Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އީރާން ހަނގުރާމަ

އީރާން ހަނގުރާމަ އާ ގުޅިގެން ރާއްޖެ އަށް ދަތުރުކުރާ ފަތުރުވެރިންނަށް އިނގިރޭސިވިލާތުން އިންޒާރު ނެރެފި

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފްލައިޓްތައް ކެންސަލްވުމާއި މަގު ބަދަލުކުރަން ޖެހުމުގެ ސަބަބުން، ދަތުރުވެރިން އެމީހުންގެ އިންޝުއަރެންސް ޕޮލިސީތައް ކަށަވަރުކުރުމަށް ވެސް ވަނީ އަންގާފައި. ހަމައެއާއެކު، ސަރަހައްދީ މަސްރަހު ގޯސްވުމުގެ ސަބަބުން އެނބުރި ގައުމަށް ދިއުމަށް ޕްރައިވެޓް ޖެޓްތައް ކުއްޔަށް ހިފާ މިންވަރު 300 އިންސައްތައަށް ވަނީ އުފުލިފައި.

ރާއްޖެ އެމްވީ | 6 މާރިޗު 2026 | ހުކުރު 02:50
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ލައުންޖެއްގައި ފަތުރުވެރިންތަކެއް އަރާމު ކުރަނީ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ލައުންޖެއްގައި ފަތުރުވެރިންތަކެއް އަރާމު ކުރަނީ. | ރާއްޖެ އެމްވީ

އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީސް (އެފް.ސީ.ޑީ.އޯ) އިން ރާއްޖެއަށް ދަތުރުކުރާ އިނގިރޭސި ފަތުރުވެރިންނަށް ދެމުންދާ ދަތުރުފަތުރުގެ އިރުޝާދުތަކަށް ބަދަލު ގެނެސް، އާ އިންޒާރެއް ނެރެފިއެވެ.

އިނގިރޭސި ސަރުކާރުން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ފަރާތްތަކަށް މި އިރުޝާދު ނެރެފައިވަނީ މެދުއިރުމަތީގައި އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ އާއި ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

އެފް.ސީ.ޑީ.އޯ ގެ ވެބްސައިޓުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒުކޮށް ނެރުނު އާ އިންޒާރުގައި ބުނެފައިވަނީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ވައިގެ ސަރަހައްދުތައް ބަންދުކުރުމާއި، ބައިނަލްއަގުވާމީ ފްލައިޓްތަކުގެ ޝެޑިއުލްތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. މީގެ ތެރޭގައި ފްލައިޓްތައް ލަސްވުމާއި، ކެންސަލްވުމުގެ އިތުރުން ދަތުރުކުރާ މަގުތައް ބަދަލުކުރުން ހިމެނޭ ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ދަތުރުކުރާ މަގުގައި މެދުއިރުމަތީގެ ގައުމެއްގައި މަޑުކުރަން ނުޖެހުނު ކަމުގައިވިޔަސް، މި ހަމަނުޖެހުންތަކުގެ ސަބަބުން ދަތުރުފަތުރުގެ ރޭވުންތަކަށް ބުރޫއަރާފާނެ ކަމަށް އެފް.ސީ.ޑީ.އޯ އިން ބުނެއެވެ. މީގެ ތެރޭގައި ރާއްޖެއަށް ކުރާ ދަތުރުތަކާއި ރާއްޖެއިން ފުރުމަށް ކުރާ ދަތުރުތައް ވެސް ހިމެނެއެވެ.

އެހެންކަމުން، އިނގިރޭސި ރައްޔިތުން ދަތުރު ފެށުމުގެ ކުރިން އެއާލައިންތަކުން ނުވަތަ ޓުއާ އޮޕަރޭޓަރުންގެ އަތުން އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެފް.ސީ.ޑީ.އޯ އިން ވަނީ އިރުޝާދު ދީފައެވެ.

އެފް.ސީ.ޑީ.އޯ އިން އިތުރަށް ބުނެފައިވަނީ، އިނގިރޭސި ރައްޔިތުން އެމީހުންގެ ޓްރެވަލް އިންޝުއަރެންސް ޕޮލިސީތައް އަލުން ބަލައި، ކަވަރުކޮށްދޭ ކަންތައްތައް ކަށަވަރުކުރަން ޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ އަދި ސަރަހައްދީ ޚަބަރުތައް ބަލަމުން ގެންދިއުމަށާއި، އެފް.ސީ.ޑީ.އޯ ގެ ދަތުރުފަތުރުގެ އިރުޝާދުތައް އީމެއިލް މެދުވެރިކޮށް ލިބޭނެ ގޮތް ހެދުމަށް ވެސް ވަނީ އެދިފައެވެ.

މެދުއިރުމަތީގެ ވައިގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރާ ގިނަ އަދަދެއްގެ ފްލައިޓްތައް މިހާރު ވަނީ ކެންސަލްކޮށް، މަގު ބަދަލުކޮށް ނުވަތަ ވަރަށް ބޮޑަށް ލަސްކޮށްފައެވެ. މީގެ ސަބަބުން ރާއްޖެއާ ގުޅޭ ފްލައިޓްތަކަށް ބޮޑެތި އަސަރުތަކެއް ކޮށްފާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިވަގުތު ރާއްޖޭގައި ތިބި އިނގިރޭސި ރައްޔިތުން އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެމީހަކު ދަތުރުކުރާ އެއާލައިނަކާ ސީދާ ގުޅުމަށް ވެސް ވަނީ އަންގާފައެވެ.

މި ބަދަލުތައް އައިސްފައި މިވަނީ، ގަލްފް ސަރަހައްދުގައި އުފެދިފައިވާ ކްރައިސިސް ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން، އިނގިރޭސިވިލާތުގެ ކުންފުންޏަކުން ކުއްޔަށްދޭ ޕްރައިވެޓް ޖެޓްތަކަށް އޮތް ޑިމާންޑް 300 އިންސައްތައަށް އުފުލިފައިވާ ދަނޑިވަޅެއްގައެވެ. މެދުއިރުމަތީގައި ތާށިވެފައި ތިބި އެތައް ހާސް ބަޔަކު އެ ސަރަހައްދުން ބޭރުވާނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، ލިބެން ހުރި ފްލައިޓްތަކަށްވުރެ އެދޭ މީހުންގެ އަދަދު ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.

އިނގިރޭސިވިލާތުގެ ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ އެއާ ޗާޓާ ސާވިސްގެ ޑައިރެކްޓަރު އޮފް އޭވިއޭޝަން ސާވިސަސް، މެޓް ޕާޓަން ބުނި ގޮތުގައި، އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު ޕްރައިވެޓް ޖެޓްތަކަށް އެދޭ މިންވަރު ވަނީ 200 އިންސައްތަ އާއި 300 އިންސައްތައާ ދެމެދުގެ މިންވަރަކަށް އިތުރުވެފައެވެ.

"އަހަރެމެންނަށް މިހާރު މިދަނީ ވަރަށް ބޮޑު ޑިމާންޑެއް ލިބެމުން،" އޭނާ ބުންޏެވެ. "ދުބާއީގައި ތާށިވެފައި ތިބި ހަނީމޫން ދަތުރުވެރިންނާއި، އެނބުރި ގައުމަށް ދިއުމަށްޓަކައި ގްރޫޕް ހަދައިގެން ބޯޓެއް ކުއްޔަށް ހިފަން ބޭނުންވާ ފަތުރުވެރިންގެ އިތުރުން، ބޮޑެތި ކުންފުނިތަކާއި މުއްސަނދިންގެ ފަރާތުން ވެސް ފޯނު ކޯލްތައް ލިބެމުންދޭ. ހަނގުރާމައެއް ފެށުމުން މިލިއަނަރުންނާއި ބިލިއަނަރުންގެ މެދުގައި އެއްވެސް ތަފާތެއް ނޯވޭ."

އިނގިރޭސިވިލާތްއީރާން-ޔޫއެސްއޭ-އިޒްރޭލްފަތުރުވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން އަލް-އަޤްޞާގައި ހުކުރު ނަމާދު ކުރުން މަނާކޮށްފި

އިޒްރޭލުން އަލް-އަޤްޞާގައި ހުކުރު ނަމާދު ކުރުން މަނާކޮށްފި

06 މާރިޗު 2026
ސްރީލަންކާ އިން އީރާނުގެ މަނަވަރެއްގެ 208 ފަޅުވެރިން އެ ގައުމަށް ބާލައި، މަނަވަރަށް ރައްކާތެރިކަން ދީފި

ސްރީލަންކާ އިން އީރާނުގެ މަނަވަރެއްގެ 208 ފަޅުވެރިން އެ ގައުމަށް ބާލައި، މަނަވަރަށް ރައްކާތެރިކަން ދީފި

06 މާރިޗު 2026
ކުވައިތުގެ އަލީ އަލް ސާލިމް އެއާ ބޭސް އަށް ވަރުގަދަ މިސައިލް ހަމަލާތަކެއް އީރާނުން ދީފި

ކުވައިތުގެ އަލީ އަލް ސާލިމް އެއާ ބޭސް އަށް ވަރުގަދަ މިސައިލް ހަމަލާތަކެއް އީރާނުން ދީފި

06 މާރިޗު 2026
އީރާނުން އިޒްރޭލަށް ނުރައްކާތެރި "ޚުއްރަމްޝަހަރު-4" މިސައިލްތަކުން ހަމަލާދީފި

އީރާނުން އިޒްރޭލަށް ނުރައްކާތެރި "ޚުއްރަމްޝަހަރު-4" މިސައިލްތަކުން ހަމަލާދީފި

06 މާރިޗު 2026
އީރާނުން އެމެރިކާގެ އެފް-15 ހަނގުރާމަމަތީ ޖެޓެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ އެފް-15 ހަނގުރާމަމަތީ ޖެޓެއް ވައްޓާލައިފި

06 މާރިޗު 2026

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު