Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެފްއޭއެމްގެ ފައިސާ ގެއްލުން

ނަގުދު ފައިސާ އާއި ޗެކުން އެފްއޭއެމްއަށް ލިބުނު 14.10 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް

6 މާރިޗު 2026 | ހުކުރު 11:02

ހުޅުމާލޭގައި ފުޓްބޯލް ޓްރެއިނިންގ ފެސިލިޓީއެއް އެޅުމަށް އެފްއޭއެމަށް ދޫކުރި ބިމުން ބައެއް ކުއްޔަށް ދީގެން ލިބުނު 14.10 މިލިއަން ރުފިޔާ އެ އިދާރާގެ އެކައުންޓަށް ވަދެފައި ނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފަ. މި ފައިސާ ލިބުނު ކަމަށް ބުނެ އެފްއޭއެމްގެ ކުރީގެ އިސްވެރިން ސޮއިކޮށް ރަސީދުތައް ދޫކޮށްފައިވީ ނަމަވެސް، އެ ފައިސާ ބޭނުންކުރި ގޮތުގެ އެއްވެސް ރެކޯޑެއް ފެންނާކަށް ނެތް. މީގެ އިތުރުން، އެފްއޭއެމްގެ އެކައުންޓަށް ޖަމާވި 14 މިލިއަނަށްވުރެ ގިނަ ރުފިޔާ، އެއްވެސް ލިޔެކިޔުމެއް ނެތި އަމިއްލަ ފަރާތްތަކާއި ކުންފުނިތަކުގެ އެކައުންޓްތަކަށް ފޮނުވާފައިވާކަން ވެސް އޮޑިޓުން ވަނީ ފާހަގަކޮށްފައި.

މަޚްތޫމް
މަޚްތޫމް | 6 މާރިޗު 2026 | ހުކުރު 11:02
އެފްއޭއެމްގެ ފައިސާތަކެއް ގެއްލިފައިވާ އިރު، އެފައިސާތައް ލިބުނު ކަމަށް އެތަނުގެ ކުރީގެ ވެރިން ސޮއިކޮށްފައިވޭ.

އެފްއޭއެމްގެ ފައިސާތަކެއް ގެއްލިފައިވާ އިރު، އެފައިސާތައް ލިބުނު ކަމަށް އެތަނުގެ ކުރީގެ ވެރިން ސޮއިކޮށްފައިވޭ. | މިހާރު

ނަގުދު ފައިސާ އިންނާއި ޗެކުން އެފްއޭއެމް އަށް ފައިސާ ދިންކަމަށް ބުނެ ހުށަހަޅާފައިވާ ރަސީދު ތަކާއި ޕޭމަންޓް ވައުޗަރ ތަކުގައި ހިމެނޭ ޖުމުލަ 14.10 މިލިއަން ރުފިޔާ ގެއްލިައިވާ ކަމަށް ހުޅުމާލޭގައި ފުޓްބޯލް ޓްރެއިނިންގ ފެސިލިޓީއެއް ގާއިމުކުރުމަށް އެފްއޭއެމަށް ދޫކޮށްފައިވާ ބިމުން ބައެއް ކުއްޔަށް ދިނުމުގެ މުއާމަލާތްތަކާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ނަގުދު ފައިސާއާއި ޗެކުން އެފްއޭއެމަށް ފައިސާ ދެއްކި ކަމަށް ބުނެ ހުށަހަޅާފައިވާ ރަސީދުތަކާއި ޕޭމަންޓް ވައުޗަރުތަކުގައި ހިމެނޭ ޖުމުލަ 14.10 މިލިއަން ރުފިޔާ އެ އިދާރާއަށް ލިބިފައިވާކަން އެނގެން ނެތް ކަމަށާއި އެ ފައިސާ ގެއްލިފައިވާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

Advertisement - newsAdvertisement

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ކުލީގެ ގޮތުގައި އެފްއޭއެމަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 14،100،000 (ސާދަ މިލިއަން އެއްލައްކަ) ރުފިޔާ އެފްއޭއެމަށް ލިބިފައިވާ ކަމަށް ބުނެ، އެ އިދާރާގެ ސްޓޭމްޕާއި އިސްވެރިންގެ ސޮއި ހިމެނޭ ލިޔުންތަކެއް ވަނީ ހުށަހަޅާފަ އެވެ.

މި ފައިސާ ލިބުނު ކަމަށް ބުނެ ރަސީދުތަކާއި ޕޭމަންޓް ވައުޗަރުތަކުގައި ސޮއިކޮށްފައިވަނީ އެފްއޭއެމްގެ ކުރީގެ ރައީސް އާއި، ކުރީގެ ޖެނެރަލް ސެކްރެޓަރީގެ އިތުރުން ކުރީގެ ޑިރެކްޓަރ އޮފް ފައިނޭންސް ކަމަށް އޮޑިޓުން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް، މި ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް އެފްއޭއެމްގެ ބޭންކް އެކައުންޓްތަކަށް ޖަމާކޮށްފައި ނުވާކަން އޮޑިޓަރުން ވަނީ ފާހަގަކޮށްފަ އެވެ. އަދި މި ފައިސާ ނަގުދު ފައިސާގެ ގޮތުގައި ލިބުނުކަން ނުވަތަ އެ އިދާރާގެ ބޭނުންތަކަށް ހަރަދުކުރިކަން އެނގޭނެ އެއްވެސް ރެކޯޑެއް ކޭޝް ރެޖިސްޓަރތަކުންނާއި އެހެނިހެން ލިޔެކިޔުންތަކުން ފެންނާކަށް ނެތެވެ.

މީގެ އިތުރުން، ސަބްލީސް އެއްބަސްވުންތަކުގެ ދަށުން އެފްއޭއެމްގެ ބޭންކް އެކައުންޓަށް ޖަމާވި ފައިސާގެ ތެރެއިން 14،074،060 (ސާދަ މިލިއަން ހަތްދިހަ ހަތަރު ހާސް ފަސްދޮޅަސް) ރުފިޔާ އެކި އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ފޮނުވާފައިވާކަން ވެސް އޮޑިޓުން ވަނީ ހާމަވެފައެވެ. މީގެ ތެރޭގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ 8.98 މިލިއަން ރުފިޔާ ހިމެނެ އެވެ. ބޭރު ފައިސާގެ މައްސަލައިގައި އޮޑިޓުގައި ބުނެފައިވަނީ 2022 އާއި 2023 ވަނަ އަހަރުގެ ތެރޭގައި ޗެކް މެދުވެރިކޮށް 13 ޓްރާންސެކްޝަނެއްގެ މަތިން މަނީ އެކްސްޗޭންޖް ވިޔަފާރި ކުރި އަމިއްލަ ކުންފުންޏެއްކަމަށްވާ އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ ކަން ފާހަގަކުރެވެ އެވެ. 

ނަމަވެސް، އެ ކުންފުނިން އެފްއޭއެމް އަށް އެއްވެސް ޚިދުމަތެއް ފޯރުކޮށްދީފައިވާ ކަން ނުވަތަ އެ ކުންފުންޏަށް އެއްވެސް ފައިސާ އެއް ދައްކަންޖެހޭ ފަދަ މުޢާމަލާތެއް ހިނގާފައިވާކަން އެފްއޭއެމްގެ ރެކޯޑުތަކުން އެނގޭކަށް ނެތެވެ. މި ފައިސާ ބަދަލުކުރި މަޤްޞަދު އެނގޭނެ އެއްވެސް ރަސްމީ ރެކޯޑެއް އެފްއޭއެމްގެ ލިޔެކިޔުންތަކުން އެނގެން ނެތެވެ. މި ފައިސާ އެ ކުންފުނީގެ އެކައުންޓަށް ޖަމާ ކޮށްފައިވަނީ ބިމުގެ ސްލޮޓްތަކުގެ ކުލީގެ ފައިސާ އެފްއޭއެމްގެ އެކައުންޓަށް ޖަމާވި ތާރީޚާ ގާތް ތާރީޚުތަކެއްގަ އެވެ.

އެފްއޭއެމްއަކީ ބޭރު ފައިސާ އިން އާމްދަނީ ލިބޭ އިދާރާއަކަށް ވެފައި، ޑޮލަރު ގަތުމަށް އެހެން ފަރާތަކަށް މިވަރަށް ރުފިޔާ ފޮނުވަންޖެހޭ ފަދަ ހާލަތެއް އޮތްކަން ރެކޯޑުތަކުން އެނގެން ނެތްއިރު، މި މުޢާމަލާތްތަކަކީ އެފ.ްއ.ޭއެމްއަށް ލިބުނު ބިމުގެ ސްލޮޓަތަކުގެ ކުލީގެ ފައިސ އިން ނ ޖ އިޒު ފައިދ އެއް ހޯދުމުގެ މަޤްޞަދުގައި ހިންގ ފައިވާ މުޢާމަލާތްތަކެއް ކަމަށް ބެލެވޭ ކަމަށް އޮޑިޓުގައި ބުނެ އެވެ. އަދި މިކަމާ ގުޅޭގޮތުން ފައިސާ ލިބުނު ކުންފުނިން ބުނެފައިވަނީ އެފްއޭއެމް އިން ފޮނުވި ފައިސާ އަކީ މަނީ އެކްސްޗޭންޖް މުޢާމަލާތްތަކެއް ކަމަށެވެ. ނަމަވެސް، އެފްއޭއެމްއިން ފޮނުވި ފައިސާ އަށްވާ ބޭރުފައިސާ އެފްއޭއެމްގެ އެއްވެސް ބޭންކް އެކައުންޓަކަށް ޖަމާވެފައި ނުވެ އެވެ. އަދި އެ ފައިސާ ނުވަތަ އެ ފައިސާ އަށްވާ ބޭރު ފައިސާ ލިބުނުކަން އެފްއޭއެމްގެ އެއްވެސް ރެކޯޑަކުން އެނގެން ނެތްކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. 

އޮޑިޓް ރިޕޯޓުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، އެއްވެސް ލިޔެކިޔުމެއް ނެތި އަދި ކޮން ބޭނުމަކު ކުރި މުއާމަލާތެއްކަން އެނގެން ނެތް ގޮތަށް، އަމިއްލަ ފަރުދުންނާއި އެހެނިހެން ކުންފުނިތަކުގެ އެކައުންޓްތަކަށް 5.08 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. މީގެ އިތުރުން ނަގުދު ފަިސާގެ ގޮތުގައި ބޭންކް އެކައުންޓުންނަގާފައިވާ 1.42 މިލިއަން ރުފިޔާ  އެފްއޭއެމްގެ ބޭނުމަށް ހަރަދުކޮށްފައިވާކަން އެނގެން ނެތް ކަމަށް ވެސް އޮޑިޓުގައި ބުނެފައިވެ އެވެ. 

އެފްއޭއެމް އޮޑިޓަރ ޖެނެރަލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

05 މާރިޗު 2026

ބިމުގެ ސްލޮޓްތައް ކުއްޔަށް ދީގެން އެފްއޭއެމްއަށް ލިބެންޖެހޭ 29.5 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް

05 މާރިޗު 2026
ބިމުގެ ސްލޮޓްތައް ކުއްޔަށް ދީގެން އެފްއޭއެމްއަށް ލިބެންޖެހޭ 29.5 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް
30 ޖެނުއަރީ 2026

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައެއްގައި ދައުވާކޮށްފައިވާ އަގީލް ތައިލެންޑުގެ ބެންކޮކުން ހައްޔަރުކޮށްފި

30 ޖެނުއަރީ 2026
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައެއްގައި ދައުވާކޮށްފައިވާ އަގީލް ތައިލެންޑުގެ ބެންކޮކުން ހައްޔަރުކޮށްފި
12 ޖެނުއަރީ 2026

އދ. އަތޮޅު ކައުންސިލް މެންބަރުން ލަންކާ އަށާއި ފިލިޕީންސް އަށް ކުރި ދަތުރުތަކަށް ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރި: އޮޑިޓް

12 ޖެނުއަރީ 2026
އދ. އަތޮޅު ކައުންސިލް މެންބަރުން ލަންކާ އަށާއި ފިލިޕީންސް އަށް ކުރި ދަތުރުތަކަށް ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރި: އޮޑިޓް
28 ޑިސެމްބަރު 2025

2014 އިން 2022ގެ ނިޔަލަށް އޭދަފުށީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފަ އެއް ނުވޭ: އޮޑިޓް ރިޕޯޓް

28 ޑިސެމްބަރު 2025
2014 އިން 2022ގެ ނިޔަލަށް އޭދަފުށީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފަ އެއް ނުވޭ: އޮޑިޓް ރިޕޯޓް
17 ޑިސެމްބަރު 2025

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މަސައްކަތް ކޮށްފަ އެއް ނެތް: އޮޑިޓް

17 ޑިސެމްބަރު 2025
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މަސައްކަތް ކޮށްފަ އެއް ނެތް: އޮޑިޓް
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
21 ނޮވެމްބަރު 2025

2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް

21 ނޮވެމްބަރު 2025
2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
19 ނޮވެމްބަރު 2025

ސަރުކާރުގެ ކުންފުނިތައް ހިންގުން ނާގާބިލުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ދަށްކުރަން ދޭ ސަބްސިޑީ ކުންފުނި ހިންގަން ބޭނުން ކުރޭ: އޮޑިޓަރ ޖެނެރަލް

19 ނޮވެމްބަރު 2025
ސަރުކާރުގެ ކުންފުނިތައް ހިންގުން ނާގާބިލުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ދަށްކުރަން ދޭ ސަބްސިޑީ ކުންފުނި ހިންގަން ބޭނުން ކުރޭ: އޮޑިޓަރ ޖެނެރަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް