Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސުރުޙީ

އޮޕޮޒިޝަނެއް ނެތްކަމަށް ރައީސް ވިދާޅުވިނަމަވެސް، ބާއްވާ ހުރިހާ އިންތިޚާބެއް ކާމިޔާބު ކުރަމުންދަނީ ނެތްކަމަށް އެބުނާ އޮޕޮޒިޝަނުން: މާޒް

ރައީސް ޑރ. މުޢިއްޒު ޤައުމު ހިންގަވަން ބޭނުންފުޅުވަނީ ރަސްކަމުގެ ނިޒާމަކަށް ކަމަށް ތުހުމަތުކުރައްވައި، ސަރުކާރުގެ ސިޔާސަތުތަކަށް އެމްޑީޕީގެ މާޒް ސަލީމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަން އިންތިޚާބުތަކުގެ ނަތީޖާއިން ސާފުވާކަމަށާއި، ދައުރުގެ މެދުތެރެއިން ކުރިމަތިވާ ނާކާމިޔާބީތަކަށް ސަރުކާރުން ޒިންމާ ނުނަގާކަމަށް އޭނާ ފާހަގަކުރެއްވި. މީގެއިތުރުން، ސަރުކާރުން ރައްޔިތުންނަށް ގިނަ ދޮގުތަކެއް ހަދަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ޖޫން 2026 | ހޯމަ 06:29
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާޒް ސަލިމް) އެމްޑީޕީގެ ހަރަކާތެއްގައި ވާހަކަދައްކަވަނީ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާޒް ސަލިމް) އެމްޑީޕީގެ ހަރަކާތެއްގައި ވާހަކަދައްކަވަނީ. | ރާއްޖެ އެމްވީ

މި ގައުމުގައި އިދިކޮޅު ފަރާތްތަކެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިނަމަވެސް، ބާއްވާ ކޮންމެ އިންތިޚާބެއް ކާމިޔާބު ކުރަމުންދަނީ ނެތްކަމަށް އެ ވިދާޅުވާ އޮޕޮޒިޝަނުންކަމަށް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މާޒް ސަލީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާޒް ސަލީމް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި ގައުމުގައި އިދިކޮޅު ފަރާތްތަކެއް ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވަމުން މާޒް ސަލީމް ވިދާޅުވީ، އިދިކޮޅެއް ނެތް ކަމަށް ވިދާޅުވި ނަމަވެސް، މިހާރު ބާއްވަމުންދާ ހުރިހާ އިންތިޚާބުތަކެއް ކާމިޔާބު ކުރަމުންދަނީ އިދިކޮޅު ފަރާތްތަކުން ކަމަށެވެ. އަދި މި ސަރުކާރަށް ތާއީދުކޮށްގެން ތިބޭކަށް މިހާރު ރައްޔިތުން ބޭނުންނުވާކަން އިންތިޚާބުތަކުގެ ނަތީޖާތަކުން ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމު ހިންގަވަން ބޭނުންފުޅުވަނީ ރަސްކަމުގެ ނިޒާމަކަށް ކަމަށާއި، ނަމަވެސް ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން ރައްޔިތުންގެ މެދުގައި އޮތް އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ.

  ރައީސް މުއިއްޒު ބޭނުންފުޅުވަނީ ރަސްކަމުގެ ނިޒާމަށް ޤައުމު ހިންގަން. ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން ރައްޔިތުންގެ މެދުގައި އޮތް އިތުބާރުވެސް މުޅިން ގެއްލިއްޖެ. މި ސަރުކާރަށް ތާއީދުކޮށްގެން ތިބޭކަށް މިހާރު ރައްޔިތުން ބޭނުންނުވާކަން އިންތިޚާބުތަކުގެ ނަތީޖާތަކުން ސާފުކޮށް ދަނީ ފެންނަމުން.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މާޒް ސަލީމް 

ދުނިޔޭގެ އެހެން ގައުމުތަކުގެ މިސާލު ދައްކަވަމުން މާޒް ސަލީމް ވިދާޅުވީ، މިޑްޓާމް ނުވަތަ ދައުރުގެ މެދުތެރެއިން ބާއްވާ އިންތިޚާބުތަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން އެހެން ގައުމުތަކުގެ ވެރިން އިސްތިއުފާ ދެއްވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ވެރިންގެ ކިބައިން އެފަދަ ޒިންމާދާރުކަމެއް ނުފެންނަ ކަމަށާއި، އެއްވެސް ކަމަކަށް މި ސަރުކާރުން ޒިންމާ ނުނަގާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫނަށް ރުލެއް އަރުވާނުލައި ބައެއް މީހުން ދޮގު ހަދާކަމަށް ރައީސް މުއިއްޒު ދާދިފަހުން ވިދާޅުވެފައިވާތީ، އެކަމަށްވެސް މާޒް ސަލީމް ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ.

އޭނާ ވިދާޅުވީ، އެހެން ބަޔަކު ދޮގު ހަދާ ވާހަކަ ދައްކާއިރު، މި ސަރުކާރުން ރައްޔިތުންނަށް ހަދަމުންދާ ދޮގުތައް މާ ގިނަ ކަމަށެވެ. އަދި ސަރުކާރުގެ އިސްވެރިންގެ ކިބައިގައި ޒިންމާދާރުކަމެއް ނެތްކަން ހާމަވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާޒް ސަލީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އަދި އިންތިޚާބުތަކުން ސަރުކާރަށް ލިބެމުންދާ ނާކާމިޔާބީއަކީ ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނަމުންދާކަމުގެ ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

ޑރ. މުޙައްމަދު މުޢިއްޒުމާޒް ސަލީމްއެމްޑީޕީރާއްޖެ ޓީވީފަލަސުރުހީ

އިތުރަށް ކިޔާލަން

08 ޖޫން 2026

އަސާސީ ހައްގެއް ބޭނުން ކުރުމުން އުފުލަނީ ޖިނާއީ ދައުވާ، މިގޮތަށް މިކަން ކުރާނަމަ ގައުމުގެ ހާލަތު ވަރަށް ގޯސްވާނެ: ވަކީލް ނިޝާން

08 ޖޫން 2026
އަސާސީ ހައްގެއް ބޭނުން ކުރުމުން އުފުލަނީ ޖިނާއީ ދައުވާ، މިގޮތަށް މިކަން ކުރާނަމަ ގައުމުގެ ހާލަތު ވަރަށް ގޯސްވާނެ: ވަކީލް ނިޝާން
07 ޖޫން 2026

ސަރުކާރުގެ ކުންފުނިތަކަށް ގާބިލްކަން ނެތް މިންވަރުން މަޝްރޫޢުތައް ހަވާލުކުރުމުން އޭގެ ނޭދެވޭ އަސަރު ކުރަނީ އާދައިގެ މުވައްޒަފުންނަށް: ނިޝާން

07 ޖޫން 2026
ސަރުކާރުގެ ކުންފުނިތަކަށް ގާބިލްކަން ނެތް މިންވަރުން މަޝްރޫޢުތައް ހަވާލުކުރުމުން އޭގެ ނޭދެވޭ އަސަރު ކުރަނީ އާދައިގެ މުވައްޒަފުންނަށް: ނިޝާން
07 ޖޫން 2026

މާޒް ސަލީމް: ވައްކަމުން ސަރުކާރު ހިންގިދާނެ ކަމަށް ރައީސް މުއިއްޒު އަށް ހީވިޔަސް އެއީ ކުށް ހީ އެއް

07 ޖޫން 2026
މާޒް ސަލީމް: ވައްކަމުން ސަރުކާރު ހިންގިދާނެ ކަމަށް ރައީސް މުއިއްޒު އަށް ހީވިޔަސް އެއީ ކުށް ހީ އެއް
07 ޖޫން 2026

އިތުބާރު ކެމްޕެއިން ސިޓީ ދަތުރުގެ ތިންވަނަ މަންޒިލް އައްޑޫ ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި

07 ޖޫން 2026
އިތުބާރު ކެމްޕެއިން ސިޓީ ދަތުރުގެ ތިންވަނަ މަންޒިލް އައްޑޫ ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި
07 ޖޫން 2026

ހަފްތާ އަކަށް ޗުއްޓީ އަށް ދިޔަ މަޖިލީހުގެ ޖަލްސާތައް ފެށުން އިތުރު 1 ހަފްތާ އަށް ފަސްކޮށްފި

07 ޖޫން 2026
ހަފްތާ އަކަށް ޗުއްޓީ އަށް ދިޔަ މަޖިލީހުގެ ޖަލްސާތައް ފެށުން އިތުރު 1 ހަފްތާ އަށް ފަސްކޮށްފި
07 ޖޫން 2026

އަންގާރައިން އަންގާރައަށް... މިކަމެއް ނުވާނެ!

07 ޖޫން 2026
އަންގާރައިން އަންގާރައަށް... މިކަމެއް ނުވާނެ!
07 ޖޫން 2026

ރާއްޖެ އިންގިލާބުގެ ތުންފަތް މައްޗަށް ގެނައުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވާ، ނަތީޖާ ވަރަށް ހިތިވާނެ: ކުރީގެ ރައީސް ނަޝީދު

07 ޖޫން 2026
ރާއްޖެ އިންގިލާބުގެ ތުންފަތް މައްޗަށް ގެނައުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވާ، ނަތީޖާ ވަރަށް ހިތިވާނެ: ކުރީގެ ރައީސް ނަޝީދު
07 ޖޫން 2026

ހިތަދޫ އުތުރުގެ ބައި-އިލެކްޝަނަކީ ރައީސް މުއިއްޒު އަށް ގެއްލޭ ކޮންމެ ގޮނޑިއެއްގެ އިންތިޚާބު ނިމިގެންދާނެ ގޮތުގެ "ދެލި ކޮޕީ" އެއް: ޝެއިޚް އިމްރާން

07 ޖޫން 2026
ހިތަދޫ އުތުރުގެ ބައި-އިލެކްޝަނަކީ ރައީސް މުއިއްޒު އަށް ގެއްލޭ ކޮންމެ ގޮނޑިއެއްގެ އިންތިޚާބު ނިމިގެންދާނެ ގޮތުގެ "ދެލި ކޮޕީ" އެއް: ޝެއިޚް އިމްރާން
07 ޖޫން 2026

އެމްޑީޕީއަށް މިހާރު ކާމިޔާބު ލިބެމުން ދަނީ ރައްޔިތުންގެ ވިސްނުމަށް އައި ބަދަލެއްގެ ސަބަބުން، އެއީ ވަކި ބަޔަކު ޕާޓީއާ ގުޅުމުން ލިބޭ ކުރިއެރުމެއް ނޫން: އަނދުން ހުސައިން

07 ޖޫން 2026
އެމްޑީޕީއަށް މިހާރު ކާމިޔާބު ލިބެމުން ދަނީ ރައްޔިތުންގެ ވިސްނުމަށް އައި ބަދަލެއްގެ ސަބަބުން، އެއީ ވަކި ބަޔަކު ޕާޓީއާ ގުޅުމުން ލިބޭ ކުރިއެރުމެއް ނޫން: އަނދުން ހުސައިން
07 ޖޫން 2026

ހިމަބިހީގެ އަދާހަމަ ހޯދަން ގުޅާލުމުން މިނިސްޓްރީން ބުނީ އެޗްޕީއޭއަށް ގުޅަން، އެޗްޕީއޭއިން ބުނީ މައުލޫމާތު އާންމުކުރާނީ ކޮންމެ އަންގާރަ ދުވަހެއްގައިކަމަށް!

07 ޖޫން 2026
ހިމަބިހީގެ އަދާހަމަ ހޯދަން ގުޅާލުމުން މިނިސްޓްރީން ބުނީ އެޗްޕީއޭއަށް ގުޅަން، އެޗްޕީއޭއިން ބުނީ މައުލޫމާތު އާންމުކުރާނީ ކޮންމެ އަންގާރަ ދުވަހެއްގައިކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު