Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސުރުޙީ

ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަނޑައަޅާފައިވާ ޝަރުތުތައް ހަރުކަށިވުމުގެ ސަބަބުން، އެ ފަރާތްތަކަށް ފްލެޓަށް ކުރިމަތިލުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން ވިދާޅުވެއްޖެ. މީގެ އިތުރުން ފަހި ފްލެޓުތަކުގެ ކުލި ދެއްކުން ލަސްވެއްޖެނަމަ 3000 ރުފިޔާގެ ބޮޑު ޖޫރިމަނާއެއް އަންނަ އުސޫލަކީ އިންސާފުވެރި ގޮތެއް ނޫންކަން އޭނާ ފާހަގަކުރެއްވި. އެހެންކަމުން ގައުމުގެ އިޤްތިސާދީ ހާލަތަށް ރިއާޔަތްކޮށް، ފްލެޓުތަކުގެ ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމަށާއި ކުލި ކުޑަކޮށްދިނުމަށް ނޫރައްދީން ވަނީ ސަރުކާރަށް ގޮވާލައްވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޖޫން 2026 | އާދީއްތަ 03:57
ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން

ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން | ރާއްޖެ އެމްވީ

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު އެކި ފަހަރުމަތިން އިތުރުކުރަމުންދާއިރު، ކޮންމެ ފަހަރަކުވެސް އިއުލާނަށް ގެންނަ ބަދަލުތަކާއެކު ހަރުކަށި ޝަރުތުތަކެއް އިތުރުވަމުންދާ ކަމަށް ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނޫރައްދީން ވިދާޅުވީ، މި ބަދަލުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ފްލެޓަށް ކުރިމަތިލުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ޚާއްސަ އެހީއަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ފްލެޓުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނޫރައްދީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދައްކަވާ ވާހަކަފުޅުތަކާއި އަމަލީ ގޮތުން ކަންކަން ކުރަން އޮތް ގޮތާ ދެމެދު ބޮޑެތި ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފްލެޓަށް ކުރިމަތި ނުލެވޭ ފަދަ ހަރުކަށި ޝަރުތުތަކެއް ކަނޑައަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

 މިކަންކަން މިހެން ހުރުމުން، ބޯހިޔާވަހިކަމުގެ މައްސަލައިގައި ސަރުކާރުގެ އިހުލާސްތެރިކަމެއް ހުރިކަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދުވެސް ނޫރައްދީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ފަހި ފްލެޓުތަކުގެ ކުލި ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދައްކަންޖެހޭއިރު، އެ މުއްދަތަށް ވުރެ ލަސްވެއްޖެނަމަ 3000 ރުފިޔާގެ ބޮޑު ޖޫރިމަނާއެއް އަންނަ ކަމަށެވެ.

މިއީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި، ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ ގިނަ މީހުންނަށް މުސާރަ ލިބެނީ މަހުގެ 10 ވަނަ ދުވަހުގެ ފަހުން ކަމަށްވާތީ، އެހެން ސޯޝަލް ހައުސިންގ މަޝްރޫއުތަކެކޭ އެއްފަދަ ލުއި އުސޫލެއް ފަހި ފްލެޓުތަކަށްވެސް އޮންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 ފަހި ފްލެޓުގެ ކުލި ދައްކަން ޖެހެނީ ކޮންމެ މަހެއްގެ 10 ގެ ކުރިން، އަދި އޭގެ ފަހުން ދައްކައިފިނަމަ 3000 ރުފިޔާގެ ބޮޑު ޖޫރިމަނާއެއް އާދޭ، އެހެންވީމަ މިއީ އިންސާފެއް ނޫން، އެހެން ސޯޝަލް ހައުސިންގތަކަށް އޮންނަ އުސޫލު ފަހި ފްލެޓުތަކަށްވެސް އަންނަންޖެހޭ، ސަބަބަކީ ޕްރައިވެޓް ސެކްޓަރ ގައި މަސައްކަތް ކުރާ ފަރާތްތަކަށް މަހުގެ 10 ގެ ފަހުން މުސާރަ ލިބޭ މިންވަރު ގިނަ.
ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން

ރާއްޖޭގެ އިޤްތިސާދީ ހާލަތަށް އަލިއަޅުވާލައްވަމުން ނޫރައްދީން ވިދާޅުވީ، މިހާރު ގައުމަށް ކުރިމަތިވެފައިވާ އިޤްތިސާދީ ގޮންޖެހުންތަކާއެކު ރައްޔިތުންނަށް ކޮވިޑް-19 ގެ ހާލަތުގައި ދިން ފަދަ ލުއިތަކެއް ދޭންޖެހޭ ކަމަށެވެ. އެގޮތުން ފްލެޓުތަކުގެ ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމަށާއި، ނިމިދިޔަ ސަރުކާރުން ކަނޑައަޅާފައި އޮތް ކުޑަ ކުއްޔަށް، ފްލެޓުތަކުގެ ކުލި ބަދަލުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ނޫރައްދީން ވަނީ ގޮވާލައްވާފައެވެ.

އިބްރާހިމް ނޫރައްދީންފަހި ޔޫނިއަންޑރ. މުޙައްމަދު މުޢިއްޒުރާއްޖެ ޓީވީބޯހިޔާވަހިކަންކޮވިޑް-19

އިތުރަށް ކިޔާލަން

13 ޖޫން 2026

އިންތިޚާބާ ދިމާކޮށް ގޯއްޗާ ފްލެޓް ހަވާލު ކުރާ ވާހަކައިގެ އަޑު ގަދަވި، އެކަން ނިމުމާއެކު އެވާހަކަ ދައްކާނެ މީހަކު ވެސް ނެތް: ޔޫނިއަންތަކުގެ ތަރުޖަމާނު

13 ޖޫން 2026
އިންތިޚާބާ ދިމާކޮށް ގޯއްޗާ ފްލެޓް ހަވާލު ކުރާ ވާހަކައިގެ އަޑު ގަދަވި، އެކަން ނިމުމާއެކު އެވާހަކަ ދައްކާނެ މީހަކު ވެސް ނެތް: ޔޫނިއަންތަކުގެ ތަރުޖަމާނު
13 ޖޫން 2026

މަރުހޫމް އަހުމަދު އާސިފްގެ އާއިލާއާ ސިޕީ ބައްދަލުކުރައްވައިފި

13 ޖޫން 2026
މަރުހޫމް އަހުމަދު އާސިފްގެ އާއިލާއާ ސިޕީ ބައްދަލުކުރައްވައިފި
13 ޖޫން 2026

ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން

13 ޖޫން 2026
ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން
12 ޖޫން 2026

އެމްޑީޕީން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތުގައި ދުލެއް ނުދޭނަން: ރައީސް ސޯލިޙު

12 ޖޫން 2026
އެމްޑީޕީން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތުގައި ދުލެއް ނުދޭނަން: ރައީސް ސޯލިޙު
11 ޖޫން 2026

އެމްޑީޕީއަކީ ހަމައަކާއި ސިޔާސަތެއް އޮންނަ ޕާޓީއެއް، މިއީ ބަޔަކު ބޭނުންވާއިރަށް ރޫޅާފައި ރާވަން އޮންނަ ޕާޓީއެއް ނޫން: މައުރޫފް

11 ޖޫން 2026
އެމްޑީޕީއަކީ ހަމައަކާއި ސިޔާސަތެއް އޮންނަ ޕާޓީއެއް، މިއީ ބަޔަކު ބޭނުންވާއިރަށް ރޫޅާފައި ރާވަން އޮންނަ ޕާޓީއެއް ނޫން: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު