Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އައިއާރުޖީސީން ހިޒްބުاللهއާ ގުޅިގެން އިޒްރޭލުގެ އެކި ސަރަހައްދުތަކަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި

އީރާނުގެ އައިއާރުޖީސީން ހިޒްބުاللهއާ ގުޅިގެން އިޒްރޭލުގެ އެކި ސަރަހައްދުތަކަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފި. މި އޮޕަރޭޝަނުގެ ދަށުން ތެލް އަވީވް އާއި ހައިފާ ހިމެނޭހެން 50 އަށްވުރެ ގިނަ އަމާޒަކަށް ހަމަލާދީފައިވާއިރު، މިއީ އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހިންގާ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށް އައިއާރުޖީސީ އިން ބުނޭ. މި ހަމަލާތަކުގެ ސަބަބުން ދުޝްމަނުންގެ އަސްކަރީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަންވެސް އައިއާރުޖީސީން ވަނީ ހާމަކޮށްފައި.

ރާއްޖެ އެމްވީ | 12 މާރިޗު 2026 | ބުރާސްފަތި 00:55
2026 ފެބްރުއަރީ 28 ވަނަ ދުވަހު ފެށި، އިދިކޮޅު އަމާޒުތަކާ ދެކޮޅަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ކުރިއަށްގެންދާ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް.

2026 ފެބްރުއަރީ 28 ވަނަ ދުވަހު ފެށި، އިދިކޮޅު އަމާޒުތަކާ ދެކޮޅަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ކުރިއަށްގެންދާ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް. | ޕްރެސްޓީވީ

އިސްލާމިކް ރިވެލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނި ގޮތުގައި، އީރާނުން ކުރިއަށްގެންދާ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ ބަދަލުހިފުމުގެ ހަމަލާތަކުގެ 40 ވަނަ ބުރު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި އޮޕަރޭޝަނުގެ ދަށުން ސަރަހައްދުގެ އެކި ކަންކޮޅުތަކުގައި ހުރި ދުޝްމަނުންގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައެވެ.

އައިއާރުޖީސީން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނުގެ އެންމެ ފަހުގެ މަރުހަލާގައި އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހުރި އަމާޒުތަކަށް ގަދަރު، އިމާދު، ޚައިބަރު ޝެކަން އަދި ފައްތާހު މަރުކާގެ މިސައިލްތައް ވަނީ ފޮނުވާލާފައެވެ.

މެދުނުކެނޑި 5 ގަޑިއިރު ވަންދެން ދިން ބަދަލުހިފުމުގެ ހަމަލާތައް

އައިއާރުޖީސީން ބުނީ، މި އޮޕަރޭޝަން ބައްޓަންކޮށްފައިވަނީ ފަސް ގަޑިއިރުގެ މުއްދަތަކަށް މެދުނުކެނޑި ހަމަލާތައް ދެވޭނެ ގޮތަށް ކަމަށެވެ.

މި ހަމަލާތައް ދީފައިވަނީ ލުބުނާނުގެ ހިޒްބުالله މުޖާހިދުންނާ ގުޅިގެން ކަމަށްވެސް އެ އައިއާރުޖީސީ އިން ފާހަގަކުރިއެވެ.

ހިޒްބުالله އިން މި ހަމަލާތަކުގައި ބައިވެރިވެފައިވަނީ ގިނަ އަދަދެއްގެ ޑްރޯން އާއި މިސައިލް ބޭނުންކޮށްގެން ކަމަށާއި، މި ގުޅިފައިވާ ހަމަލާތަކުގައި އިޒްރޭލުން ހިފާފައިވާ ބިންތަކުގެ 50 އަށްވުރެ ގިނަ އަމާޒަކަށް ހަމަލާދީފައިވާ ކަމަށް އައިއާރުޖީސީން ބުންޏެވެ.

"މި ވަރުގަދަ އަދި ގުޅިފައިވާ ހަމަލާތަކުގެ ސަބަބުން، ކުޑަކުދިން މަރަމުންދާ ޔަހޫދީ ސަރުކާރުގެ އަސްކަރީ މަރުކަޒުތަކަށް ވަނީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ލިބިފައެވެ. މީގެ ތެރޭގައި އުތުރުގެ ހައިފާ ބަނދަރާއި، މެދުތެރޭގެ ތެލް އަވީވްގެ އިތުރުން ދެކުނުގެ ބީރުޝެބާގައި ހުރި އަސްކަރީ މަރުކަޒުތައް ހިމެނެއެވެ."

ދުޝްމަނުންނަށް ކުރިމަތިލާން ޖެހިފައިވާ ހަގީގަތް

އައިއާރުޖީސީން ބުނި ގޮތުގައި، ޒަޔަނިސްޓް ސަރުކާރުގެ މީޑިއާތަކުން އިއުތިރާފުވެފައިވާ ފަދައިން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އީރާނުން އިޒްރޭލަށް ފޮނުވާލި މިސައިލްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މީގެ ސަބަބުން ޒަޔަނިސްޓުންގެ ތެރެއިން މަރުވި މީހުންނާއި އަނިޔާވި މީހުންގެ އަދަދުވެސް ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.

މި ނުރައްކާތެރި ހަމަލާތައް މެދުނުކެނޑި ކުރިއަށްދާއިރު، އިޒްރޭލުގެ ޣައިރުގާނޫނީ ވަޒަންވެރިންގެ ދިރިއުޅުން ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެމީހުންގެ މުޅި ދިރިއުޅުން ބިނާވެފައިވަނީ ނުރައްކަލުގެ ރަނގަބީލުގެ އަޑަށާއި، ގިނަ ވަގުތުތަކެއް ވަންދެން ރައްކާތެރި ބަންކަރުތަކުގައި ތިބުމަށް ކަމަށް އައިއާރުޖީސީން ބުންޏެވެ.

"މި ހަމަލާތަކުގެ ސަބަބުން ދުޝްމަނުންނަށް ވަނީ ހަނގުރާމައިގެ މައިދާނުގައި އާ ހަގީގަތްތަކަކާ ކުރިމަތިލާން ޖެހިފައެވެ."

އައިއާރުޖީސީގެ 40 ވަނަ ބުރުގެ މި ހަމަލާތަކުގައި، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށްވެސް ވަނީ ހަމަލާދީފައެވެ. މީގެ ތެރޭގައި އުރުދުންގައި ހުރި އަލް-އަޒްރަގް މަރުކަޒާއި ސައުދީ އަރަބިއްޔާގައި ހުރި އަލް-ޚަރްޖް މަރުކަޒު ހިމެނެއެވެ.

މުޅި މަޝްރަހަށް ބަލާއިރު، މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދޮގުތަކާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ނުބައި ރޭވުންތަކުގެ ސަބަބުން އުފެދުނު ހަނގުރާމައިގެ އެންމެ ބޮޑު ނަތީޖާ ކަމަށް އައިއާރުޖީސީން އިތުރަށް ބުންޏެވެ.

ޝަހީދުންގެ ހަނދާނުގައި ކުރިއަށްގެންދިޔަ 39 ވަނަ ބުރު

މީގެ ކުރިން އައިއާރުޖީސީން ވަނީ ބަދަލުހިފުމުގެ އޮޕަރޭޝަނުގެ 39 ވަނަ މަރުހަލާ ކުރިއަށްގެންގޮސްފައެވެ. އެ ޖަމާއަތުން ބުނި ގޮތުގައި މި ބުރު ހާއްސަކޮށްފައިވަނީ ގައުމުގެ ދިފާއުގައި ފުރާނަ ގުރުބާންކުރި ޝަހީދުންގެ ހަނދާނަށެވެ.

މި މަރުހަލާގައި އަމާޒުކޮށްފައިވަނީ ޕާޝިއަން ގަލްފް ސަރަހައްދުގައި ތިބި އެމެރިކާގެ "ޓެރަރިސްޓް" ސިފައިންނަށެވެ. މި ހަމަލާތަކުގައި މަލްޓި-ވޯހެޑް ގަދަރު އަދި ޚުއްރަމްޝަހަރު މިސައިލްގެ އިތުރުން އިމާދު މިސައިލް ބޭނުންކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އީރާނުގެ ފައުޖުތަކުން ދެމުންދާ ހިތްވަރުގަދަ އަދި ނަތީޖާ ނެރެދޭ ހަމަލާތަކަށް އައިއާރުޖީސީން ވަނީ ތައުރީފުކޮށްފައެވެ. "މި ހަމަލާތަކުގެ ސަބަބުން އިޒްރޭލުން ހިފާފައިވާ ބިންތަކުގައި ބިރުވެރިކަން އުފެދި، ޒަޔަނިސްޓުންނަށް ވަނީ ވޭތުވެދިޔަ 11 ދުވަހު މެދުނުކެނޑި ރައްކާތެރި ތަންތަނުގައި ބަންދުވެގެން ތިބެން މަޖުބޫރުވެފައެވެ."

އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މީގެ ކުރިން ދިން ހަމަލާތައް

އައިއާރުޖީސީގެ ކަނޑުގެ ސިފައިން ކުރިއަށްގެންދިޔަ ބަދަލުހިފުމުގެ 38 ވަނަ މަރުހަލާގެ ތަފްސީލުވެސް ކުރީގެ ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ.

"މި ކާމިޔާބު އަދި ވަރުގަދަ އޮޕަރޭޝަނުގެ ސަބަބުން، މި ސަރަހައްދުގައި ބާކީ ތިބި އެމެރިކާގެ އަސްކަރީ ބާރުތައް ވަނީ ފޮހެލާފައެވެ،" ބަޔާނުގައިވެއެވެ.

އެ ބަޔާނުގައިވާ ގޮތުން، އެއްވަގުތެއްގައި ދިން ވަރުގަދަ ދެ މިސައިލް ހަމަލާއެއް ވަނީ އަލް-އަދީރީ ހެލިކޮޕްޓަރު މަރުކަޒަށް އަމާޒުކޮށްފައެވެ. މީގެ ސަބަބުން އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން ވިއްސިވިހާލިވެގެން ދިޔައިރު، އަނިޔާވި 100 އަށްވުރެ ގިނަ ސިފައިން ވަނީ ކުވެއިތުގެ އަލް-ޖާބިރު އަދި އަލް-މުބާރަކް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އައިއާރުޖީސީން ބުނި ގޮތުގައި، ބަހްރޭންގައި ހުންނަ އެމެރިކާގެ ފަސްވަނަ ފްލީޓުގެ މައި މަރުކަޒު ކަމަށްވާ މިނާ ސަލްމާން ބަނދަރުގައި ހުރި މުހިންމު ވަސީލަތްތަކަށްވެސް އީރާނުގެ މިސައިލާއި ޑްރޯން ހަމަލާތައް ވަނީ އަރާފައެވެ.

މީގެ އިތުރުން، ކުވެއިތުގައި ހުންނަ ކޭމްޕް ޕެޓްރިއޮޓް، ހަތިޔާރު ގުދަންތައް، އަދި މުހައްމަދު އަލް-އަހްމަދު އާއި އަލީ އަލް-ސާލިމް ކަނޑުގެ ސިފައިންގެ މަރުކަޒުތަކުގައި ހުރި ސިފައިން ތިބޭ ތަންތަނަށްވެސް ވަނީ ހަމަލާދީފައެވެ.

އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް ކުރާ މި މަސައްކަތް ހުއްޓާނުލާނެ ކަމަށް ބުނަމުން އައިއާރުޖީސީން ބަޔާން ނިންމާލާފައިވަނީ، "އަހަރެމެންގެ ހަމައެކަނި އަމާޒަކީ ދުޝްމަނުން ފުރިހަމައަށް ބަލިވުން ކަމަށާއި، މި ހަނގުރާމަ ނިންމާލާނީ ގައުމުގެ މައްޗަށް އޮތް ހަނގުރާމައިގެ ބިރުވެރިކަން މުޅިން ފިލައިދިއުމުން" ކަމަށް ބުނަމުންނެވެ.

"އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ފަށާފައިވަނީ، ވޭތުވެދިޔަ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް އެއްވެސް އުސޫލެއް ނެތް ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެންނެވެ.

އީރާން-އިޒްރޭލްއައިއާރުޖީސީއޮޕަރޭޝަން ޓްރޫ ޕްރޮމިސްހިޒްބުﷲއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާނުން ކުވައިތުގައި ހުންނަ އެމެރިކާ ބޭސްތަކަށް ހަމަލާދީ އެމެރިކާގެ 100 ސިފައިން ޒަޚަމްކޮށްފި

އީރާނުން ކުވައިތުގައި ހުންނަ އެމެރިކާ ބޭސްތަކަށް ހަމަލާދީ އެމެރިކާގެ 100 ސިފައިން ޒަޚަމްކޮށްފި

12 މާރިޗު 2026
ޕުޓިން ގެންދަވަނީ އީރާންގެ ލީޑަރުންނާ ބަރާބަރަށް މުއާމަލާތް ކުރައްވަމުން

ޕުޓިން ގެންދަވަނީ އީރާންގެ ލީޑަރުންނާ ބަރާބަރަށް މުއާމަލާތް ކުރައްވަމުން

11 މާރިޗު 2026
ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލްގެ އިޤްތިޞާދީ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލްގެ އިޤްތިޞާދީ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

11 މާރިޗު 2026
އީރާން ހަނގުރާމަ ނިންމާނީ ޓްރަމްޕްގެ މަޤުސަދުތައް ހާސިލުވުމުން ކަމަށް ބުނެފި

އީރާން ހަނގުރާމަ ނިންމާނީ ޓްރަމްޕްގެ މަޤުސަދުތައް ހާސިލުވުމުން ކަމަށް ބުނެފި

11 މާރިޗު 2026
ވަލީ އަހުދު މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ސައުދީގެ ކެބިނެޓުން ވެސް ނިންމީ އީރާން ކުށްވެރި ކުރާ ކަމަށް، އެމެރިކާ އާއި އިޒްރޭލްގެ ވާހަކައެއް ނެތް

ވަލީ އަހުދު މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ސައުދީގެ ކެބިނެޓުން ވެސް ނިންމީ އީރާން ކުށްވެރި ކުރާ ކަމަށް، އެމެރިކާ އާއި އިޒްރޭލްގެ ވާހަކައެއް ނެތް

11 މާރިޗު 2026

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު