Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ތެލުގެ އަގު ހެޔޮ ކުރުމަށް، ސްޓްރެޓީޖިކް ރިޒާވް ބޭނުން ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

12 މާރިޗު 2026 | ބުރާސްފަތި 05:40

މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލިގެން ދިޔުން ކޮންޓްރޯލް ކުރުމަށް އެމަޖެންސީ ތެލުގެ ރިޒާވް އިން 400 މިލިއަން ބެރަލް ބާޒާރަށް ނެރުމަށް، ބުދަ ދުވަހުގެ ކުރީ ކޮޅު އިންޓަނޭޝަނަލް އެނާޖީ އެޖެންސީ އިން ނިންމި. ތެލުގެ އަގު ހެޔޮ ކުރުމަށް އެމެރިކާގެ ޕެޓްރޯލިއަމް ރިޒާވް ބޭނުން ކުރައްވާނެ ކަމަށް، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މާރިޗު 2026 | ބުރާސްފަތި 05:40
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާ އަށް އުފުލިފައިވާއިރު، ތެލުގެ އަގު ހެޔޮ ކުރުމަށް އެމެރިކާގެ ޕެޓްރޯލިއަމް ރިޒާވް ބޭނުން ކުރައްވާނެ ކަމަށް، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ސިންސިނާޓީ ސަރަހައްދަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ބުދަ ދުވަހު ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް ވިދާޅުވީ، ތެލުގެ އަގު ހެޔޮ ކުރުމަށް ކުރަން ޖެހޭ ކަންކަން އެމެރިކާ އިން ކުރާނެ ކަމަށާއި، އެގޮތުން ޕެޓްރޯލިއަމް ރިޒާވް ބޭނުން ކުރައްވާނެ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ މިވަގުތު އެ ރިޒާވް ބޭނުން ކުރުމުން، ތެލުގެ އަގު ދަށަށް ދާނެ ކަމަށެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލިގެން ދިޔުން ކޮންޓްރޯލް ކުރުމަށް އެމަޖެންސީ ތެލުގެ ރިޒާވް އިން 400 މިލިއަން ބެރަލް ބާޒާރަށް ނެރުމަށް، ބުދަ ދުވަހުގެ ކުރީ ކޮޅު އިންޓަނޭޝަނަލް އެނާޖީ އެޖެންސީ އިން ނިންމި އެވެ. މިއީ އެ އެޖެންސީ އިން މިހާތަނަށް ކުރި އެންމެ ބޮޑު ރިލީޒް އެވެެ. 

ސްޓްރެޓީޖިކް ޕްޓްރޯލިއަމް ރިޒާވްގައި މިހާާރު ހުރީ ގާތް ގަނޑަކަށް 415 މިލިއަން ބެރަލުގެ ތެލެވެ. މިއީ އެ ރިޒާވްގެ ހާފަށް ވުރެ މަދުން މައްޗަށް ހުރި މިންވަރު ކަމަށް ފާހަގަ ކޮށްފައިވެ އެވެ. އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ވެރި ކަމުގައި އެކި ފަހަރު މަތިން އެ ރިޒާވް އިން ތެޔޮ ނަގާފައި ވުމުން، މިހާރު އެ މިންވަރު މަދުވެފައި ހުރީ އެވެ. 2022 ވަނަ އަހަރު ރަޝިޔާ އިން ޔޫކްރެއިން އަށް ދިން ހަމަލާ އަށް ފަހު، ޕެޓްރޯލްގެ އަގު ހެޔޮ ކުރުމަށް 180 މިލިއަން ބެރަލް ރެކޯޑު މިންވަރަށް ވިއްކާފައިވާ ކަމަށް ފާހަގަ ކުރެވުނެވެ. 

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ގޮސްފައިވާތީ، އެކަމުގެ ސަބަބުން ރައީސް ޓްރަމްޕް އަށް އަންނަނީ ޕްރެޝަރު ބޮޑު ވަމުންނެވެ. ޚާއްސަކޮށް މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމެރިކާގެ މިޑް ޓާމް އިންތިޚާބު އޮންނައިރު، މިކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ އަގުތައް މައްޗަށް ގޮސް، ސަރުކާރާ މެދު ރައްޔިތުން ހިތްހަމަ ނުޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިހާރު ވެސް ސާވޭ ތަކުން ދައްކާ ގޮތުގައި، އިޤްތިސާދީ ކަންކަމުގައި އެމެރިކާގެ ރައްޔިތުން ޓްރަމްޕް އަށް ދެނީ ދަށް ރޭޓިން އެކެވެ. 

މަސްދަރު: ބްލޫމްބާގް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްތެލުގެ އަގު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

12 މާރިޗު 2026

އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު ވަޒީރު ވިދާޅުވެއްޖެ

12 މާރިޗު 2026
އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު ވަޒީރު ވިދާޅުވެއްޖެ
12 މާރިޗު 2026

އީރާން ހަނގުރާމައިގެ ފުރަތަމަ ހަފުތާގައި އެމެރިކާ އިން 11.3 ބިލިއަން ޑޮލަރު ޚަރަދުކޮށްފި

12 މާރިޗު 2026
އީރާން ހަނގުރާމައިގެ ފުރަތަމަ ހަފުތާގައި އެމެރިކާ އިން 11.3 ބިލިއަން ޑޮލަރު ޚަރަދުކޮށްފި
12 މާރިޗު 2026

އީރާނުގެ ސަރުކާރު އޮތީ ބަދަހިކޮށް، ވެރިކަން ވެއްޓުމުގެ ނުރައްކަލެއް ނެތް: އެމެރިކާގެ އިންޓެލިޖެންސް

12 މާރިޗު 2026
އީރާނުގެ ސަރުކާރު އޮތީ ބަދަހިކޮށް، ވެރިކަން ވެއްޓުމުގެ ނުރައްކަލެއް ނެތް: އެމެރިކާގެ އިންޓެލިޖެންސް
12 މާރިޗު 2026

'ރާނުގެ ބަނދަރުތަކަށް ހަމަލާދީފިނަމަ ފާރިސީ ކަނޑުއޮޅީގެ ހުރިހާ ބަނދަރުތަކަކީ ހަމަލާ ދޭނެ ކަމަށް އީރާނުން ބުނެފި

12 މާރިޗު 2026
'ރާނުގެ ބަނދަރުތަކަށް ހަމަލާދީފިނަމަ ފާރިސީ ކަނޑުއޮޅީގެ ހުރިހާ ބަނދަރުތަކަކީ ހަމަލާ ދޭނެ ކަމަށް އީރާނުން ބުނެފި
12 މާރިޗު 2026

އައިއާރުޖީސީން ހިޒްބުاللهއާ ގުޅިގެން އިޒްރޭލުގެ އެކި ސަރަހައްދުތަކަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި

12 މާރިޗު 2026
އައިއާރުޖީސީން ހިޒްބުاللهއާ ގުޅިގެން އިޒްރޭލުގެ އެކި ސަރަހައްދުތަކަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި
12 މާރިޗު 2026

އީރާނުން ކުވައިތުގައި ހުންނަ އެމެރިކާ ބޭސްތަކަށް ހަމަލާދީ އެމެރިކާގެ 100 ސިފައިން ޒަޚަމްކޮށްފި

12 މާރިޗު 2026
އީރާނުން ކުވައިތުގައި ހުންނަ އެމެރިކާ ބޭސްތަކަށް ހަމަލާދީ އެމެރިކާގެ 100 ސިފައިން ޒަޚަމްކޮށްފި
11 މާރިޗު 2026

ޕުޓިން ގެންދަވަނީ އީރާންގެ ލީޑަރުންނާ ބަރާބަރަށް މުއާމަލާތް ކުރައްވަމުން

11 މާރިޗު 2026
ޕުޓިން ގެންދަވަނީ އީރާންގެ ލީޑަރުންނާ ބަރާބަރަށް މުއާމަލާތް ކުރައްވަމުން
11 މާރިޗު 2026

ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލްގެ އިޤްތިޞާދީ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

11 މާރިޗު 2026
ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލްގެ އިޤްތިޞާދީ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި
11 މާރިޗު 2026

އީރާން ހަނގުރާމަ ނިންމާނީ ޓްރަމްޕްގެ މަޤުސަދުތައް ހާސިލުވުމުން ކަމަށް ބުނެފި

11 މާރިޗު 2026
އީރާން ހަނގުރާމަ ނިންމާނީ ޓްރަމްޕްގެ މަޤުސަދުތައް ހާސިލުވުމުން ކަމަށް ބުނެފި
11 މާރިޗު 2026

ވަލީ އަހުދު މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ސައުދީގެ ކެބިނެޓުން ވެސް ނިންމީ އީރާން ކުށްވެރި ކުރާ ކަމަށް، އެމެރިކާ އާއި އިޒްރޭލްގެ ވާހަކައެއް ނެތް

11 މާރިޗު 2026
ވަލީ އަހުދު މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ސައުދީގެ ކެބިނެޓުން ވެސް ނިންމީ އީރާން ކުށްވެރި ކުރާ ކަމަށް، އެމެރިކާ އާއި އިޒްރޭލްގެ ވާހަކައެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް