Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތައުލީމީ ވުޒާރާ

ސަރުކާރުގެ ސްކޫލުތަކުގެ މަރާމާތަށް ބެލެނިވެރިން ލައްވާ ޚަރަދު ކުރުވާއިރު، މިނިސްޓްރީގެ ޖަވާބެއް ނެތް!

18 ޖޫން 2026 | ބުރާސްފަތި 04:19

ސަރުކާރުގގެ ސްކޫލުތަކުގެ މަރާމާތުގެ މަސައްކަތްތަކަށް ބެލެނިވެރިންގެ އަތުން ފައިސާ ޚަރަދުކުރުވާތީ އެކަމުގެ ޝަކުވާ އާންމު ރައްޔިތުން ދަނީ ކުރަމުން. މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް، އެ މިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައެއް ނުވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޖޫން 2026 | ބުރާސްފަތި 04:19
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު | ރައީސް އޮފީސް

ސަރުކާރު ސްކޫލުތަކުގެ މަރާމާތާއި ކުލަލުން ފަދަ ކަންކަމަށް ބެލެނިވެރިން ލައްވައި ޚަރަދު ކުރުވަމުންދާކަމަށް މައުލޫމާތު ލިބިފައިވާއިރު، މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއިން ޖަވާބެއް ނުލިބުނެވެ.

ސަރުކާރުގެ ސްކޫލުތަކުގެ މަރާމާތާއި ބެލެހެއްޓުމުގެ ޒިންމާ އޮތީ ސަރުކާރުގެ ކިބައިގައި ކަމުގައިވިޔަސް، މިކަންކަން ކުރުމަށް ބެލެނިވެރިންގެ ފައިސާ ޚަރަދު ކުރުވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާތީ، މިކަމާ ގުޅިގެން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމް މެދުވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީއަށް ބުރާސްފަތި ދުވަހު ވަނީ ގުޅާފައެވެ.

Advertisement - newsAdvertisement

ނަމަވެސް މިނިސްޓްރީއަށް ތަކުރާރުކޮށް ގުޅުމުން ވެސް މިކަމާ ގުޅުންހުރި މީހަކާ ވާހަކަ ދެކެވޭގޮތެއް ނުވިއެވެ. ރިސެޕްޝަނުން ފޯނު ނެގުމަށްފަހު ކަމާ ގުޅުންހުރި ފަރާތަކަށް ޕާސް ކުރި ނަމަވެސް، ފޯނު ނަގާފައެއް ނުވެއެވެ. އަދި އެތައް ފަހަރަކު ގުޅުމުން މީޑިއާގެ ނަންބަރެއްކަމަށް ބުނެ ނަންބަރެއް ދިން ނަމަވެސް، އެ ނަންބަރުން ވެސް ފޯނު ނަގާފައެއް ނުވެއެވެ.

ތައުލީމީ ނިޒާމުގައި ބެލެނިވެރިންގެ ބައިވެރިވުން މުހިންމު ކަމުގައިވިޔަސް، ސްކޫލުތަކުގެ މަރާމާތާއި ބެލެހެއްޓުމުގެ ޚަރަދުތައް ބެލެނިވެރިންގެ ކިބައިން ހޯދުމަކީ ޒިންމާދާރުކަމެއް ނޫންކަމަށް ގިނަ ބެލެނިވެރިން ގެންދަނީ ބުނަމުންނެވެ.

ވަކިން ޚާއްސަކޮށް ސަރުކާރު ސްކޫލުތަކުގެ އިމާރާތްތަކާއި އެއިން ލިބޭ ހިދުމަތްތައް ރަނގަޅު ކުރުމަށް ބަޖެޓުން ފައިސާ ހަމަޖެއްސުމަކީ ސަރުކާރުގެ ޒިންމާއަކަށްވާއިރު، މިކަމުގައި ދަތިތަކެއް ހުރިނަމަ އެކަން ސާފުކޮށް ބަޔާންކުރުމަކީވެސް މުހިންމު ކަމެކެވެ.

މީގެ އިތުރުން، ބެލެނިވެރިންގެ ފައިސާ ޚަރަދު ކުރުވަމުންދާނަމަ، އެކަން ކުރަމުންދަނީ ކޮން އުސޫލެއްގެ ދަށުންތޯ އަދި އެކަން މިނިސްޓްރީން ރަސްމީކޮށް ހުއްދަ ކުރެވިފައިވާ ކަމެއްތޯ ސާފުކޮށްދިނުމަކީވެސް މިނިސްޓްރީގެ ޒިންމާއެކެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ލިބިފައިނުވާއިރު، ސަރުކާރުގެ މުއައްސަސާތަކުން ރައްޔިތުންނާއި މީޑިއާއަށް މައުލޫމާތު ދިނުމުގައި ހުރަސްތަކެއް ކުރިމަތިވުމަކީ އަބަދުވެސް ފާހަގަކުރެވޭ ކަމެކެވެ. 

އެޑިއުކޭޝަން މިނިސްޓްރީރާއްޖެ ޓީވީސަރުކާރު ސްކޫލްތައް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

18 ޖޫން 2026

ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް

18 ޖޫން 2026
ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް
17 ޖޫން 2026

ނުޙައްޤުން ވަޒީފާއިން ވަކިކުރުމުން ރައްޔިތުންނަށް ލިބޭ ނާއިންސާފުގެ ފުރިހަމަ ޒިންމާ ރައީސް ނަންގަވަންޖެހޭނެ: ނިޝާން

17 ޖޫން 2026
 ނުޙައްޤުން ވަޒީފާއިން ވަކިކުރުމުން ރައްޔިތުންނަށް ލިބޭ ނާއިންސާފުގެ ފުރިހަމަ ޒިންމާ ރައީސް ނަންގަވަންޖެހޭނެ: ނިޝާން
16 ޖޫން 2026

ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެން ދަޅަ ދައްކައިގެންނެއް ނޫން: ޤާލިބް

16 ޖޫން 2026
ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެން ދަޅަ ދައްކައިގެންނެއް ނޫން: ޤާލިބް
14 ޖޫން 2026

ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!

14 ޖޫން 2026
ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!
13 ޖޫން 2026

ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން

13 ޖޫން 2026
ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން
10 ޖޫން 2026

ބައެއް ސްކޫލުތަކުގައި މުދައްރިސުންނެތިގެން ބައެއް މާއްދާތައް ކިޔަވައިނުދޭ މައްސަލަ ވަރަށް ބޮޑު : އިހުސާން

10 ޖޫން 2026
ބައެއް ސްކޫލުތަކުގައި މުދައްރިސުންނެތިގެން ބައެއް މާއްދާތައް ކިޔަވައިނުދޭ މައްސަލަ ވަރަށް ބޮޑު : އިހުސާން
10 ޖޫން 2026

ރައީސް މުއިއްޒުގެ ސިޔާސަތެއް ނެތުމުގެ ސަބަބުން ސަރުކާރު އޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައި: ޑީޑީ

10 ޖޫން 2026
ރައީސް މުއިއްޒުގެ ސިޔާސަތެއް ނެތުމުގެ ސަބަބުން ސަރުކާރު އޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައި: ޑީޑީ
09 ޖޫން 2026

ސަރުކާރުގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ވަނީ ގޯސް، ފެންނަނީ ފަހަރަކު ބޭފުޅަކު ރައީސް އާއި ފެޔަށް ވަޑައިގަންނަވާތަން: ޑީޑީ

09 ޖޫން 2026
ސަރުކާރުގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ވަނީ ގޯސް، ފެންނަނީ ފަހަރަކު ބޭފުޅަކު ރައީސް އާއި ފެޔަށް ވަޑައިގަންނަވާތަން: ޑީޑީ
09 ޖޫން 2026

ވެމްކޯއިން ބުނީ ހުރިހާ މުވައްޒަފުންނަށްވެސް މުސާރަ ދެވިފައިވާކަމަށް!

09 ޖޫން 2026
ވެމްކޯއިން ބުނީ ހުރިހާ މުވައްޒަފުންނަށްވެސް މުސާރަ ދެވިފައިވާކަމަށް!
08 ޖޫން 2026

އޮޕޮޒިޝަނެއް ނެތްކަމަށް ރައީސް ވިދާޅުވިނަމަވެސް، ބާއްވާ ހުރިހާ އިންތިޚާބެއް ކާމިޔާބު ކުރަމުންދަނީ ނެތްކަމަށް އެބުނާ އޮޕޮޒިޝަނުން: މާޒް

08 ޖޫން 2026
އޮޕޮޒިޝަނެއް ނެތްކަމަށް ރައީސް ވިދާޅުވިނަމަވެސް، ބާއްވާ ހުރިހާ އިންތިޚާބެއް ކާމިޔާބު ކުރަމުންދަނީ ނެތްކަމަށް އެބުނާ އޮޕޮޒިޝަނުން: މާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް