Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެމްކޯ މުސާރަ

ވެމްކޯއިން ބުނީ ހުރިހާ މުވައްޒަފުންނަށްވެސް މުސާރަ ދެވިފައިވާކަމަށް!

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މުސާރަ ލިބުން ލަސްވެފައިވާ ކަމަށް ބުނާ ވާހަކަތައް އެ ކުންފުނިން ދޮގުކުރި ނަމަވެސް، ކުނި އުކާލުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް މުސާރަ ލިބުން ލަސްވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވެފައިވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި. މީގެ އިތުރުން މުވައްޒަފުންގެ މުސާރައިން އުނިކުރާ ޕެންޝަން ފައިސާ ޖަމާނުކުރާތާ 19 މަސް ވެފައިވާ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ޖޫން 2026 | އަންގާރަ 07:46
ވެމްކޯ އިން ކުނި ނެގުމުގައި ހަރަކާތްތެރި ވަނީ

ވެމްކޯ އިން ކުނި ނެގުމުގައި ހަރަކާތްތެރި ވަނީ | ރާއްޖެއެމްވީ

ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ) ގެ ހުރިހާ މުވައްޒަފުންނަށް މުސާރަ ދެވިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. 

ވެމްކޯގެ މުވައްޒަފުންނަށް މުސާރަ ނުލިބި ލަސްވަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާތީ، މި ވާހަކަތައް ކަށަވަރުކުރުމަށް ރާއްޖެޓީވީން ވެމްކޯއާ ގުޅާލުމުން، އެ ކުންފުނިން ދިން ޖަވާބުގައި ބުނީ، ހުރިހާ މުވައްޒަފުންނަށްވެސް މިހާރު މުސާރަ ދެވިފައިވާ ކަމަށެވެ. އަދި މުސާރަ ނުލިބޭ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށްވެސް ވެމްކޯއިން ބުނެފައިވެއެވެ.

ވެމްކޯއިން އެހެން ބުނިނަމަވެސް، ހޯމަ ދުވަހުގެ ނިޔަލަށްވެސް ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބޭކަމަށް އެ މުވައްޒަފުންގެ ފަރާތުން ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން ވެމްކޯގެ އިދާރީ މުވައްޒަފުންނަށް މުސާރަ ލިބުނުނަމަވެސް، ކުނި އުކުމާއި މަގުމަތީގައި ޙަރަކާތްތެރިވާ މުވައްޒަފުންނަށް މުސާރަ ލިބުން ވަރަށް ބޮޑަށް ލަސްވެގެން ދިޔަކަމަށް މައުލޫމާތު ލިބެއެވެ. 

ނިމުނު މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް ޖަމާކުރަން ފަށާނީ މެއި މަހުގެ 28 ވާ ބުރާސްފަތި ދުވަހުން ފެށިގެން އެ މަހުގެ 31 ވަނަ ދުވަހާ ހަމައަށް ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނި ނަމަވެސް ވެމްކޯ ގެ ބައެއް މުވައްޒަފުންނަށް މެއި މަހުގެ މުސާރަ ލިބުން ވަރަށް ބޮޑަށް ލަސްވެފައިވާތީ އެ މުވައްޒަފުން ސޯޝަލް މީޑިއާގައިވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި ވެމްކޯގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ލިބުން ލަސްވުމުގެ ސަބަބުން އެ މުވައްޒަފުންނަށް ބޮޑެތި ތަކުލީފުތަކެއްވެސް ވަނީ ކުރިމަތިވެފައެވެ.

މިދިޔަ 5 މަސް ދުވަހު އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ މައްސަލަ ދިމާވިކަމަށް ރިޕޯޓް ކޮށްފައިވާއިރު، އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަންގެ ގޮތުގައި އުނިކުރާ ފައިސާ ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާނުކޮށް 19 މަސް ދުވަސް ވެފައިވާ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. އަދި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ ހުށަހަޅާފައެވެ.

ވެމްކޯގެ މުވައްޒަފުންނަށް ޑިސެމްބަރު މަހުގެ މުސާރަ ދީފައިވަނީ ޖެނުއަރީ މަސް ފެށުނު ފަހުންނެވެ. ޖެނުއަރީ މަހުގެ މުސާރަ ދީފައިވަނީ ފެބްރުއަރީ މަސް ފެށުނު ފަހުންނެވެ. ފެބްރުއަރީ މަހުގެ މުސާރަ ވެސް މުވައްޒަފުންނަށް ޖަމާނުކޮށް ހުއްޓާ ހަބަރުތަކުގައި އެވާހަކަ ޖެހުމުން މުސާރަ ދީފައިވަނީ މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު ހިސާބު އެވެ. މާޗު މަހުގެ މުސާރަ ވެސް ދިނީ މުވައްޒަފުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ޚަބަރުތަކުގައި ވެސް އެ ވާހަކަ ޖެހި ފަހުންނެވެ. އޭޕްރީލް މަހު ވެސް މުސާރަ ދިނީ އެ މެއި މަސް ފެށުނު ފަހުންނެވެ. 

މުސާރައިގެ އިތުރުން ރަމަޟާން މަހުގެ އިނާޔަތް ވެސް ވެމްކޯ މުވައްޒަފުންނަށް ދީފައިވަނީ ވެސް ޚަބަރުތަކުގައި ޖަހައި، އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވުމުންނެވެ. 

ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަންވެމްކޯރާއްޖެ ޓީވީރާއްޖެ އެމްވީރިޓަޔަމަންޓު ޕެންޝަން ސްކީމު20 ވަނަ ރައްޔިތުންގެ މަޖިލީސް

އިތުރަށް ކިޔާލަން

09 ޖޫން 2026

އިދިކޮޅަށް ކެމްޕެއިން ކުރުމާ ހައްގު ހޯދުމަށް އަޑުއުފުލާ މީހުން ވަޒީފާ އިން ވަކިކުރާތީ ފައްޔާޒުގެ ހޫނު ބަހުގެ ހަމަލާތަކެއް ސަރުކާރަށް

09 ޖޫން 2026
އިދިކޮޅަށް ކެމްޕެއިން ކުރުމާ ހައްގު ހޯދުމަށް އަޑުއުފުލާ މީހުން ވަޒީފާ އިން ވަކިކުރާތީ ފައްޔާޒުގެ ހޫނު ބަހުގެ ހަމަލާތަކެއް ސަރުކާރަށް
08 ޖޫން 2026

ވެމްކޯ ގެ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކުރާތާ 19 މަސް، މައްސަލަ މަޖިލީހަށް

08 ޖޫން 2026
ވެމްކޯ ގެ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކުރާތާ 19 މަސް، މައްސަލަ މަޖިލީހަށް
08 ޖޫން 2026

ކުނިއުކާ ލޮރީތަކުން މަގުމައްޗަށް ހަޑި ފެނާއި، ކުނި ފޭބުން އާންމުވި ނަމަވެސް އެފަދަ ޝަކުވާއެއް ލިބިފައިނުވޭ: ވެމްކޯ

08 ޖޫން 2026
ކުނިއުކާ ލޮރީތަކުން މަގުމައްޗަށް ހަޑި ފެނާއި، ކުނި ފޭބުން އާންމުވި ނަމަވެސް އެފަދަ ޝަކުވާއެއް ލިބިފައިނުވޭ: ވެމްކޯ
08 ޖޫން 2026

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޤާމުން އިސްތިއުފާ ދެއްވައިފި

08 ޖޫން 2026
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޤާމުން އިސްތިއުފާ ދެއްވައިފި
08 ޖޫން 2026

އޮޕޮޒިޝަނެއް ނެތްކަމަށް ރައީސް ވިދާޅުވިނަމަވެސް، ބާއްވާ ހުރިހާ އިންތިޚާބެއް ކާމިޔާބު ކުރަމުންދަނީ ނެތްކަމަށް އެބުނާ އޮޕޮޒިޝަނުން: މާޒް

08 ޖޫން 2026
އޮޕޮޒިޝަނެއް ނެތްކަމަށް ރައީސް ވިދާޅުވިނަމަވެސް، ބާއްވާ ހުރިހާ އިންތިޚާބެއް ކާމިޔާބު ކުރަމުންދަނީ ނެތްކަމަށް އެބުނާ އޮޕޮޒިޝަނުން: މާޒް
07 ޖޫން 2026

ހިމަބިހީގެ އަދާހަމަ ހޯދަން ގުޅާލުމުން މިނިސްޓްރީން ބުނީ އެޗްޕީއޭއަށް ގުޅަން، އެޗްޕީއޭއިން ބުނީ މައުލޫމާތު އާންމުކުރާނީ ކޮންމެ އަންގާރަ ދުވަހެއްގައިކަމަށް!

07 ޖޫން 2026
ހިމަބިހީގެ އަދާހަމަ ހޯދަން ގުޅާލުމުން މިނިސްޓްރީން ބުނީ އެޗްޕީއޭއަށް ގުޅަން، އެޗްޕީއޭއިން ބުނީ މައުލޫމާތު އާންމުކުރާނީ ކޮންމެ އަންގާރަ ދުވަހެއްގައިކަމަށް!
06 ޖޫން 2026

އެމްޑީޕީ ޕީޖީ ގްރޫޕުގައި އެންމެން ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް ސޯބެ ކުރައްވާނެ: ސޯލިޙު

06 ޖޫން 2026
އެމްޑީޕީ ޕީޖީ ގްރޫޕުގައި އެންމެން ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް ސޯބެ ކުރައްވާނެ: ސޯލިޙު
06 ޖޫން 2026

ފުލުހުންގެ ދުވަސްވީ އޮފިސަރަކު 16 އަހަރުގެ އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު!

06 ޖޫން 2026
ފުލުހުންގެ ދުވަސްވީ އޮފިސަރަކު 16 އަހަރުގެ އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު!
06 ޖޫން 2026

ކެލާއަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައެއް ނުވޭ: ކުރީގެ މެންބަރު ޝަރީފް

06 ޖޫން 2026
ކެލާއަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައެއް ނުވޭ: ކުރީގެ މެންބަރު ޝަރީފް
05 ޖޫން 2026

ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ސަސްޕެންޑުކޮށްފި

05 ޖޫން 2026
ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ސަސްޕެންޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު