Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ސްޕެއިން އިން އިޒްރޭލް އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ވަކި ކޮށްފި

12 މާރިޗު 2026 | ބުރާސްފަތި 07:21

ސްޕެއިންގެ ފޮރިން މިނިސްޓްރީގެ މަސްދަރަކުން ހާމަ ކޮށްފައިވާ ގޮތުގައި، އިޒްރޭލްގައި ހުންނަ ސްޕެއިންގެ އެމްބަސީގެ މަސައްކަތް ކުރިއަށް ގެންދާނީ ޗާޖް ޑިއެފެއާޒެއްގެ ބެލުމުގެ ދަށުން. އެއީ ސަފީރުގެ މަޤާމަށް ވުރެ ދަށު ދަރަޖައިގެ ސިޔާސީ މަޤާމެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މާރިޗު 2026 | ބުރާސްފަތި 07:21
ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް

ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް | ގެޓީ އިމޭޖަސް

ސްޕެއިންގެ ސަރުކާރުން އިޒްރޭލް އަށް ކަނޑައަޅާފައި ހުރި ސަފީރު ވަކި ކޮށްފައިވާ ކަމަށް، ސްޕެއިން އިން ހާމަ ކޮށްފި އެވެ.

ބުދަ ދުވަހު ސްޕެއިން އިން މިކަން ހާމަ ކޮށްފައިވާއިރު، މިއީ ސްޕެއިން އާއި އިޒްރޭލްއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ވަގުތެއްގައި ސްޕެއިން އިން ނިންމާފައިވާ ނިންމުމެކެވެ. ޚާއްސަކޮށް އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނައިރު، ސްޕެއިން އިން ވަނީ ފާޅުގައި އެކަމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ. 

ސްޕެއިންގެ ފޮރިން މިނިސްޓްރީގެ މަސްދަރަކުން ހާމަ ކޮށްފައިވާ ގޮތުގައި، އިޒްރޭލްގައި ހުންނަ ސްޕެއިންގެ އެމްބަސީގެ މަސައްކަތް ކުރިއަށް ގެންދާނީ ޗާޖް ޑިއެފެއާޒެއްގެ ބެލުމުގެ ދަށުންނެވެ. އެއީ ސަފީރުގެ މަޤާމަށް ވުރެ ދަށު ދަރަޖައިގެ ސިޔާސީ މަޤާމެކެވެ. 

ސްްޕެއިން އިން މި ނިންމުން ނިންމާފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ސްޕެއިންއާ ދެމެދު ވެސް އޮތީ ނުތަނަވަސްކަން އުފެދިފަ އެވެ. އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ ސްޕެއިން އިން ކުށްވެރި ކޮށްފައިވާއިރު، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ސްޕެއިން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

ސްޕެއިންގެ ފޮރިން މިނިސްޓަރު ހޯސޭ މެނުއެލް އަލްބާރޭސް އަންގާރަ ދުވަހު ނޫސްވެރިންނާ މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމެރިކާގެ ރައީސް ޓްރަމްޕްގެ ބިރު ދެއްކުންތަކާ ނުލައި، ސްޕެއިން އާއި އެމެރިކާގެ ގުޅުން އާންމު ގޮތެއްގައި ކުރިއަށްދާ ކަމަށެވެ. އޭނާ ވިދާޅުވީ އެމެރިކާާގައި ހުންނަ ސްޕެއިންގެ އެމްބަސީ އާއި، ސްޕެއިންގައި ހުންނަ އެމެރިކާގެ އެމްބަސީގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދާ ކަމަށެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި، ސްޕެއިންގައި ހުންނަ އެމެރިކާގެ ބޭސްތައް ބޭނުން ކުރުމުގެ ހުއްދަ ނުދެއްވާނެ ކަމަށް ސްޕެއިންގެ ބޮޑު ވަޒިރު ޕެޑްރޯ ސަންޗޭޒް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި އެމެރިކާ އާއި އިޒްރޭލް އިން ކުރިއަށް ގެންދަނީ ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފު އަމަލު ތަކެއް ކަމަށް ވެސް އޭނަ ވިދާޅުވެފައިވެ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ސްޕެއިންސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

14 އެޕްރީލު 2026

އެއްބަސްވުމަކާ "އިންޗިއެއްހާ" ކައިރި އަށް ދެވުނު: އީރާންގެ ފޮރިން މިނިސްޓަރު

14 އެޕްރީލު 2026
އެއްބަސްވުމަކާ "އިންޗިއެއްހާ" ކައިރި އަށް ދެވުނު: އީރާންގެ ފޮރިން މިނިސްޓަރު
14 އެޕްރީލު 2026

އެމެރިކާ އާއި އީރާންއާ ދެެމެދު ދެ ވަނަ ބުރުގެ މަޝްވަރާ ތަކެއް ބާއްވަން ޕާކިސްތާން އިން ހުށަހަޅައިފި

14 އެޕްރީލު 2026
އެމެރިކާ އާއި އީރާންއާ ދެެމެދު ދެ ވަނަ ބުރުގެ މަޝްވަރާ ތަކެއް ބާއްވަން ޕާކިސްތާން އިން ހުށަހަޅައިފި
13 އެޕްރީލު 2026

އީރާނުގެ ބަނދަރުތަކަށް ހަމަލާދީފި ނަމަ ސަރަހައްދުގެ އެއްވެސް ބަނދަރަކީ އަމާން ތަނެއްގެ ގޮތުގައި ނޯންނާނެ: އީރާން

13 އެޕްރީލު 2026
އީރާނުގެ ބަނދަރުތަކަށް ހަމަލާދީފި ނަމަ ސަރަހައްދުގެ އެއްވެސް ބަނދަރަކީ އަމާން ތަނެއްގެ ގޮތުގައި ނޯންނާނެ: އީރާން
13 އެޕްރީލު 2026

އީރާނުގެ ބަނދަރުތައް ބަންދުކުރުމާ ކުރިމަތިލާ އުޅަނދުތައް ނައްތާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

13 އެޕްރީލު 2026
އީރާނުގެ ބަނދަރުތައް ބަންދުކުރުމާ ކުރިމަތިލާ އުޅަނދުތައް ނައްތާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
13 އެޕްރީލު 2026

އީރާނަށް އަނެއްކާ ވެސް ހަމަލާ ދިނުމަށް ޓްރަމްޕް ވިސްނަވަމުންދާކަމަށް ރިޕޯޓްތައް ބުނެފި

13 އެޕްރީލު 2026
އީރާނަށް އަނެއްކާ ވެސް ހަމަލާ ދިނުމަށް ޓްރަމްޕް ވިސްނަވަމުންދާކަމަށް ރިޕޯޓްތައް ބުނެފި
13 އެޕްރީލު 2026

އީރާން އިން މަޝްވަރާ ތަކުގައި ބައިވެރި ނުވިޔަސް، އަހަރުންނަށް ހެޔޮ: ޓްރަމްޕް

13 އެޕްރީލު 2026
އީރާން އިން މަޝްވަރާ ތަކުގައި ބައިވެރި ނުވިޔަސް، އަހަރުންނަށް ހެޔޮ: ޓްރަމްޕް
13 އެޕްރީލު 2026

ނޭޓޯ އަށް ކުރާ ޚަރަދާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހޭ، އެކަން މުރާޖައާ ކުރަނީ

13 އެޕްރީލު 2026
ނޭޓޯ އަށް ކުރާ ޚަރަދާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހޭ، އެކަން މުރާޖައާ ކުރަނީ
13 އެޕްރީލު 2026

އެމެރިކާގެ ބިރު ދެއްކުން ތަަކަށް އީރާން އިން ބޯ ގުދު ނުކުރާނެ: ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

13 އެޕްރީލު 2026
އެމެރިކާގެ ބިރު ދެއްކުން ތަަކަށް އީރާން އިން ބޯ ގުދު ނުކުރާނެ: ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
12 އެޕްރީލު 2026

ހޮރްމޫޒް ކަނޑުއޮޅީގެ ތަޅުދަނޑި އޮތީ އީރާނުގެ އަތުގައި: ވަލަޔާތީ

12 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅީގެ ތަޅުދަނޑި އޮތީ އީރާނުގެ އަތުގައި: ވަލަޔާތީ
12 އެޕްރީލު 2026

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މަތީ ދެމި ތިބުމަށް، އެމެރިކާ އާއި އީރާން އަށް ޕާކިސްތާން އިން ގޮވާލައިފި

12 އެޕްރީލު 2026
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މަތީ ދެމި ތިބުމަށް، އެމެރިކާ އާއި އީރާން އަށް ޕާކިސްތާން އިން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް