Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާން އޮތީ ނެތި ދިޔުމާ ގާތުގައި، އެމެރިކާ އޮތީ ވަރަށް ވަރުގަދަކޮށް: ޓްރަމްޕް

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މިހާރު އީރާންގެ މުޅި ސަރަހައްދު އޮތީ އެމެރިކާގެ ބާރުގެ ދަށުގައި ކަމަށް. އެހެންކަމުން ދެން އެމެރިކާ އިން އެންމެ ބޮޑު ސަމާލު ކަމެއް ދޭނީ ހޮރުމޯޒް ކަނޑު އޮޅި އަށް ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 މާރިޗު 2026 | ބުރާސްފަތި 08:10
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދަމުން އަންނަ ހަނގުރާމައިގައި، އެމެރިކާ އޮތީ ވަރަށް ވަރުގަދަކޮށް ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަނގުރާމައިގައި އެމެރިކާ އޮތީ ވަރަށް ވަރުގަދަކޮށް ކަމަށާއި، ކޮންމެ ފަދަ ޙާލަތަކަށް ދިޔަ ނަމަވެސް އެމެރިކާގެ ވަރުގަދަކަން ފެންނާނެ ކަމަށެވެ. ހަމަ އެހެންމެ، ކުރިއަށް އޮތް ތަނުގައި ހޮރުމޯޒް ކަނޑު އޮޅި އަށް ވަރަށް ބޮޑަށް ފޯކަސް ކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރު ތަކަށް ބޮޑެތި ލޮޅުން ތަކެއް އަރަމުން އަންނައިރު، އީރާން އިން ބުނަމުން އަންނަނީ އެމެރިކާ އާއި އިޒްރޭލް އިން ދެމުން އަންނަ ހަމަލާތައް ހުއްޓާ ނުލާ ނަމަ، މެދު އިރުމަތީގެ ސަރަހައްދުން ތެޔޮ ބޭރު ކުރުން ހުއްޓުވާނެ ކަމަށެވެ. އެ ސަރަހައްދުން ދަތުރު ކުރަމުން އަންނަ އުޅަނދު ތަކަށް އީރާން އިން ހުރަސް އަޅަމުން އަންނައިރު، އެކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފަ އެވެ. 

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މިހާރު އީރާންގެ މުޅި ސަރަހައްދު އޮތީ އެމެރިކާގެ ބާރުގެ ދަށުގައި ކަމަށެވެ. އެހެންކަމުން ދެން އެމެރިކާ އިން އެންމެ ބޮޑު ސަމާލު ކަމެއް ދޭނީ ހޮރުމޯޒް ކަނޑު އޮޅި އަށް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މި ހަފުތާގެ ކުރީ ކޮޅު އެމެރިކާގެ ސީބީއެސް ނިއުސް އަށް ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް ވަނީ، ހޮރުމޯޒް ކަނޑު އޮޅި ވެސް އެމެރިކާގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމަށް ވިސްނަމުންދާ ކަމަށެވެ. 

މީގެ އިތުރުން، މިހާރު އީރާން އޮތީ ބަލިވުމުގެ މަގު މަތީގައި ކަަމށް ފާހަގަ ކުރައްވައި ޓްރަމްޕް ވަނީ ވަރުގަދަ އިންޒާރެއް އަނެއްކާ ވެސް ދެއްވައިފަ އެވެ. އެގޮތުން އެމެރިކާގެ ސިފައިން ދޭ ހަމަލާތައް ވަރުގަދަ ކޮށްފި ނަމަ، އީރާން އަކީ އަލުން އާރާސްތު ނުކުރެވޭ ވަރުގެ ޤައުމަކަށް ވެގެންދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ، އީރާން މިހާރު އޮތީ އެ ޤައުމުގެ ނިމުމާއި ނުވަތަ ނެތި ދިޔުމާ ވަރަށް ގާތުގައި ކަމަށެވެ. 

އިތުރަށް ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާންގެ ވެރި ރަށް ތެހެރާންގެ އިތުރުން، އެ ޤައުމުގެ އެހެން ސަަރަހައްދު ތަކަށް ހަމަލާ ދިނުމުގެ ޤާބިލުކަން އެމެރިކާ އަށް އޮތް ކަމަށެވެ. ނަމަވެސް، އެފަދަ ހަމަލާ ތަކެއް ދީފި ނަމަ އީރާން އަލުން ބިނާ ކުރުމަކީ މުސްތަހީލު ކަމަކަށް ވާނެ ކަމަށާއި، އެއީ އެމެރިކާ އިން އެދޭ ގޮތް ނޫން ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

މަސްދަރު: އެޖެންސީސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕެއިން އިން އިޒްރޭލް އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ވަކި ކޮށްފި

ސްޕެއިން އިން އިޒްރޭލް އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ވަކި ކޮށްފި

12 މާރިޗު 2026
މެދު އިރުމަތީގެ މަސްރަހާ ގުޅޭ ގޮތުން ވަލީ އަހުދު މުޙައްމަދާއި، އިރާޤުގެ ބޮޑު ވަޒީރު މަޝްވަރާ ކުރައްވައިފި

މެދު އިރުމަތީގެ މަސްރަހާ ގުޅޭ ގޮތުން ވަލީ އަހުދު މުޙައްމަދާއި، އިރާޤުގެ ބޮޑު ވަޒީރު މަޝްވަރާ ކުރައްވައިފި

12 މާރިޗު 2026
އީރާން ކުށްވެރި ކުރުމާ އެކު، ވަގުތުން ހަމަލާތައް ހުއްޓާލަން ގޮވާލައި ސެކިއުރިޓީ ކައުންސިލް އިން ޤަރާރެއް ފާސް ކޮށްފި

އީރާން ކުށްވެރި ކުރުމާ އެކު، ވަގުތުން ހަމަލާތައް ހުއްޓާލަން ގޮވާލައި ސެކިއުރިޓީ ކައުންސިލް އިން ޤަރާރެއް ފާސް ކޮށްފި

12 މާރިޗު 2026
ތެލުގެ އަގު ހެޔޮ ކުރުމަށް، ސްޓްރެޓީޖިކް ރިޒާވް ބޭނުން ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ތެލުގެ އަގު ހެޔޮ ކުރުމަށް، ސްޓްރެޓީޖިކް ރިޒާވް ބޭނުން ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

12 މާރިޗު 2026
އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު ވަޒީރު ވިދާޅުވެއްޖެ

އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު ވަޒީރު ވިދާޅުވެއްޖެ

12 މާރިޗު 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު