Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

'ރާނުގެ ބަނދަރުތަކަށް ހަމަލާދީފިނަމަ ފާރިސީ ކަނޑުއޮޅީގެ ހުރިހާ ބަނދަރުތަކަކީ ހަމަލާ ދޭނެ ކަމަށް އީރާނުން ބުނެފި

އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ހަމަލާދީފިނަމަ، ފާރިސީ ކަނޑުއޮޅީގެ ހުރިހާ ބަނދަރުތަކާއި އިގްތިސާދީ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އަސްކަރިއްޔާއިން ދީފި. އީރާނުގެ އަސްކަރީ ތަރުޖަމާނު ވިދާޅުވީ އެމެރިކާގެ އިންޒާރުތައް ތަންފީޒުކޮށްފިނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ މަސްލަހަތު އޮތް ހުރިހާ ތަނަކަށް ވަރުގަދަ ހަމަލާތަކެއް އަމާޒުކުރާނެ ކަމަށް. މި ނުތަނަވަސްކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާއިރު، އީރާނުގެ އަސްކަރީ ބާރުތައް އޮތީ ކޮންމެ ވަގުތަކުވެސް ރައްދު ހަމަލާދޭން ތައްޔާރަށް ކަމަށް އެ ގައުމުން ބުނޭ.

ރާއްޖެ އެމްވީ | 12 މާރިޗު 2026 | ބުރާސްފަތި 01:03
ބްރިގޭޑިއާ ޖެނެރަލް އަބުލްފަޒްލް ޝެކަރްޗީ.

ބްރިގޭޑިއާ ޖެނެރަލް އަބުލްފަޒްލް ޝެކަރްޗީ. | ޕްރެސްޓީވީ

އިސްރާއީލާ ގުޅިގެން އެމެރިކާއިން އީރާނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގެ ތެރެއިން، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ހަމަލާދީފިނަމަ، ފާރިސީ ކަނޑުއޮޅީގެ އައްސޭރިފަށުގެ ގައުމުތަކުގެ ހުރިހާ ބަނދަރުތަކަކާއި އިގްތިސާދީ މަރުކަޒުތަކަކީ އީރާނުން ހަމަލާދޭނެ ސައްހަ އަމާޒުތަކެއްގެ ގޮތުގައި ބަލާނެ ކަމުގެ އިންޒާރު އީރާނުގެ ހަތިޔާރު އެޅި ބާރުތަކުގެ އިސް ތަރުޖަމާނު ދެއްވައިފިއެވެ.

ބުދަ ދުވަހު ވާހަކަދައްކަވަމުން ބްރިގޭޑިއާ ޖެނެރަލް އަބުލްފަޒްލް ޝެކަރްޗީ ވިދާޅުވީ، އީރާނުގެ ބަނދަރުތަކަށް ހަމަލާދޭނެ ކަމަށް ބުނެ އެމެރިކާއިން ދެމުންދާ އިންޒާރުތައް ތަންފީޒުކޮށްފިނަމަ، ފާރިސީ ކަނޑުއޮޅީގައި އީރާނަށް ހަމަލާނުދެވޭނެ އެއްވެސް ބަނދަރެއް، އިގްތިސާދީ މަރުކަޒެއް ނުވަތަ ތަނެއް ނޯންނާނެ ކަމަށާއި، އެ ހުރިހާ ތަނަކަށް ސައްހަ އަމާޒުފަތްތަކެއްގެ ގޮތުގައި ހަމަލާދޭނެ ކަމަށެވެ.

ޝެކަރްޗީ ވިދާޅުވި ގޮތުގައި، ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އެމެރިކާއާއި އިޒްރޭލުން ދެމުންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން އީރާނުން މިހާތަނަށް ކެތްތެރިކަން އިސްކޮށްފައިވެއެވެ. އެގޮތުން އީރާނުގެ ހަމަލާތައް މިހާތަނަށް އަމާޒުކޮށްފައިވަނީ ހަމައެކަނި އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ވަސީލަތްތަކަށް އެކަނި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، އީރާނުގެ ދެކުނުގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް އެމެރިކާއިން ހަމަލާދީފިނަމަ، ފާރިސީ ކަނޑުއޮޅީގެ ގައުމުތަކުގައި ހުރި ހުރިހާ ތަންތަނަކަށް ހަމަލާތައް ފުޅާކުރާނެ ކަމުގެ އިންޒާރު ޖެނެރަލް ވަނީ ދެއްވާފައެވެ.

މި އިންޒާރު އައިސްފައިވަނީ، ފާރިސީ ކަނޑުއޮޅީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ހަކަތައާއި މުދަލުގެ އަގު އުފުލެމުންދާތީ ވޮޝިންޓަނަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، އީރާނުގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ބުނެ އެމެރިކާއިން ދެމުންދާ އިންޒާރުތަކާ ގުޅިގެންނެވެ.

ދުނިޔޭގެ ތެލުގެ ޑިމާންޑުގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރާ ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހުރަސްތައް ކުރިމަތިކުރުން މި ހަފުތާގެ ކުރީކޮޅު ވަރުގަދަކުރުމާ ގުޅިގެން، ތެލުގެ އަގުތައް ދަނީ މެދުނުކެނޑި އުފުލެމުންނެވެ.

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން އީރާނުގެ ކަނޑުގެ ސިފައިންގެ އުޅަނދުތައް އީރާނުގެ ދެކުނުގެ ބަނދަރުތަކުގައި ތާށިވެފައިވާ ކަމަށް ބުނެ އެމެރިކާގެ އަސްކަރިއްޔާއިން ދައްކަމުންދާ ވާހަކަތައް ޝެކަރްޗީ ވަނީ ދޮގުކުރައްވާފައެވެ.

ދައުލަތުގެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ، އެއީ ސައްތަ އިންސައްތަ ދޮގު ޚަބަރެއް ކަމަށާއި، އީރާނުގެ ހަތިޔާރު އެޅި ބާރުތައް އޮތީ ވަރަށް ވަރުގަދަކޮށް ކަމަށެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި މިހާތަނަށް ހިންގާފައިވާ އޮޕަރޭޝަންތަކަށްވުރެ މާ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަސްދަރު: ޕްރެސްޓީވީ

އީރާން-އެމެރިކާއީރާން-އިޒްރޭލްޕާރޝިއަން ގަލްފްހޯރްމޫޒް ކަނޑުއޮޅިޖެނެރަލް އަބުލްފަޟްލް ޝެކަރްޗީއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އައިއާރުޖީސީން ހިޒްބުاللهއާ ގުޅިގެން އިޒްރޭލުގެ އެކި ސަރަހައްދުތަކަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި

އައިއާރުޖީސީން ހިޒްބުاللهއާ ގުޅިގެން އިޒްރޭލުގެ އެކި ސަރަހައްދުތަކަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި

12 މާރިޗު 2026
އީރާނުން ކުވައިތުގައި ހުންނަ އެމެރިކާ ބޭސްތަކަށް ހަމަލާދީ އެމެރިކާގެ 100 ސިފައިން ޒަޚަމްކޮށްފި

އީރާނުން ކުވައިތުގައި ހުންނަ އެމެރިކާ ބޭސްތަކަށް ހަމަލާދީ އެމެރިކާގެ 100 ސިފައިން ޒަޚަމްކޮށްފި

12 މާރިޗު 2026
ޕުޓިން ގެންދަވަނީ އީރާންގެ ލީޑަރުންނާ ބަރާބަރަށް މުއާމަލާތް ކުރައްވަމުން

ޕުޓިން ގެންދަވަނީ އީރާންގެ ލީޑަރުންނާ ބަރާބަރަށް މުއާމަލާތް ކުރައްވަމުން

11 މާރިޗު 2026
ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލްގެ އިޤްތިޞާދީ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލްގެ އިޤްތިޞާދީ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

11 މާރިޗު 2026
އީރާން ހަނގުރާމަ ނިންމާނީ ޓްރަމްޕްގެ މަޤުސަދުތައް ހާސިލުވުމުން ކަމަށް ބުނެފި

އީރާން ހަނގުރާމަ ނިންމާނީ ޓްރަމްޕްގެ މަޤުސަދުތައް ހާސިލުވުމުން ކަމަށް ބުނެފި

11 މާރިޗު 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު