Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އިޒްރޭލްގެ ޖާސޫސީ އިދާރާގެ މައި މަރުކަޒަށް އީރާން އިން ޑްރޯން ހަމަލާ ތަކެއް ދީފި

އީރާން އިން ބުނެފައި ވަނީ އިޒްރޭލްގެ ވެރި ރަށް، ތެލް އަވީވްގައި ހުންނަ އެ ޤައުމުގެ ދާޚިލީ ސަލާމަތާ ބެހޭ ޖަސޫސީ އިދާރާ، ޝިން ބެޓްގެ މައި މަރުކަޒަށް ދިން ހަމަލާ އަކީ އީރާންގެ އަސްކަރީ ޤާބިލުކަން ދައްކާލުމުގެ ގޮތުން ދިން ވަރުގަދަ ހަމަލާއެއް ކަމަަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މާރިޗު 2026 | ބުރާސްފަތި 08:51
އިޒްރޭލް އަށް އަމާޒުކޮށް މީގެ ކުރިން އީރާން އިން ދީފައިވާ ހަމަލާއެއްގެ ތެރެއިން

އިޒްރޭލް އަށް އަމާޒުކޮށް މީގެ ކުރިން އީރާން އިން ދީފައިވާ ހަމަލާއެއްގެ ތެރެއިން | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ އަށް ރައްދު ދިނުމުގެ ގޮތުން، އިޒްރޭލްގެ ޖާސޫސީ އިދާރާގެ މައި މަރުކަޒަށް ޑްރޯން ހަމަލާ ތަކެއް ދީފައިވާ ކަމަށް އީރާން އިން ބުނެފި އެވެ. 

އީރާންގެ އަސްކަރިއްޔާ އިން ބުނެފައ ވަނީ އިޒްރޭލްގެ ޖާސޫސީ އިދާރާ، ޝިން ބެޓްގެ މައި މަރުކަޒާއި، އެ ޤައުމުގެ ވައިގެ ސިފައިންގެ ދެ މަރުކަޒަކަށް އަމާޒުކޮށް ޑްރޯން ހަމަލާ ތަކެއް ދީފައިވާ ކަމަށެވެ. މި ހަމަލާތައް އީރާން އިން ދީފައި ވަނީ އިޒްރޭލްގެ ވެރި ރަށް ތެލް އަވީވްގައި ހުންނަ ޖާސޫސީ އިދާރާގެ މަރުކަޒު އަދި އެ ޤައުމުގެ ދެކުނާއި ހުޅަނގުގެ ސަރަހައްދު ތަކަށެވެ. 

އީރާންގެ ރަސްމީ ނޫސް އެޖެންސީ ކަމަށްވާ އިރްނާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ހަމަލާ ތަކުގައި އަމާޒު ކޮށްފައި ވަނީ މެޑިޓެރޭނިއަން ކަނޑުގެ އައްސޭރިފަށުގައި އޮންނަ ޔަވްނޭ ސިޓީގެ ހުޅަނގުގައި ހުންނަ ޕްލްމާކިމް އެއަރބޭސް އަށެވެ. މީގެ އިތުރުން އިޒްރޭލްގެ ދެކުނުގައި އޮންނަ އޮވްދާ އެއަރބޭސް އަށް ވެސް އީރާން އިން ޑްރޯން ތަކުން ހަމަލާ ދީފައިވާ ކަމަށް އެ ޤައުމުގެ އަސްކަރިއްޔާ އިން ވަނީ ކަށަވަރު ކޮށްދީފަ އެވެ. 

އީރާން އިން ބުނެފައި ވަނީ އިޒްރޭލްގެ ވެރި ރަށް، ތެލް އަވީވްގައި ހުންނަ އެ ޤައުމުގެ ދާޚިލީ ސަލާމަތާ ބެހޭ ޖަސޫސީ އިދާރާ، ޝިން ބެޓްގެ މައި މަރުކަޒަށް ދިން ހަމަލާ އަކީ އީރާންގެ އަސްކަރީ ޤާބިލުކަން ދައްކާލުމުގެ ގޮތުން ދިން ވަރުގަދަ ހަމަލާއެއް ކަމަަށެވެ. މި ހަމަލާ ތަކުގައި އިޒްރޭލްގެ އަސްކަރީ މަރުކަޒު ތަކަށް ލިބުނު ގެއްލުން ތަކުގެ ތަފްސީލެއް މިހާތަނަށް އެ ޤައުމުން ހާމަ ކޮށްފައި ނުވެ އެވެ. 

މި ހަމަލަ ތަކަކީ ސަރަހައްދީ މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި އީރާން އިން ދިން ހަމަލާ ތަކެކެވެ. އީރާންގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި މި ހަމަލާ ތަކުގައި ބޭނުން ކޮށްފައި ވަނީ އަމިއްލަ އަށް ގޮވާ ގޮތަށް ފަރުމާ ކޮށްފައިވާ ޒަމާނީ ޑްރޯން ތަކެކެވެ. އިޒްރޭލްގެ ވައިގެ ދިފާއީ ނިޒާމު ތަކުން ބައެއް ޑްރޯންތައް ވައްޓާލާފައިވާ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، އީރާން އިން ބުނަނީ ކަނޑައެޅިފައިވާ އަމާޒު ތަކަށް ހަމަލާ އަރާފައިވާ ކަމަށެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޝިން ބެޓް

އިތުރަށް ކިޔާލަން

12 މާރިޗު 2026

އީރާންގެ ވެރިންނާއި ތަންތަން ހިމެނޭހެން، 19 އޮފިޝަލަކާ ދެކޮޅަށް އީޔޫ އިން އައު ފިޔަވަޅު ތަކެއް އަޅައިފި

12 މާރިޗު 2026
އީރާންގެ ވެރިންނާއި ތަންތަން ހިމެނޭހެން، 19 އޮފިޝަލަކާ ދެކޮޅަށް އީޔޫ އިން އައު ފިޔަވަޅު ތަކެއް އަޅައިފި
12 މާރިޗު 2026

ތެލުގެ އަގު ނުހައްގުން އުފުލާ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން: ބޮޑު ވަޒީރު ސްޓާމަރ

12 މާރިޗު 2026
ތެލުގެ އަގު ނުހައްގުން އުފުލާ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން: ބޮޑު ވަޒީރު ސްޓާމަރ
12 މާރިޗު 2026

ތައިލެންޑުގެ ބޯޓަކަށް ހަަމަލާ ދިނުމާ ގުޅިގެން، އީރާންގެ ސަފީރު އެ ޤައުމުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރު ކޮށްފި

12 މާރިޗު 2026
ތައިލެންޑުގެ ބޯޓަކަށް ހަަމަލާ ދިނުމާ ގުޅިގެން، އީރާންގެ ސަފީރު އެ ޤައުމުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރު ކޮށްފި
12 މާރިޗު 2026

ހަނގުރާމަ ހުއްޓާލުމަށް އީރާންގެ ރައީސް ހުށަހެޅުއްވީ ތިން ޝަރުތެއް

12 މާރިޗު 2026
ހަނގުރާމަ ހުއްޓާލުމަށް އީރާންގެ ރައީސް ހުށަހެޅުއްވީ ތިން ޝަރުތެއް
12 މާރިޗު 2026

އީރާން އޮތީ ނެތި ދިޔުމާ ގާތުގައި، އެމެރިކާ އޮތީ ވަރަށް ވަރުގަދަކޮށް: ޓްރަމްޕް

12 މާރިޗު 2026
އީރާން އޮތީ ނެތި ދިޔުމާ ގާތުގައި، އެމެރިކާ އޮތީ ވަރަށް ވަރުގަދަކޮށް: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު