Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ފަތުރުވެރިކަން

ފެބްރުއަރީ ކުރީކޮޅު 125،202 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

ޗައިނާގެ އާ އަހަރާއި ޔޫރަޕްގެ ފިނި މޫސުމުގެ ބަންދާ ދިމާކޮށް، ފެބްރުއަރީ މަހުގެ ކުރީކޮޅު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާ، ރަޝިއާ، އިޓަލީ، އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތުން. ފަތުރުވެރިކަމުގެ މާކެޓުގެ ބޮޑުބައެއް ރިސޯޓުތަކުން ހިއްސާކުރި ނަމަވެސް، ގެސްޓްހައުސްތަކަށް އޮތް ޑިމާންޑް ވެސް ވަނީ މި ދުވަސްވަރު ވަރުގަދަވެފައި.

ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2026 | އާދީއްތަ 09:56
ހެލްސިއޯން މޯލްޑިވްސް ރިސޯޓު ތަރައްގީކޮށްފައި ވަނީ ގއ. މޭރަދޫގައި.

ހެލްސިއޯން މޯލްޑިވްސް ރިސޯޓު ތަރައްގީކޮށްފައި ވަނީ ގއ. މޭރަދޫގައި. | ޕޮސްޓާ މެގަޒިން

މި އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ރާއްޖެއަށް 125,202 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 13.4 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޖެނުއަރީ މަހުގެ ތަފާސްހިސާބުތަކާއެކު، 2026 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 349,990 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7.6 އިންސައްތައިގެ އިތުރުވުމެކެވެ.

ޗައިނާއަކީ މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަށް ވާއިރު، ފެބްރުއަރީ މަހުގެ މެދާ ހަމައަށް އެ ގައުމުން 49,704 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 14.2 އިންސައްތައެވެ. ޗައިނާގެ އިތުރުން މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ، ރަޝިއާ، އިޓަލީ، އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތުންނެވެ.

މި މަހުގެ ފުރަތަމަ ދެ ހަފުތާގައި ދުވާލަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ހުރީ ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެގޮތުން ގިނަ ދުވަސްތަކުގައި 7,800 އާއި 10,000 އާ ދެމެދުގެ އަދަދަކަށް ފަތުރުވެރިން އައިސްފައިވާއިރު، އެންމެ ގިނައިން ފަތުރުވެރިން އައި ދުވަސްތަކުގައި އެ އަދަދު ވަނީ 11,000 އަށްވުރެ މައްޗަށް އަރާފައެވެ. 

މި މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ 68.1 އިންސައްތަ ހިއްސާކުރަނީ ރިސޯޓުތަކުންނެވެ. އަދި ގެސްޓްހައުސްތަކުން 26.9 އިންސައްތަ ހިއްސާކުރެއެވެ. 

ފަތުރުވެރިކަންޓޫރިސްޓް އެރައިވަލް

ކޮމެންޓް

އިތުރަށް ކިޔާލަން

މެލިއާ ވޭލް ލެގޫން މޯލްޑިވްސް އަރިއަތޮޅުގައި ހުޅުވައިފި

މެލިއާ ވޭލް ލެގޫން މޯލްޑިވްސް އަރިއަތޮޅުގައި ހުޅުވައިފި

13 ފެބުރުއަރީ 2026
ސަރުކާރުން 10 ރިސޯޓު ހަދަން 1 ބިލިއަން ޑޮލަރު ބޭނުންވާނެ، ލޯނު ދައްކަން 100 މިލިއަން ޑޮލަރު ނުލިބުނު ބަޔަކަށް އެކަމެއް ނުވާނެ: ބޮންޑެ

ސަރުކާރުން 10 ރިސޯޓު ހަދަން 1 ބިލިއަން ޑޮލަރު ބޭނުންވާނެ، ލޯނު ދައްކަން 100 މިލިއަން ޑޮލަރު ނުލިބުނު ބަޔަކަށް އެކަމެއް ނުވާނެ: ބޮންޑެ

10 ފެބުރުއަރީ 2026
ރިސޯޓު ތަރައްގީ ކުރަން 13 ފަޅު، ހަލާލު ޓޫރިޒަމަށް 3 ތަނެއް ހުޅުވާލައިފި

ރިސޯޓު ތަރައްގީ ކުރަން 13 ފަޅު، ހަލާލު ޓޫރިޒަމަށް 3 ތަނެއް ހުޅުވާލައިފި

09 ފެބުރުއަރީ 2026
ދިހަ ރިސޯޓު ހަދައިގެން ކޮންމެ ދިވެއްސަކަށް 400 ޑޮލަރު އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވީ ތަންދޮރު އޮޅުން ނުފިލުވައި: ކުރީގެ ނައިބު ރައީސް

ދިހަ ރިސޯޓު ހަދައިގެން ކޮންމެ ދިވެއްސަކަށް 400 ޑޮލަރު އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވީ ތަންދޮރު އޮޅުން ނުފިލުވައި: ކުރީގެ ނައިބު ރައީސް

05 ފެބުރުއަރީ 2026
ސަރުކާރުން ރިސޯޓުތަކެއް ތަރައްގީކޮށް ރައްޔިތުންގެ އެކައުންޓަށް ޑޮލަރު ވައްދާނެ ކަމަށް ރައީސް މުއިއްޒު ވައުދު ވެވަޑައިގެންފި

ސަރުކާރުން ރިސޯޓުތަކެއް ތަރައްގީކޮށް ރައްޔިތުންގެ އެކައުންޓަށް ޑޮލަރު ވައްދާނެ ކަމަށް ރައީސް މުއިއްޒު ވައުދު ވެވަޑައިގެންފި

05 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު