Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފ. އަތޮޅު ކައުންސިލް

ފ. އަތޮޅު ކައުންސިލުން ސައިފަތް އުފައްދާގޮތާއި އަތޮޅު ފިހާރައަށް މުދާ ގަންނަން ލަންކާ އަށް ކުރި ދަތުރަކީ ބޭކާރު ހަރަދެއް: އޮޑިޓް

ޚަރަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ އެންގުންތަކާ ޚިލާފަށް، ފ. އަތޮޅު ކައުންސިލްގެ 20 މުވައްޒަފަކު ސްރީލަންކާއަށް ކުރި ދަތުރަކަށް ބަޖެޓުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވޭ. މި ދަތުރުގައި ސައިފަތް އުފެއްދުމާއި ބޭސްވެރިކަމުގެ މަސައްކަތްތައް ބަލާފައިވީ ނަމަވެސް، އެއީ ކައުންސިލްގެ މަސައްކަތްތަކާ ގުޅުންހުރި ކަންކަން ނޫންކަމަށް އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފަ. އެހެންކަމުން މިއީ ދައުލަތުގެ ފައިސާއިން ކޮށްފައިވާ ބޭކާރު ޚަރަދެއްގެ ގޮތުގައި އޮޑިޓް ރިޕޯޓުގައި ވަނީ ކަނޑައަޅާފަ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2026 | އާދީއްތަ 13:01
ފ. އަތޮޅު ކައުންސިލްގެ މުވައްޒަފުންނާއި މެންބަރުން.

ފ. އަތޮޅު ކައުންސިލްގެ މުވައްޒަފުންނާއި މެންބަރުން. | ފ. އަތޮޅު ކައުންސިލް

ފ. އަތޮޅު ކައުންސިލުން ސައިފަތް އުފައްދާގޮތުގެ މަސައްކަތާއި ފަތްޕިލާވެލީގެ ބޭސްވެރިކަން ކުރުމުގެ މަސައްކަތް ބެލުމަށް ސްރީ ލަންކާ އަށް ކުރި ދަތުރަކީ ކައުންސިލް އިދާރާއިން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅުންހުރި ކަންކަން ކަންކަން ނޫން ކަމަށާއި، އެއި ކުރި ބޭކާރު ހަރަދެއް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ. 

2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓުގައި ބުނެފައިވަނީ ހަރަދު ކުޑަކުރުމަށް އަންގާފައިވާ ސަރކިއުލާފގައި ރާއްޖެއިން ބޭރުން ހުރިހާ ހަރަދެއް ލިބޭ ކުރުމުއްދަތުގެ ކޯސްތަކާއި ޓްރެއިނިންގތައް ފިޔަވައި އިތުރު އެއްވެސް ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ނުގެންދިއުމަށް އިރުޝާދު ދީފައިވާ ކަމަށެވެ. އަދި ކައުންްސިލްތަކުން ވެސް ބްލޮކްގްރާންޓް އަދި އަމިއްލަ އާމްދަނީ ފައިސާއިން ހަރަދު ކުރުމުގައި ސަރކިއުލާގައި ބަޔަންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ހަރަދުތައް ބައްޓަންކުރުމަށާއި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަރަދުތައް ހަމަޖައްސައި، ހަރަދުތަކުގެ އެފިޝިއަންސީ މަތިކުރުމަށް ސަމާލުކަން ދިނުމަށް ބަޔާންކޮށްފައިވާ ކަމަށެވެ. 

ނަމަވެސް ފ. އަތޮޅު ކައުންސިލް އިދާރާއިން 2024 ވަނަ އަހަރު ސްރީލަންކާ އަށް ކޮށްފައިވާ ދަތުރުގެ ހަރަދުތައް ކުރުމުގައި މިނިސްޓްރީ އޮފް ފިނޭންސުން ދީފައިވާ އިރުޝާދާ އެއްގޮތަށް އަމަލުކޮށްފައި ނުވާކަމަށެވެ. މިގޮތުން އަތޮޅު ކައުންސިލްގެ އިދާރާ ތަމްސީލު ކުރާ 2 މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލްއާއި 17 އިދާރީ މުވައްޒަފުން ހިމެނޭ ގޮތަށް ޖުމްލަ 20 މުވައްޒަފުން ސެޕްޓެމްބަރު 6 އިން 13 ސްރީލަންކާ އަށް 8 ދުވަހުގެ ތަޖުރިބާ ދަތުރެއް ކޮށްފައިވާއިރު، މި ދަތުރަށް ހިނގާނޭ ހަރަދުގެ ފައިސާ ލިބޭނޭ އެހެންގޮތްތަކެއް ހޯދުމަކާއި ނުލާ ކައުންސިލްގެ ބަޖެޓުން 140،971 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. 

މި ދަތުރުގެ ދަތުރު ރިޕޯޓުގައި މި ދަތުރުގެ މަގްސަދަކީ، މަސައްކަތާއި ގުޅޭ ތަޖުރިބާ ހޯދުމާއި މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރިކަން އާޅަކުރުން ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި ދަތުރުގައި ތަޖުރިބާ ހޯދުމަށް ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ސައިފަތް އުފައްދާގޮތުގެ މަސައްކަތްތަކާއި އަޔުރްވެދިކް ބޭސްވެރިކަމުގެ މަސައްކަތް ކުރާގޮތް ބަލާފައި ވުމާއި، ފ. އަތޮޅު ސްޓޯރަށް ބޭނުންވާ މުދާ ގަތުމާއި އަދި ކޮލަންބޯގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ޒިޔާރަތްކޮށް ފޮރިން ސަރވިސްގެ މަސައްކަތްތަކައި ގުޅޭގޮތުން މައުލޫމާތު ހޯދާފައިވާ ކަމަށް ދަތުރު ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. 

އޮޑިޓުގައި ބުނީ މި ކަންތައްތަކަކީ ކައުންސިލް އިދާރާއިން ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅުންހުރި ކަންކަން ނޫން ކަމަށެވެ. 

ސްރީލަންކާއޮޑިޓް ރިޕޯޓްފިނޭންސް މިނިސްޓްރީފ. އަތޮޅު ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ލަންކާ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ލަންކާ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

19 ފެބުރުއަރީ 2026
މީހުންނަށް އުނދަގޫ ކުރާ ރާމާމަކުނު ބަންދު ކުރަން ސްރީ ލަންކާ ގައި ޑިޓެންޝަން ސެންޓަރުތަކެއް ހަދަނީ

މީހުންނަށް އުނދަގޫ ކުރާ ރާމާމަކުނު ބަންދު ކުރަން ސްރީ ލަންކާ ގައި ޑިޓެންޝަން ސެންޓަރުތަކެއް ހަދަނީ

11 ފެބުރުއަރީ 2026
ކަރަޕްޝަން ގެ ނުރައްކާ ސަހައްދުގައި އެންމެ ކުޑަ ބޫޓާން އާއި ރާއްޖެ އާ ދެމެދު 73 ދަރަޖައިގެ ތަފާތު!

ކަރަޕްޝަން ގެ ނުރައްކާ ސަހައްދުގައި އެންމެ ކުޑަ ބޫޓާން އާއި ރާއްޖެ އާ ދެމެދު 73 ދަރަޖައިގެ ތަފާތު!

11 ފެބުރުއަރީ 2026
ފަތުރުވެރި ކަމުގެ ރެކޯޑެއް ރާއްޖެ އިން ޖެނުއަރީ މަހު ހެދި ކަމަށް ބުނެ މިނިސްޓަރު ތޯރިގް ފޮނި ކެނޑުއްވި އިރު ސްރީލަންކާ އިން ޖެނުއަރީ މަހު ހެދި ރިކޯޑު މާ މަތި!

ފަތުރުވެރި ކަމުގެ ރެކޯޑެއް ރާއްޖެ އިން ޖެނުއަރީ މަހު ހެދި ކަމަށް ބުނެ މިނިސްޓަރު ތޯރިގް ފޮނި ކެނޑުއްވި އިރު ސްރީލަންކާ އިން ޖެނުއަރީ މަހު ހެދި ރިކޯޑު މާ މަތި!

04 ފެބުރުއަރީ 2026
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުންނާއި ދަރިކަލުން ނަމާލުު ތަހުގީގީ އިދާރާތަކަށް ހާޒިކޮށް ބަޔާން ނަގައިފި

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުންނާއި ދަރިކަލުން ނަމާލުު ތަހުގީގީ އިދާރާތަކަށް ހާޒިކޮށް ބަޔާން ނަގައިފި

03 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު