Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އައިސީސީ

ޣައްޒާ ހަނގުރާމައިގައި އިންފަންޓީނޯ އާއި ޗެފެރިން ބައިވެރިވެފައިވާ ކަމަށް ބުނެ އައިސީސީ އަށް މައްސަލަ ހުށަހަޅައިފި

ހުކުރު ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި، ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަކީ ސަތޭކަ ޞަފްޙާ ހިމެނޭ މައްސަލައެއް. މި މައްސަލައިގައި އިންފަންޓީނޯ އާއި ޗެފެރިންނާ ދެކޮޅަށް ބުނެފައި ވަނީ، ފަލަސްޠީނުގެ ބިމުގައި ޤާނޫނާ ޚިލާފަށް އިޒްރޭލް އިން ޖަރީމާ ހިންގަމުން އަންނައިރު، ފީފާ އާއި ޔުއެފާގެ މުބާރާތް ތަކުގައި އެ ޤައުމު ބައިވެރި ކުރާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2026 | ހޮނިހިރު 07:10
ފީފާގެ ރައީސް އިންފަންޓީނޯ އާއި، ޔުއެފާގެ ރައީސް ޗެފެރިން

ފީފާގެ ރައީސް އިންފަންޓީނޯ އާއި، ޔުއެފާގެ ރައީސް ޗެފެރިން | ރޮއިޓާސް

އިޒްރޭލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި، ޔޫރަޕިއަން ފުޓުބޯޅަ ފެޑެރޭޝަން (ޔުއެފާ)ގެ ރައީސް އެލެކްސެންޑާ ޗެފެރިން ބައިވެރިވެފައިވާ ކަމަށް ބުނެ، މައްސަލަ ހުށަހަޅައިފި އެވެ. 

ދުނިޔޭގެ ފުޓުބޯޅައިގެ މައި ދެ ލީޑަރުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ޖިނާއީ ކޯޓުގަ އެވެ. މި ދެ ލީޑަރުންގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ހަނގުރާމައިގެ ކުށުގައި އެހީތެރިވުމާއި، ފަލަސްޠީނުގެ ސަރަޙައްދުގައި އިންސާނިއްޔަތާ ދެކޮޅު ކުށްތައް ހިންގުމަށް އެހީތެރިވުމުގެ ތުހުމަތެވެ.

ހުކުރު ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި، ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަކީ ސަތޭކަ ޞަފްޙާ ހިމެނޭ މައްސަލަ އެކެވެ. މި މައްސަލައިގައި އިންފަންޓީނޯ އާއި ޗެފެރިންނާ ދެކޮޅަށް ބުނެފައި ވަނީ، ފަލަސްޠީނުގެ ބިމުގައި ޤާނޫނާ ޚިލާފަށް އިޒްރޭލް އިން ޖަރީމާ ހިންގަމުން އަންނައިރު، ފީފާ އާއި ޔުއެފާގެ މުބާރާތް ތަކުގައި އެ ޤައުމު ބައިވެރި ކުރާ ކަމަށެވެެ. 

މައްސަލައިގައި ބުނެފައި ވަނީ އިޒްރޭލް އިން ގެންދަނީ ފަލަސްޠީނުގެ ބިމުގައި ޖަރީމާ ހިންގައި، އަދި ވައްކަން ކުރަމުން ކަމަށެވެ. އެއާ އެކު، އިޒްރޭލްގެ ޓީމު ތަކަށް ފީފާ އާއި ޔުއެފާ އިން މާލީ އެހީތެެރިކަމާއި، އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމަކީ ހަނގުރާމައިގައި އެހީތެރިވުން ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ. އަދި އިޒްރޭލްގެ ޓީމު ތަކަށް، ފީފާ އާއި ޔުއެފާގެ މުބާރާތް ތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަކީ ވެސް ކުށެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

މި މައްސަލަ ހުށަހަޅާފައި ވަނީ އައިރިޝް ސްޕޯޓްސް ފޯ ފަލަސްޠީން އާއި، ސްކޮޓިޝް ސްޕޯޓްސް ފޯ ފަލަސްޠީން އާއި، ޖަސްޓް ޕީސް އެޑްވޮކޭޓްސް އާއި، ޔޫރޯ އެންޑް ހިއުމަން ރައިޓްސް މޮނިޓާ އަދި ސްޕޯޓް ސްކޮލާސް ފޯ ޖަސްޓިން އިން ފަލަސްޠީން ގުޅިގެން އުފައްދާފައިވާ ޖަމާއަތް ތަކުންނެވެ.

އިޒްރޭލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި އެ ސަރަހައްދަށް ބޮޑެތި ގެއްލުން ތަކެއް ލިބުމުގެ އިތުރުން، މައުސޫމު އެތައް ބަަޔަކު ޝަހީދު ކުރަމުން އަންނައިރު، ބައިނަލްއަޤުވާމީ ކުޅިވަރު މައިދާނުގައި އިޒްރޭލް އަށް ފިޔަވަޅު ނާޅާތީ ގިނަ ބައެއްގެ ނުރުހުން ވެސް އަމާޒުވެފައިވެ އެވެ. 

ހަމަ އެއާ އެކު، ރަޝިޔާ އިން ޔޫކްރެއިންއާ ދެކޮޅަށް ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ފީފާ އާއި ޔުއެފާ އަދި އެހެނިހެން ކުޅިވަރު އިދާރާ ތަކުން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާއިރު، ޣައްޒާ ހަނގުރާމައާ ގުޅިގެން އިޒްރޭލްއާ ދެކޮޅަށް ފިޔަވަޅު ނާޅާތީ ގިނަ ބަޔަކު ފާޑު ކިޔަމުން ގެންދެ އެވެ. ޚާއްސަކޮށް އެ މައްސަލައިގައި އިންފަންޓީނޯ ދައްކަވާފައިވާ ވާހަކަ ތަކަށް ނުރުހުން އަމާޒު ކޮށްފައިވެ އެވެ.

ފީފާއިޒްރޭލް-ފަލަސްޠީންއައިސީސީޔުއެފާޖިއާނީ އިންފަންޓީނޯއެލެކްޒެންޑަރ ކެފަރިންޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

80،000 މުސްލިމުން އަލް-އަޤްޞާގައި ރަމަޟާންގެ ފުރަތަމަ ހުކުރު ނަމާދުކޮށްފި

80،000 މުސްލިމުން އަލް-އަޤްޞާގައި ރަމަޟާންގެ ފުރަތަމަ ހުކުރު ނަމާދުކޮށްފި

20 ފެބުރުއަރީ 2026
ޣައްޒާގެ މުސްލިމުން ރަމަޟާން މަހާ ކުރިމަތިލި އިރު ނަމާދު ކޮށްލާނެ މިސްކިތެއް ނެތް!

ޣައްޒާގެ މުސްލިމުން ރަމަޟާން މަހާ ކުރިމަތިލި އިރު ނަމާދު ކޮށްލާނެ މިސްކިތެއް ނެތް!

18 ފެބުރުއަރީ 2026
ރަމަޟާން މަހު އަލްއަޤްޞާ އަށް ހުކުރަށް ވަދެވޭނީ 10،000 ފަލަސްޠީނު މީހުންނަށް ކަމަށް އިޒްރޭލުން ބުނެފި

ރަމަޟާން މަހު އަލްއަޤްޞާ އަށް ހުކުރަށް ވަދެވޭނީ 10،000 ފަލަސްޠީނު މީހުންނަށް ކަމަށް އިޒްރޭލުން ބުނެފި

18 ފެބުރުއަރީ 2026
ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވުމަށް، ވެޓިކަން އިން ނިންމައިފި

ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވުމަށް، ވެޓިކަން އިން ނިންމައިފި

18 ފެބުރުއަރީ 2026
ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް

ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް

16 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު