Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީފާއިން ވަކިކުރުން

ނުޙައްޤުން ވަޒީފާއިން ވަކިކުރުމުން ރައްޔިތުންނަށް ލިބޭ ނާއިންސާފުގެ ފުރިހަމަ ޒިންމާ ރައީސް ނަންގަވަންޖެހޭނެ: ނިޝާން

ސަރުކާރުން ގާނޫނާ ހިލާފަށް މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ، އެކަމުގެ ފުރިހަމަ ޒިންމާ ރައީސުލްޖުމްހޫރިއްޔާ އުފުއްލަވަންޖެހޭނެ ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ. ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ބަދަލުގައި، ސާކިއުލާ ނެރެގެން މަގާމުތައް އުވާލުމަކީ ސިޔާސީ މަގްސަދެއްގައި ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ޖޫން 2026 | ބުދަ 04:39
މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް

މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް | ރާއްޖެއެމްވީ

 ނުޙައްޤުން ވަޒީފާއިން ވަކިކުރުމުން ރައްޔިތުންނަށް ލިބޭ ނާއިންސާފުގެ ފުރިހަމަ ޒިންމާ ރައީސް ޑރ މުޙައްމަދު މުއިއްޒު އުފުއްލަވަން ޖެހޭނެ ކަމުގައި ޤާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޝާން ވިދާޅުވީ، މި ސަރުކާރުން ގެންދަނީ ގާނޫނާ ހިލާފަށް އެތައް ބަޔަކު ވަޒީފާތަކުން ވަކިކުރަމުން ކަމަށެވެ.

ހަމައެއާއެކު، ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް މުވައްޒަފުން ވަކިކުރެވޭނެ އެއްވެސް ގާނޫނީ ހުއްޖަތެއް ނެތުމުން، ސަރުކާރުން މިހާރު ބޭނުންކުރާ އުސޫލަކީ ކުއްލި ސާކިއުލާތަކެއް ނެރެގެން މުވައްޒަފުން ތިބި މަގާމުތައް އުވާލުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނިޝާން ވިދާޅުވި ގޮތުގައި މިފަދަ ކަންކަން މިފަހުން އެންމެ ބޮޑަށް ފާހަގަ ކުރެވިފައިވަނީ ދާދި ފަހުން އައްޑޫ ސިޓީގައި ބޭއްވުނު ބައި-އިލެކްޝަނާ ދިމާކޮށެވެ. އެގޮތުން އައްޑޫ ސިޓީން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރި މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ އަމަލުތަކެއްގެ ގޮތުގައި ނިޝާން ވަނީ ސިފަކުރައްވާފައެވެ.

ސަރުކާރުގެ މި މިސްރާބަށް ފާޑުވިދާޅުވަމުން ނިޝާން ވިދާޅުވީ، މިހާލަތުގައި ކަންކަން ކުރިއަށްދާނަމަ ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު އެއްފަހަރާ ވަޒީފާއިން ވަކިކޮށް، ރައްޔިތުން މަގުމަތި ނުކުރާނެ ކަމުގެ އެއްވެސް ޔަގީންކަމެއް މިއަދު ނެތް ކަމަށެވެ. އަދި ދައުލަތުން އުފުލަންޖެހޭ މާލީ ބުރަތަކުން ރެކުމަށްޓަކައި، ކުންފުނިތައް އޮތްގޮތަށް އުވާލުމަކީވެސް މި ސަރުކާރުން ކޮށްފާނެ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން ނިޝާން ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުން ހިންގާ މިފަދަ ބޭއިންސާފު އަމަލުތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން މިއީ ރައީސަށް އެނގިވަޑައި ނުގެން ހިނގާ ކަންކަން ކަމަށް ވިދާޅުވެ ރެކިވަޑައިނުގެންނެވޭނެ ކަމަށާއި، ރައްޔިތުންނަށް ލިބޭ މި ނާއިންސާފުގެ ފުރިހަމަ ޒިންމާ ރައީސް އުފުއްލަވަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ވެސް މި ކަންކަން އެނގިވަޑައިގަންނަވާނެ، އެހެންކަމުން ނާއިންސާފުން މި ކަންކަން ކޮށްފައި އެއީ ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަން ކަމަށް ވިދާޅެއް ނުވެވޭނެ، އެ ޒިންމާ ރައީސް ނަންގަވަން ޖެހޭނެ.
ޤާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް

ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި ކޯޓުތަކުން މުވައްޒަފުންނާ އެއްކޮޅަށް ހުކުމް ކުރި ނަމަވެސް، ސަރުކާރުން އަމަލުކުރަމުންދާ އުސޫލުތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ނިޝާންގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ނިޝާން ވަނީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގާނޫނީ އިމުގެ ތެރެއިން ކަންކަން ތަރުތީބުކުރުމަކީ ވެސް މުހިންމު ކަމެއްކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ކުންފުނިތަކުގެ މާލީ އަދި އިދާރީ ގާބިލުކަން ހުރި މިންވަރަށް ބަލައިގެން ނޫނީ މަޝްރޫއުތަކާއި މަސްއޫލިއްޔަތުތައް ހަވާލުނުކުރުމަށް އޭނާ ގޮވާލެއްވިއެވެ. އަދި ސަރުކާރުން ކުންފުނިތަކަށް ނުކަތާވަރުގެ ބުރަ ބޮޑުކުރުމަކީ އެ ކުންފުނިތަކުގެ މުސްތަގުބަލަށާއި މުވައްޒަފުންގެ ވަޒީފާގެ ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

 

ޑރ. މުޙައްމަދު މުޢިއްޒުމުހައްމަދު މުސްތަފާ އިބްރާހީމްރާއްޖެ ޓީވީއައްްޑޫ ސިޓީ

އިތުރަށް ކިޔާލަން

16 ޖޫން 2026

މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި

16 ޖޫން 2026
މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި
16 ޖޫން 2026

އަޅުގަނޑާއެކު ކެމްޕޭނުގައި އުޅުނީތީ ކުންފުނިތަކުގައި މަސައްކަތް ކުރި 10 މުވައްޒަފުން ވަކިކޮށް އެތައް ބަޔަކު ސަސްޕެންޑްކުރަން ނިންމާފައިވޭ: ސޯބެ

16 ޖޫން 2026
އަޅުގަނޑާއެކު ކެމްޕޭނުގައި އުޅުނީތީ ކުންފުނިތަކުގައި މަސައްކަތް ކުރި 10 މުވައްޒަފުން ވަކިކޮށް އެތައް ބަޔަކު ސަސްޕެންޑްކުރަން ނިންމާފައިވޭ: ސޯބެ
16 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް

16 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް
16 ޖޫން 2026

ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެން ދަޅަ ދައްކައިގެންނެއް ނޫން: ޤާލިބް

16 ޖޫން 2026
ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެން ދަޅަ ދައްކައިގެންނެއް ނޫން: ޤާލިބް
15 ޖޫން 2026

އީސީ އަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވީ ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ގެ ނަން

15 ޖޫން 2026
އީސީ އަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވީ ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ގެ ނަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު