Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެ-ޗައިނާ

ކަނޑުއަޑީގެ ޖިއޯފިޒިކަލް ދިރާސާތައް ކުރުމުގެ ގާބިލުކަން ލިބިފައިވާ ޗައިނާގެ ރިސާޗް އުޅަނދު އަންނަ މަހު މާލެއަށް

ޗައިނާގެ ތަހުގީގީ އުޅަނދު "ޝީ ޔަން 6" އަންނަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު މާލެއަށް ބަނދަރުކުރާނެ ކަމަށް މެރިން ޓްރެފިކް ޑޭޓާތަކުން ދައްކައިފި. ކަނޑުގެ ދިރާސާތައް ކުރުމުގެ ގާބިލުކަން ލިބިފައިވާ މި އުޅަނދު އިންޑިއާ ކަނޑަށް ވަނުމާއެކު، މި ސަރަހައްދުގައި ހަރަކާތްތެރިވާ ޗައިނާގެ ސާވޭ އުޅަނދުތަކުގެ އަދަދު ތިނަކަށް އަރާނެ. މިފަދަ އުޅަނދުތަކަކީ ޖާސޫސީ މައުލޫމާތު އެއްކުރާ އުޅަނދުތަކެއް ކަމަށް ބުނެ އިންޑިއާއިން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވޭ.

ރާއްޖެ އެމްވީ | 14 މާރިޗު 2026 | ހޮނިހިރު 19:55
ޗައިނާގެ ގުއަންޒޯއިން މިދިޔަ މާރިޗު މަހުގެ 5 ވަނަ ދުވަހު ފުރި މި އުޅަނދު، އަންނަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު މާލޭގައި ބަނދަރުކުރާނެ ކަމަށް ބެލެވޭ.

ޗައިނާގެ ގުއަންޒޯއިން މިދިޔަ މާރިޗު މަހުގެ 5 ވަނަ ދުވަހު ފުރި މި އުޅަނދު، އަންނަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު މާލޭގައި ބަނދަރުކުރާނެ ކަމަށް ބެލެވޭ. | ވިކިމީޑިއާ ކޮމަންސް

ޗައިނާގެ ރިސާޗް އުޅަނދު "ޝީ ޔަން 6" އަނެއްކާވެސް އިންޑިއާ ކަނޑުގެ ސަރަހައްދަށް ދަތުރުކުރަމުންދާ ކަމަށާއި، އަންނަ މަހު އެ އުޅަނދު ރާއްޖޭގެ ވެރިރަށް މާލެއަށް ބަނދަރުކުރާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެ ކުރިން 2025 ނޮވެމްބަރުން ފެށިގެން 2026 ފެބްރުއަރީގެ ނިޔަލަށް މި އުޅަނދުން ވަނީ މި ސަރަހައްދުގައި ސާވޭތަކެއް ކުރިއަށް ގެންގޮސްފައެވެ. "ޝީ ޔަން 6" އާއެކު، މިވަގުތު އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ޗައިނާގެ ރިސާޗް އުޅަނދުތަކުގެ އަދަދު ތިނަކަށް އަރާނެއެވެ.

Advertisement - newsAdvertisement

ސެޓެލައިޓް ފޮޓޯތައް ދިރާސާކުރާ އެނަލިސްޓެއް ކަމަށްވާ ޑޭމިއަން ސައިމަން ހުކުރު ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޗައިނާގެ ރިސާޗް އުޅަނދު "ޝީ ޔަން 6" އަނބުރާ އިންޑިއާ ކަނޑުގެ ސަރަހައްދަށް އަންނަމުންދާ ކަމަށާއި، އެ އުޅަނދު ދަތުރުކުރާ މަންޒިލަކީ ދިވެހިރާއްޖޭގެ މާލެ ކަމަށެވެ. އަދި މީގެ ކުރިން 2025 ނޮވެމްބަރުން 2026 ފެބްރުއަރީއަށް މި ސަރަހައްދުގައި ސާވޭކޮށްފައިވާ މި އުޅަނދަކީ، މިވަގުތު އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާ ޗައިނާގެ ތިންވަނަ ތަހުގީގީ އުޅަނދު ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

މިދިޔަ މާރިޗު މަހުގެ 5 ވަނަ ދުވަހު ޗައިނާގެ ގުއަންގްޒޫ އިން ފުރި މި އުޅަނދު، އަންނަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު މާލެއަށް ފޯރާނެ ކަމަށް "މެރިން ޓްރެފިކް" ވެބްސައިޓުން ދައްކައެވެ. މި އުޅަނދު މިވަގުތު އޮތީ އިންޑޮނޭޝިއާ ކައިރީގައެވެ.

ސައިމަންގެ ޕޯސްޓުގައިވާ ގޮތުން "ޝީ ޔަން 6" އަކީ ކަނޑުގެ ޖިއޯފިޒިކަލް ދިރާސާތަކާއި ސާވޭތައް ކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. މި އުޅަނދު އިންޑިއާ ކަނޑަށް ވަނުމާއެކު، މިހާރުވެސް މި ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ "ދާ ޔަންގް ހާއޯ" އަދި "ދާ ޔަންގް އީ ހާއޯ" އާ ގުޅޭނެއެވެ.

ކަނޑުގެ އަޑިއާއި މަޢުދަނުތަކާ ބެހޭ ދިރާސާތައް ކުރުމުގެ ގާބިލުކަން ލިބިފައިވާ "ދާ ޔަންގް އީ ހާއޯ" 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އިންޑިއާ ކަނޑުގައި އޮތްއިރު، ޖިއޮލޮޖިކަލް އަދި ޖިއޯފިޒިކަލް ސާވޭތައް ކުރާ "ދާ ޔަންގް ހާއޯ" މި ސަރަހައްދުގައި ހަރަކާތްތެރިވަމުންދަނީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެންނެވެ.

ރިޕޯޓުތައް ބުނާގޮތުން "ޝީ ޔަން 6" އިން ދިރާސާތައް ކުރާނެ ކަމަށް ބެލެވެނީ ޗައިނާއަށް ތެޔޮ އެތެރެކުރުމުގައި ބޭނުންކުރާ ސްޓްރެޓެޖިކް ގޮތުން މުހިންމު ކަނޑުގެ މަގުތަކުގައެވެ.

ޗައިނާގެ ރިސާޗް އުޅަނދުތައް މީގެ ކުރިންވެސް އިންޑިއާ ކަނޑުން ފެނިފައިވެއެވެ. މި ދަތުރުތަކަކީ މަދަނީ ސައިންޓިފިކް ދިރާސާތަކެއް ކަމަށް ބެއިޖިންގްއިން ބުނި ނަމަވެސް، ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މީގެ ކުރިން އިންޑިއާއިން ވަނީ މިފަދަ އުޅަނދަކީ "ޖާސޫސީ" އުޅަނދެއްގެ ގޮތުގައި ސިފަކޮށްފައެވެ. ޗައިނާގެ އަސްކަރިއްޔާއަށް ބޭނުންވާނެ ނާޒުކު މައުލޫމާތުތައް ހޯދުމަށް، ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަގުސަދުގައި މި އުޅަނދުތައް ބޭނުންކޮށްފާނެ ކަމުގެ ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.

2023 ވަނަ އަހަރު "ޝީ ޔަން 6" އިން އިންޑިއާ ކަނޑުގައި 80 ދުވަހުގެ ސައިންޓިފިކް ސާވޭއެއް ކުރިއަށް ގެންދިއުމާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން އެ އުޅަނދަށް ހުއްޓުނެވެ. އޭރު އިންޑިއާއިން އިއުތިރާޒު ކުރަމުން ދަނިކޮށްވެސް އެ އުޅަނދު ވަނީ ސްރީލަންކާގެ ކޮލަމްބޯ ބަނދަރަށް މަޑުކޮށްފައެވެ. މި އުޅަނދަކީ 2012 ވަނަ އަހަރު އުފެއްދި ޗައިނާގެ ގައުމީ ސާވޭ ޕްރޮގްރާމް، "މެރިން ރިސާޗް ވެސެލް ފްލީޓް" ގެ ބައެކެވެ.

ޝީ ޔަން 6އިންޑިއާ ކަނޑުޗައިނާ-އިންޑިއާޗައިނާ-ރާއްޖެ

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާލަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އެވްރެޖް އަދަދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ

ދުވާލަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އެވްރެޖް އަދަދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ

08 މާރިޗު 2026
މެދުއިރުމަތީގެ ހަނގުރާމައިގެ ނުފޫޒު އިންޑިއާ ކަނޑަށް ފޯރުމަކީ ކަންބޮޑުވުމެއް: ނަޝީދު

މެދުއިރުމަތީގެ ހަނގުރާމައިގެ ނުފޫޒު އިންޑިއާ ކަނޑަށް ފޯރުމަކީ ކަންބޮޑުވުމެއް: ނަޝީދު

07 މާރިޗު 2026
މިދިޔަ އަހަރު ފަށާނެ ކަމަށް ވިދާޅުވި މާލެ އަދި ވިލިމާލޭގެ މަގު ހެދުމުގެ މަސައްކަތް މި އަހަރަށް ފަސްވެއްޖެ ކަމަށް ރައީސް ވިދާޅުވެއްޖެ

މިދިޔަ އަހަރު ފަށާނެ ކަމަށް ވިދާޅުވި މާލެ އަދި ވިލިމާލޭގެ މަގު ހެދުމުގެ މަސައްކަތް މި އަހަރަށް ފަސްވެއްޖެ ކަމަށް ރައީސް ވިދާޅުވެއްޖެ

05 ފެބުރުއަރީ 2026
ދިވެހީންގެ ރާއްޖެ، ދިވެހީންގެ ބޭންކު، އެކަމަކު ހުރިހާ މޮޅެއް ޗައިނާ ގެ ކުންފުނިތަކަށް!

ދިވެހީންގެ ރާއްޖެ، ދިވެހީންގެ ބޭންކު، އެކަމަކު ހުރިހާ މޮޅެއް ޗައިނާ ގެ ކުންފުނިތަކަށް!

24 ޖެނުއަރީ 2026
މި ސަރުކާރުން ޗައިނާ ސަރުކާރާއި އެކު ސޮއިކުރި ހޮސްޕިޓަލް ގެ މަޝްރޫޢު އަކީ ކުރީ ސަރުކާރުގައި ފަންޑުވެސް ހަމަޖެހިފައިވާ ކަމެއްކަން ހާމަވެއްޖެ

މި ސަރުކާރުން ޗައިނާ ސަރުކާރާއި އެކު ސޮއިކުރި ހޮސްޕިޓަލް ގެ މަޝްރޫޢު އަކީ ކުރީ ސަރުކާރުގައި ފަންޑުވެސް ހަމަޖެހިފައިވާ ކަމެއްކަން ހާމަވެއްޖެ

20 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު