Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަން ހިންގުން ފާޑުކިޔުން

ރާއްޖޭގައި ތާށިވި ފަތުރުވެރިންނަށް ރަޖާ ދީފައި "މިއީ ކަލޭމެންނަށް ކޮށްދެވޭނެ ވަރޭ" ބުނުމަކީ ރާއްޖޭގެ މޫނުމަތީގައި ޖެހޭ ލައްގަނޑެއް: ފަލާހު

2 މާރިޗު 2026 | ހޯމަ 03:35

މެދުއިރުމަތީގެ މަސްރަޙު ގޯސްވުމުގެ ސަބަބުން ރާއްޖޭގައި ތާށިވި ފަތުރުވެރިންނަށް އެހީތެރިވުމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ، ކުރީގެ މެންބަރު މުހައްމަދު ފަލާހު ފާޑުވިދާޅުވެއްޖެ. ރާއްޖޭގެ އިޤްތިޞާދު ބަރޯސާވަނީ ލަގްޒަރީ ޓޫރިޒަމަށް ކަމަށްވާއިރު، އެއާޕޯޓުގައި ތާށިވި މީހުންނަށް އެކަށީގެންވާ ފެސިލިޓީތައް ފޯރުކޮށްނުދީ އާދައިގެ ގޮތަކަށް އަމަލުކުރުމަކީ ރާއްޖޭގެ އަބުރަށް ލިބޭ ހުތުރެއްކަން އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، މިފަދަ ކަންކަމުގައި ސަރުކާރުން އުފައްދާ ކޮމިޓީތަކުން ރައްޔިތުންނަށް ސައްހަ މައުލޫމާތު ހިއްސާނުކުރާ ކަމަށްވެސް ފަލާހު ވިދާޅުވި.

މަޚްތޫމް
މަޚްތޫމް | 2 މާރިޗު 2026 | ހޯމަ 03:35
މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު.

މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު. | ރާއްޖެ އެމްވީ

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާއި ގުޅިގެން ރާއްޖެގައި ތާށިވި ފަތުރުވެރިންނަށް ރައީސް އުފެއްދެވި ކޮމިޓީގައި ހިމެނޭ މިނިސްޓަރަކު 2000 ރަޖާ ދީފައި "މިއީ ކަލޭމެންނަށް ކޮށްދެވޭނެ ވަރޭ" ބުނުމަކީ ރާއްޖޭގެ މޫނުމަތީގައި ޖެހޭ ލައްގަނޑެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ބަރޯސާވެފައި އޮންނަނީ ޓުއަރިޒަމްގެ މައްޗަށް ކަމަށާއި ރާއްޖެއަށް ޔޫރަޕުން އަންނަ ގާތްގަނޑަކަށް 90 ޕަސެންޓް ގެސްޓުން ދަތުރުކުރާ ރޫޓަކީ މެދުއިރުމަތީގެ ޤަތަރާއި ބަހުރައިނާއި ޔޫއޭއީއާ ފަދަ ގައުމުތަކުގެ އެއަރޕޯޓް މެދުވެރިކޮށް ޓްރާންސިޓް ޕަސެންޖަރުންގެ ގޮތުގައި ކަމަށެވެ.

Advertisement - newsAdvertisement

އަދި ހޮނިހިރު ދުވަހު ހަނގުރާމަ ފެށި ވަގުތާ ދިމާކޮށް އެމިރޭޓްސް، އަބޫދާބީ، ދުބާއީ ނޫނީ ގަތަރު މި ބޯޓުތަކުން، އަލުން އަނބުރާ ގައުމަށް ދާންވެގެން އައި އެތައް ބަޔަކު އެއަރޕޯޓްގައި ތާށިވެފައި އެބަ ތިބި ކަމަށާއި، ފެނުނީ ސަރުކާރުގެ އަޅާލުން ވަރަށް ކުޑަކަން ކަމަށް ފަލާހު ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް ފެނުނީ އަޅުގަނޑުމެންގެ ސަރުކާރުގެ އަޅާލުން ވަރަށް ކުޑަ ކަމަށް. އަޅުގަނޑަށް ފެނުނު ދެ ތިން ފޮޓޯއަކުން ފެނުނު، މިއަދުގެ ޓުއަރިޒަމް މިނިސްޓަރު ވަޑައިގެން އެ ބޭފުޅުންނާ ބަދަލުކޮށް ވާހަކަދައްކާ އެ ބޭފުޅުން ތިބޭނެ ތަނެއްގެ ގޮތުގައި ކުރީގައި ބޭނުންކުރި ޓާމިނަލް ދީފައި 2000 އެއްހާ ރަޖާ އެ ބޭފުޅުންނަށް ބަހާލިއޭ ބުނާ އަޑު އަޅުގަނޑު އެހިން. އަޅުގަނޑު ހިތަށްއަރަނީ އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ޓުއަރިޒަމެއް މިގޮތަށް އޮތްއިރު އަޅުގަނޑުމެންގެ ސަރުކާރުން، ސަރުކާރަށް ޓުއަރިޒަމުން މިވާ ބޮޑު ފައިދާ އިންކަމް ޓެކްސުން ވަންނަމުން ދާއިރު ހާލަތެއް ދިމާވީމަ، މިކަހަލަ އެމެޖެންސީ ހާލަތެއް ދިމާވީމާ ޢަމަލުކުރަންޖެހޭ ގޮތަކީ މިއީ ބާއޭ. މިއަށްވުރެ ރަނގަޅުވާންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. 
މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު

ފަލާހު ވިދާޅުވީ އެ މީހުންނަށް ރަނގަޅު ފެސިލިޓީ ފޯރުކޮށްދޭންޖެހޭނެ ކަމަށާއި ރަޖައެއް ދީފައި ބިންމަތީގައި އާދައިގެ ދުއިސައްތަ ރުފިޔާއަށް ދޭ ގޮދަޑިއެށް އަޅައިލާފައި މިތާ ނިދާށޭ ބުނީމާ ލަގްޒަރީ ޓޫރިޒަމަށް ވަރަށް ބޮޑެތި ހުތުރު ލިބިގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަރަށް އަވަސް ހާލަތެއްގައި މިނިސްޓަރުންގެ ތެރެއިން ކޮމިޓީއެއް އުފައްދަވައިފި. މިނިސްޓަރުންގެ ކެބިނެޓް މީޓީންގ ވެސް ހަމަ އެއީ ކޮމިޓީއެއް ނޫންތޯ. ކޮންމެހެންވެސް ކޮމިޓީއެއް ނަންގަވާ ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިނުގަންނަވާ ގޮތަށް ފޮރިން މިނިސްޓަރު އޭގެ ޗެއަރކުރައްވާ ގޮތަށް ލައްވާފަ ބޮޑު ކޮމިޓީއެއް އެކުލަވާލާފަ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރު ގޮސް ކުރެއްވި ކަމެއްގެ ވާހަކަ މި ދައްކަނީ، ދެހާހެއްހާ ރަޖާ ބަހާލާ ކަލޭމެން މިތާ ތިބޭށޭ. މިއީ އޭ ކަލޭމެންގެ ހާލަތަކީއޭ. މިއޭ ކަލޭމެންނަށް ދެވެން އޮތް އެހީއަކީއޭ. މިއަށްވުރެ ރަނގަޅުވާންޖެހޭ. އަޅުގަނޑުމެންނަށް ވަރަށް ލަދުވެތިކަމެއް. އެކަހަލަ ކަންކަން ރަނގަޅު ކުރެވެންޖެހޭނެ އަޅުގަނޑުމެންނަށް. އެއީ ދިވެހިރާއްޖޭގެ މޫނުމަތީގައި ޖެހޭވަރަށްވުރުގަދަ ލައްގަނޑެއް، ތަފާއްޔެއް އެއީ.
މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު

ފަލާހު ވިދާޅުވީ ބޮޑު ކޮމިޓީއެއް ހަދާފައި ރައީސުލްޖުމްހޫރިއްޔާ ދޫކޮށްލި އިރު ވެސް ސަތޭކަ ފަންސާހެއްހާ ތެޔޮޓޭންކަރު ކަނޑުއޮޅީގައި ތާށިވެގެން އުޅޭ އިރު އެއިން އެންމެ ބޮޑު އެއް އަސަރެއް ކުރާނެ ގައުމަކަށް ވާނެ ރާއްޖެ ކަމަށެވެ. ރާއްޖެއަކީ ދުނިޔޭގެ އެތަންމިތަނުން ހުރިހާ ބާވަތެއް އިމްޕޯޓުކޮށްގެން ދިރިއުޅޭ ބައެއް ކަމަށާއި ޓޫތުޕިކަކަށް ދާންދެން ވެސް އިމްޕޯޓުކޮށްގެން އުޅެންޖެހޭ ކަމަށެވެ.

އަދި ދެ ދުވަސް ވީއިރުގައި އެ ކޮމިޓީން ރާއްޖޭގެ ރައްޔިތުންނަކަށް އެއްވެސް ކަހަލަ ވާހަކައެއް ނުދައްކާ ތިމަންނާމެން ކަންކުރާނީ މިވެނި ގޮތަކަށޭ  ވިދާޅުވީމާ ތެދެއް ހެދިޔަސް އެއީ ރަނގަޅު ވާހަކައެއް ބާވައޭ ސުވާލު އުފެދޭނެ ކަމަށެވެ. އެއީ ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު މިދިޔައީ ރާއްޖޭގެ ރައްޔިތުންނަށް ފެށުނީއްސުރެ ކެނޑިނޭޅި މުޠުލަގަށް ބޮޑެތި ދޮގުހަދަމުން މިއަދުގެ ސަރުކާރުން ބޭބޭފުޅުން ވަޑައިގަންނަވާތީ ކަމަށް ފަލާހު ވިދާޅުވި އެވެ.

މުހައްމަދު ފަލާހުފަތުރުވެރިކަންމެދު އިރުމަތިވެލާނާ އެއަރޕޯޓް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

01 މާރިޗު 2026

މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން މަހެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ 30 އިންސައްތަ މަދުވާނެ: މިނިސްޓަރ ތޯރިގް

01 މާރިޗު 2026
މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން މަހެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ 30 އިންސައްތަ މަދުވާނެ: މިނިސްޓަރ ތޯރިގް
01 މާރިޗު 2026

މެދުއިރުމަތީގެ ހަމަނުޖެހުން: ރާއްޖެއަށް ކުރާ އަސަރުތައް ކުޑަ ކުރުމަށް އިތުރު އެއާލައިންތައް ގެންނަނީ

01 މާރިޗު 2026
މެދުއިރުމަތީގެ ހަމަނުޖެހުން: ރާއްޖެއަށް ކުރާ އަސަރުތައް ކުޑަ ކުރުމަށް އިތުރު އެއާލައިންތައް ގެންނަނީ
01 މާރިޗު 2026

ރާއްޖެއިން އުމްރާއަށްދާ ފަރާތްތަކުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

01 މާރިޗު 2026
ރާއްޖެއިން އުމްރާއަށްދާ ފަރާތްތަކުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
01 މާރިޗު 2026

މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ދަރިވަރުންނަށް އޭގެ އަސަރު ކުރޭތޯ ޚާއްސަ ސަމާލުކަމެއް ދީގެން ދަނީ ބަލަމުން: މިނިސްޓްރީ

01 މާރިޗު 2026
މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ދަރިވަރުންނަށް އޭގެ އަސަރު ކުރޭތޯ ޚާއްސަ ސަމާލުކަމެއް ދީގެން ދަނީ ބަލަމުން: މިނިސްޓްރީ
01 މާރިޗު 2026

ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އުފާ ފާޅު ކޮށްފި

01 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އުފާ ފާޅު ކޮށްފި
01 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލުން ރަތް ރޮނގު ހުރަސް ކޮށްފި، ބޮޑެތި ހަމަލާ ތަކެއް ކުރިމަތި ކުރާނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

01 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލުން ރަތް ރޮނގު ހުރަސް ކޮށްފި، ބޮޑެތި ހަމަލާ ތަކެއް ކުރިމަތި ކުރާނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
01 މާރިޗު 2026

މެދު އިރުމަތީގައި ހުރި އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށް އީރާން އިން ހަމަލާ ދީފި

01 މާރިޗު 2026
މެދު އިރުމަތީގައި ހުރި އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށް އީރާން އިން ހަމަލާ ދީފި
28 ފެބުރުއަރީ 2026

އީރާން ހަނގުރާމަ: ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ރައީސް މުއިއްޒުގެ ފޮރިން މިނިސްޓަރު އިސްކޮށް ހުންނަވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް

28 ފެބުރުއަރީ 2026
އީރާން ހަނގުރާމަ: ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ރައީސް މުއިއްޒުގެ ފޮރިން މިނިސްޓަރު އިސްކޮށް ހުންނަވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް
28 ފެބުރުއަރީ 2026

އީރާން ހަނގުރާމަ: މެދުއިރުމަތީގައި ތިބި ދިވެހީން ވީ އެންމެ އަވަހަކަށް ރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީ ވާން އެދެފި

28 ފެބުރުއަރީ 2026
އީރާން ހަނގުރާމަ: މެދުއިރުމަތީގައި ތިބި ދިވެހީން ވީ އެންމެ އަވަހަކަށް ރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީ ވާން އެދެފި
28 ފެބުރުއަރީ 2026

މެދުއިރުމައްޗަށް ދަތުރުކުރާ ދިވެހިން ފްލައިޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސްކޮށްފި

28 ފެބުރުއަރީ 2026
މެދުއިރުމައްޗަށް ދަތުރުކުރާ ދިވެހިން ފްލައިޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް