Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

މެދު އިރުމަތީގެ މަސްރަހާ ގުޅޭ ގޮތުން ވަލީ އަހުދު މުޙައްމަދާއި، އިރާޤުގެ ބޮޑު ވަޒީރު މަޝްވަރާ ކުރައްވައިފި

މި މަޝްވަރާ ތަކުގައި އިރާޤުގެ ބޮޑު ވަޒީރު އަލް ސުދާނީ ވަނީ، ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވާ ފަދަ ހަމަލާތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެފައި. އަދި މަސްރަހު ފިނި ކުރުމަށްޓަކައި އެޅެން ހުރި ފިޔަވަޅު ތަކާ ގުޅޭ ގޮތުން ވެސް، ވަލީ އަހުދު މުޙައްމަދާއި، އިރާޤުގެ ބޮޑު ވަޒީރު އަލް ސުދާނީ ވަނީ މަޝްވަރާ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މާރިޗު 2026 | ބުރާސްފަތި 05:52
ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އާއި، އިރާޤުގެ ބޮޑު ވަޒީރު މުޙައްމަދު ޝިއާ އަލް ސުދާނީ

ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އާއި، އިރާޤުގެ ބޮޑު ވަޒީރު މުޙައްމަދު ޝިއާ އަލް ސުދާނީ | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދަމުން އަންނަ ހަނގުރާމައިގެ ސަބަބުން މެދު އިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އާއި، އިރާޤުގެ ބޮޑު ވަޒީރު މުޙައްމަދު ޝިއާ އަލް ސުދާނީ މަަޝްވަރާ ކުރައްވައިފި އެވެ.

ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ބުދަ ދުވަހު ވަލީ އަހުދު މުޙައްމަދާއި އިރާޤުގެ ބޮޑު ވަޒީރު މަޝްވަރާ ކުރައްވާފައި ވަނީ ފޯނުން ގުޅުއްވައިގެންނެވެ. އެ ފޯނު ކޯލުގައި ވަނީ ސަރަހައްދީ މަސްރަހު ހޫނުުވަމުންދާ ދިޔުމާއި، އޭގެ ސަބަބުން ސަރަހައްދީ ސަލާމަތާއި ހަމަ ޖެހުމަށް ކުރާނެ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފަ އެވެ. 

މި މަޝްވަރާ ތަކުގައި އިރާޤުގެ ބޮޑު ވަޒީރު އަލް ސުދާނީ ވަނީ، ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވާ ފަދަ ހަމަލާތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މަސްރަހު ފިނި ކުރުމަށްޓަކައި އެޅެން ހުރި ފިޔަވަޅު ތަކާ ގުޅޭ ގޮތުން ވެސް، ވަލީ އަހުދު މުޙައްމަދާއި، އިރާޤުގެ ބޮޑު ވަޒީރު އަލް ސުދާނީ ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އިސްވެ އީރާން އަށް ހަމަލާ ދީ، އެ ޤައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމާ ގުޅިގެން، އީރާން އިން ގެންދަނީ އެކަމުގެ ރައްދުގައި ހަމަލާ ދެމުންނެވެ. މައިގަނޑު ގޮތެއްގައި އީރާން އިން ހަމަލާ ދީފައި ވަނީ ސަރަހައްދުގައި ހުރި އެމެރިކާގެ ބޭސް ތަކާއި، އެމްބަސީ ތަަކަށެވެ. އެ ހަމަލާތައް ހުއްޓުވަން މަސައްކަތް ކުރުމުގެ ތެރޭގައި، ސަރަހައްދުގެ ޤައުމު ތަކަށް ވަނީ ހަމަލާ ތަކުގެ އަސަރު ކޮށްފަ އެވެ. 

ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ކެބިނެޓުން އަންގާރަ ދުވަހު ނިންމާފައި ވަނީ، އީރާން އިން ދެމުންދާ ހަމަލާތައް ކުށްވެރި ކުރާ ކަމަށެވެ. މިއީ އެމެރިކާ އާއި އިޒްރޭލް އިން އިސްވެ ހަމަލާ ދިނުމުގެ ސަބަބުން ފެށުނު ހަނގުރާމަ އަކަށް ވީ ނަމަވެސް، އެ ބައްދަލުވުމުގައި އެ ދެ ޤައުމުގެ ވާހަކަ ދައްކާފައި ނުވާ ކަމަށް ރިޕޯޓު ތަކުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންމުޙައްމަދު ޝިޔާއު އަލް ސުދާނީ

އިތުރަށް ކިޔާލަން

12 މާރިޗު 2026

އީރާން ކުށްވެރި ކުރުމާ އެކު، ވަގުތުން ހަމަލާތައް ހުއްޓާލަން ގޮވާލައި ސެކިއުރިޓީ ކައުންސިލް އިން ޤަރާރެއް ފާސް ކޮށްފި

12 މާރިޗު 2026
އީރާން ކުށްވެރި ކުރުމާ އެކު، ވަގުތުން ހަމަލާތައް ހުއްޓާލަން ގޮވާލައި ސެކިއުރިޓީ ކައުންސިލް އިން ޤަރާރެއް ފާސް ކޮށްފި
12 މާރިޗު 2026

ތެލުގެ އަގު ހެޔޮ ކުރުމަށް، ސްޓްރެޓީޖިކް ރިޒާވް ބޭނުން ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

12 މާރިޗު 2026
ތެލުގެ އަގު ހެޔޮ ކުރުމަށް، ސްޓްރެޓީޖިކް ރިޒާވް ބޭނުން ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
12 މާރިޗު 2026

އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު ވަޒީރު ވިދާޅުވެއްޖެ

12 މާރިޗު 2026
އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު ވަޒީރު ވިދާޅުވެއްޖެ
12 މާރިޗު 2026

އީރާން ހަނގުރާމައިގެ ފުރަތަމަ ހަފުތާގައި އެމެރިކާ އިން 11.3 ބިލިއަން ޑޮލަރު ޚަރަދުކޮށްފި

12 މާރިޗު 2026
އީރާން ހަނގުރާމައިގެ ފުރަތަމަ ހަފުތާގައި އެމެރިކާ އިން 11.3 ބިލިއަން ޑޮލަރު ޚަރަދުކޮށްފި
12 މާރިޗު 2026

އީރާނުގެ ސަރުކާރު އޮތީ ބަދަހިކޮށް، ވެރިކަން ވެއްޓުމުގެ ނުރައްކަލެއް ނެތް: އެމެރިކާގެ އިންޓެލިޖެންސް

12 މާރިޗު 2026
އީރާނުގެ ސަރުކާރު އޮތީ ބަދަހިކޮށް، ވެރިކަން ވެއްޓުމުގެ ނުރައްކަލެއް ނެތް: އެމެރިކާގެ އިންޓެލިޖެންސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު