Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަތުރުވެރިކަމުގެ ދާއިރާ

ސަރުކާރުން 10 ރިސޯޓު ހަދަން 1 ބިލިއަން ޑޮލަރު ބޭނުންވާނެ، ލޯނު ދައްކަން 100 މިލިއަން ޑޮލަރު ނުލިބުނު ބަޔަކަށް އެކަމެއް ނުވާނެ: ބޮންޑެ

ސަރުކާރުން 10 ރިސޯޓު ތަރައްގީކޮށް ރައްޔިތުންނަށް ހިއްސާ ދިނުމަށް ވެފައިވާ ވައުދަކީ އިންތިޚާބާ ދިމާކޮށް އޮޅުވާލުމަށް ދައްކާ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވި. މި މަޝްރޫއަށް ޑޮލަރު ހޯދޭނެ ގޮތެއް ސާފުނުވާކަން ފާހަގަކުރައްވައި، މިއީ މީގެ ކުރިން ވެސް ކުރިއަށް ގެންދަން މަސައްކަތް ކޮށް، ފެއިލްވެފައިވާ މޮޑެލްއެއް ކަމަށް އޭނާ ސިފަކުރެއްވި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2026 | އަންގާރަ 05:36
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބުރާހިމް ރަޝީދު( ބޮންޑޭ)

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބުރާހިމް ރަޝީދު( ބޮންޑޭ) | ރާއްޖެއެމްވީ

 ސަރުކާރުން 10 ރިސޯޓު ހަދަން 1 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށާއި ލޯނު ދައްކަން 100 މިލިއަން ޑޮލަރު ނުލިބުނު ބަޔަކަށް އެކަން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާ ގެ ކުރީ ގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަަވަމުންނެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ކުރިއަށް އޮތް ތިން އަހަރު ތެރޭ މަދުވެގެން 10 ރިސޯޓް ސަރުކާރުން ތަރައްގީ ކުރާނެ ކަމަށާއި ދިވެހި ކޮންމެ ރައްޔިތަކު ހިއްސާދާރަކަށް ހަދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ރިސޯޓުތައް ޤާއިމް ކުރުމަށް ފަހު ބޭރު ފައިސާ ރައްޔިތުންގެ އެކައުންޓަށް ޖަމާ ކުރަން ފައްޓަވާނެ ކަމަށް, ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

އެކަމަށް އިޝާރާތް ކުރައްވާ ބޮންޑެ ވިދާޅުވީ އިންތިޚާބާއި ދިމާކޮށް ދޮގު ވިއްކުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ. މިއީ މީގެ ކުރިން ވެސް ވެރިކަން ކުރާ ޕީއެންސީ އިން ގެންގުޅެފައިވާ އުކުޅެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

"އާދައިގެ މި ހަދާ ކޮންސްޓްރަކްޝަން ހަދައިފި ނަމަ ކޮންމެ ރަށަކަށް 100 މިލިއަން ޑޮލަރު ދާނެ. އޭގެ މާނަ އަކީ 1 ބިލިއަން ޑޮލަރު ބޭނުން ވާނެ. 1 ބިލިއަން ޑޮލަރު ކިހިނެތްތޯ ދައްކާނީ މި އުޅެނީ 100 މިލިއަން ޑޮލަރު ދަރަނި ދައްކަން ނުލިބިގެން." ބޮންޑެ ވިދާޅުވި އެވެ.

 އެ ތަނުގައި އިންވެސްޓްކުރަނީ ކޮން ބައެއްތޯ ސަރުކާރުން ސާފުކޮށްދީފައި ނުވާތީ އެ މަސައްކަތް ސީރިއަސް ސިފައެއްގައި ކުރިއަށް ގޮސްދާނެ ކަމާއި މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، ބޮޑު ޚަރަދެއް ނުކޮށް ރަނގަޅު ފެންވަރުގެ ރިސޯޓްތަކެއް ނުހެދޭނެ ކަމަށާއި ސަރުކާރުން ދައްކާ ވާހަކަ އަކީ ހަމަޖެހޭ ވާހަކަ އެއް ނޫން ކަމަށް ބޮންޑެ ވިދާޅުވި އެވެ. 

ރައީސް މުއިއްޒު ވިދާޅުވާ ފަދައިން ރިސޯޓް މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ރިސޯޓުތަކުން ލިބޭ ފައިސާ ދިވެހި އައިޑީ ކާޑު އޮތް ކޮންމެ ދިވެއްސަކަށް ލިބޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން ކުރެވޭނެ މަގެއް ސަރުކާރަށް ނުދެއްކޭ ކަމަށް ބޮންޑެ ވިދާޅުވި އެވެ.  މި އިންވެސްޓްމެންޓުން ލިބޭ ފައިދާ 2030އިން ފެށިގެން ޖަމާ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. އެހެން ނަމަވެސް ބޮންޑެ ވިދާޅުވީ އެފަދަ ކަމަކުން ކިރިޔާ ވެސް ފައިސާ އެއް ލިބޭ މިންވަރު ވާނީ 2050ގެ ނިޔަލަށް ކަމަށެވެ.

މީގެ ކުރިން ވެސް ސަރުކާރުތަކުން ފަތުރުވެރިކަމަށް ވަންނަން މަސައްކަތް ކުރި ކަމަށާއި އެކަމުގެ ނަތީޖާ ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ބޮންޑެ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް އުފެއްދެވި, މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާ އަށް ސަރުކާރުން ވަންނަން މަސައްކަތް ކުރި ކަމަށް ފާހަގަކުރައްވާފަ އެވެ. އަދި އާއްމުންނަށް ހިއްސާ ވިއްކައިގެން ހިންގަން ފެއްޓެވި އެ ކުންފުނިން އާއްމުންނަށް ލިބުނު ފައިދާ އެއް ނެތް ކަމަށާއި، މިހާރު ރައީސް މުއިއްޒު އެ ފާހަގަކުރައްވާ މޮޑެލް އަކީ ވެސް އެފަދަ ފެއިލްވެފައިވާ މޮޑެލް އެއް ކަމަށް ބޮންޑެ ވިދާޅުވި އެވެ.

މިއީ ރައްޔިތުންނަށް އޮޅުވާލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ވާހަކަތަކަކީ ހުވަފެނެއް ކަހަލަ ކަމެއް ކަމަށް ވެސް ބޮންޑެ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއިބްރާހިމް ރަޝީދު (ބޮންޑާ)އެމްޓީޑީސީފަތުރުވެރިކަންރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ގޮތަށް، އެސް.ޓީ.އޯ މެދުވެރިކޮށް އަގުހެޔޮކޮށް ވިއްކާ 23 ބާވަތް އައްޑޫ ސިޓީއިން ލިބެން ނެތް: ނިޒާރު

ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ގޮތަށް، އެސް.ޓީ.އޯ މެދުވެރިކޮށް އަގުހެޔޮކޮށް ވިއްކާ 23 ބާވަތް އައްޑޫ ސިޓީއިން ލިބެން ނެތް: ނިޒާރު

09 ފެބުރުއަރީ 2026
ރިސޯޓު ތަރައްގީ ކުރަން 13 ފަޅު، ހަލާލު ޓޫރިޒަމަށް 3 ތަނެއް ހުޅުވާލައިފި

ރިސޯޓު ތަރައްގީ ކުރަން 13 ފަޅު، ހަލާލު ޓޫރިޒަމަށް 3 ތަނެއް ހުޅުވާލައިފި

09 ފެބުރުއަރީ 2026
ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުނު ކަމަށް ވިދާޅުވެ ރައީސް މުއިއްޒު މިހާރު އެކުރައްވާ ކަންތަކުން ސަރަހައްދުގައި ހަމަނުޖެހުން އުފެދޭނެ: ރައީސް ސޯލިހު

ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުނު ކަމަށް ވިދާޅުވެ ރައީސް މުއިއްޒު މިހާރު އެކުރައްވާ ކަންތަކުން ސަރަހައްދުގައި ހަމަނުޖެހުން އުފެދޭނެ: ރައީސް ސޯލިހު

08 ފެބުރުއަރީ 2026
ބ. މާޅޮހުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދަނީ ފިނިހަކަ ސްޕީޑްގައި، މިފަސް އަހަރު ނިމޭއިރު ވެސް ބަނދަރުގެ މަސައްކަތް ނުނިމޭނެ: އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިތާދޫ ދާއިރާގެ ރައީސް

ބ. މާޅޮހުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދަނީ ފިނިހަކަ ސްޕީޑްގައި، މިފަސް އަހަރު ނިމޭއިރު ވެސް ބަނދަރުގެ މަސައްކަތް ނުނިމޭނެ: އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިތާދޫ ދާއިރާގެ ރައީސް

08 ފެބުރުއަރީ 2026
މުއިއްޒުގެ މައްޗަށް ރިޔާސީ ކޮމިޝަނެއް ހަދައިގެން ތަހުގީގު ކުރާ ހިސާބަށް ގައުމުގެ ހާލަތު އަދި ދާނެ: ލޯޔަރު ނިޝާން

މުއިއްޒުގެ މައްޗަށް ރިޔާސީ ކޮމިޝަނެއް ހަދައިގެން ތަހުގީގު ކުރާ ހިސާބަށް ގައުމުގެ ހާލަތު އަދި ދާނެ: ލޯޔަރު ނިޝާން

06 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު