Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަތުރުވެރިން އަންނަ އަދަދު ދަށްވުން

މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން މަހެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ 30 އިންސައްތަ މަދުވާނެ: މިނިސްޓަރ ތޯރިގް

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވުމާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 30 އިންސައްތަ ދަށްވެދާނެތީ، އެކަމުގެ އަސަރު ކުޑަކުރުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައި. މި ހާލަތާ ގުޅިގެން ފަތުރުވެރިކަމުގެ އާމްދަނީއަށް އަތުވެދާނެ ހީނަރުކަން ކުޑަކުރުމަށްޓަކައި އިތުރު މާކެޓްތަކާއި ރޫޓުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވި. މީގެ އިތުރުން، ދަތުރުތަކަށް ބުރޫއެރުމުގެ ސަބަބުން އެއާޕޯޓުގައި މަޑުކުރަންޖެހިފައިވާ ފަތުރުވެރިންނަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއާލައިންތަކާ ގުޅިގެން ސަރުކާރުން ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުން.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 20:04
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފަތުރުވެރިއަކަށް ހިދުމަތް ދެނީ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފަތުރުވެރިއަކަށް ހިދުމަތް ދެނީ. | ވެލާނާ އެއާޕޯޓް

މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން މަހެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ 30 އިންސައްތަ މަދުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ފަތުރުވެރިކަމަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން މިނިސްޓަރު ތޯރިގު ވިދާޅުވީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރުކޮށް، ދައުލަތަށް ލިބޭ އާމްދަނީ ދަށްވެދާނެތީ އެކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މަސްރަހަށް އައި ބަދަލުތަކާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި ދަށްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މިނިސްޓަރ ތޯރިގް ފާހަގަކުރެއްވި ގޮތުގައި، ނިމިދިޔަ ފެބްރުއަރީ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 8،800 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މީގެ ތެރެއިން 30 އިންސައްތައާއި 35 އިންސައްތައާ ދެމެދުގެ އަދަދަކަށް ފަތުރުވެރިން ރާއްޖެ އަންނަނީ މެދުއިރުމަތީގެ އެކި އެއާލައިންތަކުގަ އެވެ. އެހެންކަމުން އެ ސަރަހައްދުގެ މަސްރަހު ގޯސްވުމަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމެއްކަން ވަޒީރު ފާހަގަކުރެއްވި އެވެ.

ދެން ރާއްޖެ އަންނަ މީހުން ދެން ބަލާނީ ކޮންމެވެސް އެހެން ރޫޓަކުން އާދެވޭތޯ. އެހެންވީމާ، އަޅުގަނޑުމެން މި ބަލަނީ ރާއްޖެ އަންނަ ފަތުރުވެރިން އަދި މި ދުވަސްކޮޅު މި ދެތިން ދުވަހު ހަމަ ވަރަށް ބޮޑަށް އިފެކްޓްކުރާނެ. އެހެންނަމަވެސް އެ ދެން ހަމަ އެއީ ރާއްޖެ އަށް ވަންނަ އާމްދަނީ ހަމަ ދަށްވެގެންދާނެ. އެހެންނަމަވެސް އަޅުގަނޑުމެން މި ބަލަނީ ކޮބައިތޯ އިތުރު އޮޕްޝަންތަކަކީ ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ އޮޕްޝަންތަކަކީ ކޮބައިތޯ އަދި އިތުރު މާކެޓްތަކަކީ ކޮބައިތޯ ބަލައި، މި އަންނަ ހީނަރުކަން ވީހާވެސް ބޮޑަށް ކުޑަކުރެވޭތޯ ބަލަމުން މި ދަނީ އެހެންވީމަ އެ މަސައްކަތް އަޅުގަނޑުމެން މިއަދު އަދި އިއްޔެ މި މަސައްކަތް މި ދަނީ މި އިޝޫ މި ދިމާވި އެންމެ މިއަދުން މިހާރުވެސް އަޅުގަނޑުމެން މި ދަނީ އެ މަސައްކަތް ކުރަމުން. ފަތުރުވެރިން މަދުވާ އަދަދު ސީދާ ބަލާ ކަމަށް ވަންޏާމު މިހާރު އެއީ މިދިޔަ މިދިޔަ މަހުގެ އެވަރޭޖްއަކީ 8800 އޭގެ 30 ޕަސެންޓް އެވަރު މި ދަންނަވަނީ މީ ވަގުތުން އެ މަދުވުމެއް ނޫން އެ އިފެކްޓްކުވެގެން ދާނެ އެވަރު އެކަމަކު އެއަށް އަޅުގަނޑުމެން ދެން އިތުރު ގޮތްތައް ހޯދަނީ ދެން
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް

މިނިސްޓަރ ވިދާޅުވީ މަސްރަހަށް އައި ބަދަލާއެކު ދަތުރުތަކަށް ބުރޫއެރުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތިބި ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން އެއާޕޯޓުގައި މަޑުކުރަންޖެހިފައިވާ ފަތުރުވެރިންނަށް ބޭނުންވާ ފެނާއި، ވައިފައިގެ ހިދުމަތާއި އެހެނިހެން ޒަރޫރީ ވަސީލަތްތައް ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މީގެ އިތުރުން ބައެއް ފަތުރުވެރިން އެހެން ރޫޓުތަކުން ދަތުރުކުރުމަށް ޓިކެޓް ބަދަލުކުރަމުންދާއިރު، އަނެއްބައި ފަތުރުވެރިން އެނބުރި ރިސޯޓުތަކަށް ނުވަތަ މާލޭގެ ހޮޓާތަކަށް ބަދަލުވަމުންދާ ކަމަށްވެސް ފާހަގަކުރެއްވި އެވެ.

ސަރުކާރުން ސީދާ ފަތުރުވެރިންނަށް ޓިކެޓް ނަގައިދިނުމާއި ހޮޓާ ހަމަޖައްސައިދިނުން ފަދަ ކަންކަން ނުކުރި ނަމަވެސް، އެއާލައިންތަކާ ގުޅިގެން ފަތުރުވެރިންނަށް ބޭނުންވާ ފެސިލިޓީތައް ފޯރުކޮށްދިނުމުގައި އެހީތެރިވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ހާއްސަކޮށް ފްލައިޓްތައް ލަސްވުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކުރުމަށް އެއާލައިންތަކާއެކު ގާތުން މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ވަޒީރު ތޯރިގް ވަނީ ދެއްވާފަ އެވެ.

މެދު އިރުމަތިތޯރިގް އިބްރާހީމް ފަތުރުވެރިކަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބިން ހިއްކާއިރު ކިސަޑު އާދޭ، އެ މަންޒަރު ފެންނަން ވެސް ފެނޭ، އެކަމަކު ބިން ހިއްކަން ޖެހޭ: މިނިސްޓަރު ތޯރިގް

ބިން ހިއްކާއިރު ކިސަޑު އާދޭ، އެ މަންޒަރު ފެންނަން ވެސް ފެނޭ، އެކަމަކު ބިން ހިއްކަން ޖެހޭ: މިނިސްޓަރު ތޯރިގް

01 މާރިޗު 2026
މެދުއިރުމަތީގެ ހަމަނުޖެހުން: ރާއްޖެއަށް ކުރާ އަސަރުތައް ކުޑަ ކުރުމަށް އިތުރު އެއާލައިންތައް ގެންނަނީ

މެދުއިރުމަތީގެ ހަމަނުޖެހުން: ރާއްޖެއަށް ކުރާ އަސަރުތައް ކުޑަ ކުރުމަށް އިތުރު އެއާލައިންތައް ގެންނަނީ

01 މާރިޗު 2026
ރާއްޖެއިން އުމްރާއަށްދާ ފަރާތްތަކުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖެއިން އުމްރާއަށްދާ ފަރާތްތަކުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

01 މާރިޗު 2026
މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ދަރިވަރުންނަށް އޭގެ އަސަރު ކުރޭތޯ ޚާއްސަ ސަމާލުކަމެއް ދީގެން ދަނީ ބަލަމުން: މިނިސްޓްރީ

މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ދަރިވަރުންނަށް އޭގެ އަސަރު ކުރޭތޯ ޚާއްސަ ސަމާލުކަމެއް ދީގެން ދަނީ ބަލަމުން: މިނިސްޓްރީ

01 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އުފާ ފާޅު ކޮށްފި

ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އުފާ ފާޅު ކޮށްފި

01 މާރިޗު 2026

އަހަރުތަކުން މިއަދު

1 މާރިޗު
ވަރމިސެއްލީ ޕުޑިންގ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވަރމިސެއްލީ ޕުޑިންގ

"ދިރިއުޅުން، މުސީބާތަކަށް ވެއްޖެ... އަހަރެމެންގެ ވީޑީއޯ ނަގާ، މީސްތަކުންނަށް ދައްކައިދީ"
20242 އަހަރު ކުރިން
ރިޕޯޓު

"ދިރިއުޅުން، މުސީބާތަކަށް ވެއްޖެ... އަހަރެމެންގެ ވީޑީއޯ ނަގާ، މީސްތަކުންނަށް ދައްކައިދީ"

މަތީ ތައުލީމު ދާއިރާގެ މަސައްކަތްތެރިންގެ މުސާރަ ބޮޑުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

މަތީ ތައުލީމު ދާއިރާގެ މަސައްކަތްތެރިންގެ މުސާރަ ބޮޑުކޮށްފި

ތުއްތު ކުއްޖެއްގެ ނޭވާހޮޅިން ކަރަންފުލެއް ނަގައިފި
20224 އަހަރު ކުރިން
ސިއްހަތު

ތުއްތު ކުއްޖެއްގެ ނޭވާހޮޅިން ކަރަންފުލެއް ނަގައިފި

ޖިންނި ފައްސާލަން ހެދި ފަންޑިތަޔަކުން 9 އަހަރުގެ ކުއްޖަކު މަރުވެއްޖެ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ޖިންނި ފައްސާލަން ހެދި ފަންޑިތަޔަކުން 9 އަހަރުގެ ކުއްޖަކު މަރުވެއްޖެ

މޭގަން މާކަލް ދެކެ ޕްރިޔަންކާ ރުޅިއަތުވެއްޖެ
20197 އަހަރު ކުރިން
ތަފާތު ޚަބަރު

މޭގަން މާކަލް ދެކެ ޕްރިޔަންކާ ރުޅިއަތުވެއްޖެ

އީޔޫއިން ރާއްޖެ އަށް ދިން އިންޒާރު، ދިވެހި ބަހުން ވެސް ނެރެފި
20188 އަހަރު ކުރިން
ރާއްޖެ

އީޔޫއިން ރާއްޖެ އަށް ދިން އިންޒާރު، ދިވެހި ބަހުން ވެސް ނެރެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު