Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތެލުގެ އަގު ފިޔަވަޅު

ތެލުގެ އަގު ނުހައްގުން އުފުލާ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން: ބޮޑު ވަޒީރު ސްޓާމަރ

އުތުރު އަޔަލެންޑުގެ ގިނަ ގެ ތަކެއްގައި ހީޓިން އޮއިލް ބޭނުން ކުރާކަން ފާހަގަ ކުރައްވައި ބޮޑު ވަޒީރު ވިދާޅުވީ، އިންސާފުވެރި ގޮތެއްގައި އަގުތައް ހުންނަން ޖެހޭނެ ކަމަށް. އެއާ އެކު ބޮޑު ވަޒީރު ވިދާޅުވީ، ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދު ގަސްދުގައި ބޮޑުވާ ގޮތަށް ކަންކަން ކުުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މާރިޗު 2026 | ބުރާސްފަތި 08:23
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑު ދަތި ކަމެއް ކުރިމަތިވެފައިވާއިރު، ނުހައްގު ގޮތުގައި ތެލުގެ އަގު އުފުލާ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމަރ ވިދާޅުވެއްޖެ އެވެ. 

އުތުރު އަޔަލެންޑް އަށް ކުރެއްވި ދަތުރުފުޅުގައި ބޮޑު ވަޒީރު ސްޓާމަރ ވިދާޅުވީ، ކުންފުނި ތަކުން ކަސްޓަމަރުންނަށް ޚިޔާނާތްތެރިވެ، ނުހައްގު ގޮތުގައި ހީޓިން އޮއިލްގެ އަގު ބޮޑު ކުރާ ނަމަ، ސަރުކަރުން ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށެވެ.  އުތުރު އަޔަލެންޑުގެ ގިނަ ގެ ތަކެއްގައި ހީޓިން އޮއިލް ބޭނުން ކުރާކަން ފާހަގަ ކުރައްވައި ބޮޑު ވަޒީރު ވިދާޅުވީ، އިންސާފުވެރި ގޮތެއްގައި އަގުތައް ހުންނަން ޖެހޭނެ ކަމަށެވެ. އެއާ އެކު ބޮޑު ވަޒީރު ވިދާޅުވީ، ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދު ގަސްދުގައި ބޮޑުވާ ގޮތަށް ކަންކަން ކުުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 

އުތުރު އަޔަލެންޑުގެ ގެތަކުގެ ތެރެއިން ދެބައި ކުޅަ ތިން ބައި ވަރަކަށް ހިސާބަކަށް ހަމަވާ ފަސްދޮޅަށް އިންސައްތަ ގެތަކުގައި ހީޓިންގ އޮއިލް ބޭނުން ކުރަމުން އަންނައިރު، މިއީ އިނގިރޭސިވިލާތުގައި އެންމެ ބޮޑު އިންސައްތަ އެވެ. އިންޑަސްޓްރީގެ މައުލޫމާތުތައް ދައްކާ ގޮތުގުގައި އެމެރިކާ އިން އީރާން އަށް ދިން ހަމަލާ އަށް ފަހު، އަގުތައް ވަނީ ދެ ގުނަ މައްޗަށް އުފުލިފަ އެވެ. 

ބޮޑު ވަޒީރު ސްޓާމަރ ވިދާޅުވީ، ކުންފުނި ތަކުން އެއްވެސް ސަބަބެއް ނެތި އަގުތައް އުފުލައިފި ނަމަ ސަރުކާރުން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އިތުރަށް ބޮޑު ވަޒީރު ވިދާޅުވީ ބައިނަލްއަޤުވާމީ ގޮތުން ދިމާވެފައިވާ ޙާލަތާ ކުރިމަތިލާން ސަރުކާރުން މަސައްކަތް ކުރާއިރު، ރައްޔިތުންގެ ދިރިއުޅުމަށް ހަގީގީ އަސަރު ކުރާ ކަންކަން ކޮށްގެން ނުވާނެ ކަމަށެވެ. ޚާއްސަކޮށް ހަނގުރާމައިގެ ސަބަބުން މާލީ ގޮތުންް ދަތި ތަކެއް ކުރިމަތި ވާނެ ކަން އެނގިވަަޑައިގަންނަވާ ކަމަށް ވެސް ބޮޑު ވަޒީރު ވަނީ ވިދާޅުވެފަ އެވެ. 

މަސްދަރު: ބީބީސީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިނގިރޭސިވިލާތްކީ ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)

އިތުރަށް ކިޔާލަން

12 މާރިޗު 2026

ތައިލެންޑުގެ ބޯޓަކަށް ހަަމަލާ ދިނުމާ ގުޅިގެން، އީރާންގެ ސަފީރު އެ ޤައުމުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރު ކޮށްފި

12 މާރިޗު 2026
ތައިލެންޑުގެ ބޯޓަކަށް ހަަމަލާ ދިނުމާ ގުޅިގެން، އީރާންގެ ސަފީރު އެ ޤައުމުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރު ކޮށްފި
12 މާރިޗު 2026

ހަނގުރާމަ ހުއްޓާލުމަށް އީރާންގެ ރައީސް ހުށަހެޅުއްވީ ތިން ޝަރުތެއް

12 މާރިޗު 2026
ހަނގުރާމަ ހުއްޓާލުމަށް އީރާންގެ ރައީސް ހުށަހެޅުއްވީ ތިން ޝަރުތެއް
12 މާރިޗު 2026

އީރާން އޮތީ ނެތި ދިޔުމާ ގާތުގައި، އެމެރިކާ އޮތީ ވަރަށް ވަރުގަދަކޮށް: ޓްރަމްޕް

12 މާރިޗު 2026
އީރާން އޮތީ ނެތި ދިޔުމާ ގާތުގައި، އެމެރިކާ އޮތީ ވަރަށް ވަރުގަދަކޮށް: ޓްރަމްޕް
12 މާރިޗު 2026

ސްޕެއިން އިން އިޒްރޭލް އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ވަކި ކޮށްފި

12 މާރިޗު 2026
ސްޕެއިން އިން އިޒްރޭލް އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ވަކި ކޮށްފި
12 މާރިޗު 2026

މެދު އިރުމަތީގެ މަސްރަހާ ގުޅޭ ގޮތުން ވަލީ އަހުދު މުޙައްމަދާއި، އިރާޤުގެ ބޮޑު ވަޒީރު މަޝްވަރާ ކުރައްވައިފި

12 މާރިޗު 2026
މެދު އިރުމަތީގެ މަސްރަހާ ގުޅޭ ގޮތުން ވަލީ އަހުދު މުޙައްމަދާއި، އިރާޤުގެ ބޮޑު ވަޒީރު މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު