Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސުރުޙީ

ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން

މި ސަރުކާރުން ކޮރަޕްޝަނަށް ހިތްވަރުދީ، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ހިމާޔަތް ދެމުންދާކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ތުހުމަތު ކުރައްވައިފި. އިހުސާން ވިދާޅުވީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވޭ ފަރާތްތައް ސަރުކާރުގެ އިސް ސަފުން ފެންނަމުންދާއިރު، މި މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބަދަލުގައި ސަރުކާރުން ދައްކަނީ ހުސް ވާހަކަތަކެއް ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ޖޫން 2026 | ހޮނިހިރު 14:29
ކުރީގެ ޑެޕިއުޓީ މިނިސްޓަރ އިހުސާން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ 09.06.2026

ކުރީގެ ޑެޕިއުޓީ މިނިސްޓަރ އިހުސާން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ 09.06.2026 | ސްކްރީން އިމޭޖް

ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާ ބަޔަކު މިއަދު ނެތްކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ، ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރުވެސް، އެކަމާ ގުޅިގެން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކުރާތަން ފެންނާކަށް ނެތް ކަމަށެވެ. އަދި އެފަދަ ބޮޑެތި ހާދިސާތަކުގެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ސަރުކާރުގެ ތެރޭގައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ސަރުކާރުގެ އިސްވެރިންނަށް ފާޑުވިދާޅުވަމުން އިހުސާން ވިދާޅުވީ، ކޮރަޕްޝަންގެ އަމަލުތައް ހިންގާއިރު މި ސަރުކާރުގެ ވެރިންގެ އެއްވެސް ލަދެއް ނެތް ކަމަށެވެ. އަދި މިއަދު ކޮރަޕްޝަނަކީ ފަޚުރުވެރި ކަމެއްގެ ގޮތުގައި ފާޅުގައި ކުރަމުންދާ ކަމަކަށް ވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިހުސާން ތުހުމަތު ކުރެއްވި ގޮތުގައި މިއީ ކޮރަޕްޝަނަށް ހިތްވަރުދޭ ސަރުކާރެކެވެ. އެހެން ނޫންނަމަ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ޚާއްސަ ތަހުގީގުތަކެއް ހިންގާނެ ކަމަށާއި، ނަމަވެސް އެފަދަ އެއްވެސް މަންޒަރެއް މިއަދު ފެންނާކަށް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ،މި ސަރުކާރުން ކޮރަޕްޝަންގެ އަމަލުތަކަށް ހިތްވަރުދެމުންދާ ކަމަށާއި، ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމުގެ ބަދަލުގައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ސަރުކާރުން ހިމާޔަތް ދެމުންދާ ކަމަށެވެ.

އެޗްޑީސީގެ ބިންތައް ވިއްކާލި ކަމުގެ ބޮޑެތި ތުހުމަތުތައް ކުރެވުނު ފަރާތްތަކަށް އިޝާރާތް ކުރައްވައި އިހުސާން ވިދާޅުވީ، އެފަދަ ތުހުމަތުތައް ކުރެވޭ ފަރާތްތައް މިއަދު ފެންނަނީ ވެރިކަން ކުރާ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގެ ކުރީ ސަފުން ކަމަށެވެ. މީގެއިން ދޭހަވަނީ ކޮރަޕްޝަނަށް މަގުފަހިކުރާ ފަރާތްތަކަށް ސަރުކާރުގެ ތެރެއިން ޖާގަ އޮތް މިންވަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ، ސަރުކާރުން އަބަދުވެސް ދައްކަނީ ހުސް ވާހަކަތަކެއް ކަމަށާއި، އެ ވާހަކަތަކަށް އަމަލީ ސިފައެއް އަންނަ މަންޒަރެ ނުފެންނަ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރޭގައިވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ބުނަން ކެރޭ އެއްވެސް މެމްބަރަކު ވެރިކަން ކުރާ ޕާޓީގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ދައްކަނީ ހުސް ވާހަކަ، އެ ވާހަކަތަކަށް އަމަލީ ސިފައެއް ފެންނާކަށް ނެތް، ފާޅުގައި މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ބުނަން ކެރޭ މެމްބަރަކު ވެރިކަން ކުރާ ޕާޓީގައި ނެތް،
ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން

އިހުސާންގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ ވާހަކަ ދައްކާ މެމްބަރުންގެ އަޑުތައް މިއަދު ވަނީ ކަނޑުވާލާފައި ކަމަށެވެ. އަދި މިއަދު ގައުމުގެ ވެރިކަމުގައި ސަރުކާރެއްގެ އެއްވެސް ސިފައެއް ފެންނާކަށް ނެތް ކަމަށް ވިދާޅުވެ އޭނާ ވަނީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މުހައްމަދު އިހުސާންރާއްޖެ ޓީވީފަލަސުރުހީކަރަޕްޝަން އެޗްޑީސީ20 ވަނަ ރައްޔިތުންގެ މަޖިލީސް

އިތުރަށް ކިޔާލަން

12 ޖޫން 2026

އުރީދޫން ވޯލްޑް ކަޕް "ފުޓްބޯޅަ ފޯރި" އަށް ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް

12 ޖޫން 2026
އުރީދޫން ވޯލްޑް ކަޕް "ފުޓްބޯޅަ ފޯރި" އަށް ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް
10 ޖޫން 2026

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުމާކުރި ލެގޫން ކްލީނިންގ ވެސެލް، "ސާސޭ ސީ ސްކައުޓް" ރަސްމީކޮށް އިފްތިތާހުކޮށްފި

10 ޖޫން 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުމާކުރި ލެގޫން ކްލީނިންގ ވެސެލް، "ސާސޭ ސީ ސްކައުޓް" ރަސްމީކޮށް އިފްތިތާހުކޮށްފި
10 ޖޫން 2026

ޝަމްއާން ކުރި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، ކަން ހިނގިގޮތް ސާފުކޮށްދޭން ފުލުހުގައި އެދެފިން: މިނިސްޓަރު އިހުސާން

10 ޖޫން 2026
ޝަމްއާން ކުރި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، ކަން ހިނގިގޮތް ސާފުކޮށްދޭން ފުލުހުގައި އެދެފިން: މިނިސްޓަރު އިހުސާން
10 ޖޫން 2026

ހުޅުމާލެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން ރަސްމީކޮށް ހަވާލުކޮށްފި

10 ޖޫން 2026
ހުޅުމާލެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން ރަސްމީކޮށް ހަވާލުކޮށްފި
10 ޖޫން 2026

ރައީސް މުއިއްޒުގެ ސިޔާސަތެއް ނެތުމުގެ ސަބަބުން ސަރުކާރު އޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައި: ޑީޑީ

10 ޖޫން 2026
ރައީސް މުއިއްޒުގެ ސިޔާސަތެއް ނެތުމުގެ ސަބަބުން ސަރުކާރު އޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައި: ޑީޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު