޭ ލައްގަނޑެއް: ފަލާހު

02 މާރިޗު 2026
މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން މަހެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ 30 އިންސައްތަ މަދުވާނެ: މިނިސްޓަރ ތޯރިގް

މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން މަހެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ 30 އިންސައްތަ މަދުވާނެ: މިނިސްޓަރ ތޯރިގް

01 މާރިޗު 2026

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު