Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރު ހާލަތު ގޯސްވުން

ސަރުކާރުގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ވަނީ ގޯސް، ފެންނަނީ ފަހަރަކު ބޭފުޅަކު ރައީސް އާއި ފެޔަށް ވަޑައިގަންނަވާތަން: ޑީޑީ

ސަރުކާރުގެ މިސްރާބެއް ނެތް ކަމަށާއި، މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދޭތީ ކުރީގެ ވަޒީރު ޑރ. އިބްރާހިމް ދީދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 9 ޖޫން 2026 | އަންގާރަ 18:02
 ކުރީގެ ވަޒީރު ޑރ. އިބްރާހިމް ދީދީ (ޑީޑީ) ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ 09.032026

ކުރީގެ ވަޒީރު ޑރ. އިބްރާހިމް ދީދީ (ޑީޑީ) ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ 09.032026 | ސްކްރީން އިމޭޖް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް ގޯސްވަމުންދާ ކަމަށާއި، ސަރުކާރުގެ ތެރެއިން މިހާރު ފެންނަނީ ރައީސް މުއިއްޒުގެ އަރިސް ބޭފުޅުން ފަހަރަކު ބޭފުޅަކު އެމަނިކުފާނާ ފެޔަށް ޖެހިވަޑައިގަންނަވާ މަންޒަރު ކަމަށް ކުރީގެ ވަޒީރު ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ، މި ސަރުކާރުން މިހާރު އިންތިހާއަށް ގޯސްތައް ހަދަމުންދާ ކަމަށެވެ. ކުރީގެ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އާއި އެހެނިހެން ބޭފުޅުން ސަރުކާރުގައި ތިއްބަވަން ބޭނުން ނުވަނީ ކަންކަން ގޯސްވުމުން ކަމަށެވެ. އަދި މަޤާމެއް ދިނަސް މިހާރު ސަރުކާރުގެ މަޤާމެއްގައި ވެސް މީހަކު ހުންނަން ބޭނުން ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާކަން ފާހަގަކުރައްވައި، އޭގެ މިސާލެއްގެ ގޮތުން މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދޭކަން އޭނާ ފާހަގަކުރެއްވިއެވެ. ޑީޑީ ސިފަކުރެއްވި ގޮތުގައި މި ސަރުކާރަކީ އެއްވެސް މިސްރާބެއް ނެތް "ވާނުވާ" ސަރުކާރެކެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ޑރ. ޑީޑީ ވިދާޅުވީ، ކޮންމެ އިންތިޚާބަކާ ދިމާކޮށް އެތައް ހާސް ބަޔަކަށް ވަޒީފާ ދިނުމަށް ފަހު، މިހާރު ޝަރުތު ހަމަނުވާ މީހުން ވަޒީފާގައި ތިބި ކަމަށް ބުނުމަކީ ސަރުކާރުން އަމިއްލައަށް އިއުތިރާފުވުން ކަމަށެވެ. އެއީ ސިޔާސީ ބޭނުމަށްޓަކައި ގޯސްކޮށް މީހުން ވަޒީފާތަކަށް ވައްދާފައިވާ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އާސަންދަ އެއް ނުލިބޭ. ޑޮލަރު އަގުހެވެއް ނުވޭ. މިފަދަ ކިތަންމެ ކިތަންމެ ކަމެއް. ޓީމޫ އިން ކުރި ވިޔަފާރި ވެސް އެހެރީ ހުއްޓިފައި. މި ހާލަތުގައި ކަންކަން އޮތީ." ޑީޑީ ވިދާޅުވި އެވެ.

މީގެ އިތުރުން، އާންމު ރައްޔިތުން އޮންލައިން ޕްލެޓްފޯމްތަކުން ކުރަމުންދާ ކުދި ވިޔަފާރިތަކަށް ދާންދެން ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ހުރިހާ ދިމާއަކުން ވެސް ފެންނަނީ ރައްޔިތުންނަށް އިންތިހާއަށް ދަތިކަން ކުރިމަތިވަމުންދާ މަންޒަރެވެ.

ޑރ. ޑީޑީގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، މި ވެރިކަން ހިންގަމުންދަނީ އެއްވެސް ކަހަލަ އުސޫލެއް ނުވަތަ އަސާސެއް ނެތި ކަމަށެވެ. ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ރައްޔިތުންގެ އިތުބާރު ގެއްލި، ސަރުކާރުގެ އެތެރޭގެ މަސްލަހަތު ވެސް ގެއްލެމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޑރ. މުޙައްމަދު މުޢިއްޒުޑރ. އިބްރާހިމް ދީދީރާއްޖެ ޓީވީފަލަސުރުހީ

އިތުރަށް ކިޔާލަން

09 ޖޫން 2026

މި ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ދަނީ ހީހީފައި ސަކަރާތަކަށް: އިހުސާން

09 ޖޫން 2026
މި ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ދަނީ ހީހީފައި ސަކަރާތަކަށް: އިހުސާން
09 ޖޫން 2026

މައްސަލަ ފެށުނީ އިހުސާންގެ ކޮރަޕްޝަންގެ ކަންކަން ރައީސް އަށް އެންގުމުން، ރައީސްގެ ޖަވާބަކަށް ވީ އަޅުގަނޑަކީ ރައީސް އަށް ލޯޔަލް މީހެއް ނޫން ކަމަށް: ޝައްމާން

09 ޖޫން 2026
މައްސަލަ ފެށުނީ އިހުސާންގެ ކޮރަޕްޝަންގެ ކަންކަން ރައީސް އަށް އެންގުމުން، ރައީސްގެ ޖަވާބަކަށް ވީ އަޅުގަނޑަކީ ރައީސް އަށް ލޯޔަލް މީހެއް ނޫން ކަމަށް: ޝައްމާން
09 ޖޫން 2026

މުއިއްޒުގެ ނާގާބިލު ސަރުކާރުން ޕެންޝަން ފައިސާއާ ގުޅޭ ގާނޫނީ ޒިންމާ އަދާކުރުމުގައިވެސް ފެއިލްވެއްޖެ: މައުރޫފް

09 ޖޫން 2026
މުއިއްޒުގެ ނާގާބިލު ސަރުކާރުން ޕެންޝަން ފައިސާއާ ގުޅޭ ގާނޫނީ ޒިންމާ އަދާކުރުމުގައިވެސް ފެއިލްވެއްޖެ: މައުރޫފް
09 ޖޫން 2026

ވެމްކޯއިން ބުނީ ހުރިހާ މުވައްޒަފުންނަށްވެސް މުސާރަ ދެވިފައިވާކަމަށް!

09 ޖޫން 2026
ވެމްކޯއިން ބުނީ ހުރިހާ މުވައްޒަފުންނަށްވެސް މުސާރަ ދެވިފައިވާކަމަށް!
09 ޖޫން 2026

އިންތިހާއަށް ބޮޑެތި ޚަރަދު ކޮށް ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫއުގެ ފަސްގަނޑު އަދި ހިއްކާ ނުނިމޭ: ތަޒްމީލް

09 ޖޫން 2026
އިންތިހާއަށް ބޮޑެތި ޚަރަދު ކޮށް ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫއުގެ ފަސްގަނޑު އަދި ހިއްކާ ނުނިމޭ: ތަޒްމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު