Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕަރީ ޗެޕްޓަރ 2

"ޕަރީ – ޗެޕްޓަރ 2 " ގެ ޓްރެއިލާ ރިލީޒްކޮށްފި

ސީޒަން އަލީ ޕްރޮޑިއުސްކުރާ މި ބިރުވެރި ފިލްމުގެ ދެވަނަ ބަޔަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާއިރު، ބޮލީވުޑްގެ ތަރި ސުރްޖަސިކާ ދާސް މި ފިލްމުން ފެނިގެންދިއުމަކީ ބެލުންތެރިންގެ ޝައުގުވެރިކަން އިތުރުވެފައިވާ ކަމެއް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 13 މާރިޗު 2026 | ހުކުރު 08:38
ޕަރީ ޗެޕްޓަރ 2

ޕަރީ ޗެޕްޓަރ 2 | ސޯޝަލް މީޑިއާ

ދިވެހިންގެ މެދުގައި ބޮޑު މަގްބޫލްކަމެއް ހޯދާފައިވާ ޕަރީ ފިލްމްގެ ދެވަނަ ބައި، "ޕަރީ – ޗެޕްޓަރ 2 " ގެ ޓްރެއިލާ ރިލީޒްކޮށްފި އެވެ.

ދިވެހި ފިލްމީ ދާއިރާގެ އެންމެ ތަޖުރިބާކާރު އެއް ފަންނާނު ކަމުގައިވާ ސީޒަން އަލީ ޕްރޮޑިއުސްކުރާ މި ފިލްމަކީ ބިރުވެރި ފިލްމްތަކުގެ ތެރެއިން އެންމެ ތަފާތު އަދި ދިވެހިންނަށް އެންމެ ބޮޑަށް ކަމުދިޔަ އެއް ފިލްމެވެ. "ޕަރީ – ޗެޕްޓަރ 2 " ގެ ޓްރެއިލާ ރިލީޒްކޮށްފައި ވަނީ ރާއްޖެޓީވީގެ ހަވީރުގަޑި ޕްރޮގްރާމްގަ އެވެ.

Advertisement - newsAdvertisement

ޕަރީ ޗެޕްޓަރ 2 އަށް އެތައް ބަޔަކު ތިބީ އިންތިޒާރުކޮށްގެންނެވެ. ފިލްމްގެ ފުރަތަމަ ބަޔަށް ލިބުނު ބޮޑު ތަރުހީބުގެ އިތުރުން  ބޮލީވުޑްގެ ތަރި ސުރްޖަސިކާ ދާސްގެ މުހިންމު އަދި ބޮޑު ރޯލެއް މި ބައިން ފެނިގެން ދިއުމަކީ މި ފިލްމް އިތުރަށް ޝައުގުވެރިކުރުވާ އެއް ސަބަބެވެ. ޕަރީ ފިލްމްގެ ވާހަކަ އާއި ފިލްމް ގެނެސްދީފައިވާ ގޮތުގެ އިތުރުން ފިލްމްގެ ތަރިންގެ އެކްޓިން އަށް ވެސް އާއްމުން ވަނީ ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ. 

ފިލްމްގެ ބޮޑުބައެއް އަވަށްޓެރި ސްރީލަންކާގައި ޝޫޓްކޮށްފައިވާ މި ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި   ރިޝްމީ ރަމީޒް، ޝީލާ ނަޖީބް، އަލީ ސީޒަން، ޖުމައްޔިލް ނިމާލް، އަދި މުހައްމަދު ނައުޝާދު އަލީ ފާހަގަކޮށްލެވެ އެވެ. މި ފިލްމުން ލަންކާގެ ބައެއް މަގްބޫލް ފަންނާނުންވެސް ފެނިގެންދެ އެވެ.

ޕަރީ ޗެޕްޓަރ 2އަލީ ސީޒަންސުރްޖަސިކާ ދާސްރިޝްމީ ރަމީޒްރާއްޖެ ޓީވީ

އިތުރަށް ކިޔާލަން

18 ޖޫން 2026

ސަރުކާރުގެ ސްކޫލުތަކުގެ މަރާމާތަށް ބެލެނިވެރިން ލައްވާ ޚަރަދު ކުރުވާއިރު، މިނިސްޓްރީގެ ޖަވާބެއް ނެތް!

18 ޖޫން 2026
ސަރުކާރުގެ ސްކޫލުތަކުގެ މަރާމާތަށް ބެލެނިވެރިން ލައްވާ ޚަރަދު ކުރުވާއިރު، މިނިސްޓްރީގެ ޖަވާބެއް ނެތް!
18 ޖޫން 2026

ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް

18 ޖޫން 2026
ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް
17 ޖޫން 2026

ނުޙައްޤުން ވަޒީފާއިން ވަކިކުރުމުން ރައްޔިތުންނަށް ލިބޭ ނާއިންސާފުގެ ފުރިހަމަ ޒިންމާ ރައީސް ނަންގަވަންޖެހޭނެ: ނިޝާން

17 ޖޫން 2026
 ނުޙައްޤުން ވަޒީފާއިން ވަކިކުރުމުން ރައްޔިތުންނަށް ލިބޭ ނާއިންސާފުގެ ފުރިހަމަ ޒިންމާ ރައީސް ނަންގަވަންޖެހޭނެ: ނިޝާން
16 ޖޫން 2026

ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެން ދަޅަ ދައްކައިގެންނެއް ނޫން: ޤާލިބް

16 ޖޫން 2026
ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެން ދަޅަ ދައްކައިގެންނެއް ނޫން: ޤާލިބް
14 ޖޫން 2026

ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!

14 ޖޫން 2026
ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު